ޚަބަރު / އިދިކޮޅު ފަރާތްތައް

އިދިކޮޅުން ނެރޭ ކެންޑިޑޭޓް ހުރީ ތައްޔާރަށް: ޕާޓީތައް

އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއް-- މިހާރު ފޮޓޯ

މި އަހަރުގެ ރިޔާސީ އިންތިހާބުގައި، ރައީސް އަބްދުﷲ ޔާމީން ބަލިކުރަން އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓް ހުރީ ތައްޔާރަށް ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު ޕާޓީތަކުން މ.ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވިދާޅުވީ އިދިކޮޅު ޕާޓީތަކުން ނެރޭ ކެންޑިޑޭޓް "ވަގުތާއި ހާލަތު އައުމުން ފެންނާނެ" ކަމަށެވެ.

"އަޅުގަނޑުމެންގެ ކެންޑިޑޭޓް އަޅުގަނޑުމެންނަށް އެބަ ފެނޭ. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ތައްޔާރަށް. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ޖަލުގެ ކުޑަގޮޅީގައިތޯ. ދުނިޔޭގެ ގައުމެއްގަތޯ. އަޅުގަނޑުމެންގެ ކެންޑިޑޭޓް ހުރީ ދިވެހި ރާއްޖޭގަތޯ އެއީ މިވަގުތު އަޅުގަނޑުމެން ބަލަން ބޭނުންވާ ކަމެއް ނޫން،" ސަމީރު ވިދާޅުވި އެވެ.

ސަމީރު ވިދާޅުވި ގޮތުގައި އިދިކޮޅު ޕާޓީތަކުން އިންތިހާބަށް އެއް ކެންޑިޑޭޓު ނެރުމުގެ މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަމީރު ވާހަކަ ދައްކަވަނީ--

އިދިކޮޅު އެއް ކެންޑިޑޭޓް ނެރުމަށް އިދިކޮޅު ޕާޓީތަކުން ނިންމާފައި ވިޔަސް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން ވަނީ ވަކިން އެ ދެ ޕާޓީގެ މެނިފެސްޓޯ ހަދަން ފަށައިފަ އެވެ.

ސަމީރު ވިދާޅުވީ އެކި ޕާޓީތަކުން ހަދާ މެނިފެސްޓޯ އެއްކޮށްލުމުން އިދިކޮޅު ފަރާތްތަކުން ބޭނުންވާ މެނިފެސްޓޯ ހެދޭނެ ކަމަށާއި އޭރުން އޭގައި ހުންނާނީ އެކި ޕާޓީތަކަށް ތާއީދުކުރާ މީހުން ބޭނުންވާގޮތް ކަމަށެވެ.

އިންތިހާބުގެ މިނިވަންކަމާ ގުޅޭގޮތުން އޭނާ ވިދާޅުވީ ރައީސް ޔާމީން ބޭނުންފުޅުވާ ބަޔަކު އިލެކްޝަން ކޮމިޝަންގައި ބައިތިއްބައިގެން މިނިވަން އިންތިހާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. މިނިވަން އިންތިހާބެއް ބޭއްވެން އޮތީ އިލެކްޝަންގެ މެމްބަރުން ބަދަލުކޮށްގެން ކަމުގައިވާ ނަމަ އެކަން ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިލެކްޝަންސް ކޮމިޝަނުން ޕާޓީތަކާ މަޝްވަރާކުރުމަށް ދައުވަތު ދީފައި ވިޔަސް ސަމީރު ވިދާޅުވި ގޮތުގައި ކޮމިޝަންގެ އިތުބާރު ނެތުމުން ޕާޓީތަކުން މަޝްވަރާތަކަށް އެއްބާރުލުމެއް ނުދޭނެ އެވެ.

އޭނާ ވަނީ ސަރުކާރު ހިންގާ ޕީޕީއެމް އަށް އިދިކޮޅު ޕާޓީތަކުގެ މައުލޫމާތު ހޯދައިދޭން އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކުރާ ކަމަށް ވެސް ތުހުމަތުކުރައްވައިފަ އެވެ.

"އިލެކްޝަން ކޮމިޝަނުން ގާނޫނުން ބޭރުން އަންގާ އެއްގުމަށް އަޅުގަނޑުމެން މިތިބީ ތަބާވާގޮތަކަށް ނޫންކަމުގައި ދައްނަވަން. އެކޮމިޝަން ވާންޖެހޭނީ ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީގެ ގާނޫނުގެ ދަށުން އެ ޒިންމާ އަދާކުރާ ބަޔަކަށް،" ސަމީރު ވިދާޅުވި އެވެ.

ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައި ދޭން ޖެހޭއިރު އަދިވެސް އެ ފައިސާ ދެވިފައި ނުވާތީ އިލެކްޝަން ކޮމިޝަން ލަދުގަންނަން ޖެހޭ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.

24 ކޮމެންޓް, 92 ރިއެކްޝަންސް

icon happy icon happy 70%
icon sad icon sad 3%
icon angry icon angry 27%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަހަނާ

11 April 2018

މަހަމަ ހީހީ ހަލާކު ވެއްޖެ. މިވަރުގެ ބޮޑު ޖޯކެއް އަދި މިއަހަރު އަޑެއް ނާހަން. ލޮލް

އަބްދުއްލާ

11 April 2018

ހަމަ ގައިމުވެސް އިންތިހާބަށް ކުރިމަތިލާ ފޯމް ހުށަހަޅަންޖެހޭނެދޯ . ފޯމް ހުށަހަޅަން އިލެކްސަނާ ހަމަޔަށް ނުދެވެނީސް ފުލުހުން ބަލާ އަންނާނެ ދެންހަދާނީ ކިހިނެތް ލާހިކެއްނޫން ތިޔަ ބުނާ މީހަކަށް ނަން ހުށަހަޅާކަށެއް.

އީވަގު ނަސީމްް

10 April 2018

ތައްޔާރަށް ހުންނަން ޖެހޭނީ. މަމެން ތިބޭނަން ތަމެންގެ ތަޅާފޮޅުން ބަލަން ޕޮޕްކޯރން ކަމުން.

ސޭކު ސަމީރު

10 April 2018

ފޭކް އެއްފަހަރު ބުނާނެ ވެއްޓިއްޖެއޭ އަނެއްފަހަރު ވައޓާލާނަމޭ އަނެއްފަހަރު ކެނޑިޑޭޓޭކޭ އަނެއްފަހަރު ދައުރު ހަމަނުކުރަނީސް ނިންމާނަމޭ

އަލީ!

10 April 2018

ކެޑިޑޭޓެއް ނެރުނިއްޔާ ލާނީ ޖަލަށް. ބަލައްޗޭ. މިހާރުވެސް ލާނެހެން ހީވާމީހަކު ހުރިއްޔާ ހުރީ ޖަލުގަ ނޫނީ އެހެން ކޮންމެެވެސް ތުހުމަތެއްގަ.

ސަޅި

10 April 2018

އަޅުގަނޑުމެން ވެސް މި ތިބީ، ތި ކެންޑިޑޭޓަށް " ރަނގަޅު ފާހަގަ ޖަހަން" ކެތްމަދުވެފަ އެވެ.

އަޙްމަދް.

10 April 2018

ހެހޭ:ގުންބޯ ހައްދަނީ.

އަޑަފި

10 April 2018

މުޙައްމަދު ނަސީދު ތިޔަ ތާތެރޭގައި އުޅޭހާ ހިނދަކު އެމަނިކުފާނު ނޫން މީހަކު ނެރެން އުޅޭނަމަ، އިންތިޚާބު ބޮއިކޮޓް ކުރާނެކަމަށް ވަރަށް ބޮޑަށް ލަފާ ކުރެވެއެވެ.

ބޫތު

10 April 2018

ތިޔަކަމާ މެދު އެއްވެސް ޝައްކެތް ނެތް. ތިތާ ތިޔަ އުޅޭ އެންމެންވެސް ތިބެނީ ވެރިކަމަށް ފައި ނަގައިގެން ވެރިކަމާ ހެދި ބޫތު ކައިފަ. ޢެހެންވީމަ، އެންމެންވެސް ތިބޭނީ ވެރިކަން ކުރަން ތައްޔާރަކަށް ނޫންތޯ؟ އެކަމާމެދު އެއްވެސް ސުވާލެއް ނެތެއްނޫންތޯ؟

މާކުން

10 April 2018

ސަމީރު ތޯ އެއި އަނެއްކާ؟ ބުދެއް ނެރެން ހުންނާނީ އިދިކޮޅުގަ މީހެއްނެތް

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454