ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު ވާހަކަ ދައްކަވަނީ. .-. ފޮޓޯ:ނިޝާން އަލީ/މިހާރު
19 އެޕްރީލް 2018 - 16:30
ދިވެއްސަކު، އިސްލާމް ދީން ދޫކޮށްލިޔަސް، އެ މީހެއްގެ ކިބައިން ދިވެހި ރައްޔިތުކަން ނުގެއްލޭ ގޮތަށް ހަދަން ޔޫރިޕިއަން ޔޫނިއަން (އީޔޫ) އިން ހުށަހެޅިޔަސް، އެކަން ވިޔަ ނުދެއްވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން މިއަދު ވިދާޅުވެއްޖެ އެވެ.
ދިވެއްސަކު އިސްލާމް ދީން ދޫކޮށްލިޔަސް، އެމީހުންނަށް އިންތިހާބުތަކުގައި ވާދަ ކުރެވޭ އަދި ވޯޓު ވެސް ދެވޭ ގޮތަށް، ގާނޫނުއަސާސީ އާއި ގާނޫނުތައް އިސްލާހު ކުރަން އީޔޫ އިން ވަނީ ހުށަހަޅައިފަ އެވެ. އަދި އެ ހުށަހެޅުމަށް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.
Konme dhivessaku muslimakah vun laazim nukuran EU in hushahalhaifi https://t.co/MRdTQSpaYR Allah Rakhmaiy fulhaa eku, Aharumen dhiri thibbaa thiya kan thah mi qaumuga viyaka nudheynan!
— Ahmed Nihan (@ahmed_nihan) April 19, 2018
ނިހާން ކުރެއްވި ޓުވީޓު.
އީޔޫގެ ބަޔާނާ ހަވާލާދީ "މިހާރު" ގައި ޝާއިއު ކުރި ޚަބަރާ އެކު، ނިހާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާތް ﷲ ގެ ރަހްމަތްފުޅާ އެކު "އަހަރުމެން" ދިރިތިއްބާ އެ ކަންތައް މި ރާއްޖޭގައި ވިޔަކަ ނުދެއްވާނެ ކަމަށެވެ. އަދި ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އާއި 10 ވަނަ މާއްދާ ހިމާޔަތް ކުރުމަށް ޖާނާއިމާލުން ތައްޔާރު ކަމަށް އޭނާ ވިދާޅުވި އެވެ.
Dhivehi Jumhooriyaage Qanoon Asaaseege 9 adhi 10 vana Maadhaa Himaayaiy Kurumah takaa, Jaanaa Maalu Qurubaan Kuraan thayaaru. pic.twitter.com/i9O7a892jU
— Ahmed Nihan (@ahmed_nihan) April 19, 2018
ނިހާން ކުރެއްވި ޓުވީޓު.
ނިހާންގެ އިތުރުން، ވަޒީރުންގެ މަޖިލީހުގެ ބައެއް ބޭފުޅުންނާއި ޕީޕީއެމްގެ ބައެއް މެމްބަރުން ވަނީ އީޔޫގެ އެ ހުށަހެޅުމާ މެދު ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދިވެހިންގެ އިސްލާމް ދީނާއި ސަގާފަތާއި ގައުމީވަންތަކަމާ މެދު މަޝްވަރާ ކުރަން ޖެހޭ ފުރުސަތެއް ނެތް ކަމަށެވެ.
ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ އީޔޫގެ ހުށަހެޅުމަކީ ރާއްޖޭގައި މަޝްވަރާ ވެސް ކުރެވޭނެ ހުށަހެޅުމެއް ނޫން ކަމަށެވެ. މާތް ﷲ ގެ ރަހްމަތްފުޅާ އެކު ރާއްޖެ އަބަދުވެސް ދެމި އޮންނާނީ 100 ޕަސެންޓް މުސްލިމް ގައުމެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.
EU ge husha helhumakee Raajjeygai mashvaraaves kurevey hushahelhumeh noon. Maiy Allah ge Rahumaiy fulhaa eku Dhivehi Raajje abadhuves dhemi onnaanee 100% muslim Gaumehge gothugai. Mihaaru dhivehi Rayyithun nah varah saafu koh en’geyne RN beynunvegen ulhenee kon kameh kan.
— Abdul Raheem Abdulla (@Banafsaa) April 19, 2018
އަބްދުއްރަހީމް ކުރެއްވި ޓުވީޓު.
މީގެއިތުރުން، ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންފުޅުވެގެން އުޅެނީ ކޮން ކަމެއްކަން މިހާރު ދިވެހިންނަށް އެނގިގެންދާނެ ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވި އެވެ.
Our religion, culture and nationalism is not up for discussion.
— Mohamed Shainee (@mshainee) April 19, 2018
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަދި ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ އިސްލާމް ދީނާ ދުރު ވިސްނުމަކަށް ރާއްޖެ ގެންދިއުމަށް ދިވެހިންގެ ތެރެއިން މަދު ބަޔަކު އަޑީގައި ތިބެގެން ހިންގާ ނުބައި ޖަރީމާ މި ގައުމަށް ލޯބިކުރާ ކޮންމެ މީހަކު ވެސް ކުށްވެރި ކުރާނެ ކަމަށެވެ.
Islaamdheenai dhuru visnumakah dhivehiraajje gendhiumah dhivehin ge therein madhu bayaku adeega thibegen hingaa mi nubai jareemaa mi qaumah loabikuraa komme meehakuves kuvverikuraane!
— Dr. Abdulla Khaleel 🌐 (@abkhaleel) April 19, 2018
EUge miadhu ge govaalumakee dhivehi qaumuge ebbaivanthakamah, ebbaeh vanthakamah dhin hamalaaeh.
ހަލީލް މިއަދު ކުރެއްވި ޓުވީޓު.
"އީޔޫގެ މިއަދުގެ ގޮވާލުމަކީ ދިވެހި ގައުމުގެ އެއްބައިވަންތަކަމަށް، ދިން ހަމަލައެއް،" ޚަލީލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ރައްޔިތުން އުޅޭނެ ދީނެއް ނިންމުމުގެ އިޚުތިޔާރު އީޔޫ އަކަށް ނޯންނާނެ ކަމަށެވެ. އަދި އީޔޫ އަށް ވާގިވެރިވާ ދިވެހިންނަށް ވެސް ރާއްޖޭގެ ރައްޔިތުން ތަބާވާނެ ދީން ދިވެހި ރައްޔިތުން ވަނީ މީގެ 900 އަހަރު ކުރިން އިޚުތިޔާރުކޮށްފައި ކަމަށް ޚަލީލް ވިދާޅުވި އެވެ.
ވެލިދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަބްދުﷲ ޔާމީން ވިދާޅުވީ ދިވެހިން އުޅެންވީ ދީނެއް އީޔޫ އަކަށް ނޭނގޭނެ ކަމަށެވެ. އަދި އީޔޫ އިން އުޅެނީ ޕޯޗުގީޒުން އުޅުނު ވައްތަރަށް ކަމަށް އޭނާ ވިދާޅުވި އެވެ.
ކުޑަހުވަދޫ ދާއިރާގެ އެމްޑީއޭ މެމްބަރު އަހުމަދު އާމިރު ވިދާޅުވީ މުސްލިމުންގެ އަގީދާ ބަލިކަށި ކުރުމަށް ގޮވާލައި ރާއްޖޭގައި އޮތް އިސްލާމް ދީނަށް އިޚުތިރާމް ނުކުރާ ޖަމާއަތެއްގައި ދިވެހި ދައުލަތުން ބައިވެރިވެގެން ތިބެން ނުޖެހޭނެ ކަމަށެވެ. އަދި ރާއްޖޭގެ އިސްލާމް ދީން ނޫން ދީނަކަށް ފުރުސަތު ދެވިދާނެ ކަމަށް ވިސްނުމަކީ ކުށްހީއެއް ކަމަށާއި އެފުރުސަތު ރައްޔިތުން ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އީޔޫގެ ހުށަހެޅުމާ މެދު ކަންބޮޑުވުން ފާޅުކުރި ގިނަ މީހުން ބުނި ގޮތުގައި ރާއްޖޭގައި ކަންކަން ކުރަންވީ ގޮތް ނިންމާނީ ދިވެހިން އަމިއްލައަށެވެ. އެއީ ދޮން މީހުން އުޅޭ ގޮތަށް އުޅެގެން ސަލާމަތް ވެވިދާނެ ކަމަށް ގަބޫލު ކުރާނީ ނަޝީދު އެކަނި ކަމަށް ވެސް ބައެއް މީހުން ބުންޏެވެ.
ކޮންމެ ދިވެއްސަކު މުސްލިމަކަށް ވުން ލާޒިމް ނުކުރަން އީޔޫން ހުށަހެޅީ، އީޔޫ އިން ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް ފޮނުވި އިލެކްޓޯރަލް ފޮލޯއަޕް މިޝަންގެ ދަތުރަށް ފަހު މިއަދު އާއްމުކުރި ރިޕޯޓުގައި، ރާއްޖޭގައި މިނިވަން އިންތިޚާބަކަށް ހުރި ކަންބޮޑުވުންތައް ފާހަގަ ކުރަމުންނެވެ.
އޭގެ ތެރެއިން އެއް ހުށަހެޅުމަކީ، ދިވެއްސަކު އިސްލާމް ދީން ގަބޫލު ނުކުރިޔަސް، އެމީހަކީ ދިވެހި ރައްޔިތެއް ކަމުގައި ބަލައިގަނެ، ވޯޓު ދިނުމުގެ ހައްގު ލިބިދޭ ގޮތަށް ގާނޫނުއަސާސީގެ ނުވަ ވަނަ މާއްދާ އަށް ބަދަލު ގެނައުމެވެ. މީގެ އިތުރުން، އިންތިހާބުތަކުގައި ވާދަކުރެވޭނީ ސުންނީ މުސްލިމުންނަށް ކަމަށް ގާނޫނުތަކުގައި ކަނޑައަޅާފައި އޮތް އޮތުން އިސްލާހް ކުރުމަށް ވެސް ހުށަހަޅާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެޝަނަލިސްޓް
22 April 2018
މުޅި ގާނޫން އަސާސީ ހިމާޔަތް ކުރަން ޖިނާ މާލު ގުރުބާން ކުރުމަކީ ރައްޔިތުން ގެ މަޖްލީހުގެ މެންބަރުން ގެ ވާޖިބެއް! ޕީ.ޕީ.އެމް. ގެ މެމްބަރުން އެކަން ކުރާތަނެއް ނުފެނޭ! އަދި ކޮށްފާނެ ކަމަށް ގަބޫލްކުރަން ވެސް ވަރަށް ދަތި!
ބީކޭކޭ
20 April 2018
މީއެވިދާޅުވާކަހަލަ 100% ގައުމަކައްވާނަމަ! ބޭކާރު އެއްވެސް ވާހަކަ ދައްކާނެ ފުރުސަތެއްނުލިބޭނެ! ވޯޓެއްލިއަސް އަދިއެހެންކަމެއް ކުރިޔަސް ކުރެވޭނީ ހަމަ100%ކޮން! ބަޔަކު 100%ޓޭ ކިޔަސް ހަގީގަތްވާނީ ހަމަ ހަގީގަތައް!
ސިޓީ
20 April 2018
ބޭކާރު އަނގަނުތަޅާ، އިސްލާމްދީން މިގައުމުގަ އާލާކުރަންވެސް އަދި ދަމަހައްޓަންވެސް ކަމެއްކުރެވޭނީ، ދީނުގެ އަސާސައަށް ބޯލަބައި އެމަގުން ހިނގާބަޔަކަށް. މުނާފިގުންނަކަށް ނުވާނެ.
އަލީ_
20 April 2018
29 ކަމެއް ހުށަހެޅީމާ 1 ކަމެއްގެ ވާހަކަ ނިކަން ބާރަށް ތިޔަ ދައްކަނީ ބާކީ 28 ކަންތައް ނުކުރާން ވެގެން!
ހަސަނު
19 April 2018
އީޔުން ބުނާ ދީނީ ވާހަކަ ބަހައްޓާފާ އެވެރިން އެ ބުނާ ދުނިޔެވީ ސިޔާސީ ކަންކަން ތަންފީޒު ކުރަން ވީނު.. 12 ވާހަކަ ބުނިއިރު އޭގެން އެއްތަންކޮޅު ގޯސް ނަމަ އެތަންކޮޅު ބާއްވާނީ.. ޑެން ހުރި ކަންކަން ލުރާނީ... އަސްލު ތިއުޅެނީ ދީނީ ވާހަކައެއް ބުނެގެނެއްވެސް ނޫން..
އަލީ!
19 April 2018
އެހެންވިއްޔާ ސުޕްރީމް ކޯޓްގެ ފުލް ބެންޗުން ނެރުނު އަމުރު ތަންފީޒްކޮށްބަލަ. އީޔޫ އޮތްތާބާއްވާފަ.
ގގގގދ
19 April 2018
އެހެންދޯ. ފަރަންޖީންނަށް ބިން ވިއްކަން ފާސްކުރިއިރު ކަލޯ އޮތީ މަރުވެފައި. ދޯ. ފަހުން ދިރުނީ ދޯ. ދެން އެކަން ވީކަންވެސް ނޭނގޭ ދޯ. ވާ ސަރީ!
ތުއްތުނާ
19 April 2018
އީޔޫ އެކަނި ނޫން ރައީސް އަބްދުﷲ ޔާމީނު ބޭނުންވާ ކަންތައް ވެސް އަހަރުމެން ދިރިތިއްބާ ވިޔަކަ ނުދޭނަން....... ދެން ވަރަށް ސަލާމް....
ބީކޭކޭ
19 April 2018
ފުރަތަމަ 1ފގެ ހުކުމްތަންފީޒް ކޮއްބަލަ އެއައްފަ ދެން ވާހަކަދައްކާނި!
ޢަލިދީދީއައްޑޫސިޓީ
19 April 2018
މި އީޔޫ ވަފްދަކީ ދިވެހި ސަރުކާރުގެ ދަޢްވަތަކަށް، ޖެނުއަރީ މަހުގެ 8-11 އަށް ރާއްޖެ އަށް، ޒިޔާރަތްކުރި ވަފްދެއް. މިވަފްދުގެ 28 ޞަފްޙާ ގެ ރިޕޯރޓުގައި ދެންހުރި ވާހަކަތަކުގެ މަތިޖަހަން ވެގެންތޯ ހަމަ އެކަނި މިވާހަކަ ތިޔަދައްކަވަނީ. ވަފްދަކީ ސަރުކާރުގެ ދަޢްވަތަކަށް އީޔޫ އިން ފޮނުވި ވަފްދެއް. ރައީސް ބައްދަލެއް ނުކުރެއްވި. ސުޕްރީމްކޯޓުން ބައްދަލެއް ނުކުރި. އިންތިޚާބުގައި އަދި ކެމްޕެއިން ގައި ހުރިހާ ފަރާތަކަށް ހަމަހަމަ ފުރުޞަތު ދޭންޖެހޭ ވާހަކަޔާ އެކަންކަމާ ބެހޭ ގޮތުން މަޖިލީހުން ޤާނޫނު ހަދައި އީސީ އިން ޤަވާޢިދު ހަދައި ރައްޔިތުން ހޭލުންތެރިކުރުވައި ސަލާމަތީ ކަންކަން ވަރުގަދަކޮށް ވޯޓަކީ ދެފުށް ފެންނަ މިނިވަން އިންސާފުވެރި ވޯޓަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތްކުރަން ހުށަހަޅާފައި އޮތްވާހަކަ ވެސް އޮއްބާލަނީތޯ؟