ޚަބަރު / މެޓް

ބޯކޮށް ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި ފެންބޮޑުވެއްޖެ

ފޭދޫ ބޮޑުމަގުގައި ފެންބޮޑުވެފައި: ވާރޭ ވެހިއްޖެ ނަމަ މި މަހުގައި ފެންބޮޑުވާ މައްސަލަ ބޮޑު. ފޮޓޯ/ އަހުމަދު އަދުޝަން

އައްޑު އަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްރަށުގެ އެކި ހިސާބުތަކުގައި ފެންބޮޑުވެއްޖެ އެވެ.

މި ވިއްސާރާގައި ހިތަދު އާއި ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫގެ އެކި ހިސާބުތަކުގައި ވަނީ ފެންބޮޑުވެފައިވެ އެވެ. ވަކިން ޚާއްސަކޮށް މި ރަށްތަކުގެ ބައެއް މަގުތަކުގައި ހިނގާ މީހުންނާއި ވެހިކަލްތައް ދުއްވަން ދަތިވާ ވަރަށް ފެންބޮޑުވެފައި ވެ އެވެ. ބައެއް ގޭގެ ގޯތިތެރޭގައި ވެސް ވަނީ ފެން ބޮޑުވެ ބޮޑެތި ދަތިތަކާ ކުރިމަތިވެފަ އެވެ.

ތާރު އަޅާފައި އޮންނަ ފޭދޫ ބޮޑުމަގަކީ ފެންބޮޑުވުމުގެ މައްސަލަ ވަކިން ބޮޑު މަގެކެވެ. ފެން ހިންދަން ޖަންކްޝަންތަކެއް ބޮޑު މަގާއި އެ މަގާ ގުޅުން ހުރި މަގުތަކުގައި ބަހައްޓާފައި ހުރި ނަމަވެސް އެ ކަމަށް އެކަށީގެންވާ ހައްލެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ ފޭދު އަށް ބޯކޮށް ވާރޭ ވެހި، މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތުގައި މިއަދު މެންދުރު 2:00 އިން ފެށިގެން ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފެންބޮޑުވެފައިވާ މަގެއްގައި މީހަކު ސައިކަލާ އެކު. ފޮޓޯ: ކިޔުންތެރިއެއް.

މޫސުމާ ބެހޭ އިދާރާ އިން ބުނީ ރޭ ފަތިހު 5:00 އިން ފެށިގެން މިއަދު ހަވީރު 5:00 އާ ހަމައަށް އައްޑު އަށް 76.7 މިލިލީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. މިރޭ 8:00 އާ ހަމައަށް ދެކުނުގެ އަތޮޅުތަކަށް ވަނީ ވަނީ އެލާޓް ވެސް ނެރެފަ އެވެ. މިއަދު ހެނދުނުން ފެށިގެން ހުއްޓުމެއް ނެތި އައްޑު އަށް ދަނީ ވާރޭ ވެހެމުންނެވެ.

ފެންބޮޑުވެފައިވާ ފޭދޫގެ މަގެއް: ވާރޭ ވެހޭ ނަމަ މަގުގަތަކުގެ ހާލަތު ވަރަށް ދަށް. ފޮޓޯ: ކިޔުންތެރިއެއް

މޫސުމާ ބެހޭ އިދާރާ އިން ބުނި ގޮތުގައި ކުރިއަށް އޮތް 24 ގަޑިއިރު ވެސް ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެ އެވެ.

8 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 30%
icon sad icon sad 50%
icon angry icon angry 20%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރަދީފް

21 April 2018

02 ވަނަ ފޮޓޯގަ އެފެންނަނީ އައްޑޫ ސިޓީގެ މަގެއްތަ؟؟ ލަދުކޮ ބާ؟؟

The name is already taken The name is available. Register?

ކަރަންފޫ

21 April 2018

ވާރޭ ވެހޭ ކޮންމެ ފަހަރަކު މާލޭގަ ފެން ބޮޑުވޭ!

The name is already taken The name is available. Register?

ބޮޑުކަތުރުފަނި

20 April 2018

މޫދާ ޖެހިގެން އޮންނަ މަގުގައި އަހަރަކު އެތައްފަހަރު އުނަގަނޑާހަމައަށް ފެންބޮޑުއެބަވޭ. މަގުން ފެށިގެން ބީޗަށް 10 ފޫޓުދިގު ކާނެއް ހަދާނުލެވޭ ދިވެހި ދައުލަތަކަށް.

The name is already taken The name is available. Register?

މަރޭމިތުރާ

20 April 2018

ކާރިސާތަކުން ގުދުރަތީ ވާގެއްލުމަށް ބަލާނެ ޔާރަކު ނެތީތޯ؟..................................................ވާރެއާއެކު ލިބުނު ގެއްލުންތަކަށް އެހީދޭނެ ސަރުކާރެއްނެތީތޯ؟

The name is already taken The name is available. Register?

ރަށްފުށުމީހާ

20 April 2018

އެވެރިންގެރަށް ސިންގަޕޫރަށް ހަދަމުން އެހެރަގެންދަނީއޭ، ............. ފައިސާކޮޅަށް ވޯޓުދީފާ ރޮއެރޮއެ ތިބޭށޭ ކަލޭމެން.

The name is already taken The name is available. Register?

މަހަށްދޭދޭ

20 April 2018

ހުރިހާ ގޭގޭގެ ދިޔަދޮވި ހޮޅި ތައް މަގުމައްޗަށް ގުޅާފައި ހުރުމުން ވާނީ މިހެންނޭ މަމެން ބުނަން ނެތީމު ދޯ. ތަމެން ދެން މަހަށް ދޭބަލަ މަަހަށް މަހަށް މަހަށް ދޭބަލަ އައްޑޫ ސިޓީ ކައުންސިލަރޭ މެން.

The name is already taken The name is available. Register?

ނަގިއްޔާ

20 April 2018

ސިޓީއެއްގެ ލަގަބު ދީފާއޮތް ތަނަކަށް ކުޑަފެން ކޮޅެއް ވެހިލާއިރަށް ފެން ބޮޑުވުމަކީ ކަންބޮޑު ވާންޖެހޭ ވަރު ކަމެއް. ހުޅަގު މޫސުމުގެ ތެތް ކިއްޕަތި މުޅި ސީޓީގަ ބާއްދާލީމަ އަދި ކިހާވަރެއް ވާނެބާ. އަދި މިއުޅެނީ ރަގަޅަށް ހުޅަގު މޫސުން ނުފެށިގެން.

The name is already taken The name is available. Register?

ބާޣު

20 April 2018

މިޒާތުގެ ކަންކަމާ ވާހަކަ ދައްކާ މީހަކު ނޫޅޭ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454