ޚަބަރު / ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު

ޖެމްސްގެ ޚިދުމަތް މެދުކަނޑާލިކަން ނުވެސް ދެނަހުރިން: އުއްތަމަ ފަނޑިޔާރު

ޝަރީއަތުގެ އަޑު އެހުމަކަށް ފަހު، އުއްތަމަ ފަނޑިޔާރު ލޯންޗުގައި ގެންދަނީ. --ފޮޓޯ/މިހާރު

ގަވަމެންޓް އީ ލެޓާ މެނޭޖްމަންޓް ސިސްޓަމް (ޖެމްސް) ގެ ޚިދުމަތް ސުޕްރީމް ކޯޓުން މެދުކަނޑާލި ކަން އެނގިވަޑައި ނުގަންނަވާ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުލަތުން ކުރާ ދައުވާތަކުގެ ތެރެއިން، ލިޔެކިޔުން ބަދަލު ކުރުމަށް ސަރުކާރުން ގާއިމު ކޮށްފައިވާ ނިޒާމް، ޖެމްސްގެ ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެމަނިކުފާނާ ދެކޮޅަށް ވަނީ ދައުލަތުގެ މަސައްކަތަށް ހުރަސް އެޅުމުގެ ދައުވާ އުފުލައިފަ އެވެ.

ދައުލަތުން ދައުވާ އުފުލި ކަމުގައިވި ނަމަވެސް، މީގެ ކުރިން ބޭއްވި އަޑުއެހުމުގައި އުއްތަމަ ފަނޑިޔާރު ވަނީ އެ ދައުވާ އަށް އިންކާރު ކުރައްވައިފަ އެވެ.

އަދި މިއަދު ތިން ގަޑިއިރާއި 30 މިނިޓަށް ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވަނީ މި މައްސަލާގައި ދެ ފަރާތުން ހުށަހެޅި ހުށަހެޅުންތަކަށް ރައްދު ދީފަ އެވެ.

އުއްތަމަ ފަނޑިޔާރުގެ މައްޗަށް ދައުވާ ކުރަނީ، ޖެމްސްގެ ޚިދުމަތް، މިދިޔަ ފެބްރުއަރީ 4 އަދި 5 ގައި ސުޕްރީމް ކޯޓުގައި ހުއްޓުމަކަށް ގެނައުމަށް އެންގެވި ކަމަށް ބުނެ އެވެ. މި މައްސަލަ އެމަނިކުފާނުގެ މައްޗަށް ސާބިތުވެއްޖެ ނަމަ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޝަރީއަތުގެ މިއަދުގެ އަޑުއެހުމުގައި ކޮއްޅަށް ތެދުވެ ހުންނަވައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުން ބުނާ ފަދަ ކަމެއް ހިނގިނަމަ، ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ އާއި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރާއި ކޯޕަރޭޓިވް މެނޭޖްމަންޓަށް އެނގޭނެ ކަމަށެވެ. އެކަމަކު، އެއީ ހިނގި ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި މިއީ އިޖުރާއުތަކާ ޚިލާފަށް ދައުލަތުން ހުށަހަޅައިގެން އުޅޭ ދައުވާއެކެވެ. އަދި މިއީ އާބިޓްރެރީ ޝަރީއަތެއް ކަމަށް ވިދާޅުވެ، ޝަރީއަތް ހިނގަމުންދާ ގޮތާ މެދު އެމަނިކުފާނު ވަރަށް ބޮޑަށް ހިތްޕުޅުހަމަނުޖެހިވަޑައިގެން ހުންނަވައި، ގޮނޑިކޮޅުގައި އިށީނދެ ވަޑައިގަތެވެ.

"މިއީ އަޅުގަނޑު ނުވެސް ދެނަ ހުރި ކަމެއް. އަނެއްކާ ޓެކްނިކަލް މައްސަލަތަކެއް [އެ ދުވަހު] ނުވެސް އާދޭ،" ޖެމްސްގެ ޚިދުމަތް ހުއްޓުވުމަކަށް ގެނައި ކަމަށް ބުނާ މައްސަލަ އަށް އިޝާރާތް ކުރައްވައި އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދައުލަތުން ދައުވާ ހުށަހަޅައިގެން އުޅެނީ އެއްވެސް މަގްސަދެއް އޮވެގެން ނޫން ކަމަށެވެ. އަދި ޖެމްސް ޚިދުމަތް ހުއްޓުވާނީ ކިހިނެއްތޯ އުއްތަމަ ފަނޑިޔާރު ސުވާލު އުފެއްދެވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ދައުލަތުން، ދައުވާ އުފުލީ އެމަނިކުފާނުގެ އަގު ވައްޓާލުމުގެ ބޭނުމުގައި ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް އުފުލީ ހިޔާލީ ކަންކަމުގެ މައްޗަށް ބިނާކޮށް ކަމަށް ވިދާޅުވި އެވެ.

"މިއީ ކުޅޭކުޅޭ ދައުވާތަކެއް،" ހުދު ކުލައިގެ ގަމީހެއް ތުރުކުރައްވައިގެން އަދި ނޫ ޓައިއެއް އަޅުއްވައިގެން ހުންނެވި އުއްތަމަ ފަނޑިޔާރު ކޮޅަށް ތެދުވެ ހުންނަވައި ފަނޑިޔާރުގެ ސަމާލު ކަމަށް ގެންނެވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު އެމަނިކުފާނު ގިނަ ވަގުތު ސުޕްރީމް ކޯޓުގައި ހޭދަކުރައްވާފައި ނުވާނެ ކަމަށެވެ. އެ ކޯޓަށް އެ ދުވަހު ވަޑައިގަތީ ވެސް ޕްރޮސެކިއުޓާ ޖެނެރަލް ހުށަހެޅި ކަމަކާ ގުޅިގެން ޖަވާބުދާރީވުމުގެ ގޮތުން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެކަމަށް ޖަވާބުދާރީވުމުގެ ގޮތުން ޝަރީއަތުގެ މަޖިލީހެއް އެ ދުވަހު ބޭއްވި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވަނީ މިހާރަކަށް އައިސް ޝަރީއަތްތައް ހިންގާ ގޮތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، ފްރޭމް ކުރުމުގެ ބޭނުމުގަ އާއި ޖިނާއީ އަދުލުގެ ނިޒާމުގެ އަގު ވައްޓާލުމުގެ ގޮތުން ގިނަ ދައުވާތަކެއް ކުރަމުންދާ ކަމަށް ވިދާޅުވެފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އުއްތަމަ ފަނޑިޔާރާ ދެކޮޅަށް ހެކިތައް ހުށަހަޅައިފަ އެވެ. ދިފާއީ ވަކީލުންނަށް ހެކި ހުށަހެޅުމުގެ ފުރުސަތު ދީފައި ވަނީ އަންނަ ބުދަ ދުވަހުގެ 12 ޖެހުމުގެ ކުރިންނެވެ. އަދި ދެން އޮންނަ އަޑުއެހުމުގައި އޮންނާނީ ދައުލަތުގެ ވަކީލުންގެ ހެކި ބަސް ނެގުމެވެ. އެ އަޑުއެހުން އޮންނަ ތާރީޚެއް ފަހުން ދެ ފަރާތަށް އަންގަވާނެ ކަމަށް ފަނޑިޔާރު އިބްރާހިމް އަލީ ވަނީ ވިދާޅުވެފަ އެވެ.

19 ކޮމެންޓް, 70 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 64%
icon angry icon angry 17%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަރޭމިތުރާ

30 April 2018

އެކި ކަންތަކުގައި އެކަކަށް ދައުވާކުރުމީ އަޖައިބު އަންތަރީސްވާކަމެއް! ހެކިނެތި މީހަކަށް ކުރާ ދައުވާތަކުން ބަންދުކުރުމީ އަނިޔާވެރިކަމެއް!

The name is already taken The name is available. Register?

ނޭޝަނަލް ސެންޓަރފޯ އިންފޮމޭޝަން ޓެކްނޮލޮޖީ

30 April 2018

ޖެމްސް ޚިދުމަތް އެންސީއައިޓީި ނޫން ބަޔަކަށް ނުހުއްޓުވޭނެ! އެންސީއައިޓީގެ ކަމަކުން ބައެއް ދުވަސް ދުވަހު ޖެމްސްގެ ޚިދުމަތް ވަގުތު ކޮޅަކަށް މެދުކެނޑޭ! އެދުވަސްތަކަށް ކީއްވެތޯ ދައުވާ ނުކުރަނީ!

The name is already taken The name is available. Register?

އަސްލު

30 April 2018

އެކި ނަންނަމުގައި ފަތި ފައްޗަށް ދައުވާ,

The name is already taken The name is available. Register?

ހަމަ ވިދާޅުވި ގޮތެއް

30 April 2018

ސުޕްރީމް ކޯޓުން "ޖިމްސު"ގެ ޚިދުމަތް މެދު ކެޑުމަކީ ދައުލަތް ހުއްޓޭ ކަމެކޯލައެވެ.އެކަމަކު ފުރާޅުން ޓިނު ނަގާގެން ސުޕްރީމް ކޯޓްގެ އުއްތަމަ ފަނޑިޔާރު ގެންގޮސް ހައްޔަރު ކުރުމަކީ ދައުލަތް ހުއްޓޭ ކަމެއް ނޫނެވެ.އަޅެ ކިކޭ ބުނާނީ ދޯ؟ ހިތުހިރި ގޮތެކެވެ.

The name is already taken The name is available. Register?

ތުނޑުހަސަނު

30 April 2018

ޤާނޫނު އަސާސީގެ ބެލެނިވެރި ފަރާތްކަމަށް ބުނަމުންއައި ބާރު ގަދަ ފަރާތާއި، ގާނޫނު އަސާސީގައި މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ބާބުގެ ފަހަތުގައި އޮއްވައި އެ ބާބުގެ ކުރިޔަށް ނެރުނު ރައްޔިތުންގެ ބާރު މިއަދު އޮތް ނިކަމެތި ހާލު ނިކަން ދެކެބަލާށެވެ. ބާރު އޮންނަނީ ދެއްވި ފަރާތުން އެބާރު ގެންދަވަންދެނެވެ. މިއަދު ބާރު އޮތް ފަރާތްތަކުގެ އަތްމަތީގައި އަބަދު އެބާރު ދެމިއޮންނާނެކަމަށް ހީކުރަނީ ކީއްވެބާވައެވެ.

The name is already taken The name is available. Register?

ދެރަ

30 April 2018

އަހަރެން ވަރަށް ދެރަވޭ އަބްދުﷲ ސަޢީދަށް ވާގޮތް ފެނިފައި. އެކަމަކު އޭނާވެސް ހަމަ މިގޮތަށް ކިތައް މީހުންނަށް ޝަރީޢަތް ހިންގި؟ އިންސާފު ޤާއިމުކުރުމަކީ ކުޅޭ ކުޅޭ ކުޅިވަރަކަށް ހެދީމަ މިއޮތީ ނަތީޖާ ފެންނަން. ފެށުނީއްސުރެ ގޮތުގައި ހުންނެވިނަމަ ތިޔަހެން ނުވާނެ. ޖެމްސްހުއްޓުން ކުށަކަށްވާން ނުޖެހެންވީ އެއްވެސް ސަބަބެއް ނެތް ސިވިލް ކޯޓުގެ މުވައްޒަފަކު ބާތިލުކޮށްފައިވާ މައްސަލައެއް ވެބްސައިޓަށް ލުމުން ޤާޟީ ކުށްވެރިވި ގޮތަށް.

The name is already taken The name is available. Register?

މަގުފުޅާޓިނު

30 April 2018

ދެން އެންމެ ރަނގަޅޭ، އުއްތަމަފަނޑިޔާރުގެ މައްޗަށް ދައުވާކުރަނީ، ފެބްރުއަރީ 4 އަދި ފަހެއްގައި، ޖެމްސްގެ ޚިދުމަތް ހުއްޓުވައިގެން ކަމަށްބުނެ، އެއީ ކުށަކަށްވާތީއޭ ކިއާފަ، ދެން ކޮބައިތަ އެކެއް ފެބްރުއަރީގަ އުއްތަމަފަނޑިޔާރުވެސް ހިމެނޭ ގޮތަށް ފަސްފަނޑިޔާރުންގެ އިއްތިފާގުން ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރިއަބައެއްގެ މައްޗަށް ދަޢުވާ ކުރަނީ ކޮން ދުވަހަކުންތަ، ކޮންމެވެސް ބޭފުޅަކު އެމައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅާބަލަ، އަޅުގަނޑަކުވާ ދަންނަކަމެއް ނޫނިއްޔަ.

The name is already taken The name is available. Register?

ވަޓް އަ ޖޯކް

30 April 2018

މަޖްލީސް ހުއްޓިގެން ދައުލަތް ނުހުއްޓޭ..އެކަމަކު ޖިންސް" ހުއްޓިގެން ދައިލަތް އެބަހުއްޓޭ..ހެހެހެ އެކަމަކު ތިބުނާ "ޖެމްސް" ނުވެސް ލިބޭ ހިސާބު މި ޤައުމުގައޮ އެބަހުއްޓެވެ.އަޑު ނާހާ މީހުނަ ވެސް އެބަ ތިއްބެވ3

The name is already taken The name is available. Register?

ޥަސް

30 April 2018

ޢުއްތަމަ ފަޑިޔާރަށް ފޯނުގެ ޚިދުމަތް ކެންޑޭނެތަ؟ ޢެފަދަ ކަމެއްތީ! ޖެމްސް އަކީ އެން.ސީ.އައިޓީގެ ސާރވާގައި ހުންނަ ވެބްއެޕްލިކޭޝަނެއް(ވެބްސައިޓެއް ކަހަލައެއްޗެއް). ޢެ ސިސްޓަމުގެ ޚިދުމަތް ކެޑުމަކީ އުއްތަމަ ފަޑިޔާރަށް ކުރެވޭނެ ކަމެއްނޫން.

The name is already taken The name is available. Register?

ހާލިދު ބުން ވަލީދު

30 April 2018

ތިޔަހެން ވީޔާ އެދުވަހު ތިބުނާ ޖެމްސް ހަލާކުވެފަހުރީޔާ ވާނެދޯ ކުށަކަށް !

The name is already taken The name is available. Register?

ހެހެހޭ

30 April 2018

ދެން އިންގޭ އެއްވެސް ކަމެއް ނޯންނާނެ

The name is already taken The name is available. Register?

ޢަބްދުﷲނާފިޒް

30 April 2018

އެއީ އެކަން އޮންނަން ޖެހޭ ގޮތޭ، ޖެމްސްގެ ޚިދުމަތް ހުއްޓުވީމަ ކުށެއް، ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ނުކުރުމަކީ ކުށެއް ނޫންބާ! ފުރަތަމަ އެކެއް ފެބްރުއަރީގެ ވާހަކަ ދައްކާފަ ހަތަރެއް އަދި ފަހެއް ފެބްރުއަރީގެ ވާހަކަ ދައްކަން އުޅުނިއްޔާ މާތާހިރުވާނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454