ޚަބަރު / ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް

ރައީސް ޔާމީނަކީ ނަމޫނާއެއް، ތަރައްގީ އަށް ޝުކުރިއްޔާ: ފާތުން

ފުވައްމުލަކުގައި ރޭ ބޭއްވި ޕީޕީއެމްގެ ޖަލްސާގައި ފަސްޓް ލޭޑީ ފާތުން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ޕީޕީއެމް

އެކަމަނާގެ ފިރިކަލުން ރައީސް އަބްދުﷲ ޔާމީނަކީ ނަމޫނާ ބޭފުޅެއް ކަމަށާއި ރާއްޖެ އަށް ގެންނަމުން އަންނަ ތަރައްގީތަކަށް ޝުކުރު އަދާ ކުރައްވާ ކަމަށް އެމަނިކުފާނުގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން ފަސްޓް ލޭޑީ ފާތުން އިސްވެ ހުންނަވައިގެން ފުވައްމުލަކުގައި ބޭއްވި ފޯރިގަދަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެކަމަނާ ވިދާޅުވީ ކުރު މުއްދަތެއްގެ ތެރޭގައި ރާއްޖޭގެ މަލަމަތި ބަދަލުވެފައިވާ ކަމަށެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ޖަލްސާގައި ފަސްޓް ލޭޑީ ފާތުން (މ) ބައިވެރިވެވަޑައިގަންނަވަނީ.

ރައީސް ޔާމީންގެ ސަރުކާރުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި ފެންނަނީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދެމުން އަންނަތަން ކަމަށް ވެސް ފަސްޓް ލޭޑީ ފާތުން ވިދާޅުވި އެވެ. އަދި އިޖުތިމާއީ ގޮތުން ރާއްޖެ ބަދަލުވަމުން އަންނައިރު، ރައްޔިތުންގެ ވިސްނުމަށް ވެސް ބަދަލު އަންނަ ކަމަށް ފަސްޓް ލޭޑީ ވިދާޅުވި އެވެ.

"ރަށްރަށުގެ ނަރުދަމާ، ފެނުގެ ނިޒާމު، ބަނދަރުތައް އަދި ސިއްހީ ދާއިރާގެ ތަރައްގީ. ދިވެހި ރައްޔިތެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ފިރިކަލުން މި ގައުމަށް ކޮށްދެއްވަމުން ގެންދަވާ ކަންތައްތަކަށް ޝުކުރު ދަންނަވަން،" އެތައް ބަޔަކު އެއްވި އާންމު އެއްވުމެއްގައި ފުރަތަމަ ފަހަރަށް ދެއްކެވި ވާހަކަފުޅުގައި ފިރިކަލުން ރައީސް ޔާމީނަށް ތައުރީފު ބަންޑުން ކުރައްވަމުން ފާތުން ވިދާޅުވި އެވެ.

ފަސްޓް ލޭޑީ ފާތުން އިސް ހުންނަވައި ފުވައްމުލަކުގައި ރޭ ބޭއްވި ފޯރިގަދަ ޖަލްސާގައި ބައިވެރިވެވި ބައެއް މީހުން: ވަރަށް ގިނަ ބަޔަކު މި ޖަލްސާ އަށް ދިޔަ.

ފަސްޓްލޭޑީ ވިދާޅުވި ގޮތުގައި ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުގައި ރައްޔިތުންގެ ފަރާތުން ލިބޭ ތާއީދަކީ އެކަމަނާ އަށް ލިބިވަޑައިގަންނަވާ އެންމެ ބޮޑު ހިތްވަރެވެ. ވަރުބަލި ކަމެއް ނެތި މަސައްކަތްޕުޅުގައި ދެމިހުންނެވި ސަބަބކީ ރައްޔިތުން ދޭ ލޯބި ކަމަށް ވެސް އެކަމަނާ ވިދާޅުވި އެވެ.

ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވި ޖަލްސާގައި ފަސްޓް ލޭޑީ ވިދާޅުވީ ރާއްޖޭގައި އިސްލާމީ އުސޫލުތައް ހިނގައި ތަރައްގީ ވެފައިވާ އަމާން ވެއްޓެއް ފޯރުކޮށް ދިނުމަށް ރައީސް ޔާމީން ބޭނުންފުޅުވާ ކަމަށެވެ. އަދި ރައީސް ޔާމީންގެ މިސާލު، އެހެން ފިރިން ވެސް ނެގުމަށް އެކަމަނާ ވަނީ އިލްތިމާސް ކުރައްވައިފަ އެވެ.

ފަސްޓް ލޭޑީ ވަނީ ރާއްޖެ އަށް އަންނަ ހެޔޮ ބަދަލުތައް ދިފާއު ކުރުމުގެ މަސައްކަތުގައި ނުކުންނެވުމަށް ދިވެހި ހުރިހާ ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ. އަދި ރާއްޖެ އަށް އަންނަ ތަރައްގީގެ މަޝްރޫއުތަކަށް ހުއްޓުމެއް އަންނަން އެއްވެސް ރައްޔިތަކު ބޭނުން ނުވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މީގެ އިތުރުން، ރައީސް ޔާމީން ގެނެސްދެއްވާ ހަލުވި ތަރައްގީ ދެމެހެއްޓޭނީ އިތުރު ދައުރެއް އެމަނިކުފާނަށް ދީގެން ކަމަށާއި އެކަމަށް މަސައްކަތް ކުރުމަށް ފަސްޓް ލޭޑީ ވަނީ އެދިވަޑައިގެންފަ އެވެ.

67 ކޮމެންޓް, 218 ރިއެކްޝަންސް

icon happy icon happy 17%
icon sad icon sad 0%
icon angry icon angry 83%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ފަސީ

06 May 2018

ކޮންމެ މީހަކަށް ވެރިކަން ދިނަސް ތިހާވަރަށް ހައްޕަޅާލައިގެން ނަމޫނާއަކަށް ވެވޭނެ. ބޭނުންވަނީ އިޚްލާޞްތެރި ވެރިއެއް. ރައްޔިތުންގެ ވެރިއެއް. ރައްޔިތުންގެ އަޑުއަހާ ވެރިއެއް. ހައްދަވާ ބޮޑުކުރެއްވިﷲ އަޅަމެން މިއަނިޔާވެރިކަމުން ސަލާމަތްކޮށްދެއްވާށި

The name is already taken The name is available. Register?

ގުއިއްޒު

06 May 2018

ވައކަމުން ރާއްޖެ ރަންވަނަ ވަނީ ހާސިލުކޮށްފައި. މިއަަށްވުރެ ބޮޑު ތަރައްގީއެއް މިދައުރުގައި ވަކިން ގެނެވިފައެއް ނުވެއެވެ. " 2018 ވައްކަން ޔަޤީން" މި ޝިޢާރުގެ ދަށުން ކުރިއަށް ގެންދަވާ.

The name is already taken The name is available. Register?

ސުމާރު

06 May 2018

އަތްކަޑާ ދުވަސްވަރެއްނަމަ އެގުނީސް ނަމޫނާ ބޭފުޅުން ތިއްބަވާނެގޮތް. ކޯޓު ލައްވަންވެސް ޖެހޭނީ އެހެން ބޭފުޅަކު.

The name is already taken The name is available. Register?

ވަރަށް ވާހަކަ

06 May 2018

ދައުލަތުން މިހާރު ކުރަމުންދާ ހުރިހާ މަސައްކަތްތަކަކީ ބޮޑެތި ލޯނުތައް ނަގައިގެން ކުރާކަންތަކެވެ. ދިގުމުއްދަތުގައި ދައްކާގޮތަށް އެނަގާ ލޯނުތަކުގެ ހިތިރަހަ އަޅުގަނޑުމެންގެ ދަރިންގެ ދަރީންނަށް ފޯރާނެވާހަކަ ދަންނަވަމެވެ. މިއީ ވަރަށް ވާހަކައެވެ. ދެން ނިންމާލާނަމެވެ.

The name is already taken The name is available. Register?

އަހްމަދު

06 May 2018

ރައްޔިތުން ނުދިނަސް ހޯދަން ބޭނުން އެއްޗެއް ހޯދާނެއެއްނު. ކީއްކުރަން ރައްޔިތުން ކައިރީ އަހަނީ؟ ދަޅަދައްކަން؟

The name is already taken The name is available. Register?

އަލިބެއްޔާ، އެކުވެރިސުވައިދީބް

05 May 2018

އަސްތާ! ބުރިޖު، ތާރުއެޅިމަގު، ފުލެޓްތައް، އެއަރޕޯޓްތައް އަޅައިދީގެން އަދުލު އިންސާފާ ނުލައި ރައްޔިތުންނައް އޮތީކޮން އުފަލެއް ތޯއެވެ؟ މުސްކުޅިން ބުނާތީ އަޑުއިވޭ " ދޮންދުނބުރިއެއް ކިތައްމެވަރަކައް ދޮންކުރިޔަސް އަނބަކައް ނުވާނެއެވެ." ޝުކުރިއްޔާ މެޑަމް!

The name is already taken The name is available. Register?

ކަޓޭ

05 May 2018

ތިބުނީ ރަގަޅުވާހަކައެއް؟އެވަރުގެ ނަމޫނާއެއް ނުހުންނާނެ؟

The name is already taken The name is available. Register?

އައިޝް

05 May 2018

އެހެން ކަމަކާ އުޅޭ...މަ ބޭނުން މަގޭ ފިރިމިހާ ލާރި ހޯދަނީ ހަލާލު ގޮތުގައިތޯ ބަލަން..

The name is already taken The name is available. Register?

ހަހަހަ

05 May 2018

މަށަށްވެސް މަގޭ އަންހެނުން ހާދަ ތައުރީފެއް ކުރެއޭ! މިކަމާ އެކަމާ ކޮބާ ތަފާތެއް!

The name is already taken The name is available. Register?

އަލީ.

05 May 2018

ގައުމުގެ ހަޒާނާ ވަނީ އެކީހުސްކޮއްލާފަ ތިމާ މީހާ ބޭނުންވާގޮތައް ކަންކަން ނުވީމަ ކުއްލިހާލަތު ގާގޫނާ ހިލާފައް އިއުލާނު ކުރީ މިރާއްޖެޔައް އާމްދަނީ ލިބޭނެ ގޮތައް އެމްޑީޕީ ސަރުކާރުން ވަނީ ބިންގާ އަޅުއްވާފަ ޔާމިނު ހުރީމަކާ ނޫންތަރައްގީ މިރާއްޖެ ދެންވަމުން ދާނީ އެއީ ޓެކްސްގެ ޒިޒާމު އެއީ ނަޝީދުގެ ވިސްނުން ކޮބާ ހުސްނުވާ އާސަނދަ ރިސޯޓު ހިއްސާ މަސްވެރިންގެ 10.000 ތެޔޮވަޅު މީދޯ ޔާމިނު ވީވައުދަކީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!