ޚަބަރު / ކުރީގެ ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމް

ފަސްޓް ލޭޑީ ފާތުން މާލޭގެ ގެތަކަށް ވަޑައިގެން މީހުންގެ ހާލު ބައްލަވަން ފައްޓަވައިފި

ފަސްޓް ލޭޑީ މިއަދު މާލޭގެ ގެއަކަށް ޒިޔާރަތް ކުރައްވައި އެ ގޭގެ މީހުންގެ ހާލު ބައްދަލަވަނީ.--- ފޮޓޯ: ޕީޕީއެމް

ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މާލޭގެ ގޭގެ އަށް ޒިޔާރަތް ކުރައްވައި އާންމުންގެ ދިރިއުޅުމުގެ ހާލަތު ބައްލަވަން ފައްޓަވައިފި އެވެ.

ފަސްޓް ލޭޑީ، މައްޗަންގޮޅީގެ ބައެއް ގެތަކަށް މިއަދު ވަޑައިގެން މީހުންގެ ހާލަތު ބައްލަވާފައިވާއިރު، އެއީ މުޅިން ކަހަލަ ގޮތަކަށް އެމްޑީޕީގެ ސަޕޯޓަރުން ދިރިއުޅޭ ގެތައް ކަމަށް ވެ އެވެ. ފަސްޓް ލޭޑީ މިއަދު ވަޑައިގަތީ 10 ގެ އަކަށެވެ.

ފަސްޓް ލޭޑީ ފާތުން ވަނީ ގެތަކަށް ވަޑައިގެން، އެކަމަނާ ހިންގަވާ ސޮދަގާތު ފައުންޑޭޝަންގެ ފަރާތުން ހަދިޔާ ދެއްވައިފަ އެވެ. އެކަމަކު އެއީ ކޮން ހަދިޔާއެއް ކަމެއް ސާފެއް ނުވެ އެވެ.

ފަސްޓް ލޭޑީ ފާތުން މިއަދު މާލޭގެ ގެއަކަށް ވަޑައިގެން މީހަކާ ސަލާމް ކުރައްވަނީ.

ރައީސް އޮފީހާއި ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުގެ ތަރުޖަމާން އިބްރާހިމް މުއާޒު މިއަދު ވިދާޅުވީ ފަސްޓް ލޭޑީ ކުރިއަށް ގެންދަވާ "އެންމެ ގާތުން" ކެމްޕެއިނުގެ ތެރެއިން މާލޭގެ ހުރިހާ ހިސާބަކަށް އެކަމަނާ ވަޑައިގެން މީހުންގެ ދިރިއުޅުމުގެ ހާލަތު ބެއްލެވުމަށް ނިންމަވާފައިވާ ކަމަށެވެ. އެކަމުގައި، ފަސްޓް ލޭޑީ ވަކި ޕާޓީއެއްގެ ބަޔަކަށް ނުބައްލަވާނެ ކަމަށް މުއާޒް ވިދާޅުވި އެވެ.

"އެހީތެރި ކަމަށް ބޭނުންވާ ފަރާތްތަކުން ވަރަށް އެދޭ މެޑަމްއާ ބައްދަލު ކުރައްވަން. އެހެންވެ އެކަމަނާ އަށް ވަގުތުވެލައްވާ ވަރަކުން ގޭގެ އަށް ވަޑައިގެން ސިޓިން ރޫމުތަކުގައި އެ ބޭފުޅުންނާ ބައްދަލު ކުރައްވަމުން ގެންދަވާނެ،" މުއާޒް ވިދާޅުވި އެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބު ފިރިކަލުން ރައީސް ޔާމީނަށް ކާމިޔާބު ކޮށްދެއްވުމުގައި ވެސް އެންމެ އިސް ދައުރެއް އަދާކުރައްވަނީ ފަސްޓް ލޭޑީ ފާތުން އެވެ.

ފަސްޓް ލޭޑީ ފާތުން މިއަދު މާލޭގެ ގޭގެ އަށް ޒިޔާރަތް ކުރެއްވުމުގައި.

މިދިޔަ ހަފުތާގައި ފަސްޓް ލޭޑީ އާއި ޕީޕީއެމްގެ ލީޑާޝިޕްގެ އިސްބޭފުޅުން ވަނީ ފުވައްމުލަކުގައި ކެމްޕެއިން ހަރަކާތްތަކެއް ހިންގައިފަ އެވެ. އަދި ޕީޕީއެމް ލީޑާޝިޕްގެ އިސް ބޭފުޅުން ހިމެނޭ ގޮތަށް އެކިއެކި އަތޮޅުތަކަށް ދަތުރު ކުރައްވައި ކެމްޕެއިން ހަރަކާތްތައް އަންނަނީ ހިންގަމުންނެވެ.

ވެރިކަން ކުރާ ޕާޓީ، ޕީޕީއެމްގެ މުޅި ފޯކަސް މިހާރު އޮތީ މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކަމަށާއި ޕާޓީގެ އެހެން ހަރަކާތެއް ނެތް ކަމަށް އެ ޕާޓީން ވަނީ އިއުލާން ކޮށްފަ އެވެ.

88 ކޮމެންޓް, 259 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މާރިޔާ

09 May 2018

ސާބަހޭ މެޑަމް ދިވެހިންގެލޯބިލިބިގެންވާ މަހާރެހެންދީ

The name is already taken The name is available. Register?

ހަބޭސް222

09 May 2018

ރައްޔިތުންގެ ތާޢީދުނެތް ބޭފުޅަކަށް ރައްޔިތުންނާއި ހަމަޔަށް ދާން ކެރިވަޑައި ނުގަންނަވާނެ! ކަމަނާގެ ހިތްވަރާއި ކުރައްވާ މަސައްކަތަށް ސާބަސް!

The name is already taken The name is available. Register?

ސޮލިއުޝަން

09 May 2018

އަޅެފަހެ މީނަތަ ރައީސްކަމަށް ކުރިމަތި ލައިގެން މިއުޅެނީ؟

The name is already taken The name is available. Register?

މެދުރާއްޖެތެރެ

09 May 2018

މިއީ ވެރިކަމާ ހެދި ދެފައި ގާތްނުވެވިގެންއުޅޭމީހެއް ކަލޭކުރަންވީ ކމަކީ ޔާމީން ނުހައްގުން ކުރާދައުވާތައް ހުއްޓުވާ ނުހައްގުން ޖަލަށްލާފަތިބިމީހުން ދޫކޮށްލަންވީ އޭރުން ވޯޓްލިބޭނީ ނޫނީ 0

The name is already taken The name is available. Register?

ހުސްހަށިބައިމީހާ

08 May 2018

އެއްވެސް ގައުމެއްގެ ފަސްޓްލޭޑީއެއްނުދެކެން ވޯޓަށް ސަލާމްޖަހަމުންދުވާތަނެއް ކުރިމަތިލައްވާބޭފުޅާއަށް ބޭރަށްނުކުމެވަޑައިގަންނަވަން ކެރިވަޑައިނުގަންނަވަނީބާ؟ އެއްވެސް ލޭޑީއެއް ވޯޓްހޯދަން މިގެއަށް އައިސްގެންނުވާނެ މަގޭ ކީއްކުރަން މަގޭ އާއިލާގެ މީހަކުވެސް ނުދޭނެ ޔާމީނަކަށްވޯޓެއް މިހާތު ތިހަދާތަންތަނަކީ ހަދަންޖެހޭނެ ތަންތަން އެއީ ދިވެހިރައްޔިތުންގެ މުދަލުން ގިނައަދަދަކަށް ޓެކްސް ނަގައިގެން އެފައިސާއިން ހަދަންޖެހޭތަންތަން

The name is already taken The name is available. Register?

ކައްޓެލި

08 May 2018

އެއްވެސް އިޚުލާސް ތެރިއެއްނޫން ދެއްކުން ތެރިކަން ނޫން އެހެން އެއްވެސް ކަމެއްނެތް ހަވެސް ހީކުރީ ކުރިން ވަރށް އިޚުލާސްތެރި ކަމަނާއެއްކަމަށް މިއީ

The name is already taken The name is available. Register?

ކަށަވަރު

08 May 2018

5 އަހަރުގެ ޓާމް އެއް ނިމުނީމަކާއެއް ނޫން ރައިއްޔަތުން ތިބިހާލް ބަލަން އަންނަންވީކީ 5 އަހަރުވީ އިރު އެނިކަމެތި ރައިއްޔަތުން ނަށް ފުލެޓް ގަޑެއް އައި ނުދެވުނު ދެންވެސް ހަމަ މިމީހުނައް ވޯޓް ދޭން ވިސް ނަން ވެސް ނުވާނެ ނުންތަ ؟؟؟؟؟؟

The name is already taken The name is available. Register?

މަންދި

08 May 2018

ކޮންހައިސިއްޔެއްތަ އޮތް ފަސްޓްލޭޑީއެއްތަ މިއީ. ގާނޫނު އަސާސީ ބަލާބަލާ ރައީސްގެ އަބިކަބަލުންގެ ދައުރެއް ނެތް.

The name is already taken The name is available. Register?

އަލިހަންޑޯ ޓޮލޭޑޯ

08 May 2018

ދެންވެރިޔަކަށްހޮވަންވީ ވެރިކަމަށް އަމިއްލަޔަށް ކުރިމަތިލާނަމޭ ނުބުނެ އަދި ކެންޕޭންނުކޮށް ހުރި އިޚްލާސްތެރި އަމާނާތްތެރި މީހެއް. އެމީހަކު ދައްކަންވީ ދީނީ ޖަމިއްޔާތަކުން. މަށަށް ފެންނަންހުރި މީހުން މިތިބީ. ޑރ. ޙަސަން ޙަމީދު، ޕްރޮފެސަރ ޙަސަން އުގެއިލް، އޮނަރަބްލް ވަޙިއްދީން (ޑީން). މިތިންބޭފުޅުން އެއްބަސްވެވަޑަިނުގެންފިނަމަ މުޙައްމަދު ނަޝީދު (ކުއްޓި)، އިބްރާހިމް މުޙައްމަދު ޞޯލިހް (އިބޫ) ރަނގަޅުވާނެކަމަށް ފެނޭ.

The name is already taken The name is available. Register?

ދިސްވޭއޭ

08 May 2018

ފަސްޓް ލޭޑީ ފާތުން މާލޭގެ ގެތަކަށް ވަޑައިގެން މީހުންގެ ހާލު ބައްލަވަން ފައްޓަވައިފި ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މަމެން އުއްމީދުކުރަމޭ މިފަހަރު ފަސްޓް ލޭޑީ މާލޭގެ ގެ ތަކަށް ޒިޔާރަތް ކޮށްގެން ކޮންމެހެން ފައިސާ ގެ އެހީތައް އެމެންނަށް ދިނުމަށް ވުރެން ބޮޑަށް ހަގީގީ އިޝޫސް ތަކަށް އެޑްރެސް ކުރެއްވޭތޯ މަސައްކަތް ކުރާނެ ކަަމަށް އެގޮތުން މާލޭގައި ކުއްޔަށް ދިރިއުޅޭ ހުރިހާ މީހުންނަށާއި އަދި މާލޭގެ ރަށްވެހީންގެ ތެރޭން މާލޭގައި ގޯތި ގެދޮރުގެ ދަތިކަން ހުރި އެންމެންނަށް މާލެ ސަރަަހައްދުން ފްލެޓްސް ތައް ލިބޭނެ އިންތިޒާމު ހަމަޖައްސާ މަމެން މިއަހަރު ރިޔާސީ އިންތިޚާބާއި ކުރިމަތި ލުމުގެ ކުރިން އެ އެންމެންނަށް ފްލެޓްސް ތައް ލިބޭނެ ކަމުގެ ލިޔުން ހަވާލު ކުރާނެ ކަަމަށް. އެއިރުން މީގައި ހަގީގީ މައްސަލަ އަށް ހައްލު ގެނެވުނީ ކަމަށް ވާނީ. މާލޭގެ ގޭގެއަށް ދިއުމުން ވަގުތީ އުފަލަށް ޓަކައި އެމެން ފައިސާގެ އެހީއަށް އެދުނު ނަަމަވެސް އެކަން ކޮށްނުދޭންވީއޭ ހަގީގީ އިގްތިސާދީ ފައިދާ އެމެންނަށް ވާނެ ގޮތް ހަދާދޭންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454