ޚަބަރު / ހައި ކޯޓް

ފައިސަލް އާއި ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވައިފި

ޝަހީދު (ކ) އާއި ފައިސަލް، ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ މިރޭ ކުރައްވަނީ: އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު އެރުއްވީ އުއްތަމަ ފަނޑިިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ނައިބު ރައީސަކަށް އެންމެ ފަހުން ހުންނެވި މުހައްމަދު ފައިސަލް އާއި ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ހުސައިން ޝަހީދު ހައި ކޯޓުގެ ފަނޑިޔާރު ކަމަށް މިރޭ އައްޔަން ކުރައްވައިފި އެވެ.

ސުޕްރީމް ކޯޓުގައި ބޭއްވި ރަސްމިއްޔާތެއްގައި، ފައިސަލް އާއި ޝަހީދަށް ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ. އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށް ދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމުގެ ހުވާ ކުރެއްވުމުގެ ކުރިން، ޖޭއެސްސީގެ ނައިބު ރައީސް ކަމާއި މެމްބަރު ކަމުގެ މަގާމުން ފައިސަލް އިސްތިއުފާ ދެއްވާފައިވާ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. ފައިސަލް އަކީ ރައީސުލް ޖުމްހޫރިއްޔާގެ މެމްބަރެއްގެ ގޮތުން ޖޭއެސްސީގައި މިހާތަނަށް އިންނެވި ބޭފުޅެކެވެ.

ފައިސަލް އާއި ޝަހީދު އައްޔަން ކުރެއްވީ ހައި ކޯޓުގެ ބެންޗުން ހުސްވެފައިވާ ހަތަރު މަގާމުގެ ތެރެއިން ދެ މަގާމަކަށެވެ. އެ ކޯޓުގެ ބެންޗުން ހަތަރު މަގާމެއް ހުސްކޮށް އޮތީ ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނެސް، ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު 11 އަށް އިތުރު ކޮށްފައި ވާތީ އާއި އެ ކޯޓުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުންނެވެ.

ހައި ކޯޓުގެ ބެންޗުން ބާކީ އޮތް ދެ މަގާމަށް އައްޔަން ކުރާނެ ބޭފުޅުން ޖޭއެސްސީން އަދި ކަނޑައެއް ނާޅަ އެވެ.

ހައި ކޯޓުގެ ފަނޑިޔާރުންނަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 54،000ރ. ލިބޭނެ އެވެ.

13 ކޮމެންޓް, 41 ރިއެކްޝަންސް

icon happy icon happy 10%
icon sad icon sad 17%
icon angry icon angry 73%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހަސަންފުތު

25 July 2018

ޖޭއެސްއީގަ ހުރެގެން ކޯޓުތަކައް ނުފޫޒު ފޯރުވުމުގައި އެންމެ އިސްކޮއް އުޅުއްވި ފަރާތް މިހާރު ހައިކޯޓައް މިލީ ..ދިވެހިންނައް ވާނުވާ އެބަ އިގޭ .. މޮޔައިންނެއް ނޫން އަޅުގަޑުމެންނަކީ ..

The name is already taken The name is available. Register?

ޢަބްދުއްސައްތާރު ސުލައިމާން

25 July 2018

ލަނޑަޔާވަނީ ލަނޑާ

The name is already taken The name is available. Register?

ވޯލް

25 July 2018

ނައިބު ރައީސްކަމަށް އެންމެ ފަހުން ހުންނެވި ނުލިޔޭ ޖަހާބަލަ، ނައިބު ރައީސްއަށް ހުއްޓަ ކޯޓަށް ހޮވި މީހެކޭ، ރައީސް ޔާމީނު އަމިއްލަޔަށް އެކޮމިޝަނަށް ހޮވާ މެމްބަރެއް އެއީ މިފަދަ އަންއެތިކަލް ކަމެއް ކުރާއިރު ޔާމީނުއަށް މިކަން ނުހުއްޓުވަންޏާ އެއީ ސީދާ ކޯޓުތަކަށް ނުފޫޒު ފޯރުވަން ކުރާކަމެއް. މިއީ މި މިސަރުކާރަށް ދެވަނަ ދައުރެއް ދޭން ބޭނުންނުވާ ސަބަބު. އަދުލް އިންސާފުން އެއްކިބާވެފައި އޮތީމަ.

The name is already taken The name is available. Register?

ވަކީލެއް

25 July 2018

ފައިސަލް އެއްވެސް ވަރަކަށް ކޯޓެއްގައި މަސައްކަތް ނުކޮށް ފަނޑިޔާރުކަމަށް، ޝަހީދު ވެސް ފަނޑިޔާރުކަމަށް ވީތާ 1 އަހަރުނުވަނީސް ހައިކޯޓަށް ތީ އިންސާފެއްނޫން

The name is already taken The name is available. Register?

މުހައްމަދު އަހުމަދު

25 July 2018

މިހާރުގެ އުއްތަމަ ފަނޑިޔާރު ސުޕްރީމް ކޯޓްގެ ފަނޑިޔާރު ކަމަށް އައްޔަން ކުރިއިރު ކޮންކޯޓެއްގަ ފަނޑިޔާރުކަން ކޮށްފައިވަނީ އަދި އަބުދުﷲ ސައިދު ، ހައިކޯޓަށް އެންމެ ފަހުން ނެގި ހަސަންއަލީ މިހެންކިޔޭނެ ކިތަންމެ ފަނޑިޔާރުންނެއް އެބަތިބި .

The name is already taken The name is available. Register?

ސަލީމް

25 July 2018

މިހާރުގެ އުއްތަމަ ފަނޑިޔާރު ކޯޓަށް އަންޔަން ކުރި އިރު ހުރީ ޕީއެޗްޑީ ހައްދަވައިގެންނޭ. ޢެހެންވީމަ ދެން ތި އައްޔަން ކުރެވޭ ބޭފުޅުންނާ އަޅާނުކިޔޭނެ.

The name is already taken The name is available. Register?

އެކޮޅު ކޮޅުން

25 July 2018

ޟުހައްމަދު އަހްމަދަށް ބުނެލާމެވެ.މިހާރުގެ އުއްރަމަ ފަނޑިޔާރަކީ ދުސްތޫރީ އިލްމުން ޕީއެޗްޑީ ހަދާފައިވާ ހަމައެކަނި ބޭފުޅާއެވެ.ނުވަތަ މަދު ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. ސުޕްރީމް ކޯޓަށް ޢައްޔަން ކުރުމަށް މުޖްތަމައާ ޤަބޫލް ކުރާ އިލްމުވެރިން ޢައްޔަން ކުރުމަކީ ބޭރު ދުނިޔޭގައި ވެސް ކޮށް އުޅޭ ކަމެކެވެ. ފައިސަލްގެ އެއްމެ ބޮޑު މައްސަލަ އަކީ ޤާނޫނީ ރޮގުން ކިރިޔާ ފުދޭވަރުގެ ސަނަދެއް އޮތުމާއެކު އެއްވެސް ކޯޓެއްގައި މަސައްކަތް ކިށްފައި ބެތުމާއި ވަކީލު ކަން ވެސް ކޮށްފައި ނެތުމާއި އަދި ޖޭއެސްސީގެ ނައިބު ރައީސްކަމުގައި ހުރެ މަޤާމު ހޯދާފައި ވާތީ ނުފޫޒް ފޯރުވި ކަމުގެ ތުހުމަތު އޮތުމެވެ. ޢަދި ސާފު ސިޔާސަި ބޭފުޅެއް ކަމުގެ ލޭބަލް އޮރުމެވެ

The name is already taken The name is available. Register?

ޛިޔަ

25 July 2018

ތި ދެމީހުންނަކީ ދެބެސްޓު ފުރެންޑު، ޔާމީނުގެ 2 މީހުންތީ

The name is already taken The name is available. Register?

ފަނޑިޔާރު

24 July 2018

އެއްވެސް ކޯޓެއްގައި ފަނޑިޔާރުކަންކޮށްފައި ނުވާމީހަކަށް ހައިކޯޓު ފަދަ މަތީ ކޯޓެއްގެ ފަނޑިޔާރުކަން ދިނުން އެއީ ބުއްދިއަށް ބަލައިގަންނަން ވަރަށް އުނދަގޫކަމެއް.

The name is already taken The name is available. Register?

ކޮޅުމަތި

24 July 2018

ތިޔަހަރަ ފެންނަނީ އުދަރެސް ބަނަކޮށްފަ ނަގާ ބޯ ވިލާގަނޑުގެ ކޮޅުމަތި. ކޯޓުތަކުގެ ވާހަކަ އެއް ނުދައްކާނަން. ހައްޕު

The name is already taken The name is available. Register?

މިސުރުގެ ހިރަފުސް

24 July 2018

ސިވިލް މައްސަލަ ތަކާއި ވިޔަފާރި އާއި މުދަލާއި ތަރިކާގެ މައްސަލަ ތަށް ހައިކޯޓުން ބަލާކަށް ނުޖެހޭތަ؟ މިހެން މިބުނީ އަބަދުވެސް ޖިނާއީ ކޯޓްގައި "ހުކުމް" ކުރަން ތިބޭ މީހުން ހައިކޯޓް ފަނޑިޔާރު ކަމަށް ޢައްޔަން ކުރާތަން ފެންނާތީއެވެ؟

The name is already taken The name is available. Register?

ލަދުވީ ފެންދޫ ގައި

24 July 2018

ވަރަށް ދެރަ ކަންތަށް ތަކެވެ.ދަށު ކޯޓް ތަކުގައި އެތަށް އަހަރެއް ވާންދެން ހުކުމް ކުރަން ތިއްބެވި ތަޖްރިބާ ކާުރު ފަންޑިޔާރުން ކުރައްވާ ހުކުމް ތަކުގެ "ކުށް ދަށްކަން" ދުވަހަކު ކުހުމެއް ނުކުރައްވާ ބޭފުޅަކު އައްޔަން ކުރުމަކީ ޖުޑީޝަރީގެ ނިކަމެތި ކަމާ އަން ޕްރޮފެޝަނަލް ކަން އެގިގެންދާ ކަމެކެވެ.

The name is already taken The name is available. Register?

ގަމާރުމީހާ

25 July 2018

ކޮއްކޯ ގައުމުގެ ހާލަތު.ތަރައްގީ އެބަ ފެނެ އެއް ނު.ބުރިޖާ 25 ބުރިޔާ ނިމުނީއެއްނު

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454