އިބޫ، ބ. އަތޮޅު ގައި ކެމްޕެއިން ކުރެއްވުމަށްޓަކައި ފްލައިމީގެ މަތިންދާބޯޓަކުން ދަރަވަންދޫ އެއާޕޯޓަށް ފައިބައިވަޑައިގަންނަވަނީ: ރައްޔިތުން ވޯޓުން ދޭ ޖަވާބު ގަބޫލުފުޅު ކުރެއްވުމަށް ރައީސް ޔާމީންގެ އަރިހުން އިބޫ އެދިވަޑައިގެންނެވި.--- ފޮޓޯ/އެމްޑީޕީ
30 ޖުލައި 2018 - 20:41
އޭނާ އާއި އެމްޑީޕީ އަށް ފާޑުވިދާޅުވެ، ރައީސް އަބްދުﷲ ޔާމީން ރޭ ކުރިމަތި ކުރެއްވި ސުވާލުތަކުގެ ޖަވާބު، މި އަހަރުގެ ރިޔާސީ އިންތިޚާބުން ލިބިވަޑައިގަންނަވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 23 ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓު ރަސްމީކޮށް ރައީސް ޔާމީނަށް އެރުވުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ އެ އިންތިޚާބަށް އިބޫ އާއި އެމްޑީޕީން ނުކުންނައިރު، ޖަވާބުދާރީވާން ޖެހޭ ގިނަ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، ސުވާލުތަކެއް ފެންމަތި ކުރައްވައިފަ އެވެ.
- ރާއްޖޭގެ ހަރު މުދާ ނުވިއްކާނެ ކަން ކަށަވަރު ކޮށްދޭންޖެހޭ.
- ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބޭރުގެ ބަޔަކަށް ވިއްކާލީ ކީއްވެތޯ އަދި އޭގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ ޚަޒާނާ އަށް ލިބުނު އާމްދަނީ ކުޑަވި މައްސަލަ.
- އިސްލާމީ އުސޫލު ކިހާ ވަރުގަދަކޮށް ހިންގިދާނެތޯ؟
- މަރުގެ ހުކުމް ތަންފީޒު ކުރާނެތޯ؟
- އެމްޑީޕީގެ ވެރިކަމުގައި ކޮރަޕްޝަންގެ މައްސަލަަތައް ނުބެލި ސަބަބު.
- އެމްޑީޕީގެ ނުފޫޒާ އެކު ފެބްރުއަރީ 1 ގެ އަމުރު ސުޕްރީމް ކޯޓުން ނެރުނު ސަބަބު.
ސިވިލް ސާވިސް މުވައްޒަފުންގެ މުސާރަ ކަނޑާލި ސަބަބު.
- ދައުލަތުގެ ބަޖެޓަށް ވޯޓު ނުދޭ ސަބަބު.
ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަން ކަށަވަރު ކޮށްދިނުން.
* މި ހުރިހާ ސުވާލުތަކަށް ވެސް އެމްޑީޕީ ނުވަތަ އިބޫ ޖަވާބު ދެއްވުމަށް ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައްޔިތުންގެ ކުރިމަތީގައި.
ބ. އަތޮޅުގެ ހަތް ރަށެއްގައި އިންތިޚާބަށް ކެމްޕެއިން ކުރެއްވުމަށް ފަހު މާލެ ވަޑައިގަތުމުން، ރައީސް ޔާމީން ކުރިމަތި ކުރެއްވި ސުވާލުތަކުގެ ޖަވާބާ ގުޅޭ ގޮތުން "މިހާރު" ން ސުވާލު ކުރުމުން އިބޫ ވިދާޅުވީ، ރައްޔިތުންނަށް އެއްވެސް ކަމެއް އޮޅިފައި ނުވާ ކަމަށެވެ. އަދި ވިދާޅުވީ، ރައީސް ޔާމީންގެ ސުވާލުތަކަށް ރިޔާސީ އިންތިޚާބުގައި ޖަވާބު ލިބިވަޑައިގަންނަވާނެ ކަމަށެވެ.
"ރައްޔިތުންނަށް ވަރަށް ސާފުކޮށް އެބަ އެނގޭ މި ސަރުކާރުގެ އަމަލުތަކާއި ކަންތައްތައް ހުރި ގޮތް. އަދި ރައްޔިތުންނަށް އެނގޭ އަޅުގަނޑުމެންގެ ވެރިކަމުގައި ކަންތައް ކުރެވިފައި އޮތް ގޮތް. އެހެންވީމާ ވަރަށް ސާފުކޮށް ސެޕްޓެމްބަރު 23 ގައި، އެ ސުވާލުތަކަށް [ރައީސް ޔާމީނަށް] ޖަވާބު ލިބިގެންދާނެ،" އިބޫ ވިދާޅުވި އެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަދި ހިންނަވަރު ދާއިރާގެ މެމްބަރު އިބޫ ވިދާޅުވީ، އޭނާގެ އެދިވަޑައިގަތުމަކީ ރައީސް ޔާމީނަށް އިންތިޚާބުގައި ރައްޔިތުން ދޭ ޖަވާބު އެމަނިކުފާނު ގަބޫލުފުޅު ކުރެއްވުން ކަމަށެވެ.
"[ރައީސް ޔާމީން] މަޑުކޮށްލައްވައިގެން ހުންނެވުން އޭގައި ރަނގަޅު ވާނީ. އޭރުން ރައްޔިތުން އެ ދޭ ޖަވާބު އެމަނިކުފާނު ގަބޫލު ކުރައްވަން ތައްޔާރަށް ހުންނެވުމަކީ އަޅުގަނޑު ވަރަށް ބޮޑަށް އެމަނިކުފާނު ކައިރިން އެދޭ ކަމެއް،" އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ައަފޫ ލެވަޓަން
02 August 2018
އަގެއް ނެތް ފައިދާއެއް ނެތް ކެމްޕެއިންނެށް ކުރާނި ކާކު...؟އަދި އިބޫއަށް ހީވާކަހަލަ މިހާރު އިންތިހާބު ކާމިޔާބު ވެއްޖެއޭ....ހިހިހިހިހި ނުވާނެ ތިކަމެއް...
ފުޓްލޫސް
31 July 2018
ދެން ރައީސް ޔާމިންއަށް ތާއީދު ކުރާ ބޭފުޅުންވެސް އިންތިހާބު އަންނަން ދެން މަޑުކޮށްލަންވީނު.
އާދަނު
31 July 2018
މިޙާރު ފަސްބައި ރީތި ދެމީހަކަު ވެރިކަމށްކުރިމަތިލާ ރައްޔިތުންގެ ގިނަ ބަޔަކަށް އެނގި ވޯޓުލާނެކަން އެނގުނީމާ މިސަރުކާރާ ޕޕމ ގޮތް ހުސްވީ. ދެން ލަލަލާ
މަދޮށި
31 July 2018
ﷲ އިރާދަކުރެއްވިއްޔާ މޑޕ އިބުރާހިމެއް ނުހޮވޭނެ.
ސްކޯރޕިއަން
31 July 2018
ބައި ދަންފަޅިއެއްގައި ވެރިކަން ކުރަން ނިކުންނަ ބަޔަކަށް ރައީސަށް ދެވޭނީ ކޮން ޖަވާބެއް؟ އިންތިޚާބު ކުރާ ރައީސަކީ 5 އަހަރު ވެރިކަމުގައި ހުންނަންޖެހޭ މީހެއް! އެމްޑީޕީ ވެރިކަމަށް އަންނަނީ ވެރިކަމުގެ މުއްދަތުގެ ދޭތެރެއަކުން ކޮންޓްރަކްޓެއްގައި އެއްބަސްވެ ކޯލިޝަަން ހެދި ގުޅުނު ޕާޓީތަކުން ކަނޑައަޅާ ރަނިންމޭޓަށް ވެރިކަން ޙަވާލު ކުރަން! މިފަހަރު އަދިމުޅިން ތަފާތު! ޢިސްތިއުފާދީ ފޭބި ރައީސް މިނިވަންކޮށް އޭނާޔާަ ވެރިކަން ޙަވާލުކުރަން! މިމެނިފެސްޓޯ ހިފައިގެން އަހަރުމެން ކުރިމަށްޗަށް އަންނަނީ ޙައޤަށް ވޯޓުދޭށޭ ކިޔަމުން. މިޖަވާބެއް ނުފުދޭނެ ރައީސްގެ ސުވާލުތަކަށް!
ޖައުފަރު
31 July 2018
ރައްޔިތުން ދެނެހުރި އެމްޑީޕީ ސަރުކާރުގަ ޑޮލަރުގެ އަގުމަތިވެ ޑޮލަރަށް ސަލާމް ޖަހަން ޖެހުނު ގޮތް. ފެންކުންފުނި, ދިރާގު, އެއަރޕޯޓް ވިއްކާ ޑޮލަރުތަކަށް ވީނުވީއެއް ނޭނގިދިޔަގޮތް, ސިވިލްސާވިސް މުވައްޒަފުންގެ މުސާރައަށް ހަދާލިގޮތް, ތާއަބަދު ޕޭލިވްގަ ކިޔަވަމުންދިޔަ މުވައްޒަފުންނަށް ޕޭލީވްކަނޑާލާ ކިޔަވަން ބޭނުންނަމަ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކުރިދުވަސް, ބޭންކްބަގުރޫޓްކޮށް ލޯނެއްނުލިބިގެން ރައްޔިތުން އުޅެންޖެހުނު ޙާލު, މިސުވާލުތަކަށް ޖަވާބުދީބަލަ އިބޫ. ރައްޔިތުން މިކަން ހަނދާން އެބަހުއްޓޭ.
ކައްތުބޭ
31 July 2018
ތިޔަކަހަލަ ކުރު ޖަވާބަކުން ކަލޯ ވޯޓައް ސަލާންޖަހާއިރު ނުފުދޭ!
ރާއްޖެ
31 July 2018
ބ އަތޮޅުން ފިނި ތަރުހީބެއް ލިބުނީމަ މާލެ އަރާ މޮޅު ވާހަކަ ދައްކާނެކަމެއް ނެތް.
ދަންދަންޑެހެލު
30 July 2018
އަންނިއަށް ވެރިކަން ހޯދައިދޭން މަގުއަލިކުރަން ވެރިކަމަށް ކުރިމަތިލީ މީހެއްކަން ދިވެހިރައްޔިތުންގެ ތެރެއިން ހޭވަރިވާ އެކަކަށްވެސް އޮޅިފައެއްނެތް. ރޭވުމަކީ ވެރިކަން ލިބިއްޖެނަމަ، އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުންވެސް އަންނި ޖަލުހުކުމުން މިންޖުކުރުވުން. އޭގެ ފަހުން ނައިބު ރައީސް ބޭރުއަރުވާލާފައި، އަންނިއަށް ނައިބުރައީސްކަން ހަވާލުކުރުން އަދި އޭގެފަހުން އިސްތިއުފާދީ، ރައީސްކަން އަންނިއަށް ވާރުތަކޮށްދިނުން. މި ނުލަފާ ރޭވުމަށް ޚަރަދުކުރަން އެތިބީ ދުނިޔޭގައި ލެއްވިހައި، އިސްލާމްދީނުގެ އަދުއްވުން ތިޖޫރީތައް ހުޅުވާލައިގެން. ﷲގެ އަމުރާއި އިރާދަހުރިއްޔާ، ތިކަމެއް އަދިތިހިނެއް ނުދާނެ.
ނެރުކަނދާ
30 July 2018
މިހާރު ހުރި ރައީސް ރައްޔަތުންނަށް ޖަވާބްދާރީވާން ޖެހޭކަނަތައްތައް! 1. އެމްއެމްއާރޕީސީގެ ކޮރަޕްޝަން މައްސަލަނުނިމި ލަސްވަނީ ކީއްވެތޯ؟ 2. އަފްރާޝީމްގެ މައްސަލަ ނުނިމި އަދި ރިލްވާންގެ މައްސަލަ ނުނިމި މިހާލަސްވެގެންދަނީ ކީއްވެތޯ؟ 3. ސިޔާސީ އެކިއެކި ފިކުރުގެ މީހުންނަށް ރާއްޖޭގައި ހަމަހަމަކަމާއެކު ސިޔާސީކަންކަން ނުކުރެވެނީ ކީއްވެތޯ؟ 4. ކާނަލް ނާޒިމް މިހާރުވެސް ޖަލުގައި ހުންނެވީ ކީއްވެތޯ؟ 5. ރައްޔަތުންނަށް އެޅި ފްލެޓްތައް ދެވުނީ ހަމަހަމަ ކަމާއެކުތޯ؟ 6. މަސްވެރިންނާ ދަނޑުވެރިނަށް ކޮށްދޭންވެފައިވާ ވައުދުތަކަށް ވީ ކީއްތޯ؟ 7. ރާއްޖެއިން ތެޔޮހޯދުމުގެ މަސައްކަތްމިހާރު ގޮސްފައިވަނީ ކިހާހިސާބަކަށްތޯ؟ 8. ރިސޯޓްކަކުން އާއްމުނަނަށް ހޯދައިދޭންބުނި ހިއްސާތައް ލިބޭނީ ކޮން ދުވަހަކުންތޯ؟ 9. މުޅިރާއްޖޭގެ އެކިރަށްރަށުގައި ޕްރޮޖެކްޓް ހިންގާއިރު މާލެއަށް މީހުންތޮއްޖައްސަން ތިޔަކުރާކަމަކީ އިގްތިސާދީ ކިހާ އޮއްޓަރެއް ހުރިކަމެއްތޯ؟ 10. އިސްލާމީ ވަހުދަތު ހިފެހެއްޓުމަށް ރައީސް ކުރެއްވީ ކޮންކަމެއްތޯ؟ ވަރަށް ސަލާމް