އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު ފައިސަލް ނަސީމް (ކ) އާއި ބިލެތްދޫ ދާއިރާގެ މެމްބަރު މުބީން މަޖިލިހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ. - ފޮޓޯ: މަޖިލިސް
12 އޯގަސްޓް 2018 - 12:18
ރައްޔިތުންގެ މަޖިލިހުގެ ބިލެތްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަހުމަދު މުބީން، އިދިކޮޅު ފަރާތްތަކާ ގުޅިވަޑައިގަތުމުގެ ދައުވަތު، އިދިކޮޅު ކޯލިޝަންގެ ރަނިންމޭޓު، ރައްޔިތުންގެ މަޖިލިހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމް މިއަދު ދެއްވައިފި އެވެ.
ފ. އާއި ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުގައި، ފ. ފީއަލީ ރައްޔިތުންނާ ބައްދަލު ކުރައްވައި ފައިސަލް ވިދާޅުވީ މުބީނަކީ ރަނގަޅު މަގުގައި މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށެވެ. އެ މަގަށް އަލުން ރުޖޫއަވުމަކީ ރައްޔިތުންގެ ހައްގުގައި ކުރެއްވޭނެ އެންމެ ބޮޑު މަސައްކަތް ކަމަށް އޭނާ ވިދާޅުވި އެވެ.
ފައިސަލް މިއަދު ފީއަލީ އަށް ވަޑައިގެން، އުމުރުން ދުވަސްވީ މީހަކާ ސަލާމް ކުރައްވަނީ. - ފޮޓޯ: އެމްޑީޕީ
"އެ މަގަށް އަލުން ރުޖޫއަވުމަކީ ތިޔަ ބޭފުޅާގެ (މުބީން) ދާއިރާގެ ރައްޔިތުންގެ ހައްގުގަ އާއި އަތޮޅުގެ ރައްޔިތުންގެ ހައްގާއި މުޅި ރައްޔިތުންނަށް ކުރެވޭނެ އެންމެ ބޮޑު މަސައްކަތް. އަދި ރައްޔިތުންނާއި ތިޔަ ބޭފުޅާގެ ރައްޔިތުންނަށް ދެވޭނެ އެންމެ ބޮޑު ހަދިޔާ. މިއަދު މިވަނީ ވަގުތު ޖެހިފައި،" ފައިސަލް ވިދާޅުވި އެވެ.
ފައިސަލް އެހެން ވިދާޅުވިއިރު، އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި މުބީން ނުކުންނެވީ ޖުމްހޫރީ ޕާޓީގެ ޓިކެޓުގަ އެވެ. އެ ޕާޓީގައި މުބީނާއި ފައިސަލް ނަސީމް އެކުގައި މަސައްކަތް ކުރެއްވިތާ އަހަރެއްހާ ދުވަސް ފަހުން، މުބީން ވަނީ ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން، ޕީޕީއެމާ ގުޅިވަޑައިގެންފަ އެވެ. އޭގެ ފަހުން، މިއަދާ ހަމައަށް ވެސް މުބީން މަސައްކަތް ކުރައްވަނީ ޕީޕީއެމްގަ އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ވަގުތަކީ ފާއިތުވެ ދިއުމުން، ކިތަންމެ ވަރަކަށް ރޮއި، ހިތާމަ ކުރިޔަސް، އަނބުރާ ގެނެވޭނެ އެއްޗެއް ނޫނެވެ. އިސްލާމް ދީނުގައި ބާރު އަޅާފައިވާ ގޮތަށް، ހެޔޮ ކަންކަން ކުރުމުގައި އެންމެން އަތުގުޅާލައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ނަސީމް މިއަދު ފީއަލީ އަށް ކުރެއްވި ދަތުރު. - ފޮޓޯ: އެމްޑީޕީ
މީގެ އިތުރުން، އަނިޔާވެރިކަމާއި އިންސާފު އެއްކިބާވެގެންވާ ކަންކަމާއި މުދާ ފޭރުމުގެ ކަންކަމަށް ވަރަށް ކެރިގެން ނޫނެކޭ ބުނަން ކެރެން ޖެހޭނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުގެ ހަނދާނަށް އަންނަނީ އަލްމަރްހޫމް ޑރ. މަޖީދު އަބަދުވެސް ދެއްވާ ނަސޭހަތް. ހެޔޮ ގޮތުގައި ތިބުމަށާއި ހެޔޮ ނަސޭހަތް ދޭ ބަޔަކަށް ވުމަށް އެންމެ ފަހު ނޭވާއާ ޖެހެންދެން މަސައްކަތް ކުރަން ޖެހޭ،" ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަބްދުލްމަޖީދު އަބްދުލްބާރީއަށް އިޝާރާތް ކުރައްވައި ފައިސަލް ވިދާޅުވި އެވެ.
ފައިސަލް ވިދާޅުވި ގޮތުގައި ރަށެއްގެ ތަރައްގީ، އޭގެ ހެޔޮ ގޮތުގަ އާއި ރައްޔިތުން ބޭނުންވާ ގޮތަށް ގެނެވޭނީ ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހަރަކާތްތެރިވެގެންނެވެ. ކައުންސިލަރުން ހެޔޮ މަގު ހިޔާރުކުރަން ބޭނުން ނަމަ، އިދިކޮޅާ ގުޅިވަޑައިގަތުމަށް ވެސް ފައިސަލް ދައުވަތު ދެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޓަކަޓަކަ
14 August 2018
ދައުއަތު ދިނަސް ގުލޭނީ ކިހިނެއްތޯ ؟ ެ ތިއެންމެންވެސް ތިބެނީ ނަގޫފިތިފަ،
ތީކޮންކަމެއް
13 August 2018
ވައްދައިގެން ނުވާނެ
އަފޫ ލެވަޓަން
12 August 2018
ﷲގެއިރާދަފުޅާއި މިންވަރުފުޅުން މިއިންތިހާބު ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރަނެ....
ޕޮލިޓިކ..
12 August 2018
ބޭކާރު މީހެއް.. އެއީ.. ކުރިޔައް އޮތް ތާވެސް ދޭނީ ލަޑު ރައްޔިތުންނަށް....
ކިސަޑު
12 August 2018
މިއަދަކު ހައްޕުޑު ބޭނުމެއް ނޫން 'ބޭނުމީ ނަޖިސް ތައް ނައްތާލަން މިގައުމު ސާފުކުރަން ގޯސް ނަހަދާތި ފައިސަލް ތިތިބީ އެންމެރަގަޅު މީހުން ނާއެކު
މުވައްޒަފު
12 August 2018
ތަނެއްގަ ބޭކާރު މީހެއް ހުރިއްޔާ ގެންދޭ. ޢަދި ހީރޯއަށް ހަދާ. ޭ. ދެން މިހުރިހާ ހަޑިއެއް ހޭވީ ނިކަމެތި މުވައްޒަފުންނޭ ބުނެ، އެ މީހުންގެ މައްޗަށް ފިޔަވަޅު އަޅާ. ރަނގަޅު ބަޔަކު އެބަ އުޅޭތަ؟
މޫސާ ސާއިދު
12 August 2018
ނޯ ނޯ ނޯ މުބީން ގެނެސްގެން ނުވާނެ ބޮޑު ރޯނުއެދުރެއް އެއީ. އަކަހަލަ މީހުން ކައިރި ކުރާނެކަމެއްނެތް
ޙަސަން އަޙްމަދު
12 August 2018
ތި މީސްމީހުން ގެންނާނެ ކަމެއް ނެތް.
falaku ain
12 August 2018
ޕީ.ޕީ.އެމްގެ ޕާލަމެންޓްރީ ގްރޫޕްގައި ހިމެނޭ އެއްވެސް މެމްބަރަކު މިހާރު އަދިކޮޅު ޕާޓީއާ ގުޅިވަޑައިގަތުމަށް ދައުވަތު ދިނުމަކީ ހެދޭނޭ އެންމެ ބޮޑު ގޯސް. އެހެނީ އެމީހުންނަކީ ގައުމު މިޙާލަތަށް ވައްޓާލުމުގައި އެންމެ ބޮޑު ދައުރެއް އަދާކުރެއްވި އަދި މިހާރުވެސް އަދާކުރަމުންދާ ބައެއް. ޚިޔާނާތްތެރިން ކައިރިކުރުމަކީ ބޮޑު ގެއްލުމެއް. ތިއިން އެއްވެސްމީހަކު ދެން ރައްޔިތުން ބަލައި ނުގަންނާނެ. ފައިސަލް ތިބާވަތަށް އުޅުއްވުން ހުއްޓަވާ ލައްވާ. ގައުމުގެ ޢިއްޒަތްތެރިން ޖަލަށް ލެވުނީ އެމީހުންގެ ސަބަބުން.
ރަދީފް
12 August 2018
މުބީން އެއީ ބޮޑު ރޯނުއެދުރެއް.ބޭނުމެން ނޫން.