ޚަބަރު / ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

ހދ. ގައި އިތުރު ރިސޯޓްތައް ހަދާނަން: އިބޫ

ހދ. ވައިކަރަދޫ އިން،  އަހުމަދު ސާއިލް އަލީ، މިހާރު

13 އޯގަސްޓް 2018 - 14:33

21 comments

މި ވަގުތު އެންމެ ރިސޯޓެއް ހިންގަމުން އަންނަ ހދ. އަތޮޅުގައި އިތުރު ރިސޯޓްތައް ހަދައި ވަޒީފާގެ ފުރުސަތު ތަނަވަސް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު، ވައިކަރަދޫގައި، ވިދާޅުވެއްޖެ އެވެ.

ހދ. ގެ ރަށްރަށަށް ކުރައްވާ ދަތުރުގައި އިބޫ އާއި ކޯލިޝަންގެ ބޭފުޅުން މި ރަށަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދެންނެވުމަށް ފަހު ހުށަހެޅި ޕެޓިޝަނެއްގައި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދިފައި ވަނީ މިރަށާ ކައިރީގައި އޮންނަ ވައިކަރަމުރައިދޫގައި ރިސޯޓެއް ހަދައިދިނުމަށެވެ. ރީތި ފަޅަކާއި ރީތި ދޮންވެލިގަނޑެއް އޮންނަ އެރަށް މިހާރު ބޭނުންކުރަނީ ދަނޑުވެރިކަމަށެވެ.

ދެ ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މިރަށު ބަނދަރުގައި ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ ވަޒީފާގެ ދަތިކަމާ ހުރެ މިރަށުން ގިނަ ބަޔަކު މާލެއަށް ހިޖުރަކުރަން ޖެހިފައިވާ ކަމަށެވެ. އެކަން ހައްލުކޮށް، ރަށާ ކައިރިން ވަޒީފާގެ ފުރުސަތުތައް ގިނަ ކުރުމުގެ ގޮތުން މި ސަރަހައްދުގައި އިތުރު ރިސޯޓްތަކެއް ހަދާނެ ކަމަށް ވިދާޅުވި އެވެ.

Nuhedhi huri Resort thakah Loan hamajasai dheynan: Ibu

Nuhedhi huri Resort thakah Loan hamajasai dheynan: Ibu

The most trusted news source in the Maldives

Mihaaru

ނުހެދި ހުރި ރިސޯޓްތައް ހަދަން ލޯން ހަމަޖައްސައިދެއްވާނެ ކަމަށް ވިދާޅުވުން--

"އަޅުގަނޑުމެންގެ ޓޫރިޒަމް ފުޅާކުރާ ސިޔާސަތުގެ ދަށުން މިރަށް ކައިރީގައި ރިސޯޓްތައް ހުޅުވާނަން،" އިބޫ ވިދާޅުވި އެވެ.

ވައިކަރަދުއާ ކައިރީގައި އޮންނަ ދެ ފަޅުރަށް ކަމަށްވާ ނާގޮއްޓާއި ކުޑަމުރައިދޫގައި ރިސޯޓް ތަރައްގީ ކުރަން ދިންތާ އެތައް އަހަރެއް ވީއިރު ވެސް މަސައްކަތް ނިންމާފައެއް ނުވެ އެވެ.

މި އަތޮޅުގައި ހަމައެކަނި ހިންގާ ރިސޯޓަކީ ދާދި ފަހުން ހުޅުވި ހޮނޑާފުއްޓެވެ. އެރަށް ވެސް ހުޅުވޭ ވަރުވީ އެތައް އަހަރެއް ފަހުންނެވެ. އެކަމަކު އަދި ވެސް މުޅި ރަށް ނިންމާފައެއް ނުވެ އެވެ.

ހދ. ގައި ރިސޯޓް ހަދަން ދޫކުރި ރަށްރަށް ތަރައްގީނުކުރެވި އޮތުމުގެ މައްސަލާގައި އިބޫ ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ސަރުކާރެއްގައި އެފަދަ އިންވެސްޓްމަންޓްތަކަށް ފައިސާ ލިބޭނެ ގޮތްތައް ހަމަޖައްސައިދޭނެ ކަމަށެވެ.

ޓޫރިޒަމް ފުޅާކުރުމާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމުގެ އިތުރުން އިބޫ ވަނީ ވައިކަރަދޫ ރައްޔިތުންނަށް އެހެން ޔަގީންކަމެއް ވެސް ދެއްވައިފަ އެވެ. އެގޮތުން އެރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް އޭނާގެ ސަރުކާރުން ފަށާނެ ކަމަށް ވިދާޅުވި އެވެ.

21 ކޮމެންޓް, 44 ރިއެކްޝަންސް

icon happy icon happy 41%
icon sad icon sad 0%
icon angry icon angry 59%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަދިރި

13 August 2018

އިބޫ ތީ ދަތްނެތް ސިންގާ ބުނާކަހަލަ ވާހަކަ. އެވެސް ބުނޭ ދަތް އަޅާނަމޭ. ރަނގަޅުވާނީ ބޮލާފޮށާ ނޭޅެނީސް ތިކަން ނުވާނެޔޭ ކިޔާފަ އަވަހަށް އިލެކްޝަނަށްލީ ފޯމް ނެގިއްޔާ.ވ ވާހަކަ މީ

The name is already taken The name is available. Register?

ހުރަވީ

13 August 2018

އިބޫ ބަލަ ރައީސް ޔާމީން ބުނެގެން ރައްޔިތުން ގަބޫލު ކުރާނެ ރިސޯރޓްތަށް ހެދިދާނެކަން އެކަމަކު އެމްޑީޕީ އާއި އިބޫ އަކަށް އިތުބާރެއް ނެތް. އެހެންވީމާ ވަރަށް ސަލާމް

The name is already taken The name is available. Register?

ޖަރީމާ ރައީސް

13 August 2018

ގަރުދިޔަ ފެކްޓްރީއާއި. ރިހާކުރު ހޮޅިއާއި، ކުއްޅަވަށް ފެކްޓްރީ އަޅަނީ ކޮން ރަށެއްގައިތޯ؟

The name is already taken The name is available. Register?

ބުއްޅަބޭ

13 August 2018

ޔާމީނު ރިސޯރޓް ހުޅުވަމުންދާއިރު ފަހަތުގަ ހުރެގެން މިބުނަނީ އަދި އިތުރު ރިސޯރޓްތައް ހުޅުވާނަމޭ!

The name is already taken The name is available. Register?

‫އަސް

13 August 2018

‫ކޮޕީ ކޮށްގެއް ވެސް ވޯޓެއް ލިބޭތޯ އެބަލަނީ.އެކަމު ރައްޔިތުން ތިބީ ރައީސް ޔާމީން ގެ ފަހަތުގަ.

The name is already taken The name is available. Register?

ސަރީފް

13 August 2018

އެއްކޮޅުން ބޮއިކޮޓްކުރަން ކެރަފާ ނަސީދު ގޮވާއިރު، އަނެއްކޮޅުން ތިޔަ ހޮވަނީ ރިސޯޓް އިތުރުކުާ ވާހަކަ. މޮޔަފުޅު ވީތޯ. ހަމައެއް ނުޖެހެ.

The name is already taken The name is available. Register?

ފަޅުވެރިން

13 August 2018

އިތުރު ރިޒޯރޓް ހަދާނަންދޯ؟ ދެން ކަލޭމެންގެ ތިން އަހަރުގެ ވެރިކަމުގައި އެއްވެސް ރިޒޯރޓެއް ނެހެދީ ކީއްވެގެންނޯ؟

The name is already taken The name is available. Register?

އައްބާސް

13 August 2018

ކިހިނެއް ރިސޯރޓް ހަދާނީ ، އެފައިސާ ހޯދާނެގޮތް އަދި އިންވެސްޓަރުން ހޯދޭނެގޮތް ވިދާޅުވި ނަމަ ވަރައް އުފާވީސް.

The name is already taken The name is available. Register?

ކަތީބް މޫސަ

13 August 2018

ރިސޯޓް ހެދުމުގެ ބޭނުމެއްނެތްތާ ކުރީގެ ރަޢީސުން އެގޮވަނީ ޓްއަރިސްޓުން ނައުމަށް ،، ހދ.އަތޮޅަށް މުޅިންވެސް އެއަރޕޯޓާ ރިސޯޓް ލޮލަކަށް ނުފެނޭ .. މަގޭ ލޮލުގެ މައްސަލަކަމަށް ގަބޫކުރެވެނީ....

The name is already taken The name is available. Register?

ހޯގުަލާ

13 August 2018

ހދ ގައި މުޅިންވެސް ރިޒޯޓް ހަދަން ރައްތައް ދީފާހުރީ އެމްޑީޕީ މީހުންނަށް. މިސަރުކާރުން އެތައް ލުއިތަކެއް ދިނީމަވެސް އެއްވެސް ވަރެއްނުވި، ދެންވެސް ނުވާނެ. ހުސްވާހަކަ ދައްކާބައެއް. ވައިކަރަމުރައިދޫ އެއީ އަންނިގެ ބާރުގެ ދަށުގައި އޮތް ތަނެއް. މިހާރު ހުރި ދާއިރާގެ މެމްބަރުވެސް ތިކަހަލަ ފޮނިކެޑި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454