ރައީސް ޔާމީން ތ. ގުރައިދު އަށް ވަޑައިގެންފި

އަންނަ މަހުގެ 23 ގައި ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭނަށް، ޕީޕީއެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން ތ. އަތޮޅަށް މިއަދު ވަޑައިގެންފި އެވެ.


މި ދަތުރުފުޅުގައި ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނުގެ ދެ ވަނަ ދައުރެއްގައި، އެ ރަށުގެ ރައްޔިތުން ބޭނުންވާ ކަންކަން އޮޅުންފިއްލެވުމަށް ވަނީ ހަމަޖައްސަވައިފަ އެވެ.

ދާދި ފަހުން ރަސްމީ ދަތުރުފުޅުތަކުގައި ގިނަ އަތޮޅުތަކަކަށް ރައީސް ޔާމީން ވަޑައިގެންނެވި އެވެ. އެ ދަތުރުފުޅުތަކުގައި ސަރުކާރުގެ ގިނަ މަޝްރޫއުތަކެއްގެ ނިމުން ވެސް ފާހަގަކުރެއްވި އެވެ.

ރައީސް ޔާމީންގެ ކެމްޕޭން ދަތުރުފުޅުތައް އިއްޔެ ފެއްޓެވިއިރު، ފުރަތަމަ ވަޑައިގަތީ ފ. އަތޮޅަށެވެ. ނިލަންދޫގައި ރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި ރައްޔިތުންނާ ބައްދަލުކުރައްވައި، އެމަނިކުފާނަށް އިންތިޚާބު ކާމިޔާބު ކޮށްދޭން ޖެހޭ ސަބަބުތައް ވިދާޅުވެ ދެއްވި އެވެ.