ޚަބަރު / ރެހެންދި ސްކޫލް

ހުޅުމާލޭ ރެހެންދި ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި މުވައްޒަފުންގެ ތާއީދު އިބޫއަށް

ރެހެންދި ސްކޫލުން އިބޫއަށް ފާޅުގައި ތާއީދު ކުރި ޓީޗަރުންނާއި މުވައްޒަފުންނާ އެކު އޭ މިރޭ ފޮޓޯއެއް ނަންގަވަނީ.

13 ސެޕްޓެމްބަރ 2018 - 01:08

134 comments

ހުޅުމާލޭގެ ރެހެންދި ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި މުވައްޒަފުންތަކެއްގެ ތާއީދު ވެސް، އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް އޮތް ކަން މިރޭ ހާމަކޮށްފި އެވެ.

އެ ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި މުވައްޒަފުންގެ ތާއީދު އިބޫ އަށް އޮތްކަން ހާމަކުރީ، އޭނާއާ އެކު މިރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި، ރެހެންދި ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި މުވައްޒަފުން ބައިވެރިވި ކަމަށް އެމްޑީޕީން ބުނެ އެވެ.

އެމްޑީޕީން ކުރި ޓުވީޓެއްގައި ބުނީ، މި މަހުގެ 23 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ގުޅިފައިވާ ޕާޓީތަކުގެ ކެންޑިޑޭޓް އިބޫއަށް ރެހެންދި ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި ސްޓާފުން ތާއީދު ކޮށްފައިވާ ކަމަށެވެ.

އިބޫއާ އެކު މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ރެހެންދި ސްކޫލްގެ މުވައްޒަފަކު، އިބޫއާ އެކު މިރޭ ފޮޓޯއެއް ނަގަނީ.

ށ. އާއި ނ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރަށް ފަހު، އިބޫ މިރޭ ވަނީ ހުޅުމާލެއަށް ވަޑައިގެން ރެހެންދި ސްކޫލްގެ ޓީޗަރުންނާ ބައްދަލުކުރައްވައިފަ އެވެ. އަދި އިބޫއާ އެކު، އެ ޓީޗަރުންނާއި މުވައްޒަފުން ބޭއްވި ބައްދަލުވުމުގެ ފޮޓޯތައް އެމްޑީޕީން މިހާރު ވަނީ އާންމުކޮށްފަ އެވެ.

"އެ މީހުން އިބޫ އަށް ތާއީދުކުރަން ނިންމީ، ތައުލީމީ ދާއިރާގައި ހުރި މައްސަލަތަކާއި ގޮންޖެހުންތައް ހައްލު ކުރުމަށް އެދޭތީ. އަދި ރެހެންދި ސްކޫލްގެ ސްޓާފުން އަޅުގަނޑުމެންގެ ކެންޑިޑޭޓާ އެކު ވާ ކަން ސާބިތު ކޮށްދިނުމަށްޓަކައި،" ރެހެންދި ސްކޫލްގެ ޓީޗަރުންނާއި މުވައްޒަފުންތަކެއް އިބޫ އަށް ތާއީދުކުރި ސަބަބާ ގުޅޭ ގޮތުން އެމްޑީޕީގެ ސެކްރެޓޭރިއޭޓުން ބުންޏެވެ.

އިސްކަންދަރު ސްކޫލްގެ 20 ޓީޗަރަކު ވެސް ވަނީ އިބޫއާ މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ބައްދަލުކޮށް، އޭނާ އަށް ތާއީދުކުރާކަން ހާމަކޮށްފަ އެވެ.

އިސްކަންދަރާއި ރެހެންދި ސްކޫލްގެ ގިނަ އަދަދެއްގެ ޓީޗަރުންނާއި މުވައްޒަފުންގެ ތާއީދު އިބޫއަށް އޮތްކަން ހާމަކުރިއިރު، ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެވިއްޖެ ނަމަ ޓީޗަރުންގެ މުސާރަ ބޮޑުކޮށްދެއްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

އިބޫއާ އެކު މިރޭ ބޭއްވި ބައްދަލުވުމަށް ފަހު، ރެހެންދި ސްކޫލްގެ މުވައްޒަފަކު، އިބޫއާ އެކު މިރޭ ފޮޓޯއެއް ނަގަނީ.

ދިއްދޫގައި މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި އިބޫ ވިދާޅުވެފައި ވަނީ ބުރަ އަދި ގިނަ ވަގުތު މަސައްކަތްކުރާ ޓީޗަރުންނަށް ލިބެނީ އެންމެ އެކަށޭނަ މުސާރަ ނޫން ކަމަށެވެ. އެކަން ހައްލު ކޮށްދެއްވައި އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި ޓީޗަރުންގެ މުސާރަ އާއި އިނާޔަތްތައް އިތުރު ކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ހިލޭ މަތީ ތައުލީމް ހާސިލް ކުރުމުގެ ފުރުސަތާއި ކިޔެވުމަށް ސަރުކާރުން ދޫކުރާ ލޯންތަކަށް ލުއިތަކެއް ހޯއްދަވައި ދެއްވާނެ ކަމުގެ ވައުދު ވެސް އިބޫ ވަނީ ވެވަޑައިގެންފަ އެވެ. އަދި އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގެ ތައުލީމީ ސިޔާސަތުގެ ތެރޭގައި ހިމަނާފައިވާ ކަން ކަމެވެ.

134 ކޮމެންޓް, 591 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 1%
icon angry icon angry 57%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރީތި މޫސަ

15 September 2018

މީއަސްލެއްނޫން މީރޭވުމަކުން ހައްދާލީ އެކަކުފިޔަވާ އެންމެންވެސް ވޯޓްދޭނީ ޔާމިނަށް

The name is already taken The name is available. Register?

ފިރުޓޭ

13 September 2018

ކޮބާ މިއޮތް ހަމަ ފެންނަނީނު ބޮޑު ފަޅި!

The name is already taken The name is available. Register?

ޑީޑީ ދަރި

13 September 2018

20 ޓީޗަރުން؟

The name is already taken The name is available. Register?

ޞުބާ

13 September 2018

✌✌✌✌✌✌✌

The name is already taken The name is available. Register?

ާނިހާ

13 September 2018

ސާބަހޭ އައްބެ ސަރ!!

The name is already taken The name is available. Register?

ަަައަހުމަދު

13 September 2018

އައްބެ ސަރގެ ވެސް އަގު ވެއްޓުނީ.ބެލެނިވެރިން ދަރިވަރުން ކުރިމަތީ ސިޔާސީ މީހަކަށްވެ ނިމުނީ.

The name is already taken The name is available. Register?

ވަސީ

13 September 2018

ތި ޓީޗަރުންނަށް ކޮންމެ ސަރުކާރެއްގައި ވަޒީފާ އަދާ ކުރެވިދާނެ ކަމާ މެދު ޝައްކު އުފެދޭ! ހީވަނީ ބޮޑަށް ސިޔާސީ ކަންކަން ކުރަން ތިބި ބައެއްހެން!

The name is already taken The name is available. Register?

ަހަސަން

13 September 2018

ވަޒީފާގެ ބިރޭ ކިޔައިގެން އެމްޑީޕީ ދައްކަނީ ދޮގު ވާހަކަކަން ސާފު ވެއްޖެ ދޯ

The name is already taken The name is available. Register?

ސަމްރީ

13 September 2018

ސިޔާސީ ސްޓަންޓްގަ ނުޖެހި ތިބެވޭހާ ވިސްނުން ރަގަޅުނޫންކަން އެދައްކައިދިނީ. ތިމާ ތާއީދުކުރާ މީހަކަށް ވޯޓްލުމުގެ ހައްގު ނެތީކީނޫން. އެކްޓިވިސްޓުން ކުރާ ޒާތުގެ ކަންކަން ޓީޗަރުން ކުރުމަކީ ދަރިވަރުން ހަލާކުކުރުން.

The name is already taken The name is available. Register?

އަސަރު

13 September 2018

މިފެންނަނީ ހަމަހަމަކަ މިނިވަންކަމާ އިންސާފުގެއްލިފައިވާތަން. މަދު ބަޔަކަށް ކެރޭނީ. މީ ސްކޫލްގެ ނަމަށް ލިބޭ ހުތުރެއްވެސް ނޫން. މިކަމުން ދަރިވަރުންނަށް ކުރާނޭ އަސަރެއް ނެތް.

The name is already taken The name is available. Register?

ހާސަރު

13 September 2018

ވަޒީފާގެ ބިރުނެތިދާނީ ގުޅިގެން ސިޔާސީ ކުލައަކަށް ނުބަލާ ވަޒީފާ އަދާކުރެވޭ މާހައުލެއް ލިބިގެން. ތިމާތާއިދު ނުކުރާ ޕާރޓީގެ މީހަކަށް ނުހައްގުން ވަޒީގެ އަނިޔާ ދޭއިރު ބަލަން ނުތިބެ އެންމެން އޭނާގެ ހައްގުގައި ތެދުވަން ޖެހޭ. ވަޒީފާ އަދާކުރުމާ ޕާރޓީ އާއި މިއީ މުޅިންދެކަމެއް. އެގޮތަށް ފެނަކައިގެ ހުރިހާ މުއައްޒިފުންވެސް ހައްގުގެއްލޭ މުއައްޒިފުގެ ހައްގު ނުހައްގުން ގެއްލުވާލުމާ ދެކޮޅަށް ތެދުވަން ޖެހޭ. ޅަދަރި މައިން އިންސާފެއް ނެތި ރަހުމެއް ނެތި ދުރުރަށަކަށް ސިޔާސީ ސަބަބަކާހުރެ ފޮނުވާލާތަން ބަލަން ތިބެން ހެޔޮނުވާނެ. އިސްލާމަކަށް ވީތީވެސް އިހްސާންތެރިވެ އޭނާގެ ހައްގުގެއްލުނަ ނުދޭން ތިމާވެސް މަސައްކަތް ކޮށްދޭންޖެހޭ.

The name is already taken The name is available. Register?

މޫން އިބްރާހިމް

13 September 2018

މިގައުމުގެ ދުވަސް ދުއްވާލާފި ޓީޗަރުން ވޯޓް މާގިނައިން އަޅަނީތަ ހަމަ ވޯޓު ވާނީ ވޯޓައް ކިޔަވާކުދިން ގެ ވޯޓު ހަމަނުލިބޭނެ އެއްވެސް މީހަކަށް މިދެން ބޮޑުވަރު އަހަރެމެން ގެ ސަގާފަތް ފުނޑު ފުނޑު ކޮއްލާފި މިޔަހޫދީ ޑިމޮކް ރަސީ ހުރިހިތާމަ އެއްގެ ބޮނޑު ކަން

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454