ސިއްރު ފެންފުށީގައި ހަދާފައިވާ ކޮރަލޭރިއަމް؛ ރިސޯޓުން ނުނަގައިފި ނަމަ ބުދުތައް ނަގައި ނައްތާލުމަށް ސިފައިންނާއި ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރު ކޮށްފައި -- ފޮޓޯ / ހޮޓެލިއާ މޯލްޑިވްސް
20 ސެޕްޓެމްބަރ 2018 - 15:22
ސިއްރު ފެންފުށި ރިސޯޓުގައި ކޮރަލޭރިމެއް ހަދައި އެތަނުގައި އިންސާނުންގެ ސިފަ އަށް ބަހައްޓާފައިވާ ބުދުތައް ކޯޓުގެ އަމުރާ އެއްގޮތަށް ފަސް ގަޑިއިރުގެ ތެރޭގައި ނުނަގައިފި ނަމަ ސަލާމަތީ ބާރުތަކުން އެތަކެތި ނަގައި ނައްތާލާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންގެ ސުޕްރިންޓެންޑެންޓް އަހުމަދު ޝިފާން އިއްވެވި ބަޔާނެއްގައި ވިދާޅުވީ، ސިއްރު ފެންފުށީގެ ބުދުތައް ނުނަގައިފި ނަމަ އެކަން ކުރުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
"ދީފައިވާ މުހުލަތުގެ ތެރޭގައި ރިސޯޓުން އެކަން ނުކޮށްފި ނަމަ ދިވެހި ފުލުހުންނާއި ސިފައިން އެކަން ކުރާނެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވާލަން،" ޝިފާން ވިދާޅުވި އެވެ.
ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މިއަދު ނެރުއްވި ކޯޓު އަމުރުގައި ބުނެފައި ވަނީ ސިއްރު ފެންފުށީގައި ޖީބީއެޗް މޯލްޑިވްސް ރިސޯޓްސްގެ ފަރާތުން ބަހައްޓާފައިވާ ބުދުތަކުގެ ސަބަބުން އިސްލާމް ދީނުގެ ވަހުދަތާ ހިލާފަށް ބަހައްޓާފައިވާ ތަކެތި ކަމަށެވެ.
"ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުގައި ބަހައްޓާފައިވާ ކޮރެލިއަމަކީ އިސްލާމް ދީނުގެ ވަހުދަތާއި ދިވެހި ދައުލަތުގެ ސުލްހަ މަސްލަހަތާއި ނިޒާމު އާންމާ ހިލާފުވާ ގޮތަށް ހަދާފައިވާ ތަނެއްކަން ހުށަހަޅާފައިވާ ލިޔުންތަކުން އެނގޭ،" އެ އަމުރުގައިވެ އެވެ.
ސިއްރު ފެންފުށީގައި ހަދާފައި ކޮރަލޭރިއަމް: ބުދުތައް ނަގަން ދިނީ ފަސް ގަޑިއިރު -- ފޮޓޯ / ހޮޓެލިއާ މޯލްޑިވްސް
ބުދުތައް ނެގުމަށް އަމުރު ކުރުމުގައި "ދިވެހިރާއްޖޭގައި ބުދުު ބެހެއްޓި، ބުދަށް އަޅުކަން ކުރަން ފެށިދާނެ އެއްވެސް މަގަކަށް މަގުފަހިވާނޭ ދޮރެއް ހުޅުވިގެން ނުދާނެ ގޮތުގެ މައްޗަށް" ކޯޓުން ބަލާފައިވާ ކަމަށް ވެސް ގާޒީ އަލީ އަބްދުﷲގެ އަމުރުގައިވެ އެވެ.
މީގެ އިތުރުން ސިއްރު ފެންފުށި ރިސޯޓުން ބުދުތައް ނަގައި އެ ތަކެތި ދައުލަތުން އަންގާ ގޮތެއްގެ މަތިން ނައްތާލުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
"މިއަދުގެ 13:30 އިން ފެށިގެން ފަށް ގަޑިއިރުގެ ތެރޭގައި ފެއާމޮންޓް ސިއްރު ފެންފުށި ރިސޯޓުން [ބުދުތައް] ނެގުމަށް ދައުވާ ލިބޭ ޖީބީއެޗް މޯލްޑިވްސް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑަށް އަންގައި އަމުރުކޮށް މި އަމުރު ކުރެވުނު ވަގުތުގެ ތެރޭގައި އެތަކެތި ދައުވާ ލިބޭ ފަރާތުން ނަގާފައިނުވާ ނަމަ އެ ވަގުތު ހަމަވާ ވަގުތުން ފެށިގެން އެ ތަކެތި ނަގަން ފަށައި ހަތް ދުވަހުގެ ތެރޭގައި އެތަކެތި ނަގައި ނިންމުމަށާއި ދައުލަތުން ކަނޑައަޅާ ގޮތެއްގެ މަތީން އެތަކެތި ނައްތާލުމަށް މޯލްޑިވްސް ޕޮލިސް ސާވިސް އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ މައްޗަށް އަންގާ އަމުރު ކުރަން،" އެ އަމުރުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހާދާލު
21 September 2018
ތިކަން ވާނެ ބާ؟؟؟؟
ރިނީ
21 September 2018
ދިވެހިންނޫނީ މަ ނުދެކެން ހަމައެއްޗެއް ފެންނައިރަށް ކާފަރުންނަށްވާ. ފުކެއްބޮޑުވަރު ކިޔަންވީ މިކަމަކަށްނު.
ުދެގުިފގެ
21 September 2018
ޔާމިން ގެ 20 ފޫޓު ދިގު ފޮޓޯތައް ޢެއީ ބުދެތް ނޫން ތޯ. ރާއްޖޭގައި ބުދު ބަހަޓައިގެން އެއްވެސް މީހަކު ކާފަރެއް ނުވާނެ. އެކަމަކު ރާވިއްކަންޏާ އެބޯނެ މަރުގެ ބަދަލު ނުހިފަންޏާ މީހުން މަރާނެ. ވަރައް ތާކުން ތާކު ނުޖެހޭ ކަމެއް މީ.
ދއނ
21 September 2018
ވަރަށް އުފާވެއްޖެ. ބުދުތައް ނަގާތީ ރުޅިގަދަވާ ބަޔަކު ތިއްބަސް އަޅުގނޑު އުފާވޭ. ތިއީ ބޮޑެތި ސްޓޭޗޫ ތަކެއް. ބަހައްޓައިގެން ވެސް ނުވާނެ ނެގެން ވާނެ.. މި އެއްޗެހި ނަގާތީ މި ރުޅި އަންނަނީ އިދިކޮޅު މީހުން.. މިހެންވެ އެމްޑީޕީ ޔަށް ވޯޓް ނުދެވޭނީ. މި އެއްޗެހި ނަގާތީ އިދި ކޮޅުން އެވަރަށް ރުޅި އާދޭ ވިޔަ. މި ސްޓޭޗޫ ތަށް ނަގާށޭ ބުނާނަމަ ވަރަށް ތާއީދު އެމްޑީޕީޔަށް.
ޏަޖީބް
21 September 2018
ތިފިހާރަތަކުގައވާ ބުދުތައްވެސް ނަގާބަލަ ލަފދުންބޯފަޅަިގެންދާވަރުވޭ ހީވަނީ މޮޔަވެގެންއުޅޭ ބަޔެއްހެންދޯ
ދއނ
21 September 2018
ޕްލާސްޓިކް ޑޯލްސް އާ ސްޓެޗޫ އާ ތަފާތު..
ރަދީފުލް އައްވަލް
21 September 2018
ނަންވާނީ ނަޝީދު.
ޒިންދަގީ
21 September 2018
ފަސް ގަޑިއިރު ގުނަންފަށަނީ ކޮންއިރަކުން ފެށިގެންތޯ؟؟ ހަމަ އަހާލީ..
އެސްއޯއީ
21 September 2018
އަޖައިބު. ފުލުހުންނަށް ތިޔަކަމެއް ނުވި، އޮތަ؟ ދެން ސަލާމަތީ ބާރުތަކަށްވެސް ފުލުހުންތަ އަމުރުކުރަންވީ، 5 ގަޑިއިރު ފަހުން އެތަކެތި ގޮއްވައި ސުންނާފަރިކޮށް، މޫދު ކިލަނބުކޮށް، މަސްތައް ބިރުގަންނުވައި، ދިރުންތައް ނެތިކޮއްލަން؟
ސައި
20 September 2018
ބުދުތައްނަގައް މުހުލަތެއްތިދިނީ އަދި މިހާރުބުދު ބެހެއްޓިތާ ދުވަސްތަކެއްވެއްޖެ މިއުޅެނީ ވޯޓު ލާންތިންދުވަހައްވީމާ ރައްޔިތުންގެ ލޮލުގަ އަނދުން އަޅުވާނަމޭހިތާ ބުދުތައް ނެގިއަސް ވޯޓެއް ނުދޭނަން
ލުއިސް ފީގޯ
20 September 2018
ސިޔާސީ ސްޓަންޓެއް