ސިއްރު ފެންފުުށީގައި ބެހެއްޓި ބުދުތައް ތަޅާލަނީ: އެ ތަކެތި ނެގީ ކޯޓުން އަމުރު ކުރުމުން --ފޮޓޯ/ޕޮލިސް
21 ސެޕްޓެމްބަރ 2018 - 18:52
ސިއްރު ފެންފުށީގެ ފަޅު ތެރޭގައި ހެދި ގެލެރީގައި ބެހެއްޓި ބުދުތައް ފުލުހުން މިއަދު ނަގައި، ހުސްކޮށްފި އެވެ.
ށ. ސިއްރު ފެންފުށީ ރިސޯޓްގައި ހެދި ކޮރަލެރިއަމްގައި ހުރި ބުދުތައް ފުލުހުން ނެގީ އެތަކެތި ފަސް ގަޑިއިރުގެ ތެރޭގައި ނުނަގައިފި ނަމަ އެ ތަކެތި ނަގައި، ނައްތާލުމަށް ފުލުހުންނާއި ސިފައިންގެ މައްޗަށް ސިވިލް ކޯޓުން އިއްޔެ އަމުރު ކުރުމުންނެވެ. އެ ތަކެތި ނެގުމަށް ކޯޓުން އަމުރުކުރީ އެތަން ހަދާފައިވަނީ ގަވާއިދާ ޚިލާފަށް ކަމަށް ކަމަށް ބުނެ އެތަން ނެގުމުގެ އަމުރަކަށް އެދި ދައުލަތުން ހުށަހެޅުމުންނެވެ.
ފުލުހުން ބުނީ އެ ކޮރަލެރިއަމްގައި އިންސާނުންގެ ސޫރައާ ވައްތަރު ގޮތަކަށް ހަދާފައި ހުރި ބުދުތައް މިއަދު ހަވީރު ނަގައި، ނިމިފައިވާ ކަމަށެވެ.
އިނގިރޭސިވިލާތުގެ އާޓިސްޓެއްގެ ޚިޔާލާ އެއްގޮތަށް ހެދި އެ ގެލަރީ ހަދާފައިވަނީ މޫދުގެ ދިރުންތަކާއި އިންސާނުންނާ އޮތް ގުޅުން ދައްކުވައި ދިނުމަށް އިންސާނުންނާ ވައްތަރު ގޮތަކަށް ހަދާފައިވާ ބުދުތަކާއި އޭގައި ހަރުކޮށްފައިވާ މުރަކަތަކުންނެވެ. އެ މައްސަލާގައި ދީނީ އިލްމުވެރިންނާއި ސިޔާސީ ފަރާތްތަކުގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޯނު
25 September 2018
ތަނެއްގަ ބުދެއް ހުރެގެން ދެން ކޮން ރުއިމެއް ރޯކަށް! ބުދެއް ފެނުނީމަ ޢަޤީދާ ގެއްލެންޏާ އޭތި ކަމަކު ނުދެއެއްނު!
ފުޑުފުޑުކޮއްލާ
22 September 2018
ހާދަ ބަލއިގެން ތިނަގަނީ. އަނެއްކާ ޔާމިނު ހޮވިއްޖެއްޔާ ބަހައްޓަން ވެގެންތަ. ފުޑުފުޑު ކޮއްލާ. ތަޅާލާ..
ޑނދނސ
22 September 2018
ލައިކް ދިނުމުން ޕޕމ ކެންޕެއިނެއް ގަތަ؟
ލާމު
22 September 2018
އަލްހަމްދުލިﷲ
ޣޣ
22 September 2018
އެހެން އެކަކު ނުލިޔަސް އަހަރެންނާ އަހަރެންގެ އާއިލާ އިން އިރާދަ ކުރެއްވިއްޔާ ޔާމީނަށް ވޯޓް ލާން ދާނަން. މި އެއްޗެހި ނެގުމާ މެދު ވަރަށް ތާއީދު
އަހަންމަދޭ
22 September 2018
އިސްލާމް ދީނަށްޓަކާ މަވެސް މަގޭ ވާޖިބު އަދާ ކުރުމުގެ ގޮތުން ޔާމީނަށް ވޯޓު ދޭނަން. އިންޝާﷲ.
ހަސަނު
22 September 2018
މި ކަމުން ހާމަވަނީ އަހަރެން ވިސްނުން ތަހުޒީބު ނުވާކަން.. ފޮޓޮއެއް ބުދަކަށް ހަދާ ބީދައިން މިކަން މިއޮތީ.. ސިޔާސީ މައިދާނުގާވެސް އިދިކޮޅު ބަލިކޮށްލުމަށް އަމިއްލަ އުސޫލު ދޫކޮށްލެވޭ...
ޣޣ
22 September 2018
އިދި ކޮޅުން މި ބޮޑެތި ބުދުތަށް ނެގު މާ މެދު ދެރަވެ ހިތް ހަމަ ނުޖެހި ގެން އުޅޭ ތީ ވަރަށް ހިތާމަ ކުރަން.... އެހެން ވެގެން ދެން ކިހިނެތް އެމްޑީޕީ އަށް ތާއީދު ކުރާނީ
ދއނ
22 September 2018
ވަރަށް ރަގަޅު. ބުދު ނޫން އެއްޗެއް ވެސް އެ އިގިރޭސި މީހާ ޔަށް ހެދުނީސް
falaku ain
22 September 2018
ތިޔަ ބުދުތައް ނަންގަނީ ވަގުތީގޮތުންނެވެ. ޔާމީނަށް އިންތިޚާބު ނާކާމިޔާބު ވެއްޖެނަމަ އެކަމަށްޓަކައި ބަޔަކު މީހުންނަށް ދިން އެތައްމިލިއަން ޑޮލަރަކާއި އަދި އެތަކެތި ހެދުމަށް ހިނގި ޚަރަދު ދައުލަތުން އެމީހުންނަށް ދައްކަންޖެހޭނެއެވެ. ކާމިޔާބު ވެއްޖެނަމަ އަލުން އެތަކެތި އެކްއޭރިއަމްގައި ބަހައްޓާނެއެވެ. ތަކެއްޗަށް ގެއްލުން ނުދީ ފެންނަން ހުރި ބައިތަށް ނެގުމަށް އެންގުމުން ގެއްލުންދީފައިވާތީ އެކަމުގެ ބަދަލުވެސް ދައުލަތުން ދޭނެއެވެ.
އަދް
22 September 2018
ޔާމީންގެ ސަރުކާރު އައި ފަހުން ގިނަ ފިހާރަތަކުގަ ބުދު ބެހެއްޓިކަން ފަލާ އަރައިފި
ހެހެ
22 September 2018
އިދިކޮޅު މީހުން އެދިގެން އެކަން ކޮށްދެއްވީ ހެޔޮފުޅުކަމުން.
ބޭބެ
22 September 2018
ތަރައްގީ އާއި ހަމަޖެހުމަށް!! ދީނާއި ގައުމުގެ ރައްކާތެރިކަމަށް!! އަމިއްލަވަންތަކަމާއި މިނިވަންކަމުގައި ދެމިއޮތުމަށް!!! އާންއެކޭ ބުނަންޖެހޭ!! 1✔️