ޚަބަރު / ގޭންގް ހަމަނުޖެހުން

ވަޅިން ހަމަލާދީ 14 އަހަރުގެ ކުއްޖަކު މަރާލައިފި

ރޭ ދަންވަރު މާލޭގައި ހިންގި މާރާމާރީގައި ވަޅިން ހަމަލަދީ މަރައިލި ޝައްފާން.

ރޭ ދަންވަރު މާލޭގައި ވަޅިން ހަމަލާދީ، އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު މަރާލައިފި އެވެ.

އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަނިކޮށް މަރުވެފައި ވަނީ ށ. ފޭދޫ ހީނާމާގޭ (ގ. ކޯޒީ) އިސްމާއިލް ޝައްފާން ޝަރީފެވެ. މާލޭގެ ސްކޫލެއްގެ ގްރޭޑް ހަތެއްގައި ކިޔަވަމުން އައި އެ ކުއްޖާ އަށް ހަމަލާދީފައިވަނީ ރޭ ދަންވަރު ދޭއް ޖަހާކަންހާއިރު، ގ. ސަބްދޭރިޔާ މަގުންނެވެ.

ދެ ގުރޫޕެއްގެ ދެމެދުގައި ހިންގި އެ ހަމަނުޖެހުމުގައި ޝައްފާނަށް ހަމަލާދީފައިވަނީ ކަރަށެވެ. އަދި އެ މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު މާގިނަ އިރުތަކެއް ނުވެ ވަނީ ހައްޔަރުކޮށްފަ އެވެ.

ޣިޔާސުއްދީން ސްކޫލް ކައިރީގައި އިއްޔެ މެންދުރު ހިންގި މާރަމާރީއެއްގައި ވެސް އުމުރުން 26 އަހަރުގެ ޒުވާނަކު ވަނީ ޒަހަމްކޮށްލާފަ އެވެ.

ސ. މަރަދު އާއި މާލޭގައި ވެސް މި ހަފުތާގައި ވަނީ މާރާމާރީތަކެއް ކުރިން ހިންގައިފަ އެވެ. އެ މާރާމާރީތަކުގައި ޒަހަމްވި ދެ ޒުވާނުންގެ ހާލު އަދި ވެސް ސީރިއަސް ކަމަށް އެ މީހުންނަށް ފަރުވާ ދެމުން އަންނަ އައިޖީއެމްއެޗާއި އޭޑީކޭއިން ބުނެފައިވެ އެވެ.

މާރާމާރީ ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ރޭ ވެސް ފުލުހުން ވަނީ ފަސް މީހަކު ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ އެ ފަސް މީހުން ވެސް ހައްޔަރުކުރީ، ފިހާރަ އަކުން ވަޅި ފަދަ ތަކެތި ގަތުމަށް ފަހު، ކާނިވާ ސަރަހައްދުގައި ހުންނަ ޕެޓްރޯލް ޝެޑުން ޕެޓްރޯލް އަޅަން މަޑުކޮށްގެން ތިއްބައި ކަމަށެވެ. އަދި ފުލުހުން ފެނުމުން، ފިލަން މަސައްކަތް ކުރި ނަމަވެސް ވަޅިތަކާ އެކު އެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

192 ކޮމެންޓް, 793 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 87%
icon angry icon angry 6%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޢަސާ ބިންމާ

16 August 2019

އިނާ ލިއްލާހި ވައިންނާއި އިލައިހިރާޖިއޫން. ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި. އާމީން!

The name is already taken The name is available. Register?

ރީތި މޫސަ

13 October 2018

މީހަމަ މައިން ބަފައިންގެ ފުރިހަމަ ޒިންމާ ނުއުފުލާތީ ވަމުންދާ ކަންތަށް ދަރިންނަށް ދީނީ ނަސޭހަތްނުދެވޭތީ މާތްﷲ އަށް ބިރުވެތިވާން ނޭގެނީ ނޫންނަމަ ޤިޔާމަތްދުވަހުގެ ބިރުވެރިކަންއެގި މީހުންމަރާކަށް ނުކެރޭނެ

The name is already taken The name is available. Register?

ޙިނި

12 October 2018

ދަރިން ބަސްނޭހީމަ މިކަހަލަ ހިތާމަވެރި ކަންކަން މިދިމާވަނީ، ރެސްޓް އިންޕީސް ލޯބިވާ ދަރިފުޅާ

The name is already taken The name is available. Register?

ގޭންގްނެތީ

12 October 2018

ތި ވާނީ ވަރަށްފަހުން އުފެދުނު ގޭންގްތަކަކަށް. ސައިޒްދައްކާ ޖަލްސާގަ ބޮޑުމީހާ ވިދާޅުވި ރާއްޖޭގަ ގޭންގްތަކެއް ނޯންނާނެކަމަށް. އެއީ ކުރީގަ ހަވާސާ ކުރެވިފައިވާ އަދި މިހާރު މެއިންސްޓްރީމް ކުރެވިފައިވާ ޒިވާނުން

The name is already taken The name is available. Register?

ޣޣ

13 October 2018

ގައުމްގެ ސަލާމަތީ ކަންތަށް ބަލަހައްޓަން ޖެހޭނީ ސިފައިން ފުލުހުން.....ތިމާގެ އަމިއްލަ ދަރިފުޅު ތިމާ ބަލަން ޖެހޭނެ...އެ ދަރިފުޅު ބަލަން ޖެހޭނީ ފުލުހުން، ސިފައިން ނޫނީ އެއިރެއްގަ ގައުމުގެ ރައީސަކަށް ހުރި ފަރާތަކުން ވެސް ނޫން.. މި ކަހަލަ ހިތާމަވެރި ކަންތަށް މި ދިމާ ވަނީ ދަރިން ނުބަލާތީ

The name is already taken The name is available. Register?

ޞަމްސީހާ

12 October 2018

ބަލަ ކުޑަ ކުއްޖެއް ނޫނޭ ތި ގޮތައް ގޭންގު ހަދާލާގެން ކުޑަ ކުދީން ނޫޅޭނެ. ތި ގޮތައް އުޅޭއިރު މަރުވުމުގެ ރިސްކް އޮނނާނެތާ

The name is already taken The name is available. Register?

ކީކޭބުނާނީ

12 October 2018

އުމުރުން 14 އަހަރުގެ ކުއްޖެއް ދަންވަރު 2 ޖެހިއިރު ބޭރުގަ ކީއްކުރަނީ؟ އަހަރެން އުމުރުން 30 އަހަރު ވާން މިދަނީ.. އުޅެނީ އެކަނި އެއް ކޮޓަރީގެ އެޕާރޓްމަންޓެއްގަ.. ރޭގަނޑު 12 ޖަހާއިރު މަންމަ ގުޅާފަ އަހަރެން ގޭގަ ހުރިތޯ ބަލާ.. މިކުއްޖާއަށް މިހެންމިވީ މައިންބަފައިން ނުވަތަ ބެލެނިވެރިންގެ އިހުމާލުން.. ޕޮލިސް ރޭގަނޑު ޕެޓްރޯލް ކުރާއިރު ފެންނަ މިއުމުރުގެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ... އެގަޑީގަ ބޭރުގަ އުޅޭނީ މައިންބަފައިންނަށް ނުބެލޭތީ

The name is already taken The name is available. Register?

ތުއްތީދިބެ

12 October 2018

ބަލަ ޔާމީނު ނެތިއްޔާމުން މިސްކިތަކުން ބަންގި ނުގޮވާނެޔޭ އިސްލާމްދީން ފޮހެވިގެން ގޮސްދާނެޔޭ ބުނިއިރު އަދިވެސް މިވެރިކަމުގަ ތިބީ އެމީހުން ނޫންތޯ؟ ނުވިތާކަށް ފަސް އަހަރު ނިމެންދާއިރު މިނިމޭ ފަސް އަހަރުގަ އަނިޔާވެރިކޮށް އެތައް ބަޔަކު މަރާލައިފި، މިިބޭ ފުޅުންގެ ކޯޓްތަށް މިބޭފުޅުންގެ ސަލާމަތީ ހިދުމަތްތަށް ކީއްވެތޯ އިންސާފު ނުލިބުނީ؟ ކޮބާތޯ އިސްލާމްދީން؟ ހަމަ އެކަނި ސިޔާސީ މީހުން ނޫންތޯ ހައްޔަރު ކުރެވި ހުކުމް ކުރެވުނީ. ކީއްވެތޯ މިވާހަކަ ނުދައްކަނީ؟

The name is already taken The name is available. Register?

ފާއިޒް

11 October 2018

މިކަހަލަ ކަންތަށްތަކުގެ ޒިމްމާ ނަގަންވާނީ ބެލެނިވެރިން. މައިންބަފައިންގެ ހާލަތު ހުރީ ކިހިނެއްތޯވެސް ބަލަން އެބަވޭ.

The name is already taken The name is available. Register?

ިހަމުޒަަަަ

11 October 2018

ދެރަ ކަމެކެ

The name is already taken The name is available. Register?

އައްލާ

11 October 2018

މިފަދަ މައްސަލަތައް ހައްލުކުރުމަށްޓަކައި ކުރެވިދާނެ އެއްކަމަކީ ކުށުގެ ވެށިން އަތުލާ ކުދިންނަށް ރަނގަޅު ތަރުބިއްޔަތެއް ދިނުމަށްޓަކައި ޔުނިފޯމް ބޮޑީއަކަށް (ސިފައިން ނުވަތަ ފުލުހުން) ވަދެވޭފަދަ ޤަނޫނެއް ވުޖޫދައް ގެނައުން. މިއީ ތަރައްގީވެފައިވާ ގިނަ ގައުމުތަކެއްގައި ކަންކުރާ އުސޫލު. މިސާލަކަށް، ސައުތް ކޮރެއާއަކީ އުމުރުން 18 އަހަރާއި 35 އަހަރުގެ ކޮންމެ ޒުވާނަކު މަދުވެގެން ދެ އަހަރު އަގައުމުގެ އަސްކަރިއްޔާގައި މަސައްކަތްކުރުން ލާޒިމްކުރާ ގައުމެކެވެ.

The name is already taken The name is available. Register?

ތެދު

12 October 2018

ރާއްޖޭގަ ތިހެންނެތީމަ ކުޑަކުދިން މަރުކަޒުން 18 ވުމުން އާއިލާގެ ގާތަށް ފޮނުވާ ކުދިންވެސް އަލުން އަނެއްކާ ނިކުންނަނީ ކުށުގެ ވެއްޓަށް. ޢާއިލާއިން އިހުމާލްވެގެން އިސްލާހިއްޔާ އަށް ފޮނުވީ. ޥީމާ އަލުން އެޢާއިލާ ގާތަށް ނުފޮނުވާ ޕޮލިސް ނުވަތަ މނޑފ އަށް ވެއްދީމަނޫނީ އެކުދިންގެ މުސްތަގުބަލް އަލިވާނެތަ. މީ ގޭދޮށުން ދުށް ތަޖުރިބާ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454