24 އޮކްޓޯބަރ 2018 - 10:41
ނަފްސާނީ މައްސަލައެއް ހުންނަ އަންހެނަކު ހުޅުމާލޭ ފްލެޓެއްގެ ދެ ވަނަ ބުރިން ފުންމާލަން އުޅެނިކޮށް ސިފައިން މިއަދު ސަލާމަތްކޮށްފި އެވެ.
މިއަދު ހެނދުނު 8 ޖަހާކަން ހާއިރު އެ އަންހެން މީހާ ފެނުނީ "ޗައިނާ ފްލެޓް"އެއްގެ ދެ ވަނަ ބުރީގެ ކުޑަ ދޮރު މަތިން ބޭރަށް އިންނަ ޝީޓު މަތީގައި އިށީނދެ އިންދަ އެވެ. އިމާރާތުގެ ތިން ވަނަ ބުރީގައި ދިރިއުޅޭ އެ އަންހެން މީހާ އެތަނަށް ފޭބީ އޭނާ އުޅޭ އެޕާޓްމަންޓުގެ ކުޑަ ދޮރުންނެވެ.
ލިބިފައިވާ ވީޑިއޯއިން ފެންނަގޮތުގައި އެ އަންހެން މީހާ އިށީނދެ އިދެ ބާރަށް ދައްކަމުން ދިޔައީ ކުޑަކުއްޖެއްގެ ވާހަކަ އެވެ. ދެއްކީ ތުއްތު ކުއްޖަކަށް ލިބޭ އަނިޔާގެ ވާހަކަ ނަމަވެސް އެ ކިޔާ އެއްޗެއް ވީޑިއޯ އިން ސާފެއް ނުވެ އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ މީހަކު އިމާރާތަކުން ފުންމާލަން އުޅޭ ކަމަށް ރިޕޯޓް ކުރުމާ އެކު އެތަނަށް އެ މީހާ ސަލާމަތްކުރީ 8:40 ހާއިރު ކަމަށެވެ. އެ މީހާ ސަލާމަތްކުރީ ހަރުގަނޑެއް ބަހައްޓައިގެން، ކުޑަދޮރާ ހިސާބަށް އަރައިގެންނެވެ.
ހަރުގަނޑުން އަރައި، އެ އަންހެން މީހާ ހިފެހެއްޓުމަށް ފަހު ކުޑަދޮރުން އެތެރެއަށް ވެއްދީ އެވެ.
ފުލުހުން ބުނީ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕުތަރަދީފް
25 October 2018
ރިޕޯޓުކުރީ 8ޖެހި އިރު ކަމެއް ނުކޮށް މުސާރަނަގާ އެމް.އެން.ޑީ.އެފްގެ ސިފައިންނަށް އެތަނަށް ދެވުނުއިރު 8:40 ކަލޯމެން ކޮންމެސް އެހެންކަމަކާ އުޅެންވީނު
މުހައްމަދު އަހްމަދު
25 October 2018
ހާސްނުވޭ އިބޫގެ ވެރިކަމުގައި ހުރިހާކަމެއްވެސް ރަނގަޅުވާނެ. މަގުމަތީ ގައި ގިނަވެގެން އުޅޭ ނަފުސާނީ މީހުންބަލަހައްޓާނެ. ވައްކަމެއް މާރާމާރީއެއް ނޯންނާނެ. ފޭރުމެއް ޓެކްމެއް ނޯންނާނެ. މަސްތުވާތަކެތި ބެނުންކުރުމެއް މީހުންމެރުމެއް ނޯންނާނެ. ވައިގެ އުދުހުމެ އަގު ކުޑަ ކުރެވޭނެ. މަސްކިލޯއަކަށް -/400 ރުފިޔާ ލިބޭނެ. ކަރަންޓާ ފެނުގެ އަގު ކުޑަކުރެވޭނެ. ވަޒީފާ ދިނުގައި ވަކިޕާޓީއެއް ނުބަލާނެ. ކޮންމެޓީޗަރަކަށް ކުރީފަހަރު ލެޕްޓޮޕެއް ދިން ފަދައިން މިފަހަރު...
ފައިކަލް
25 October 2018
އޭނާ އެ ދައްކާ ތުއްތުކުއްޖާގެ ކަންތައް ރަނގަޅަށް ބަލާތި. ތިވެދާނެ ސީރިއަސްކަމަކަށް
ހުސެން
25 October 2018
މައްސަލަ އަބަދުވެސް ދާނީ ތަހުގީގުކުރަމުން އެޖެހުނީ ބޮޑުތަނުގަ، މިރާއްޖޭގެ އާންމުއިޖުތިމާއީ ގިނަ މައްސަލަތަކެއް ހައްލުނުވެ މައްސަލަ އިރުރުވަމުންދާ ދިމާވެފައިވާ ސަބަބަކީ މިތަނުގެ ފުލުހުންގެ ދޯދިޔާކަން ޕުރޮފެޝަނަލްކަމެއްނެތުން
ރަންބުއްދި
24 October 2018
ކަލޯގަޔާ !ފުލުހުން ނަށް ތަހުގީގު ކޮށްލަން ތިލިބުނީ ވަރުގަދަ މައްސަލައެއް.އަފުރާސީމް އަށް ވީގޮތް ނޭގުނަސް ތިކަން ރަގަޅަށް ތަހުގީގު ކުރެވިއްޖެއްޔާ ރަގަޅު
ކައްޓަބޭ
24 October 2018
ސަރުކާރުގެ އިހުމާލުން ވީ ކަމެއް މިކަން ހުއްޓުވަން ހާފިދު ފަޤީހު ޖެހޭ
ކުޑަ މޯޑު
25 October 2018
މި ކަމުގައި ސަލްޓަންޕާކް ދޮށުގައި އުޅޭ ކޮތަރުތައް ކުއްވެރި ކުރަން!
އަލީބޭ
24 October 2018
ގައުމުގަ ހިނގާ ހުރިހާ ކަމެއްގައިމެ ސަރުކާރުގެ ޒިންމާ އޮންނާނެ، ފަރުދީ ޒިންމާއަކީ ކޮބައިކަން ފަރުދުންނަށް ބުނެދީ ހޭލުންތެރިކުރުވުމަށްފަހު، ފަރުދުން ފަރުދީ ޒިންމާ އަދާކުރެތޯ ބަލައި އަދާ ނުކުރާނަމަ ދެން ކުރަން ޖެހޭކަންކަން ކުރުމަކީ ވެސް ސަރުކާރުގެ ޒިންމާއެއް. ސަރުކާރުގެ ބޮލުން ކަންކަން ނައްޓުވަން އުޅޭ ބޭފުޅުންނަށް ދަންނަވަން އޮތީސަރުކާރަކީ އަދި ވެރިންނަކީ ރައްޔިތުންގެ މައްޗަށް ހައްގުންކަމަކާ ނުލައި ބަލަދު އަރާފަ އޮންނަ އެއްޗެއް ނޫނެވެ.
އަލީބަލީ
24 October 2018
ފުންމާލާނެ ކަމަށް ދެއްކެން އުޅުނު މީހަކު ދޯ؟ ފުންމާލަން އުޅޭ މީހަކު އެހެން ނުހުންނާނެ.
. އަލީލާން ބަލީލާން
24 October 2018
ޙަޤިގަތް ނޭގެންޏާ ކޮމެންޓް ނުކޮށްބަލަ
އިހޫ
24 October 2018
އެ މީހާ އެދެއްކީ ކޮން ވާހަކަތަކެއްތޯ ބެލުން ވަރަށް މުހިއްމު. ޚާއްސަކޮށް ކުޑަކުއްޖެއްގެ ވާހަކަ ދެއްކީމަ، ވެދާނެ ދަރިޔަކަށް/ ނުވަތަ އެހެން ކުއްޖަކަށް ޖިސްމާނީ، ޖިންސީ ނޫނީ ނަފްސާނީ އަނިޔާތަކެއް ލިބެމުންދާއިރު، އެކަމުން ސަލާމާތްވާނެ ގޮތެއް ނެތި ގޮތް ހުސްވެފައިވަނީ ކަމަށް! ކަމާއިބެހޭ އިދާރާތަކުން މިކަން ރަގަޅަށް ބަލަމުން ގެންދަންވާނެ.
ޝާއިރާ
24 October 2018
ނަފްސާނީ މައްސަލަ ހުންނަ މީހުންނާއި ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ދިރިއުޅޭ ގޭގޭގެ ކުޑަދޮރުގައި ދާޖަހަމާ. ސަރުކާރުން ވެސް އެބަޖެހޭ މިކަންކަމަށް މީހުން ސަމާލުވާނެ ގޮތްތަކެއް ރާވަން.
ކެނެޑީ
24 October 2018
ހުރިހާ ކަމެއް ސަރުކާރާމަތި ކުރެވޭތަ، ގައިމު އެކަހަލަ މީހެއް އުޅޭކަން އެއާއިލާއަށް އެގޭނެ ދޯ
ސަރުކާރު10
24 October 2018
ސާބަހޭ!! ކޮންމެ ކަމެއް ވާނެ ސަރުކާރާ މަތިކުރަން. ފަރުދީ ޒިންމާއޭ ކިޔާ އެއްޗެއް އޮންނަ ކަން ނޭނގެނީތަ؟ މިހާރު ދެން ކޮންމެ ކަމެއް ސިޔާސީ ކުރުން މިއޮތީ ޓްރެންޑަކަށް ވެފަ ވިއްޔާ!!!
ފޭރު ގަސް
24 October 2018
ދާ ޖެހުން އެއީ ރަނގަޅުކަމެއް.. އެކަމަކު ދާ ޖަހަން ވާނީ އެތަނެއްގަ ދިރިއުޅޭ ބަޔަކު.. ސަރުކާރަކުން ނޫން
ޝާއިރާ
24 October 2018
އަޅުގަނޑު ބުނެފައި އެއޮތީ މީހުން ސަމާލުވާން ދަސްކޮށްދޭވާހަކަ. ސަރުކާރުން ދާ ޖަހާ ވާހަކައެއް ނޫން. ސަރުކާރުގައި ޕަބްލިކް މީޑިއާ ީީއާއި ޕަބްލިކަށް ކަންކަން ދަސްކޮށްދޭން މިނިސްޓްރީ އެއް އެބަހުރި ހަދާފައި. އަދި އޭގެ އިތުރުން މީހުން ހޭލުންތެރި ކުރުވަން އެހެނިހެން މުއައްސަސާތައް އެބަހުރި. އެތަންތަނުން އެބަ ޖެހޭ މިއައްވުރެ ބޮޑަށް މަސައްކަތް ކުރަން. މިސާލަކަށް ބޭރަށް އިންނަ ސްލައިޑް ވިންޑޯތައް ވަޔާ ނުވެއްޓޭނެ ގޮތް ހަދަން ބުނެދޭން ޖެހޭ.