މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިބޫ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: މަޖިލިސް
28 އޮކްޓޯބަރ 2018 - 11:27
ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށް އެމަނިކުފާނާ ދިމާލަށް ބުނާނެ ޖާގަ ދެއްވަން ބޭނުންފުޅު ނުވާ ކަމަށް އިންތިޚާބީ ރައީސް އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ރައްޔިތުންގެ މަޖިލީހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އިބޫ އެގޮތަށް ވިދާޅުވި އިރު، އެމަނިކުފާނާއި އިންތިޚާބީ ނައިބު ރައީސް ފައިސަލް ނަސީމް ހުވާ ކުރައްވާނެ ދުވަހަކާ މެދު ވަނީ ވަރަށް ބޮޑަށް ހިޔާލު ތަފާތުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އިބޫ ހުވާ ކުރައްވަން ޖެހިވަޑައިގަންނަވާނީ ނޮވެމްބަރު 11 ގަ އެވެ. އެކަމަކު، ޕީޕީއެމުން ގަބޫލުކުރާ ގޮތުގައި، ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު ނިމޭނީ ނޮވެމްބަރު 17 ގަ އެވެ.
އިބޫ ހުވާ ކުރައްވާނެ ދުވަހެއް ކަނޑައެޅުމާ ގުޅޭ ގޮތުން މަޖިލީހުގައި މެމްބަރުން މިއަދު ވަނީ ހޫނު ބަހުސްތަކެއް ކުރައްވައިފަ އެވެ. އަދި އިބޫ ހުވާ ކުރައްވާނެ ދުވަހަކާ މެދު ހިޔާލު ތަފާތުވެފައިވާތީ ރިޔާސަތުން ވަނީ ހުވާ ކުރާނެ ދުވަހެއް ކަނޑައެޅުމަށް މެމްބަރުންގެ މެދުގައި ވޯޓަކަށް ދާން ނިންމައިފަ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހު، ފުރަތަމަ ފަހަރަށް މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އިބޫ ވިދާޅުވީ ރައީސް ކަމުގެ ހުވާ ކުރައްވަން ބޭނުންފުޅު ވަނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށެވެ.
މަޖިލީހަށް ހުށަހެޅި މައްސަލައިގައި އެއްޗެއް ދެންނެވުމަކީ ފަސޭހަ ކަމަކަށް ނުވާތީވެ، ހުވާ ކުރައްވާނެ ދުވަހަކާ ގުޅޭ ގޮތުން އެއްޗެއް ވިދާޅުވާން އިބޫ ވަނީ ދެކޮޅު ހައްދަވައިފަ އެވެ.
އިބޫ ވިދާޅުވީ އެމަނިކުފާނު ހުވާ ކުރާނެ ދުވަހަކާ މެދު ހިޔާލު ތަފާތުވެފައިވާއިރު، މިފަދަ ކަމެއް ނިންމަން ޖެހޭނީ އެންމެން އެއްބަސްވެވޭ ގޮތެއް ހޯދައިގެން ކަމަށެވެ. އަދި މަޖިލީހުން ކަމެއް ނިންމަން ވާނީ ސާފު ކުރަން ހުރި ކަންކަން ސާފުކޮށް ނިންމުމަށް ފަހު ކަމަށް ވެސް އިބޫ ވިދާޅުވި އެވެ.
"އަޅުގަނޑު އެދެނީ ވީހާ ވެސް ރަނގަޅަކަށް ވާހަކަ ދެކެވި އެންމެން އެއްބަސްވެވޭ ގޮތެއް ހޯދޭތޯ ބެލުން. އަޅުގަނޑު ހަމަ ގައިމުވެސް ދަންނަވާކަށް ނެތިން، ގާނޫނުއަސާސީއާ ހިލާފަށް އަޅުގަނޑު ކަމެއް ކުރަން ބޭނުންވާ ވާހަކައެއް،" މަޖިލީހުގައި 25 އަހަރު ހޭދަކުރެއްވި އިބޫ ވިދާޅުވި އެވެ.
"އެހެންވީމަ އެއްވެސް ޒަމާނެއްގައި މީގެ ފަހުން، އެއްވެސް ދުވަހެއްގައި މި ފެށޭ ދައުރުގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ އަޅުގަނޑު ކުރީ ގާނޫނުއަސާސީއާ ހިލާފަށޭ ބުނާނެ ޖާގަ ދޭކަށް އަޅުގަނޑުގެ އަމިއްލަ ނަފްސު ގަބޫލެއް ނުކުރޭ."
އިބޫ ވިދާޅުވި ގޮތުގައި، މި މައްސަލައިގައި ނިންމެން އޮތް އެންމެ ފަހުގެ ނިންމުން ނިންމަން ޖެހެ އެވެ. މަޖިލީހުން ގޮތެއް ނިންމިޔަސް، އެތައް ޒަމާނެއް ފަހުން، މި މައްސަލަ ސުޕްރީމް ކޯޓަށް ގޮސްގެން އެ ކޯޓުން ގޮތެއް ނިންމާ ތަން ދެކެވަޑައިގަންނަވަން ބޭނުންފުޅު ނުވާ ކަމަށް އިބޫ ވިދާޅުވި އެވެ.
އިބޫގެ ވާހަކަފުޅު ނިންމަވާލެއްވީ މަޖިލީހުގެ ހިންނަވަރު ދާއިރާގެ ގޮނޑި ދޫކުރައްވައި ވަޑައިގަންނަވަން ޖެހުމަކީ އެމަނިކުފާނުގެ ހަޔާތުގައި އެންމެ ހިތާމަކުރާނެ ދުވަސް ކަމަށް ވިދާޅުވަމުންނެވެ.
"މަޖިލީހުގައި ގިނަ ދުވަހު އުޅެފިން. ކުރިއަށް އޮތް ދެ ހަފްތާއެއް ފަހުން، ގޮނޑި ދޫކޮށް ދާން އެބަޖެހޭ. އެ ދުވަސް ވެގެންދާނީ އަޅުގަނޑުގެ ހަޔާތުގައި އެންމެ ހިތާމަ ކުރާނެ ދުވަހަށް،" އިބޫ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށުމީހާ
29 October 2018
ހަޖަމް ނުވީދޯ?
ރަށުމީހާ
28 October 2018
ެއެއްމެރަގަޅު ގޮތް ވިސްނެވުމަށް ދަންނަވަން.
ރަށުމީހާ
28 October 2018
ދަންނަވަން އޮތީ އިބޫ ޅައެއްޗެއްނާޅުއްވާތި. ބޭނުމީ5 އަހަރުގެ2 ދައުރު ފުރިހަމަކުރުން.
އީދުކަޅުބެ
28 October 2018
މިކަމުންވެސް އެނގެނީ ހަމައާއި އިންސާފު ޤަބޫލުކުރެއްވުމުގައި ސާބިތުވެހުރިމިންވަރެވެ.
ފަންސާސް
28 October 2018
ރަންގަޅު ގޮތަކީ ނޮވެމްބަރ11ގައި ހުވާކުރުން ބާކީ އޮތް ހައެއްކަ ދުވަހަކާއި ހެދި ކޯޅުމައްވުރެ.އަދިވެސް އަދުރޭ މެންހީކުރަނީ 50ގުނަކުރަންވީކަމައް 17އާއި
ވޯޓުން ވައްްކަން
28 October 2018
ފުރަތަމަ އިންތިހާބުން ގިނަ ވޯޓު ހޯދީ އޮޅުވާލައިގެން.
ސެސް
28 October 2018
އައްނި ނަމަ އިލެކްޝަނުން އިންތިހާބުގެ ނަތީޖާ އިއުލާން ކުރި ދުވަހު ހުވާކުރާނެ. ﷲގެ ރަހްމަތުން އަހަރުމެންނަށް މިލިބުނީ ޚުލްގް ރަނގަޅު ހެޔޮވިސްނޭ މާތް ބޭފުޅޭއް. މާތްﷲ އިބޫގެ މަސައްކަތުގައި ބަރަކާތްލައްވާށި.
މުހައްމަދު އަހްމަދު
28 October 2018
އިބޫ ވަރަށް ރަނގަޅުވާނެ.. ހުރިހާކަމެއްވެސް ކުރައްވާނީ ރޫޙާނީ ލީޑަރ އަންނި ވިދާޅުވާގޮތަކަށް...
އަހުމަދުބޭ
28 October 2018
މިހުންނަނީ ރަގަނޅު މީހުންގެ ސިފަތަށް ބަލައިބަލަ، މިއަދު އިބޫ ބޭނުންވެއްޖެނަމަ 11 ގައި ސޮއިވެސް ކުރެވިދާނެ، އެކަމަކު މިކަމުގައި އެއިސްކުރީ ހަމަޖެހުމައި މަސްލަހަތެވެ.
68201
28 October 2018
ހެޔޮވިސްނޭވަރު އެނގޭނީ ދޮޅު އަހަރު ފަހުން