ޚަބަރު / ރައީސް މުހައްމަދު ނަޝީދު

އިއްތިހާދު ދަމަހައްޓަން ޖެހޭ، ސަރުކާރު ނުވެއްޓޭނެ: ނަޝީދު

ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސަރުކާރު ވެއްޓޭ ގޮތާއި އެކަމުގެ ހިތި އަސަރު އިހްސާސް ކުރެއްވިފައިވާ ކަމަށާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ނުވެއްޓޭނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި މައްޗަންގޯޅި މެދު ދާއިރާ އަށް ވާދަ ކުރައްވާނެ ކަން އިއުލާން ކުރައްވައި ނަޝީދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު އައީ އިއްތިހާދެއްގެ ތެރެއިން ކަމަށްވާ އިރު، އެ އިއްތިހާދު ދަމަހައްޓަން ޖެހޭ ކަމަށެވެ. އަދި މަޖިލީހަށް ވެންނެވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ސަރުކާރު ދިފާއު ކުރުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑަށް އެނގޭ ސަރުކާރު ވެއްޓޭ ގޮތް، ދުށިން، ދެކިއްޖެއިން. އަޅުގަނޑަށް އެނގޭ އޭގެ ހިތި، އޭގެ އަސަރު. މުއުމިނުންގެ ގަޔަށް އެއް ހޮރުން ދެ ކައްޓެއް ނުޖެހޭނެ،" އެމްޑީޕީ ސަރުކާރު ފެބްރުއަރީ 7، 2012 ވަނަ އަހަރު ވެއްްޓުނު ގޮތް ހަނދުމަފުޅު ކުރައްވައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ސަރުކާރު އޭރު ވެއްޓުނީ، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގަދަކަމުން ފޮރުވައިގެން ކ. ގިރިފުއްޓަށް ގެންދިޔަ މައްސަލައިގައި، އޭރުގެ އިދިކޮޅު ފަރާތްތަކުން މެދުކެނޑުމެއް ނެތި 22 ދުވަސް ވަންދެން ކުރި މުޒާހަރާގެ ސަބަބުން އިސްތިއުފާ ދެއްވުމަށް މަޖުބޫރުވެގެންނެވެ. އަދި މުޒާހަރާތަކުގައި ބައެއް ފުލުހުންނާއި ސިފައިން ބައިވެރިވެ، ސަރުކާރާ ދެކޮޅަށް ނުކުތުމުންނެވެ.

ނަޝީދު މިރޭ ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

މަޖިލީހަށް ވާދަ ކުރައްވަން ނިންމެވި ސަބަބު ތަފްސީލްކޮށް ދެއްވައި، ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނު ބޭނުންފުޅު ވަނީ ރާއްޖޭގައި މުޅިން އެހެން ގައުމިއްޔަތެއް ބިނާ ކުރުމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅު ވަނީ ރައްޔިތުންގެ ބޭނުންތަކަށް ވަކާލާތު ކުރާ މަޖިލީހެއް އެކުލަވައިލަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ މަޖިލީހަށް ދެން "ވަގުން"، އަހުލާގެއް ނެތް އަދި ރައްޔިތުންގެ ފަރާތުން ވަކާލާތު ކުރުމަށް ނޭދޭ މެމްބަރުން އިންތިހާބެއް ނުކުރާނެ ކަމަށެވެ. އަދި މަޖިލީހުގައި "ގޯނި ގޯންޏަށް" ފައިސާ އަޅައިގެންދާ ވާހަކަ ނުދެއްކާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދެން އެކުލަވައިލާނީ ރައްޔިތުންގެ އުންމީދުތައް ހަގީގަތަކަށް ހަދައިދޭނެ، ނަޒާހާތްތެރި މަޖިލީހެކެވެ.

ނަޝީދު އެ އިޝާރާތް ކުރެއްވީ، ފައިސާ ހިއްޕަވައިގެން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ އަރިހަށް ވަޑައިގެންނެވި ކަމަށް ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެމްބަރު މުހައްމަދު އިސްމާއިލް 2015 ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެން އެކަމަށެވެ.

ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނު މަޖިލީހަށް ވަންނަވާނީ ރައްޔިތުންގެ ތާއީދާއެކުގަ އެވެ. އަދި އަމާޒަކަށް ހައްދަވާނީ މެމްބަރުންނަކީ އިއްޒަތްތެރިންނަށް ހަދައި، އެއްވެސް ނުފޫޒަކަށް ނުގުޑާނެ ފަދަ މެމްބަރުންނަށް ހެއްދެވުން ކަމަށް ވެސް، 1999 ވަނަ އަހަރު މަޖިލީހަށް އިންތިހާބުވި ނަޝީދު ވިދާޅުވި އެވެ.

ޖަލުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވި ނަޝީދު ވިދާޅުވި ގޮތުގައި، އެމަނިކުފާނަށް ދޭ ވޯޓަކީ ބޯހިޔާވަހިކަމާއި ބޭސްފަރުވާ އާއި އިޖުތިމާއީ ރައްކާތެރިކަމާއި އާއިލާ އެކީގައި ތަނަވަސްކަމާ އެކު ހަމަޖެހިގެން އުޅެވޭނެ ކަމުގެ އުންމީދުގައި ދޭ ވޯޓެއް ކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ އުންމީދުތައް ހަގީގަތަކަށް ހައްދަވައި ދެއްވަން ބޭނުންފުޅުވާ ކަމަށް އެމަނިކުފާނު ތަކުރާރުކޮށް ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ "ވައްކަން އޯކޭ" ނުވާ އިރު، ހަޒާނާ އިން ވައްކަން ކުރުން ރައްޔިތުން ބަލައި ނުގަންނަ ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުންގެ ގޮތުގައި "ވަގުންނާއި" އިންސާނީ ހައްގުތަކަށް ކަމޭ ނުހިތާ މީހަކު އިންތިހާބު ނުކުރާނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

އަންނަ މާޗު މަހު އޮންނަ މަޖިލީހުގެ އިންތިހާބުގައި ނަޝީދު ވާދަކުރެއްވުމަށް ހުރަހެއް ނެތީ ޓެރަރިޒަމްގެ ކުށުގައި އެމަނިކުފާނުގެ މައްޗަށް އިއްވި 13 އަހަރުގެ ޖަލު ހުކުމް، މިދިޔަ މަހު ސުޕްރީމް ކޯޓުން ބާތިލްކޮށް، އެމަނިކުފާނަކީ މިނިވަނެއްގެ ގޮތުގައި ކަނޑައެޅުމާ ގުޅިގެންނެވެ.

76 ކޮމެންޓް, 165 ރިއެކްޝަންސް

icon happy icon happy 50%
icon sad icon sad 1%
icon angry icon angry 50%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުކައްބަ

05 December 2018

މަނިކުފާނު ތިޔަ އުޅުއްވާ ގޮތަކުން ތިޔައީ ދުރުކަމެއް

The name is already taken The name is available. Register?

ޤާދިރު

05 December 2018

ކުރީގަ އަނެއް ދިވެހި ރާއްޖެ. މިހާރު އެހެން ޤައުމިއްޔަތެއް. ބިރުވެރިކަން އިންތިހާ!!!؟؟؟

The name is already taken The name is available. Register?

ޝޮކްތެރަޕީ

05 December 2018

ނަޝީދުގެ ކަމަކީ މީހުން ހެއްދުން. ނަޝީދު މީގެފައިދާ މިނަގަނީ.

The name is already taken The name is available. Register?

ޑރ.ފަޒުނާ/ހިތަދޫ/ސ.އެފުރިކާ

05 December 2018

އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި އިއްތިހާދެއްމިވަނީ ވަކި ފަރުދަކާއި އެކުއެއްނޫން. އެވާނީ ބޮޑުޖަމާއަތަކަށް އެގޮތުން ބަލާނަމަ މައުމޫނުގެ ނެތް ރެޖިސްޓަރ ވެފައިވާ ޖަމާއަތެއް. އަދާލަތުވަނީ ރަޖިސްތަރވެފައި ނަމަވެސް މިސްކޮޅު މަދުކަމުން އެޖަމާއަތް އުވިދާނެކަމަށް އެންގުމުން ނުކިއްސަރަ އަމަލުކުރާކަމުގެ އަޑު އެބައިވޭ. ދެންއޮތީ ސޭޓު އަނބިމީހާގެ ފިރިމީހާ މީނާގެ ކުންފުނީގައި ބަންގަލީންގެ ޕަސަންޓޭޖު އެބައުލޭ %71.9 ކަންމިހެންހުރުމުން ކޯލިޝަނެއް އޮތްކަމަކަށްނުވ

The name is already taken The name is available. Register?

ވިސްނުމެތި ކޮއްފިކަމަކުން

05 December 2018

އިއްތިހާދު ދަމަހައްޓަން އަގައިންބުންޏަސް ނުފުދޭ އަމަލުން އެކަން ނުދައްކަންޏާ ތިބުނާބުނަމަކު އިތުބާރެނެތް އަނެއްކޮޅުން މޑޕއާ ވަކިވެގެންވެސް ދެންތިބި ސިޔާސީވެރިންނަވެސް ވާކަންނެތް އެއަށްވުރެ ރަގަޅަށް ފިއްތާލާފައެތިބީ ކުޑަކޮށް ގުޑާލިޔަސް ކޮއްފަތިބި ހުރިހާކަމެ ބޭޒާރުކޮއްލާނެ އެކަންއިގޭނުން ޖާބިރުޖައްސާ ސްޓަންޓުން މިއީ ތިކޯލިޝަނުގެހާލު އިންޑިޔާއިން ގައުުމުގަނެލާއިރުވެސް އެތިބީހައްޕުކިޔައިގެން ޝަރުއީނިޒާމު މިހާރުދިޔައީ މަހަށްކަމެ ފަރަށްކަމެނޭގޭ.

The name is already taken The name is available. Register?

އީމަން

05 December 2018

ހެޔޮކޮޮށް އޮތް ކަމެކައް، ނަޝީދު ބޭނުމުން، އެ ދަނީ އަޑިޔަށެވެ.

The name is already taken The name is available. Register?

ނަސީދު

05 December 2018

ޢިއްތިހާދު ދަމަހެއްޓޭނީ މަޖިލިސް މޑޕ އައް ނުދީ ހިފާހައްޓާލައިފިއްޔާ އެހެންނޫމީ ދެން ލަލަލާ

The name is already taken The name is available. Register?

ޢަހްމަ

05 December 2018

ވަރަށްބިރު ބޮޑުވީތިޔާ! މީނަބުނެފިތަ ދާދިއަވަހަށްވެއްޓޭނެ. އިބޫ އަވަހަށް ވިސްނާހުރޭ، މީނައަކީ ވަރަށް އަނގަވިހަމީހެއް.

The name is already taken The name is available. Register?

އިބްރާ

05 December 2018

ކަލޭވެސް ވެރިކަމުން ނުވެއްޓޭނެކަމަށްބުނި. އެކަމް ވެއްޓުނީ.

The name is already taken The name is available. Register?

ޟުހައްމަދު ވިޝާމު

05 December 2018

ސަރުކާރު ވައްޓާކަށެއްނުޖެހޭ... ސަރުކާރު އިސްތިޢުފާ ދިނުން އެއީ ވެއްޓުންކަމަށް މަނިކުފާނު ދެކޭނަމަ އެކަން މިސަރުކާރުންވެސް ކުރާނެކަމީ އޮޅުމެއް އޮތްކަމެއްނޫން....ކެމްޕެއިނުގެ ބޮޑެތި ވައުދު ތަކުގެ ތެރޭގައި އެއްމެ ބޮޑަށް ރައްޔަތުން ބޭނުންވެފައި ތިބީ ޔާމިނުގެ ފަރާތުން ރައްތަކަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅާއި ރައްޔަތުންގެ އަތުން މާލެއަށް ޖިޒީ ނަގައި އެފައިސާ މާލޭގެ ރައްޔަތުންނަށް ތަނަސްވަސްކަން އިތުރުކުރާ މައްސަލަ. މިކަން އަދި ވަނީ އިތުރައްގޯސް..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454