ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން.
14 ޑިސެމްބަރ 2018 - 15:31
ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ކުރެވޭ ހިޔާނާތުގެ ބޮޑެތި ތުހުމަތުތަކާ ދެކޮޅަށް އާ ސަރުކާރުން އަޅަން ފެށި ފިޔަވަޅުތަކުގެ ދަށުން އެމަނިކުފާނުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށްފި އެވެ.
އެނގިފައިވާ ގޮތުގައި ޔާމީންގެ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އެކައުންޓްތައް ފްރީޒް ކުރީ ފުލުހުންގެ އެދުމަކަށް ކްރިމިނަލް ކޯޓުންނެވެ.
އެކައުންޓްތައް ފްރީޒު ކުރުމުން ޔާމީނަށް އެކައުންޓުތައް މެދުވެރިކޮށް އެއްވެސް މުއާމަލާތެއް ނުހިންގެވޭނެ އެވެ. ނަމަވެސް އެކައުންޓްތައް ފްރީޒްކޮށްފައި ވަނީ ކިހާ މުއްދަތަކަށް ކަމެއް އެނގިފައެއް ނުވެ އެވެ.
މިއީ ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅެއްގެ އެކައުންޓްތައް ފްރީޒް ކުރި ފުރަތަމަ ފަހަރެވެ.
ޔާމީންގެ ފުރަތަމަ ތަހުގީގަށް މާދަމާ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަންނަވަން މިހާރު ވަނީ ޗިޓު ފޮނުވައިފަ އެވެ. ފުލުހުން މިހާރު ބަލަނީ ސެޕްޓެމްބަރު 23 ގައި އޮތް ރިޔާސީ އިންތިހާބުގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން އެމަނިކުފާނުގެ އެމްއައިބީގެ އެކައުންޓަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއްގަ އެވެ.
ފުލުސް އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، ރައީސްގެ މަގާމުގައި ހުންނަވައިގެން ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ޔާމީން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ދައުލަތުގެ މާލީ އިދާރާތަކުން ފުލުހަށް މައްސަލަތަކެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެ ކަންކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް ފުލުސް އޮފީހުން އަޅަމުން އަންނަ ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ޔާމީންގެ އެކައުންޓަށް ދެ ބުރެއްގެ މަތިން 22 މިލިއަން ރުފިޔާ ޖަމާކުރީ، ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކަމަށް، އެމަނިކުފާނުގެ ގާތް ބޭފުޅުން އޭރު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ކެންޑިޑޭޓުގެ އަމިއްލަ ނަމުގައި ވަކި ހާއްސަ އެކައުންޓެއް ހުޅުވާ، ކެމްޕޭނަށް އެކި މީހުން ދޭ މާލީ އެހީ އެއަށް ޖަމާކުރަން ޖެހެ އެވެ. އެކަމަކު 22 މިލިއަން ރުފިޔާ ޖަމާކުރީ އިންތިހާބަށް ހާއްސަކޮށްގެން ހުޅުވި އެކައުންޓަކަށް ކަމެއް ނުވަތަ އެމްއައިބީގައި ކުރިންސުރެ ވެސް އޮންނަ އެމަނިކުފާނުގެ އެކައުންޓަށް ކަމެއް ނޭނގެ އެވެ.
އެވަރުގެ ބޮޑު އަދަދެއް ކުއްލިއަކަށް ޖަމާވުމުން، މަރުކަޒީ ބޭންކް އެމްއެމްއޭގައި އޮންނަ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ވަނީ ފުލުހުންނަށް މައްސަލަ ހުށައަޅައިފަ އެވެ. އެކަމަކު ފުލުހުން އޭރު އެ މައްސަލަ ބަލާފައެއް ނުވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޖްވާ
16 December 2018
އޭނދީނު ނުލަފާ ޒާތެއްގެ ހިންޔެއް އައިސަ! ތީ ކޮން ބަޔެއް! ޑަރު ވެސް ހީނުވާނެ! ހަތްފެނަށް ލާފަ ރާހުތަށް ލިޔަސް ނުވާނެ ރަނގަޅެއް!
ގުނބޯލި
15 December 2018
ޔާމީނަކާ ނުކުޅެވޭނެ.
ބޮޑު އިންޖިނިއަރު ކަޅޭ
15 December 2018
މޭން ވަޓް އަ ލަވްލީ ސުމައިލް.
އިބޫ ބެއްޔާ
15 December 2018
ދެރައީ ދަރަންޏޭ، ރައްޔިތުންގެ ފައިސާ ހޯދަނިއްޔޭ، ހައްވައޭ، ފަޅޮލޭ ކިޔަ ކިޔާ ފަސް އަހަރު ހޭދަ ކޮށްލާފަ އެންމެ ފަހުން ޔާން ވެސް ހުދު ފޮށާކޮޅަކަށް ވާނެތީ.
ދެފުއް ކެހެރި
15 December 2018
ފަނޑިޔާރިން އުޅޭ ފާޑެއް!
ކޮޕް
15 December 2018
ވަރަށް ރަގަޅު ދައުލަތުގެ ފައިސާ ލޫޓްވާފަ ހުރިމީހެއް މީނަ ސަލާމަތް ކުރަންދާނީވެސް އެކަމަށް ތާއީދު ކުރާމީހުން، އެމީހުންގެ ކަންތައްވެސް ތަހުގީގު ކުރަން ފެނ
ނުވާނެއޭ
15 December 2018
ރައީސް ޔާމީންގެ ބޭންކް އެކައުންޓްސް ތައް ފްރީޒް ކުރުން އެއީ އުސޫލެއްގެ މަތިން ކުރެވޭނެ ކަމެއް ނޫނޭ ސަބަބަކީ ފުލުހުންނަކީ އެއީ މަދަނީ މައްސަލަ ތައް ބަލާ ބަޔަކަށް ނުވެފައި މިމައްސަލަ އަކީ އެއީ މަދަނީ މައްސަލަ އަކަށް ވާއިރު މިކަން ފުލުހުންނަށް ނުބެލޭނެއޭ މިކަން ބެލޭނީ ޝަރުއީ ކޯޓަކަށް ހުށައަޅައިގެން ޕީޖީގެ ފަރާތުން ޝަރުއީ ކޯޓް ގައި ވަކާލާތު ކޮށްގެންނޭ އެއީ އޭ އިންސާފުގެ މަގުން ކުރާނަމަ ކުރަން ޖެހޭނެ ގޮތަކީ މީ މަޖްލީސް އިންތިޚާބަށް ތަމެން ޖަހާ ރޮކެޓް
ޏަރު
15 December 2018
އޭޖީ އޮފީހުން މަދަނީ މައްސަލަތަކުގައި ދައުލަތުގެ ފަރާތުން ދަޢުވާކުރާނީ.
.ފައިސާ
15 December 2018
.ތިކަންތައްތަކުން ރައީޔާމީންދެކެވާ ލޯބިއިތުރުވަނީ ފައިސާއަށްވާ ލޯތްބަކީ ތެދުވެރި ލޯބަކަށް ނުވާނެ ތާހިރު ލޯބަކަށްވެސް ނުވާނެ އެގޮތަށް ލޯބިވާމީހުން ރައީސް ޔާމީން ދޫކޮށްލާފަ އެދަނީ ނަމަވެސް އަޅުގަނޑުމެން ވަނީ ވަރަށް ތެދުވެރި އަޚްލާސްތެރި ލޯބެއް ، އެއްމެކުޑަމިނުން ޔާމީން އަތްޕުޅުން ކަޅުސައި ތައްޓެއްވެސް ބޮއިފައެއް ނޯންނާނެ ލޯބިވާފަދަ ޝަޚްޟިއްޔަތެއް އެއީ ވަރަށް ވަރަށް ލޯބިވޭ ހީކުރަން ޝާއިއު ކުރާނެ ކަމަށް.
.ބަރަވެލި
15 December 2018
.ތީދެން އަލަށް ކުރިކަމެއްބާ؟ މީގެކުރީގާ ނުކުރާކަމަކީބާ ކިތައްމީހުންގެ ކިތައްއެކައުންޓު ފުރީޒް ކޮށްފިތޯ ؟ ތިކަންތައްވެސް ބަލައިގަތުމުގެ ހިތްވަރު ރައީސް ޔާމީންގެ ހުންނާނެ ތިކަމާކާ ރައީސް ޔާމީން އައި ސީ ޔޫ އަށް ގެންގޮސް އެނދުމަތި ކުރާކަށް ނުޖެހޭނެ.
ތުއްތުނާ
15 December 2018
މަނިކުފާނު ރައީސް ކަމުގައި ވެސް ނެންގެވީ މުސާރައިގެ ދެބައިކުޅަ އެއްބައި ކަމަށް ބުނީ ...... ދެން ކޯޗެއް މަނިކުފާނު އަތުގައި ހުންނާނީ.......