ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި މޯދީއާ ބައްދަލުކުރައްވަނީ.
17 ޑިސެމްބަރ 2018 - 20:06
ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރާ މޯދީ ތައުރީފު ކުރައްވައި، ދެބޭފުޅުންގެ ބައްދަލުވުމާ މެދު އުފާ ފާޅުކުރައްވައިފި އެވެ.
މީގެ ކުޑައިރުކޮޅެއް ކުރިން ކުރެއްވި ސިލްސިލާ ޓްވީޓްތަކެއްގައި މޯދީ ވިދާޅުވީ "ރައްޔިތުންނާ ގުޅުން ހުރި ތަރައްގީއެއް ގެންނަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ކުރައްވާ މަސައްކަތްޕުޅަށް ތައުރީފް ހައްގު" ކަމަށެވެ.
"ގާތް އެކުވެރިއެއްގެ ހައިސިއްޔަތުން އިންޑިއާއިން އަބަދުވެސް ރާއްޖޭގެ ކުރިއެެރުމާއި ފާގަތިކަމަށް އެދޭ،" ޓްވީޓްގައި މޯދީ ވިދާޅުވެފައި ވެ އެވެ.
ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިހާރު ވަޑައިގެން ހުންނެވީ އިންޑިއާގަ އެވެ. ރައީސްގެ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ އާއި ރައީސް ރާޖްނާތު ކޯވިންދާ މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ. އެއަށް ފަހު ދެ ލީޑަރުން ވަނީ ގުޅިފައިވާ ބަޔާނެއް ވެސް ދެއްވާފަ އެވެ.
މޯދީގެ ޓްވީޓްތަކުގައި ދެން ފާހަގަ ކުރައްވާފައި ވަނީ ދެ ގައުމުން މިއަދު އެއްބަސްވި ބައެއް ކަންތައްތަކެވެ. އެގޮތުން ދެ ގައުމުގެ ދެމެދު ދަތުރުފަތުރާއި މުވާސަލާތު ކުރެވޭ މިންވަރު އިތުރުކުުރުމަށާއި ސަގާފީ ގުޅުން އިތުރަށް ބަދަހި ކުރުމަށް އެއްބަސްވިކަން ފާހަަގަ ކުރައްވާފައި ވެ އެވެ. އޭގެ އިތުރުން ކަނޑު ދަތުރާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ދާއިރާއިގައި ދެ ގައުމު ގުޅިގެން މަސައްކަތް ކުރަން އެއްބަސްވިކަން ވެސް ފާހަގަ ކުރައްވާފައި ވެ އެވެ.
President @ibusolih's people-centric development efforts are truly commendable.
— Narendra Modi (@narendramodi) December 17, 2018
As a close friend, India always wishes for progress and prosperity of the Maldives.
During our talks today, we discussed ways to boost connectivity, trade and cultural ties between our countries. pic.twitter.com/SjhZ5cI227
މޯދީގެ ޓްވީޓެއް
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެ އަށް ބޮޑެތި އެހީތައް ދޭނެކަން އިއުލާނުކޮށްފަ އެވެ. އެގޮތުން ޖުމްލަ 1.4 މިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ފޯރުކޮށްދޭނެ ކަން މޯދީ މިއަދު އިއުލާނު ކުރެއްވި އެވެ.
ފިނޭންސް މިނިސްޓަރު އަމީރު "މިހާރަ"ށް މިއަދު ވިދާޅުވީ އިންޑިއާ އިން ދިން 1.4 ބިލިއަން ޑޮލަރު ނުވަތަ 21 ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ. ބަޖެޓް ސަޕޯޓަށް ލިބޭ 200 މިލިއަންގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އަންނަ ޖެނުއަރީ މަހު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން 2019 ވަނަ އަހަރު ޓީބިލް ވިއްކައިގެން ލިބޭ ފައިސާ ހޯދާނީ ތިން ބަޔަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
India and the Maldives look forward to working together in areas such as maritime cooperation and mitigating climate change
— Narendra Modi (@narendramodi) December 17, 2018
President @ibusolih and I also agreed on the need to further the atmosphere of peace and security in the Indian Ocean region. https://t.co/a1HuBOAWpR pic.twitter.com/2utSAEaixQ
މޯދީގެ ޓްވީޓެއް
އިންޑިއާގެ ބޮޑުވަޒީރު މޮދީއާ އެކު މިއަދު ބޭއްވެވި މަޝްވަރާތަކަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ، މޮދީ އާއި އިންޑިއާގެ ރައީސް އަންނަ އަހަރު ރާއްޖެ ވަޑައިގަތުމަށް ދައުވަތު އަރުވާފައިވާ ކަމަށެވެ. އެނގިފައިވާ ގޮތުގައި މޮދީ ވަނީ އެ ދައުވަތު ގަބޫލުފުޅު ކުރައްވައިފަ އެވެ.
މޮދީ ވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް މިދިޔަ މަހު ރާއްޖެ ވަޑައިގެންފަ އެވެ. ރައީސް ވިދާޅުވީ، ރާއްޖެ އާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި އެ ގައުމުގެ ބޮޑުވަޒީރު މޮދީއާ އެކު މިއަދު މަޝްވަރާ ކުރެއްވި ކަމަށެވެ. އެގޮތުން، މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށްޓަކައި ކަނޑުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ބަލައި ފާސްކޮށް މައުލޫމާތު ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި، ޓެރަރިޒަމް ނައްތައިލުމަށް އެކުގައި މަސައްކަތް ކުރުމަށާއި ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް އެކުގައި މަސައްކަތް ކުރުމަށް ދެ ގައުމުން ނިންމާފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އިންޑިއާޣެ ބޮޑުވަޒީރު ވެސް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠަހުޔާ
18 December 2018
ރާއްޖޭގެ ތަރައްގީއަށް އަދި ރައީސް ސޯލިހަށް ކޮށްދެވުނު ހަމަ އެކަނި ކަމަކީ ރަސްރަނި ބަގީޗާގެ ނަން ސަލްޓަންޕާކަަށް ބަދަލުކުރުން.
ބުނެލީ
18 December 2018
އަގައިން ތިބުނާ ތަރައްގީ ކުރަނީ.
ސޯލްޓް
18 December 2018
އިންޑިޔާ މީހުން އަތުގައި ޑޮލަރު ގިނަވެން އުޅެނީ .އެހެންވީމާ އެމީހުން ބޭނުންވޭ ލޯނުދޫކުރަން.
އަކްބާރ
18 December 2018
މޮދީ ކިހާ އުފާވާނެ 1.4 ބިލިޔަނުގެ ދަރަނި ރާއްޖެ ބޮލުގަ އަޅުވާލެވުނީމަ.. އެއީވެސް އެއްވެސް މަޝްރޫއަކައް އަދި ޚާއްސަ ނުކޮއް. އަދި މޮދީގެ ޕަޕެޓްމާސްޓާ އަމްބާނީ ވަރައް އުފާ ވާނެ.. އޭނާގެ ބޭންކުން ރަނގަޅައްވިއްޔާ ފައިސާ ހަމަޖައްސާފަ ހުންނާނީވެސް.
ސައީދުތުރީ
18 December 2018
ލޯނުނަގާ ނަގާ ހަފުސް މިގައުމުގެ ބޮންޑް ވިޔަފާރިވެރިޔަކު ގަންނަވާހަކައިވޭ އުވިޔަފާރިވެރިޔާ ވެސް ރިސޯޓް ހިންގާ ވާހަކަވެސް އިވޭ އެހެންވީމާ ސަރުކާރުނއވެސް ސިވިލްސާވަންޓުން ލައިގެން ރިސޯޓް ހިންގަންވީނު އޭރުން އަބަދު އަބަދު ތިޔަލޯނު ތަކެއްނަގާކަށް ނުޖެހޭނެނު
ވާލުސޮރު
17 December 2018
ޓެރަރިޒަމް ނައްތާލާވާހަކަ އިވުނީމަ މޭކަރާނެ ބަޔަކު ރާއްޖޭގަ އެބަތިބި. އެއީ ސިޔާސީ ވާދަވެރިންނަށް ޓެރަރިޒަމްގެ ބޮޑެތި ދައުވާތައްކުރި މީހުންނާ 7 ފެބްރުއަރީ 2012 ގަ ވަރަށް ފާޅުކަން ބޮޑުގޮތެއްގަ ޓެރަރިޒަމްގެ އަމަލުތަކެއް ހިންގިމީހުންނާ އަދި އޭގެ ފަހުންވެސް ކުރިން މިބުނި މީސްމީހުންނާގުޅިގެން އެކިއެކި ޖަރީމާތައް ރާއްޖޭގަ ހިންގި މީހުން.
މޫސާ ޙަލީލް
17 December 2018
ކޮންކަކެއްތަ ކުރީ ޙަ ޙަ
ތަރަގު
18 December 2018
ކުރިކަމަކީ ވަކި މަޝްރޫއެއް ނުރާވާ ގޮސް އިންޑިޔާއިން 1.4 ބިލިޔަނުގެ ދަރަނި އިންޑިޔާއިން ބޭނުންވިގޮތައް ނަގާލީ.. ދެން އިންޑިޔާގެ ސިފައިބް ރާއްޖޭގައި ތިވޭ އަދަދު އިތުރުކޮއްލީ.. އެއައްފަހު އިންޑިޔާގެ ލަޝްކަރުގެ ތަމްރީނުތައް ރާއްޖޭގައި ބޭއްވީ. މިނުން ތަރައްގީއެއް މި ސަރުކާރަކައް އަދި ނުގެނެވޭ.