ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާގެ ބޮޑު ވަޒީރު މޯދީއާ މިއަދު ބައްދަލު ކުރައްވަނީ. --ފޮޓޯ: އޭއެފްޕީ
17 ޑިސެމްބަރ 2018 - 16:16
އިންޑިއާ އިން ދިން އެހީގައި ހިމެނެނީ ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރާއި ސަރުކާރުން ބޭނުންވާ މަޝްރޫއުތަކަށް ދިން 800 މިލިއަން ޑޮލަރު އަދި ކަރެންސީ ސްވެޕްގެ ގޮތުގައި ހަމަޖައްސައިދިން 400 މިލިއަން ޑޮލަރު ކަމަށް ފިނޭންސް މިނިސްޓަ އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.
ފިނޭންސް މިނިސްޓަރު އަމީރު "މިހާރަ"ށް މިއަދު ވިދާޅުވީ އިންޑިއާ އިން ދިން 1.4 ބިލިއަން ޑޮލަރު ނުވަތަ 21 ބިލިއަން ރުފިޔާގެ ތެރޭގައި ސަރުކާރުގެ ބަޖެޓް ސަޕޯޓަށް ބޭނުންވާ 200 މިލިއަން ޑޮލަރު ހިމެނޭ ކަމަށެވެ. ބަޖެޓް ސަޕޯޓަށް ލިބޭ 200 މިލިއަންގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. އަދި ބާކީ 150 މިލިއަން ޑޮލަރަކީ ޓްރެޝަރީ ބޮންޑެވެ. ހިލޭ އެހީގެ ގޮތުގައި ލިބޭ ފައިސާ އަންނަ ޖެނުއަރީ މަހު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން 2019 އަހަރު ޓީބިލް ވިއްކައިގެން ލިބޭ ފައިސާ ހޯދާނީ ތިން ބަޔަށް ބަހާލައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްރޫއުތަކަށް ދިން 800 މިލިއަން ޑޮލަރު ހިމެނެނީ ލައިން އޮފް ކްރެޑިޓްގެ ގޮތުގައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އިންޑިޔާގެ އެގްޒިމް ބޭންކުން ލިބޭ މި ލައިން އޮފް ކްރެޑިޓުގެ ތެރެއިން ނަގާ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 1.5 ޕަސެންޓް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. މީގެ އިތުރުން 400 މިލިއަން ޑޮލަރަކީ ކަރެންސީ ސްވެޕްގެ ގޮތުގައި ފައިސާ ނަގަން ޖެހިއްޖެ ހާލަތެއްގައި އެމްއެމްއޭ އަށް ބޭނުން ކުރެވޭނެ އިންސްޓްރްމެންޓެއް ކަމަށް މިނިސްޓަ ވިދާޅުވި އެވެ.
ކުރީ ސަރުކާރާ ހިލާފަށް މި ސަރުކާރުން ދަނީ އިންޑިއާއާ އެކު ގާތްގުޅުމެއް ބާއްވަމުންނެވެ. މިގޮތުން މިދިޔަ ހަފްތާގައި ވެސް ވަނީ ބަޖެޓް ސަޕޯޓަށް އިންޑިއާ އިން 25 މިލިއަން ޑޮލަރު ނުވަތަ 385.5 މިލިއަން ރުފިޔާ ހިލޭ އެހީގެ ގޮތުގައި ސަރުކާރަށް ދީފަ އެވެ. މިއީ 1.4 ބިލިއަން ޑޮލަރުގެ ތެރޭގައި ހިމެނޭ ފައިސާއެއް ނޫނެވެ.
އަމީރު ވިދާޅުވީ، ލޯނާއި ކްރެޑިޓް ފެސިލިޓީ ބޭނުން ކުރުމުގައި އަމަލުކުރާނީ ސަރުކާރުގެ ދަރަނި ބޮޑު ނުވާނެ ގޮތަކަށް ބަލައިގެން ކަމަށެވެ. އެގޮތުން ޓްރެޝަރީ ބޮންޑުގެ ގޮތުގައި ނަގާ 150 ޑޮލަރު ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ދައްކަން ޖެހޭ އިރު އެއީ ވެސް ހިލޭ އެހީއަށް ބަދަލުވެގެންދާނެ ފައިސާ ކަމަށް ގަބޫލު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދޫ
18 December 2018
ގައުމުގެ ދުވަސް މިދިޔައީ ފުރަތަމަ އަހަރަށް 1 ބިލިއަންޑޮލަރުގެ ދަރަނި ދަރަނި ދެއްކޭފެންވަރެއް ގައުމަކުނެތް . ވެރިކަމަށްއައީ ދަރަނީގެ ވާހަކަދައްކައިގެން މިހާރު މުސާރަދޭން ދަރަނި މިނަގަނީ ކުރަިން ދަރަނިނެގީ އާމްދަނީލިބޭނެ ވިޔަފާރިތަކަށާ ހައުސިން ލޯނުތަކަށް ނުތަތަ މިހާރުދަރަނި މިނަގަނީ ރިކަރެންޓް ހަރަދުތަކަށް ކުރިން ދަރަނި ނެގީ ކެޕިޓަލް އިންވެސްޓްމަންޓް ތަކަށް . މިހާރު މިނަގާދަރަިތަކުގެ ސަބަބުން ގައުމު ބަގުރޫޓް ވުމަކީ ވެދާނެ ގޮިތެއް .
ފަޅުވެރިން
18 December 2018
800 މިލިއަނޭ، 1400 މިލިއަނޭ ކިޔާނެ ކަމެއް ނެތް! ނިމުނީ އެންމެ ދެކަމެއް! އެއީ ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ދިނުމާއި، ވިސާގެ ކަންތައްތައް! ސޮއިކުރީ އެންމެ އެގްރީމެންޓެއްގައި، އެއީ ވިސާއާ ބެހޭ އެގްރީމެންޓެއް! ދެންއޮތީ ދެ މެމޮރެންޑަމް، އެއީ ފުރިހަމަ އެގްރީމެންޓެއް ނޫން! ދެން އޮތީ އެއްބާރުލުމާ ގުޅޭ ޖޮއިންޓް ޑިކްލަރޭޝަނެއް! ބޮޑަށް އޮތީ ފޮނިކެނޑުން! އިންޑިއާއިން ރާއްޖެއަށް މާބޮޑު ކަމެއް ފުދިދާނެކަމަށް ބެލުމަކީ ހުވަފެނެއް!!
ބާލިގުނުވާ ރައީސް
18 December 2018
މަޝްރޫ ތަކަށޭ.. މަޝްރޫއެއް އަދި އެއް ރާވާފަކާއެއްވެސް ނެތް.. އެންމެ ކުޑަމިނުން ސަރުކާރުގެ ކުންފުނިތަކުގެ އެމްޑީއިންނާއި ބޯޑުތަކައް ލާންޖެހޭ މެމްބަރުންހާ ހިސާބުވެސް ލެވިފަކާއެއް ނެތް. މަޝްރޫއަކައް ލާރިހޯދަން އުޅެވޭނީ މިސަރުކާރުން މަޝްރޫއެއްރާވައި އޭގެ ޑޮކިއުމެންޓޭޝަން ހަދައިގެނެއްނުން. އިންޑިޔާއިން ނެގީ ގަނޑުކޮއް ހޯލްސޭލް ދަރަނިގަނޑެއް 1.4 ބިލިޔަނުގެ..އެއީއެއްވެސް މަޝްރޫއަކައް އަމާޒުކޮއްގެން ނުވަތަ މަޝްރޫއެއްގެ ޑޮކިއުމަންޓު ހުށައަޅައިގެންނެއްނޫން
އަސޮކް
18 December 2018
ގައުމު ޔާމިން ދަރުވާލީ 5 އަހަރުން. އިބޫ އެންމެ 100 ދުވަސް ތެރޭ. އަނގަ ފުޅާކޮށް ޕޯޑިއަމްގައި ބުނި ގައުމު ސަލާމަތް ކޮށްދޭނަމޭ. ވަރަށް ސަޅި. މިއީ ދަރިނިވެރިވުންކިޔާ ރޭހެއް ކަންނޭގެ. މަވެސް ބީއެމްއެލް އިން ބޮޑު ލޯނު ނަގާފައި އެހެން ބޭންކަކުން ބޮޑު ލޯނެ ނަގަންވީ ދޯ ބީއެމްއެލް އަށް ބަރޯސާ ނުވާންވެގެންނޭ ކިޔާފައި؟ ވަރަށްވެސް ޗާލު. ސުޕާ އައިޑިއާއެއް. ދައުލަތުގެ ބަޖެޓާ ދާދި އެއްވަރުގެ ލޯނެ 100 ދުވަސް ތެެރޭ ވީމާ އިޓްސް އަންބީޓަބަލް.
އާދަމް ޝަރީފް
18 December 2018
ކޮންމެ ބަޔަކުވެސް ފައިސާ ދޭނީ އަބުރާ އެއްޗެއް ލިބޭގޮތަށް .ޗައިނާއިންވެސް ދޭނީ އެގޮތަށް . ނަގާ މީހާ ބަލަންޖެހޭނީ އަބުރާ ދައްކާ އެއްޗެއް ކުޑަކުރެވޭނެގޮތަކަށް. އިންޑިޔާއަކީ ޒަމާނުއްސުރެ ރާއްޖެއާ ގާތްގުޅުމެއް އޮންނަ ގައުމެއް. ކުއްލިއަކަށް އިންޑިޔާ ދޭތެރޭ ޝައްކުގެ ނަޒަރަކުން ބަލަން ޖެހުނު ސަބަބު އެހާ ސާފެއްނޫން. އިންޑިޔާ އާ އެކު ގުޅުން ބަދަހި ކުރިއަސް ޗައިނާގެ ގުޅުމަށް ބުރުލެއް އަރާކަން ނުޖެހޭ. ދެގައުމާއެކުވެސް ހަމަހަމަ ގުޅުމެއް ބޭއްވިދާނެ.
މުހަންމާ
18 December 2018
1.5 ޕަސަންޓުގައި ކޮންސެސަނަލް ފެސިލިޓީއެއްގެ ދަށުން އިންޑިޔާއިން ހޯދި މާލީ އެހީތަކުގެ ސަބަބުން ދިވެހިން ދަރަނިވެރިއެއް ނުވާނެއެވެ. ޔާމީނުގެ ސަރުކާރުގައު %4 ގައި ޗައިނާއިން ލޯނު ނަގައިގެން ދިވެހިން ދަރުވާލިކަމީ ފެންނަންހުރި ހަގީގަތް..އަދި ލޯނު ނަގައިގެން ޔާމީނުގެ ސަރުކާރުން ކުރީ ވައްކަން
އަސޮކް
18 December 2018
ކާކު ބުނީ 1.5 ޕަސެންޓޭ؟؟ ލޯނުގެ ހުރިހާ ކޮންޑިޝަންއެއްވެސް ހާމަ ކޮށް ލިނަމަ އިނގޭ މީހާ!! މިހާރުވެސް އިބޫއަށް ނުކެރޭނެ ތީގެ ތަފްސީލް މީޑިއާއަށް ހާމަކޮށްލަން.
ދިރުން
18 December 2018
ކޮން ކޮންސެޝަނަލް އެއް.. 1.4 ބިލިޔަންއަކީ މިހާރު އޮތް ދަރަނީގެ މައްޗައް އިތުރުވާ ލާރި.. އެވެސް އަދި މި ފަސް އަހަރުތެރޭ އެހެން ލޯނު ނުނަގައިފިއްޔާމުން.. ވަގުންތައް އިންޑިޔާއައް އެޅިހާބަތަކައް ރިހަވެގަނެގެން އަހަރެމެންގެ ދަރީންގެ ދަރީންނައް ދާންދެން ނުދެއްކޭނެ ވަރައް ދަރަނި އެއޮތީ ބޮޑުކޮއްފަ.. ދެން އުޅޭނީ ރައްޔިތުން ފެލަން އިންކަންޓެކުސް ނުނެގިގެން.. ހަވަރައް ދޭންވީ..
ދަވަގާ
18 December 2018
އިންޑިއާގެ އެހީގައި 200 މިލިއަން ޑޮލަރު ބަޖެޓް ސަޕޯރޓްގެ ގޮތުގައި ދޭއިރު އެފައިސާ ދެނީ އެއީ ރާއްޖޭގެ ޓްރެޜަރީ ބޮންޑް އެމެންނަށް ދިވެހިންނަށް ވިއްކާ ވަރަށް ވުރެން ހެޔޮ އަގުގައި ވިއްކައިގެންނޭ އަދި އޭގެ ބަދަލުގައި ތަމެންގެ އިބޫގެ ވެރިކަމުގައި އިންޑިއާ އަށް ޓްރެޜަރީ ބޮންޑް ހެޔޮ އަގުގައި ވިއްކާލާ އިންޑިއާ އަށް ބޮޑު އަގުގައި އެފައިސާ އަނބުރާ ދެނީ 1 ރުފިޔާ އިންޑިއާ އަށް ވިއްކާލާ ބަދަލުގައި 2 ރުފިޔާ އިންޑިއާ އަށް 3 މަސްތެރޭ ދެނީ ނޫންތޭ ވަގާ ވަގާ ދަވަގާ
އަރުޝް
18 December 2018
ވެރިކަމައް ވަޔަކުން އާދެވޭ މިކަހަލަ ކޮންމެ ބަހުލޫލަކައް ރައްޔިތުން ބޮލުގަ ހިތައްއެރިވަރަކައް ދަރަނި އަޅުވާލެވޭގޮތައް އޮވެގެން ނުވާނެ. ގަނޫނު ފާސްކުރަންޖެހޭ މިވަރުގެ އަދަދުތައް މަޖިލީހުގައި ބަހުސް ކުރެވި އަދި މީގެ ބަދަލުގައި ހުރި އޮޕްޝަންތަކާއިމެދު ދިރާސާކުރެވުގެން ހާމަވެގެން ނޫނީ އެޕްރޫވް ކުރެވިގެން ނުވާނެ. އަދި ދަރަނި ނަގަނީ ކޮން ކޮން ގައުމުތަކަކުންތޯވެސް ސަރުކާރައް އެކަނި ނިންމަން ދޫކުރެވިގެން ނުވާނެ. މި ކަމައް ފާރަވެރިވާނެ ބަޔަކުތިބެންޖެހޭ.
މަނަޒަން
18 December 2018
މަޝްރޫއޭ.. މަޝްރޫއެއް އެކުލަވާލެވުފަކާއެއް ނެތް..
ޓިޓޯ
18 December 2018
ތީގެން ދިވެހިރާއްޖެއަށް ކުޑަކުޑަ ވަގުތީ ފައިދާއެއްވެދާނެ. ތީގެދަށުން ހިންގާ މަސްރޫއުތަށް ދޭންޖެހޭނީ އިންޑިޔާކުންފުނިތަކަށް ބިޑްކުރުމެއްނެތި އަނެއްކާ އެމީހުންނަކީ މަސައްކަތުގެ ކޮލިޓީ އެހާދަށްބަޔެއް ސްޕީޑްވެސް އެހާލަސްވާނެ. އާޙިރުގަ ލާރިކޮޅުވެސް އެމީހުންނަށް އަނެއްކާ ދެވަނަފަހަރަށް އޮންނާނީ މަސަތްކަތްކުރަންވެފަ. ދިވެހި ދައުލަތުގަ އިންޓްރެސްޓްބޮޑު ދަރަންޏެއް އެޅުނީ. އަދި އިންޑިޔާ އެދޭހާގޮތަކަށް ކަންތައްކުރަން މަޖުބޫރުވާނެ. މަ ތިކަމާދެކޮޅު