ޚަބަރު / މީހުން މެރުން

ސިމާދު މަރުވީ ވަގުން ޖައްސަން ހެދި ކަރަންޓު ދަންތުރައެއްގައި ޖެހިގެން

އައްޑު ހިތަދު އަށް އުފަން ސިމާދު.

ގއ. ވިލިނގިލީގައި ސަފާރީއެއް ބަނުމަށް ހަދާފައި ހުރި ހަރުގެ ތެރޭގައި ހުސެއިން ސިމާދު މަރުވީ އެތަނުން ވައްކަން ކުރާތީ، ވަގުން ހިފުމަށް ހަދާފައި ހުރި ކަރަންޓް ދަންތުރައެއްގައި ޖެހިގެން ކަމަށް އެ ރަށުގެ ބައެއް މީހުން ބުނެފި އެވެ.

ސ. ހިތަދު ހިޔާލީގެ ސިމާދު، 36، ވިލިނގިލި މީހަކާ ކައިވެނިކޮށްގެން ރަށުގައި އުޅޭތާ 12 އަހަރެއްހާ ދުވަސްވެއްޖެ އެވެ. ސިމާދަކީ މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަން ކުރުމުގެ ކުށުގެ ރިކޯޑު ވެސް އޮންނަ މީހެއް ކަމަށް ރަށުގެ ގިނަ ބަޔަކު ބުނެ އެވެ.

ސިމާދު މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރީ ހަރުގެ ބަލަހައްޓާ މީހާ އެވެ. ސިމާދުގެ ހަށިގަނޑުގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރިއިރު، އޭނާ މަރުވި މައްސަލައިގައި މިހާތަނަށް ފުލުހުން މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ. ފުލުހުން ހަމައެކަނި ބުނީ މައްސަލަ ތަހުގީގު ކުރާކަން އެކަންޏެވެ. އެކަމަކު ރަށުގެ ގިނަ ބަޔަކު ތުހުމަތު ކުރާ ގޮތުގައި، ކަރަންޓު ދަންތުރައެއްގައި ޖައްސައި މަރާލީ އެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް މިއަދު ބުނީ ސިމާދަކީ އެ ރަށުގައި އޮންނަ ގްރޫޕަކަށް ނިސްބަތްވާ މީހެއް ކަމަށާއި އެ ގްރޫޕްގެ މީހުން ވަރަށް ގިނަ އިން ހަރުގެއަށް ގޮސް ވައްކަންކޮށް ހަދާތީ، ހަރުގެ ބަލަހައްޓާ މީހާ، އެ މައްސަލަ ފުލުހުންނަށް ވެސް ހުށަހެޅި ކަމަށެވެ. އެކަމަކު، މިހާތަނަށް އައިއިރު، އެ މައްސަލަތަކުގައި ފުލުހުން ފިޔަވަޅެއް އަޅާފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.

"ހަރުގެއާ ހަވާލުވެފައި ހުރި މީހާ އެތައް ފަހަރަކު ފުލުހުންނަށް އަންގާފައި އޮތީ އެކަން (ވައްކަން) ހުއްޓުވައި ދޭށޭ. އެކަމަކު، ފުލުހުންނަކަށް އެކަން ނުހުއްޓުވުނު،" މައުލޫމާތު އެނގޭ މީހާ ބުންޏެވެ.

"ހަރުގެއަކީ ވަޑާން ކުރާ ތަނެއް. ދަގަނޑު ހޮޅި އާއި ލަކުޑި ފިލަ އާއި ފައިބަރު ފިލަ އާއި ކަރަންޓު ސާމާނު ފަދަ އެތައް މިލިއަން ރުފިޔާގެ މުދާ އެތަނުގައި ހުންނާނެ."

މައުލޫމާތު އެނގޭ އެހެން މީހަކު ބުނި ގޮތުގައި ހަރުގެ އިން ވައްކަން ކުރުން އާންމުވުމާ ގުޅިގެން ބަޔަކު ކަރަންޓު ދަންތުރައެއް ހަދައި، އެތާނގައި ވަނީ ބަހައްޓައިފަ އެވެ. އަދި ސިމާދު މަރުވީ އޭގައި ޖެހިގެން ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ. އެއީ، އަތާއި މެޔާއި ކަރުން މަތީގައި ބޮޑެތި ޒަހަމްތަކެއް ފެންނަން ހުރުމުން ކަމަށް ވެސް މައުލޫމާތު ދިން މީހުން ބުނެ އެވެ.

ވިލިނގިލީގައި މަރައިލި ހުސައިން ސިމާދު.

ފުލުހުން ކުރިން ބުނި ގޮތުގައި ސިމާދަށް ތޫނު އެއްޗަކުން ހަމަލާދީފައި ހުރި ކަމަކަށް ނުބެލެވެ އެވެ. އެކަމަކު، ހަށިގަނޑު އެކި ދިމާލުގައި ފިހިފައި ހުރި ކަމުގެ ނިޝާން ހުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

"ހަރުގެ އަށް ވަދެވޭނީ ޓިނުގަނޑެއް ނައްޓާލައިގެން. ހަރުގެ އަށް ވަންނަން އެންމެ ދިމާލެއް ހުންނާނީ ވެސް. އެ ދިމާލުން ސިމާދު ވަންނަން ހިފި ތަނުން މި ބުނާ ކަރަންޓު ދަންތުރައިގައި ކަރު ނޫނީ ބޯ ޖެހިގެން އެހާ ބޮޑެތި ޒަހަމްތަކެއް ލިބި، އޮތް ތަނަށް ވެއްޓި މަރުވި ކަމަށް ބެލެވެނީ،" އެ މީހާ ކިޔައިދިނެވެ.

ވިލިނގިލިން ވާހަކަ ދެއްކި މީހުން ބުނި ގޮތުގައި ސިމާދަކީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ގއ. ވިލިނގިލީ ބްރާންޗު ފަޅާލި މައްސަލައިގައި ހައްޔަރު ކުރި މީހެކެވެ. އޭނާ އަކީ ބޭންކް ފަޅާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހެއް ކަމަށް ވެސް އެ ރަށުން ވާހަކަ ދެއްކި މީހުން ތުހުމަތު ކުރެ އެވެ.

ބީއެމްއެލްގެ ވިލިނގިލީ ބްރާންޗް ފަޅައިލި މައްސަލައިގައި 11 މީހަކު ހައްޔަރު ކުރި އެވެ. އެ މައްސަލައިގައި މިހާތަނަށް ފެނިފައި ވަނީ 14 މިލިއަން ރުފިޔާ އެވެ. ރަށުގެ ބައެއް މީހުން ބުނި ގޮތުގައި، އެ ބޭންކު ފަޅާލައިގެން ނެގި ތިން މިލިއަން ރުފިޔާ އަދިވެސް ނުފެނެ އެވެ.

ބޭންކް ފަޅައިލި މައްސަލައިގައި ހައްޔަރު ކުރި އެންމެން ކޯޓު އަމުރެއްގެ ދަށުން ވަނީ ދޫކޮށްލައިފަ އެވެ.

140 ކޮމެންޓް, 382 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 24%
icon angry icon angry 10%
icon wow icon wow 0%
icon inlove icon inlove 0%

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮޒްމިކް

19 February 2019

ސުވާލުތަކެއް އުފެދޭ!! 1. ސިމާދު ގެ ބޮޑީ އޮތީ ކޮންތާކު؟ 2. ތިިކިޔާ ދަންތުރަ ހުރިތަނަކީ ކޮބާ؟ 3. ސިމާދުގެ ހަށިގަނޑާ ތިޔަ ދަންތުރަ އާއި ދޭތެރެ ހުރީ ކިހާ ދުރުމިނެއް؟ 4. ހަރުގެ ވެރިފަރާތުން (ބަލަހައްޓާމިހާ ވިޔަސް) ތިތާގެ ދަންތުރަ ހުރިވާހަކަ ކިޔައިދިންތަ؟ 5. އެންމެ ބޮޑު ސުވާލަކީ ޕޮލިހުން ހަރުގެ ވެރިފަރާތާއި ނުވަތަ ބަލަހައްޓާ މިހާއާއި ސުވާލު ކުރިތޯ؟ މިހުރިހާ ސުވާލުތަކުގެ ޖަވާބު އާރޓިކަލް ލިޔުންތެރިޔާ ކިޔުންތެރިންނާއި ހަމަޔަށް ގެނެސްދޭނެ ކަމަށް ހީކުރަން

ޒަމީރު

19 February 2019

މިވެސް އިބުރަތެއް، ގަދަފަދަ މީހެއް، އިސްލާހުވާން ފުރުސަތުވެސް ލިބުން، އޭގެ ބޭނުން ނުހިފި ޒުވާން އުމުރުގައި ދުނިޔެއިން ވަކިވެ ދިޔައީ

ހަކީމް

19 February 2019

ވަރަށް ދެރަކޮއް ވީކަމެއް. ފުލުހުން ފެއިލްވެ ރައްޔިތުމީހާ ގޮތްހުސްވީމަ ވާނެގޮތް މިއީ .. އެކަމަކުވެސް ހަކީމުގެ ނަސޭހަތަކީ ދަންތުރަ ހެދިޔަސް އިންސާނަކު މަރުވާވަރުގެ ދަންތުރަ ނުހަދަން.

ކަރީމު

19 February 2019

މީހުން ބުރަމަސައްކަތުން ހޯދާމުދަލާއި ލާރި ފޭރޭ ވައްކަންކުރުމުގެނަތީޖާއާއި ކޮންމެވެސްއެއްދުވަހަކުންބައްދަލު ކުރާނެ މަސްތުވާހާލު މީހުންގެތެރެއަށްނުކުމެ މީހުންގެފުރާނައަށާއި މުދަލައްގެއްލުން ދެމުންދުވާ މީހުންނައްހުރި ނުބައި ކަމާއޭމިނޫންދުވަހެއް އެބަވާކަން ނޭގެނީތޯއޭ

ހަގީގަތް

19 February 2019

ކޮމެންޓުތައް ކިޔާލުމުން ދިވެހިންގެ ވިސްނުން ކޮށި މިންވަރު ހާމަވެއެވެ. މާދަމާ ތިމާ ނުވަތަ ތިމާގެ ދަރި އެފަދަ ދަންތުރައެއްގައި ޖެހެން ބޭނުންވޭތޯއެވެ. މިދައްކަނީ ދިވެހި ލޭހިނގާ މުސްލިމެއްގެ ވާހަކަ، ދުއްތުރާ ކުރާ ބުޅަލެއްވެސް އަނިޔާކޮށްގެން މަރާލުން ދީނުގައި ހުއްދަ ވެގެނެއްނުވޭ. އަހަރެމެންގެ ހިތްތަކުގައި ހަމްދަރުވުމުގެ ކުޑަ މިންވަރެއްވެސް ނެތީ ބާވައެވެ.

އަބްދުﷲ

20 February 2019

އަހަރެންގެ ބޮޑު ބޭބެގެ ގެއަށް ފަތިސްވަގުތު ވައްކަން ކުރަން ވަން މީހަކު ހުއްޓުވަން އުޅުނީމަ އަތުގައި ވަޅިއަޅައި ނާރެއް ބުރިކޮށްލާފައި ދިޔައީ. ލަންކާއަށް 4 ފަހަރު ގޮސްފި، އިންޑިއާއަށް ވެސް ގޮސްފި، އަދި ވެސް ރަނގަޅެއް ނުވޭ، މިހާރު 13 އަހަރު މިވަނީ، ބޮޑުބެ އެއަރޕޯޓުގައި އަދާކުރަމުން އައި ވަޒީފާ ގެއްލި އަތުގައި ހުރި ހުރިހާ ފައިސާއެއް ބޭހަށް ގޮސް ހުސްވެއްޖެ. އޭނަގެ ދެދަރިންނާއި އަނބި މީހާ ނުލާހިކު ހާލުގައި އެއުޅެނީ، އަދިވެސް ވަގުންނަށް ހަމްދަރުދީ ދޯ؟

Hussain Rasheed

20 February 2019

މުސްލިމުންނެއް ވައްކަމެއް ނުކުރާނެ...މަސްތުވާ އެއްޗެއް ބޭނުމެއް ނުކުރާނެ...،

މަހާރެހެންދި

19 February 2019

ވަގުންގެ ކިބައިން ސަލާމަތް ކުރައްވާތޯ ކިތަން މީހުން ދުއާ ކުރާނެބާ؟ ދުއާ އިޖާބަ ކުރެއްވީ ނޫންބާ؟

އިބިރިހިންބެއްޔާ

19 February 2019

ނަޒާހަތްރެތި ޖޫޑީޝަރީއެއް ގައިމުނަމަ ބަލަންވީ ކަމަކީ ފުރާނަޔަށް ގެއްލުންވާފަދަ ދަންތުރައެއް ހެދުންތޯ ނޫނީ އެއްވެސް ގަދަރެއްކުރުމަކާއިނުލާ މީހުންގެ މުދަލަށް އަރައިގަތުންތޯ ބޮޑަށް ގޯހީ. މިކަންވެސް ނިންމަން ޖެހޭނީ ސުޕްރީމް ކޯޓުންތާ.

އަބްދުﷲ

20 February 2019

ސިޔާސީ މީހުން ބޭނުންވާ ބަޔަކު އެތަނަށް ވައްދަން ރައްޔިތުންނަށް އޮޅުވާލަނީ ކަމެއް އެބަ އެނގޭބާ؟ ކޮންމެ ބަޔަކު ވެރިކަމަށް އައިސް ގާޒީންނަށް އޮބި އަޅަނީ ބޭނުން ގޮތަކަށް ހުކުމް ނެރެން. ޔާމީން އޮބި އަޅައިގެން ނެރުނު ހުކުމްތައް އިބްރާހީމް ވެރިކަމަށް އައިގޮތަށް އަނެއް ކޮޅަށް އެޖަހާލީ. ރައްޔިތުން ހޭ އަރައިގެން ނޫނީ މިކަންކަމަށް ހައްލެއް ނެތް.

ކަރަންޓު ދަންތުރަ

19 February 2019

ދަންތުރަ ހެދުން ގޯހެއް ނޫން، އެކަމަކު މީހަކު ފުރާނައަށް ނުރައްކާވެދާނެ ފަދަ ދަންތުރައެއް ނަމަ އިންޒާރެއް އެއްޗެއް ބަހައްޓަންވާނެތާ! ވައްކަން ކުރުމުގެ ގަސްދެއް ނެތް މީހެއްވެސް ހަމަ ދަންތުރައިގަ ޖެހިދާނެތާ!

މަހާރެހެންދި

19 February 2019

"ލޯބިވާ ރައްޔިތުމީހާ ވައްކަން ނުކުރެއްވުން އެދެން" ދެއްތޯ؟ މި މެސެޖު ފެނުމުން ވަގުން ވައްކަން ނުކޮށް ބަސްއަހައިގެން ގެޔަށް ގޮސްދާނެ.

އަބްދުﷲ

20 February 2019

ވައްކަން ކުރުމަކީ ތިމާގެ އަތް ކެނޑޭނެ ފަދަ ކުށެއް ކަން ނުދަންނަ މީހަކު މިދިވެހި ރާއްޖޭގައި ނޫޅޭނެ.

ނުބައިހާނު

19 February 2019

ޤާނޫނު ތަންފީޒުކޮށް ރައްޔިތުންނަށް ޙިމާޔަތާ ރައްކާތެރިކަން ދިނުމުގައި މުވައްސަސާތައް ފޭލިވީމާ ރައްޔިތުން ނުކުމެ އަމިއްލައަށް ޤާނޫނު ތަންފީޒުކުރާ ހިސާބަށް ޤައުމެއްގެ ކަންކަން ދިޔުމުން މިއަށްވުރެވެސް މާ ނުރައްކާތެރި ހިތާމަވެރި ކަންކަން ފެނުން އެކަށީގެންވޭ. އެހެންކަމުން ކަމާބެހޭ ފަރާތްތަކުން މިފަދަ ކަންކަން ހުއްޓުވައި ސިޔާސީމީހުންގެ ޑާޓީ ގޭމު ކުޅުން ހުއްޓާލަން ގޮވާލަން.

ޝުޖާއު

19 February 2019

ދޯނޏެއްގަ ދަމުން ކަނޑަށް ފުންމާލައިގެ މަރުވީމަ ކުއްވެރި ވާންވީ ކަނޑު ލެއްވިފަރާތެއްނޫން

ރާއްޖެތެރެމީހާ

19 February 2019

ކަނޑަކީ އޭގެ ޒާތުގައި މީހުން މެރުމަށް ލައްވާފައިވާ ތަނެއްނޫން، ކަނޑަކީ އިންސާންނަށް ލެއްވި ރިޒުގެއް، ނަމަވެސް މީހަކު މަރުވެދާނެފަދަ ގޮތަކަށް ގަސްތުގައި ކަމެއް ކުރުމަކީ ބޮޑު ކުށެއް، ވައްކަން ކުރާމީހުންގެ ކިބައިން މުދާ ސަލާމަތް ކުރަންޖެހޭނީ އެގޮތަށް ދަންތުރަ ޖަހައިގެނެއްނޫ. އިންސާނެއްގެ ފުރާނައަކީ މީދަލެއްގެ ފުރާނަ ދުއްވާލާހެން ދުއްވާލެވޭނެ އެއްޗެއް ނޫން، އެއީ ވަގަކަށް ވިޔަސް ކާފިރަކަށް ވިއަސް.

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454