މޯލްޑިވިއަންގެ ފްލައިޓްގެ ކެޕްޓަން އަބްދުލް ބާސިތު އިބްރާހިމް (މ)، ފަސްޓް އޮފިސަރު ރިމާހް ރުޝްދީ (ވ) އަދި ފްލައިޓް ސުޕަވައިޒާ ހަސްނާ މުހައްމަދު. --- ފޮޓޯ: މޯލްޑިވިއަން
12 މާޗް 2019 - 16:56
ލޭންޑިން ގިޔަރު ހަލާކުވެ މިއަދު އިމަޖެންސީގައި ޖެއްސި މޯލްޑިވިއަންގެ ބޯޓު ދުއްވި ކެޕްޓަނާއި، އެ ބޯޓުގެ ކްރޫއަށް މޯލްޑިވިއަނުންނާއި އާންމުން ސޯޝަލް މީޑީއާގައި ތައުރީފުކޮށްފި އެވެ.
Shout out to our crew, Captain Abdul Baasith Ibrahim, First officer Rimah Rushdhi and In Flight Supervisor Hasna Mohamed for the smooth landing at Gan international Airport. Alhamdulillah. pic.twitter.com/HH3qS9wFwB
— Maldivian (@MaldivianAero) March 12, 2019
މޯލްޑިވިއަނުން ކުރި ޓްވީޓެއް
މޯލްޑިވިއަނުން، ފްލައިޓުގެ ކެޕްޓަން އަބްދުލް ބާސިތް އިބްރާހީމާއި ފަސްޓް އޮފިސަރު ރިމާހު ރުޝްދީ އަދި ފްލައިޓް ސުޕަވައިޒަރު ހަސްނާ މުހައްމަދުގެ ފޮޓޯއާ އެކު ކުރި ޓްވީޓެއްގައި ތައުރީފުކޮށްފައިވެ އެވެ.
ސޯޝަލް މީޑިއާގައި އާންމުން ވެސް ކެޕްޓަނާއި ކްރޫ އަށް ތައުރީފުކޮށްފައިވެ އެވެ. ބައެއް މީހުން ބުނެފައިވަނީ މިއީ ކުއްލި ހާލަތެއްގައި އަވަހަށް ނިންމި ހިތްވަރުގަދަ މޮޅު ނިންމުމެއް ކަމަށެވެ.
މޯލްޑިވިއަންގެ ފަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ވިދާޅުވީ އެ ފްލައިޓުގެ ލޭންޑިން ގިޔަރަށް ދިމާވި ޓެކްނިކަލް މައްސަލައިގެ ސަބަބުން ފްލައިޓް ނުޖައްސާ ވައިގެ ތެރޭގައި އެއް ގަޑިއިރާއި 20 މިނެޓު ދުއްވި ކަމަށެވެ. ނަމަވެސް ދިމާވި މައްސަލައިގެ އިތުރު ތަފްސީލެއް އޭނާ ހާމަ އެއް ނުކުރެ އެވެ. އަދި އެތަނުން އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން ކަމަށް އޭނާ ވިދާޅުވި އެވެ.
Bravo Captain and crew of #Maldivian Q2118. Safely landed the plane after a landing gear malfunction. 👏👏👏🙌🙌🙌 @MaldivianAero pic.twitter.com/0Bs6OIi0wI
— shamun 🇧🇷 (@shamoonsabig) March 12, 2019
މޯލްޑިވިއަންގެ ކްރޫއަށް ތައުރީފުކޮށް މީހަކު ކޮށްފައިވާ ޓްވީޓެއް
އެނގިފައިވާ ގޮތުގައި އެ ފްލައިޓު ނުޖެއްސި ގިނަ ވަގުތު ހޭދަވީ އޭގެ ލޭންޑިން ގިޔަރު ނުވެއްޓި ތާށިވެފައި އިނުމުންނެވެ. އެ ބޯޓު ޖެއްސުމުގެ ކުރިން ތިރިން ދުއްވުމަށް ފަހު އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުން، އެ ގިޔަރު ތިރިވެފައި އިންތޯ ބެލި އެވެ. ފުރަތަމަ ފަހަރު ޓަވަރުން އެންގީ ގިޔަރު ތިރިނުވާ ކަމަށެވެ. އެ ފްލައިޓުގެ ކްރޫ އިން ދެން މަސައްކަތް ކުރީ އެ ގިޔަރު މެނުއަލްކޮށް ވައްޓާށެވެ. ފްލައިޓު ޖެއްސީ މެނުއަލްކޮށް ކުރި މަސައްކަތް ކާމިޔާބު ވި ކަމަށް އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުން ކަށަވަރު ކޮށްދިނުމުންނެވެ.
Here's the video of the land. Alhamdulillaah! pic.twitter.com/SFOT6r5OAo
— Zafu (@Zafuu8) March 12, 2019
އިމަޖެންސީގައި ބޯޓު ޖައްސަނީ
ބޯޓު ޖެއްސި އިރު އެއާޕޯޓް އޮތީ ކުއްލި ހާލަތަށް ގެނެސްފަ އެވެ. މޯލްޑިވިއަންގެ ޓްވީޓްގައި ބުނީ އިމަޖެންސީ ލޭންޑިން "ސްމޫތު" ކަމަށާއި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުރަބޯ
30 September 2022
މިބޯޓުން ދަތުރު ކުރި ދަތުރުވެރިން ކުރެ މީހަކަށް ގެއްލުމެއް ނުލިބި މިކަން ނިމިގެން ދިޔަކަމަށްޓަކައި މާތްﷲ އަށް ޝުކުރު ދަންނަވަން. މީގެ އަހަރުތަކެއް ކުރިން ރޭގަނޑުގެ ވަގުތެއްގައި ޖައްސަން އައި ސިންގަޕޫރު އެއަރ ލައިންގެ ބޯޓެއްގެ ލޭންޑިންގ ގިއަރ މައްސަލަ ޖެހިގެން މެނުއަލް ޕްރޮސީޖަރ ބޭނުންކޮށްގެން ޖެއްސީ.
ވަޖީހް
13 March 2019
ކޮންބައެއްގެ އިހްމާލުންތޯ ބޯޓުގަ މައްސަލަ ޖެހުނީ؟
ކެން
13 March 2019
ލޭންޑިންގ ގިޔަރު ނުފައިބަން މައްސަލަޖެއްސީމަ ދެން ކީއްކުރާނީ؟ އޭތި ހިތަށް އެރިއިރަކުން ފޭބީ.
މޭޖަރރިޓަޔަޑް
13 March 2019
ޓަވަރާއި ގްރަންޑް ކްރޫއިންގެ އަގުހުރި ޚިދުމަތްވެސް ފާހަގަ ކުރަން . ފުރޮޅު ނިކުމެފައި ހުރިތޯ ޔަގީންކޮށް. ސަލާމަތުން ބޯޓު ޖެއްސުމަށް ކޮށްދިން މަސައްކަތް.
މޭޖަރރިޓަޔަޑް
13 March 2019
ތައުރީފު ހައްޤު. ފްލައިޓް އެޓެންޑަންޓް އަމަލީގޮތުން ލޭޑިންގައި ބައިވެރި ނުވިޔަސް. މިފަދަ ދަނޑިވަޅުގައި ބޯޓުގެ ފަސިންޖަރުން ހަމައަކަށް އަޅުވައި އިމަޖެންސީ ޕްރޮސީޖާތައް ކިޔާދީ ފަސިންޖަރުން ސަލާމަތުން ބޯޓުން ފައިބާތޯ ޔަގީންކުރަނީ އެމީހުން. ޕްރޮފެޝަނަލް އެޓެންޑަންޓުންގެ މޫނުމަތިން ހާސްކަން ފޮރުވައިފައި ހިއްވަރާ އެކީ މަސައްކަތް ކުރާނެ. މިކަން އިއްޔެގެ ފްލައިޓް ސުޕަވައިޒަރ ކުރި. ބައެއް މީހުން މިފަދަ ދަނޑިވަޅުގައި މިކަން ފުރިހަމަ އަށް އަދާނުކުރޭ.
މޭޖަރރިޓަޔަޑް
13 March 2019
ތައުރީފު ހައްޤު! ބައެއް ގައުމުތަކުގައި އެބަހުރި ގިއަރ ތާޝިވީމަ 2 ފަހަރު ޓްރައިކޮށް އުއްމީދު ކަނޑާލަފަ އެއްފުރޮޅު ނުލާ ބޯޓު ޖައްސާފައި. މިގޮތަށްވެސް އިއްޔެގެ ބޯޓުގެ ޕައިލެޓަށް ނިންމޭނެ. ނަމަވެެސް ޕައިލެޓު ވާނީ މި އުއްމީދު ކަނޑާނުލާ ގިއަރާ އެކީ ބޯޓަށާއި ފަސިންޖަރުންނަށް ގެއްލުނުވެ ޖެއްސޭތޯ މަސައްކަތް ކޮށް ޖައްސާފަ. ގިއަރ ތިރިކުރާ ސްވިޗުން ނުވެގެން، ދެން އިންނާނީ މެނުއަލް ޕްރޮސީޖާތައް. މި ބޭނުންކޮށް އެތައް ފަހަރަކު ޓްރައިކޮށް ކާމިޔާބު ކޮށްފައި.
ޛަމް
13 March 2019
ޙަސްކޮ އަކީ ހިތްވަރު ގަދަ ކުއްޖެ.ވަރަށް ސާރވިސް އޮރިއެންޓެޑް.
ސައީދު ޢަބޫބަކުރު
13 March 2019
ދެންވެސް ބޯޓުތައްއާކުރޭ
ލޫލޫ
13 March 2019
އަލްހަމްދުލިއްލާހި..!
ދދދދދދދ
13 March 2019
ކޮބާ ތިތާ ފާހަގަ ކުރެވުނު ވަކި ޚާއްޞަ ނިންމުމަކީ؟
އެއްބަސް
13 March 2019
މިކަން މި ކާމިޔާބުވީ ޓަވަރުގައި ތިބި މުއައްޒަފުންނާއި އެހެނިން ފަރާތްތަކުގެ ބަރަށް ބުރަ މަސައްކަތުން. ފްލައިޓް ކުރޫއަަށް ކުރާ ތައުރީފާއި އެކު އެހެނިހެން ފަތާތްތަކުން ކުރި ބުރަ މަސައްކަތް ފާހަގަ ކުރުން ރަންގަޅު، ނޫންނަމަ އެމީހުން މާޔޫސްވެ މަަސައްކަތް މަތިން ފޫހިވުމަކީ ދުރުގާއޮއެތް ކަމެއްނޫން. އަލްހަމްދުލިއްލާހި.