ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން (ކ) ޔޫސީއެސްއައިގެ ޓީމްއާ ބައްދަލުކުރައްވަނީ -- ފޮޓޯ: ހަޔާ އޭދިއުކޭޝަން މިނިސްޓްރީ
15 އެޕްރީލް 2019 - 18:55
ދިވެހި ދަރިވަރުންނަށް، އަގުހެޔޮކޮށް މެޑިސިން ކޯސްތަކެއް ކިޔަވައިދޭން މެލޭޝިއާގެ ޔުނިވަސިޓީއަކުން އެއްބަސްވެއްޖެ އެވެ.
ހަޔަ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ބުނިގޮތުގައި މެޑިސިން ކޯސްތަކުން ދިވެހި ދަރިވަރުންނަށް ޑިސްކައުންޓް ދޭން ނިންމީ، މެލޭޝިއާގެ ޔޫސީއެސްއައި ޔުނިވާސިޓީންނެވެ. އެ ޔުނިވަސިޓީއާ އެކު ހަޔަ އެޑިއުކޭޝަން މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ދަށުން، ބައެއް ކޯސްތަކުގެ އަގު ހެޔޮކުރަން ވަނީ ނިންމައިފަ އެވެ.
އެގޮތުން، ޑޮކްޓާ އޮފް މެޑިސިން އަދި ބެޗަލާސް އޮފް ފާމަސީ އޮނާސް ކޯހުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ދަރިވަރުންނަށް ދޭން އެއްބަސްވެފައިވާ ކަމަށް ހަޔަ އެޑިއުކޭޝަނުން ބުންޏެވެ.
In an event held today at the MoHE, the UCSI university has extended their discount scheme to waive 15% of the tuition fees from the Doctorate of Medicine and the Bachelors of Pharmacy (Honor's) program. pic.twitter.com/V9fYSNN5EB
— Ministry of Higher Education (@MoHE_MV) April 15, 2019
މިނިސްޓްރި އޮފް ހަޔާ އެޑިއުކޭޝަނުން ކުރި ޓްވީޓެއް
އެ ދެ ކޯހުގެ އިތުރުން އެ ޔުނިވާސިޓީގެ އެހެން 50 ކޯހަކުން ވެސް ދިވެހި ދަރިވަރުންނަށް 15-20 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ހަޔަ އެޑިއުކޭޝަނުން ބުންޏެވެ.
މަތީ ތައުލީމުގެ ފުރުސަތުތައް އަގުހެޔޮކޮށް ދިވެހިންނަށް ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދެކެވެ. އެ ވައުދު ފުއްދުމުގެ ގޮތުން ފުރަތަމަ ޑިގްރީ އަށް ހިލޭ ކިޔެވޭނެ ގޮތް ވެސް މި ސަރުކާރުން ވަނީ ހަމަޖައްސައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
މަސްވެރިއާ
16 April 2019
އަގު ހެޔޮކޮށް ކުރެވޭ ކަންތަކުގެ ކޮލަޓީ ދަށްވާނެ. ދިވެހިރާއްޖޭގާ ޔުނިވރު ސިޓީ ހިންގުމަކީ އެހާ މުހިްމު ކަމެއްނުން. ދިވެހި ރާއްޖެ އަކީ ކަޑު ނުން ތަނެއް ނެތް އަދި ޕޮރޮފެޝަލް މީހުންގެ ބޭނުން ހިފޭނެ މާބޮޑު ރިސޯސްތަކެއް ހުރިތަނެއް ނުން. ޔިނިވަސިޓީ ހަދައިގެން ލާރިއާ ޒުވާނުން ގެ ޒުވާންކަން ބޭކާރު ކުރުމަށް ވުރެން މުހިއްމު ރޮގު ތަކެއް ހުންނާނެ. މަސްވެރިކަމާ ޓުއަރިޒަމް ކުރިއެރުވުމަށް ނޫން ގޮތަކަށް ކުރެވޭ ޚަރަދަކީ ބޭކާރު ޚަރަދު
ކޮވެލި
16 April 2019
ބޭކާރު މިނިސްޓްރީ އެއް. ސަރުކާރުގެ ސިޔާސަތުވެސް ކަޑަ. ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ ސިޔާސަތެއް. ވޯޓް ހޯދަން.
ދަރިވަރު
15 April 2019
އަދިހަމަގައިމުވެސް އަމިއްލަ އެއްވެސް ކޮލެޖަކުން އެންމެ ރުފިޔާއެއްވެސް ނުކެނޑެ އިއްޔެވެސް ބައެއްކޮލެޖުތަކުން ދަރިވަރުންނަށް ގުޅާފަ ސަސްބެންޑް ލެޓަރ ބަލާއަންނަ އަންގާފަ އެބަހުރި ފީނުދައްކާތީ ކަމަށބުނެ.....
ދަރިވަރު2
16 April 2019
ފީނުދެއްކެންޏާ ގޭގަހުރެބަލަ
ބަޝީރާ މުފީދު
15 April 2019
މިމިނިސްޓަރު ދެކުނިންތޯ މިހާ އިންޓަރަސްޓާއި އެކުގައި ދިވެހި ރާއްޖޭގައި ހިންގާ ކޮލެޖެއް ނުވަތަ ޔުނިވަސިޓީއެއްގެ މީހަކާއި އެކުގައި ހުރިތަނެއް، ޑރ. ޗަބީގެ މިހާރުގެ އަމާޒަކީ ހަމަ ބޭރަށް ކުދިން ފޮނުވަން، ދިވެހިން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއެއް އުފެދުމާއި އެކުގައި ކުރި އުންމީދު ފެނަށް، ކުރިންވެސް ހުރިގޮތަށް އެޑިއުކޭޝަން މިނިސްޓްރީގެ ދަށުގައި ހިންގާ ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަނަކަށް ތިޔަ މިނިސްޓްރީ ބަދަލުވިޔަސް މާރަނގަޅުވާނެ
މަޖިލިސް
15 April 2019
% އައްވުރެ އަގުހެޔޮވީމަ ދައްކަންޖެހޭ އަދަދު ގާތްގަނޑަކައްވެސް ބުނެލިނަމަ ރަނގަޅުވީސް.
ބައިޝާނު ހަބީބު
15 April 2019
އަހަރެން ހީކުރީ ޑރ. ޗަބީ އާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީ މިސަރުކާރުން ހަވާލުކުރީ ރާއްޖޭގެ ޔުނިވަސިޓީތަކާއި ކޮލެޖުތަށް ވަރުގަދަކޮށް ތަރައްޤީކޮށް މެލޭޝިއާގެ ދަރިވަރުން ރާއްޖެއަށް އައިސް ކިޔަވާނެ ދުވަހަކަށް ރާއްޖޭގެ ހަޔާރ އެޑިއުކޭޝަން ކުރިއަރުވަންކަމަށް، އެކަމަކު މިފެންނަނީ ޑރ. އައިޝަތު ޝިހާމްވެސް ކުރަމުން އަންނަ ކަންތަށް ކުރަމުން އަންނަތަން، އެނޫންކަމެއް ކުރަން ޑރ. ޗަބީއަކަށް ހަމަ ނެއެނގުނު، %15 ޑިސްކައުންޓްދިނީ ކޯސްފީތަށް ބޮޑުކޮށްފައި