ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް. އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ އަނިޔާ ކުރާ ކަމުގެ މައްސަލައެއް ވަނީ ފެންމަތިވެފައި.---
19 މެއި 2019 - 14:17
އުމުރުން ނުވަ އަހަރުގެ ކުއްޖަކަށް، އޭނާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ޖިންސީ އަނިޔާކުރި ކަމުގެ އިތުރުން މަންމަގެ ލޯބިވެރިޔާ ވެސް އެ ކުއްޖާއާ ބެހުނު ކަމަށް އެ ރަށުގެ ބައެއް މީހުން ތުހުމަތުކޮށްފި އެވެ.
މާލެ އިން ދެކުނުގެ ރަށެއްގައި ހިންގަމުން ދިޔަ އެ ނުބައި އަމަލްތަކުގެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މި މަހުގެ 10 ވަނަ ދުވަހު އެވެ. ޖިންސީ އަނިޔާ ލިބުނު ކުޑަ އަންހެން ކުއްޖާ މިހާރު ހުރީ، މަންމަގެ ބެލުމުގެ ދަށުން ވެސް ގެންގޮސް، އެ ރަށުގެ އެހެން ބަޔަކާ ހަވާލުކޮށްފަ އެވެ.
އެކަމަކު ރަށު މީހުން ބުނާ ގޮތުގައި އެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެ އެވެ.
ކުޑަކުދިންތަކެއް ހިމެނޭ މައްސަލައަކަށް ވާތީ އެ ކުދިންގެ އައިޑެންޓިޓީ އެނގޭނެ އެއްވެސް މައުލޫމާތެއް ހާމަކުރަން ފުލުހުން ބޭނުމެއް ނުވެ އެވެ. އޭގެ ތެރޭގައި ރަށުގެ ނަން ވެސް ހިމެނެ އެވެ.
އެ ރަށުން ވާހަކަ ދެއްކި މީހަކު "މިހާރު" އަށް ބުނީ ތިން ކުދިންގެ މަންމައަކީ އެ ރަށަށް އުފަން އެ ރަށުގައި އުޅެމުން އަންނަ މީހެއް ކަމަށެވެ. ކައިވެނި ރޫޅިފައިވާ އިރު ތިން ދަރިން ގެންގުޅެނީ އަންހެން މީހާ އެވެ.
ރަށުން ވާހަކަ ދެއްކި މީހާ ބުނި ގޮތުގައި ދެ ބޭބެގެ އިތުރުން އަންހެން ކުއްޖާއަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުކުރެވެނީ އޭނާގެ މަންމަ މިހާރު ރައްޓެހިވެގެން އުޅޭ އުމުރުން 65 އަހަރުގެ މީހާ އަށެވެ. ކުއްޖާގެ މަންމަ އާއި އެމީހާ ރައްޓެހިވެގެން އުޅޭތާ މިހާރު ތިން މަހެއްހާ ދުވަސް ވެދާނެ ކަމަށް ބައެއް މީހުން ބުނެ އެވެ.
"އެކަމެއް ހިނގި ކަމަށް ވަނީ، ފިރިހެން މީހާގެ ކޮޓަރި ބަލަން ވާނެއޭ ކިއާފައި އެމީހާ ދިރިއުޅޭ ގެއަށް އަންހެން ކުއްޖާ ގެންގޮސްފައި،" އޭނާ ކިޔައިދިނެވެ.
އެކަމަކު އެ ކުއްޖާ އަށް، އޭނާގެ 13 އަހަރާއި 16 އަހަރުގެ ދެ ބޭބެ ޖިންސީ އަނިޔާކުރިކަމުގެ ތުހުމަތުކުރެވުނަސް އެ ވާހަކަ ރަށު ތެރޭގައި މާ ބޮޑަށް ނުދެކެވޭ ކަމަށް އޭނާ ބުންޏެވެ.
އެ ރަށުން ވާހަކަ ދެއްކި އެހެން މީހަކު ބުނީ އަންހެން ކުއްޖާ އަށް ޖިންސީ ގޯނާކުރާ ވާހަކަ ކިޔައިދިނީ މާލޭގައި ހުންނަ، މަންމަ ފަރާތުގެ ދައްތައަކަށެވެ.
"ކޮންފަރެންސް ކޯލެއްގައި އެ އަންހެން ކުއްޖާ އާއި މަންމަ އާއި ދައްތައާ އެކި ވާހަކަތައް ދެއްކުމުގެ ތެރޭގައި ދައްތަގެ ސަމާލު ކަމަށް މިކަން އައީ،" އޭނާ ބުންޏެވެ.
އެވަރުގެ ކުޑަކުއްޖަކަށް އޭނާގެ 18 އަހަރު ނުވާ ދެ ބޭބެއަކު ޖިންސީ އަނިޔާކުރާކަމުގެ އެއްވެސް ކަހަލަ މައްސަލައެއް މީގެ ކުރިން އެނގިފައެއް ނުވެ އެވެ. އެހެންކަމުން މިއީ ރާއްޖޭގައި ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މުޅިން ތަފާތު މައްސަލައެއް ކަމަށް ބެލެވެ އެވެ.
ކުޑަކުދިން ހިމެނޭ ވަރަށް ނުބައި މައްސަލަތައް ދޭތެރެދޭތެރެ އިން ފެންމަތިވެ އެވެ. އެގޮތުން ދާދި ފަހުން ވަނީ 14 އަހަރުގެ އަންހެން ކުއްޖަކު، ނަހަލާލަށް ބަލިވެ އިނދެ ގޭގައި ވިހައި، ތުއްތު ދަރިފުޅު މަރުވުމުގެ ހާދިސާއެއް ހިނގައިފަ އެވެ. ގޭގައި އޭނާ ވިއްސަން އުޅުނީ އާއިލާގެ މީހަކާއި އޭނާގެ ލޯބިވެރިޔާ ކަމަށްވެ އެވެ. މި މައްސަލާގައި ކުއްޖާގެ ލޯބިވެރިޔާ ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަފާޒު
21 May 2019
ކަލޭމެނަށް އެއްގޮތަކަށްވެސް އިހުސާސްކޮށްލެވޭތަ އެއަންހެންް ކުއްޖާ ތަހައްމަލް ކުރާނޭ ވޭން. އެކުއްޖާގެ އުމުރުންް އެހާ ޅަފަތުގައި ކުރިމަތިލާން އެޖެހުނު އަނިޔާ.... އަހަރެމެންގެެ ޅަދަރީންނަކީ ލޯތްބާއި ރައްކާތެރިކަން ލިބެންޖެހޭޭ ބައެއް. މިކަންކަން ފޯރުކޮށްނުދެވެންޏާ ދަރިން ނުހޯދިޔަސް ރަނގަޅުވާނެ
hawwa
21 May 2019
ކޭކެއް އަޅާފައި އޭގެ މައްޗަށް މާމުއި އަޅާފައި މިހުންނަނީ . ދެން އޭގައި ޖެހޭ ހިންޏާއި މެހި ފަދަ ތަކެތި މި ކުއްވެރިވަނީ. ކޭކުގައި މަތި ޖަހައި އެއެއްޗިއްސައް ނުޖެހޭ ގޮތް ހަދާކަށް ނޫޅޭ.
ރީތި މޫސަ
21 May 2019
އެންމެންނަށް މަރުގެ އަދަބު ދިނުމަށްގޮވާލަން
ބޯބުރާންތި
20 May 2019
މަރޭމިތުރު ކުއްޖާހެ ހަލާނަތު އޮންނަނީ މަންމަޔައް ދެން ފިރިހެން މީހާޔައް އޮންނާނީ ގަވައިދުން ހަރަދުކުރުން ސާފުވެއްޖެ!!!
އައްޓަމަސް
20 May 2019
ތީހަވަރުތިނަދޫގައި ކުރިކަމެއް ތިކަހަލަ ކަންތައް އާއްމުކޮށް ކުރަނީ ދެކުނުމީހުން،
މަރޭމިތުރު
20 May 2019
މިއަށް ކޮމެންޓް ކޮށްދެއްވާ!... ރާއްޖޭގެ އެއްވެސް ގާނޫނަކުން ލިބިދޭ ބާރަކުން ބައްޕައެއްގެ އަތުން ދަރިއެއްގެ "އުފަންދުވަހުގެ ސެޓްފިކެޓްގެ އަސްލު"[ކޮޕީެއްނޫން]ކުއްޖާއަށް 7 އހަރު ފުރުމުގެކުރިން ކުއްޖާގެ މަންމަ އަތައް ދޭން ހުކުމް ކުރެވިދާނެތަ؟ އަދި މިގޮތައް އާއިލާއާބެހޭ ކޯޓުން ހުކުމްކޮށް އެހުކުމަށް ބޯނުލަނބައިފިނަމަ ފިރިހެންމީހާ އަށް ގާނޫނީ ގޮތުން އަދަބެއް އަންނާނެތަ؟ މިގޮތައް ކުރާހުކުމަކީ ޢައިރުގާނޫނީ ހުކުމަކަށްނުވާނެތަ؟
ވަހީދު
21 May 2019
ކޯޓަކުން ކުރާ ހުކުމަކަށް ބޯ ލެނބީމަތަ ޤާނޫނީ ގޮތުން އަދަބު ލިބެނީ؟ ނޫނީ ބޯނުލަނބައިގެންތަ؟ ބޯ ނުލެނބިޔަސް ތަންފީޒީ ބާރުން އެހުކުމް ތަންފީޒު ކުރާނެ އެއްނު؟
މަންމަ
20 May 2019
ކުށްކުރާ މީހާއަށް އަދަބު ލިބެންޖެހޭ. ރައްޔިތުން ޒިންމާދާރުވާންވީ. މިކަހަލަ ކަންތައް ހިނގާކަން ފާހަގަ ކުރެވިއްޖެނަމަ ރިޕޯޓްކޮށް ހުއްޓުވަންވީ. ސަރުކާރުން ފުރިހަމަ އަދަބު ނުލިބޭނަމަ ރައްޔިތުން އަދަބު ދޭންވީ. ބަލަން ނުތިބެންވީ. މިއީ ވަރަށް ހިތްދަތި ކަންތައްތައް ކުދިންނަށް ދިމާވާ. އެކުދިންގެ މައުސޫމް ކަން ނިގުޅައިގަންނަން އެއްވެސް ފުރުސަތެއް ދެވިގެން ނުވާނެ.
މަރޭމިތުރު
20 May 2019
މިމައްސަލައަށް އިންސާފުކޮށްދެއްވާ! އިނދެ ވަރިވެފައި ހަފްތާއެއްވިތަނާ އެނގެނީ ކުށްޖަކަށް ބަލިވެއިންކަން. އަންހެންމީހާ އެދިގެންވަރިކުރީ ފިރިހެންމީހާ. އެދަރި ވިހޭދުވަހު އުރާލަންހުއްދަނުދިން އަންހެންމީހާގެ އާއިލާއިން. ނަންކިއުމަށް ފިރިހެންމީހާ ކުރަންޖެހޭކަންކަން ކޮށްނިމުނުފަހު އައިޑީހަދަން ފޮޓޯނުދީގެން ކޯޓައް ފިރިހެންމީހާ މައްސަލަލީމާ ހުކުމްކުރީ ފޮޓޯދިނުމަށް. އައިޑީ ނިމޭތަނުން މަންމަ އެދެނީ އައިޑީހޯދަން ކޯޓުގަ .ކޯޓުން ނިންމީހުރިހާ ލިޔެކިއުމެއް ދޭން.
މަރޭމިތުރު
20 May 2019
[އައިލާގާނޫނު އެއޮތީ މޮޑޭ މައްސުނިގަނޑެއް ފަދައިން ، އާއިލާއަށް ފާގަތިކަމެއްނެތް ވިރޭ އުއްބައްތިއެއް ފަދައިން]................................. މިގައުމުގެ އާއިލާއާ ބެހޭ ގާނޫނު އޮތީ އެއްވެސް އާއިލާއެއްގެ މައްސަލަޖެހިއްޖެނަމަ ، އެކަމެއް ހައްލުވެދާގޮތަކަށްނޫން. ކަނުލޮލަކުން ބަލައިގެން ހަދައިގެން ގަވާއިދެކޭ ތަފާތެއްނެތް.ހުކުމްތައް ދަނީ އަދި މާހެއްވާގޮތަކަށް.
ނެގުނުކަތީބު
20 May 2019
ތިކަމުގަ ރަށުގެ ހުރިހާ ރައްޔިތުންނާއި ދަޢުލަތުގެ ކަމާބެހޭ އިދާރާތަކުގެ މުއައްޒަފުންޒިއްމާވާންޖެހޭނެ. ތިވަރުކަމެއް ހިނގާއިރު އެންމެންނަށް އޭގެ އޑުއިވި މަޢުލޫމާތު ލިބުނީމާވެސް ތިބެނީ. ކޮބާ އެތަނުގައި ތިބޭ ފުލުހުން. ރަށްރަށުގައި ތިބޭ ފުލުހުންނަކީ ޕިކުނިކު ހަދަން ތިބޭ ކުދިންކޮޅެއްވިއްޔާ؟؟؟
އިޙްސާސް
20 May 2019
އާން އެމީހުންނަށް އެނގެނީ އެރަށްރަށުން ބޯވަނަގާ ހަދައިގެން ކެއުން. ނައިފަރު މިއީ އޭގެ އެއްރަށް.
ޚާޗުސް
21 May 2019
އިސްލާމީ ރިވެތި އުސޫލް ތައް މިރާއްޖޭގަ ހަރުދަނާ ކޮން ހިގާކަމައް ގަބޫލް ކޮއް ވާހަކަފުޅު ދައްކަވާ ބޭފުޅުން ނާ ސުވާލް ކޮއްލައްވާ