ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ސަލާމް ކުރައްވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
23 މެއި 2019 - 15:08
އިންޑިއާގެ އާންމު އިންތިހާބުގައި ތަފާތު ބޮޑުކޮށް މިހާރުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހޯއްދެވި ކާމިޔާބީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މަރުހަބާ ދަންނަވައިފި އެވެ.
އެމަނިކުފާނު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ކާމިޔާބީ އަކީ މޯދީގެ ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އާއި ސަރުކާރަށް އޮތް ތާއީދު ހާމަވި ދިޔަ ކަމެއް ކަމަށެވެ. އަދި ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މަސް ދުވަހަށް ދިގު ދެމިގެން ދިޔަ ވޯޓުލުން ނިންމައި ވޯޓު ގުނަން ފަށާފައި ވާއިރު އެންމެ ފުރަތަމަ ހާމަކުރި ނަތީޖާތަކުން ވެސް 542 ގޮނޑީގެ ތެރެއިން 292 ގޮނޑި ކަށަވަރުކޮށްފަ އެވެ. އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީ ކުރީގައި އުޅެނީ އެންމެ 51 ގޮނޑިއެއްގަ އެވެ.
ސަރުކާރު އެކުލުވާލުމުގެ ބާރު ލިބޭނީ 272 ގޮނޑި ލިބޭ ޕާޓީއެއް ނުވަތަ ކޯލިޝަނަކަށެވެ. އެހެންވެ ބީޖޭޕީ އަށް މިހާރު އެއްވެސް ހާސްކަމެއް ނެތެވެ. އަދި މިއީ މި 1984 ވަނަ އަހަރުގެ ފަހުން ޖެހިޖެހިގެން ދެ ދައުރު އެއް ޕާޓީއަކުން މަޖިލީހުގެ އަޣުލަބިއްޔަތު ހޯދި ފުރަތަމަ ފަހަރެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި ވަނިކޮށް، އެ ގުޅުން ބަދަހި ކުރީ ވެސް މި ސަރުކާރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަނބިލި
23 May 2019
މުސްލިމުން ކަތިލުމުގެ އިތުރު 5 އަހަރު
ހަސަން ނުވަވަނަ
23 May 2019
ޗީފް މިނިސްޓަރު ބޮޑުވަޒީރަށް ތަހުނިއްޔާ ދެންނެވީދޯ
ކުއްޓި
23 May 2019
19 އެއް ގައި ދެގައުމު ވެސް. ދެން އެނގިދާނެތާ ވާއެއްޗެއް ވެސް. ޗައިވާލާ އާއި ދުވާވާލާ އެއްވީމަ ރޫޙީވާލާ އަށް ބާރުލިބޭތަން ކުރިއަށް އޮތީ.
ރަބަރު
23 May 2019
އިންޑިއާ ގުޅުން ބޭއްވުން މުހިއްމު އެކަމަކު މޯދީއަށް ތާއީދް ނުކުރެވޭނެ. އެއީ ހަމަ މުސްލިމުންގެ އަދާވާތްތެރިއެއް. ބައިނަލްއަގްވާމީ ހަމަތަކުން ރައީސް ސާލިހް މަރުހަބާ ކިޔަންޖެހޭ އެއީ މައްސަލައެއްނޫން
ނަޝްވާ
23 May 2019
ތިޔަ މޯދީއަކަށް އަހަރެމެން މަރުހަބާ ނުކިޔާނަން. ވަރަށް ސާފް މުސްލިމުން ނައްތާލަން އުޅޭ މީހެއްތީކީ
މަރިޔަމް އަޝްފާ
23 May 2019
ދިވެހި އަދި އިންޑިއާ މުސްލިމު އަމީނިއްޔާ ސުކޫލްގައި ކިޔަވާ ކުއްޖެއްގެ ހައިސިއްޔަތުން ޕުރައިމިނިސްޓަރ މުހައްމަދު މޯދީއަށް ލިބުނުކާމިޔާބައް ވަރައްހޫނު މަރުހަބާ ރައްދުކުރަން.. ތިޔައީ އަހަރުމެން އިސްލާމުންނަށް ލިބުނު ބޮޑުނަސްރެއް..