މޯދީ: އަންނަ ހޮނިހިރު ދުވަހު މަޖިލީހުގެ ޖަލްސާގައި މޯދީ ތަގުރީރު ކުރައްވާ ވަގުތު ކަމުނުގޮސްގެން އިދިކޮޅު މެމްބަރުން ގެންދަވަނީ ފާޑުވިދާޅުވަމުން.
07 ޖޫން 2019 - 00:35
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތަގުރީރު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަންނަ ހޮނިހިރުދުވަހު ފަށާގޮތަށް ހަމަޖައްސާފައި ވަނީ މަޣުރިބު ނަމާދަށް ފަހު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން މިރޭ ބުނެފި އެވެ.
ޖަލްސާ ބާއްވަން ކުރިން ތާވަލްކޮށްފައި އޮތީ އިރުއޮއްސި 6:45 ގަ އެވެ. ދެ ނަމާދު ދޭތެރޭގައި ޖަލްސާ ބޭއްވުން ފަދަ ކަންކަމަކީ ދިވެހިންގެ ސަގާފަތާ ނުގުޅޭ ކަންކަން ކަމަށް ވިދާޅުވެ އިދިކޮޅު މެމްބަރުން ވަނީ ކަންބޮޑުވުންފާޅުކުރައްވައިފަ އެވެ.
Modi thagureeru kuravaa vaguthaa medhu idhikolhu memberun kanboduvun faalhukoffi
The most trusted news source in the Maldives
Mihaaru
ތަގުރީރު ކުރައްވާ ވަގުތާ މެދު މެމްބަރުން ކަންބޮޑުވުން---
މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޖަލްސާ އަށް މޯދީ ވަޑައިގަންނަވަން ބޭނުންފުޅުވަނީ މެމްބަރުން ނަމާދު ކުރެއްވުމަށް ވަގުތު ދެއްވުމަށް ފަހުގައި ކަމަށެވެ. ނަމަވެސް ޖަލްސާ ފަށާނެ ސީދާ ވަކި ވަގުތެއް ބަޔާނުގައި ނެތެވެ.
"ބޮޑުވަޒީރު ތަގުރީރު ކުރައްވާ ޖަލްސާ ފެށުމަށް ނިންމާފައިވަނީ އެ ދުވަހުގެ މަޣުރިބު ނަމާދަށް ފަހުގައި ކަމުގައި ދެންނެވިން،" މަޖިލީހުގެ ބަޔާނުގައި ބުނެފައިވެ އެވެ.
މޯދީ ރާއްޖެ އަށް ކުރައްވާ ދެ ދުވަހުގެ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ކުރެއްވުމުގެ ފުރުސަތު ދެއްވުމަށް މަޖިލިހަށް ހުށަހެޅުއްވީ ރައީސް އިބްރާހިމް ސޯލިހެވެ. ގާނޫނުއަސާސީ އާއި މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ބޭރުގެ ވެރިންނަށް މަޖިލީހުގައި ތަގުރީރު ކުރެއްވޭނީ މެންބަރުންގެ ރުހުން ލިބިގެންނެވެ. އެ ފުރުސަތު މޯދީ އަށް ދެއްވަން ނިންމެވީ ޖަލްސާގައި ބައިވެރިވެވަޑައިގަތް މެމްބަރުންގެ އިއްތިފާގުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަކަމެއް
08 June 2019
މަޢުރިބު ނަމާދު ވަގުތު ތަޤްރީރު ކުރައްވުން ރަނގަޅެއްނޫން
ހަސަނުބެ
07 June 2019
ލަދުން ބޮއެ ހަލާކު. ދެން ދަރަނި ނުދެށްކިގެން އަވަހަށް ގައުމު ވިއްކާލާ
އީމާން
07 June 2019
ރީދޫ ކުދިންގެ ސަގާފަތަކީ ބަންގިގޮވީމާ ކޮފީ , ސިގިރެޓް ބޯލަން ކެފޭތަކަށް.
ހަންޑި ފާތުމަ
07 June 2019
ޕިންކީ ކުދިންގެ ސަގާފަތަކީ މިސްކިތު ބުޑުގަ ހަވާ އަރުވުން.
ބަތޫތާ
07 June 2019
ބަލަ ހަނދާން ނެތުނީތޯ ނަމާދު ވަގުތު ޕިންކު ކުދިން ނަމާދަށް ގޮވަނިކޮށް ހަވާ އެރުވި ކަން....
ހުސައިން
07 June 2019
ދިވެހިންގެ ސަގާފަތް ފެންނާނެ އޮރުއޮއްސުނީމާ ހުރިހާ މިސްކިތްތަކަކުންވެސް.
މޭލޭ
07 June 2019
މާބޮޑަށް ޖަޒީރާކޮށް ލެވިފަ ތިއޮތީ ބޮންޑި އެޅީމަ އޮންނާނީ ތާހިރުވެފަ
ހަންސަން
07 June 2019
ސަރުކާރު އޮފީސްތަކުގައި ނަމާދު ވަގުތުތަކުގައި އަބަދުވެސް މީޓިންތައް ބާއްވާ. އެކަކުވެސް މައްސަލައެއްނުޖައްސާ. ކީއްވެ؟
ކަތީއްބެ
07 June 2019
ރާއްޖޭގެ ޤާނޫނުހަދާ މަޖިލީހަކީ ސަރުކާރުގެ އޮފީހަކާ އެއްދަރަޖައިގެ ތަނެއްނޫން، އަދި ތިއުޅުއްވަނީ އޮޅިވަޑައިގެން، ރައްޔިތުންގެ މުޤައްދަސް ތަނެއްގައި ބަރަކާތް ކެނޑޭގޮތަށް ނުތާހިރު މުޑުދާރު މިހަކު ގެނެސްގެން މުސްލިމުންގެ ޙުރުމަތް ނަގާލަން ރޭވިގެން ހިގާކަމެއްތީ، ކޮންތަޤްރީރެއްކުރާކަށް، މުހިންމު އެއްވެސް އެއްޗެކޭ ނުބުނާނެ، ބުނާނެހާވެސް އެއްޗަކީ ގެރިމަސްނުކާށޭ!
ރައްޔިތުންުޔ
07 June 2019
އަހަރުން މި އިންތިޒާރު ކަުރަނީ ޕާކިސްތާނުގެ ރައީސް އިމްުރާނާ ގަތަރު އަމީރާ އިރާނުގެ ބޮޑުވަޒީރު އަންނާނެ ދުވަހަކަށް. އެއްވެސް މުސްލިމް ގައުމަކާ ގުޅުން ކަނޑައައިގެން ނުވާނެ. އެމީހުން އހަރެމެންނަކާ ނުބެހޭ އަހަރެމެންނަށް އަޅާލާ! މިކަން ނުކޮށްފިއްޔާ ޝާހިދު ބޭރުކުރަން މަޖިލީހަށް ވައްދާނަން މަމެން
ހަންޑި ފާތުމަ
07 June 2019
ނާހަމަތެދެއް. އެހެންވެދޯ ގަތަރާއި އީރާނާ ގުޅުން ކަނޑާލީ ކުރީސަރުކާރުގެ އެއްކޮޅޭމެންވެގެން.
ސޮއްބެ
09 June 2019
ސާބަހޭ ތިބުނީ ހެޔޮކޮށް މަމެން ތާއީދު
ސަފަރު ކަތްދަގެ ކަނޑިކި
07 June 2019
އިދިކޮޅޭމެން ފިއްތާލައިގެން ތިބެލާ.
މޮހޮނދޭ
07 June 2019
ކޮންމެ ޕާރޓީ އަކުން ކުރިކަމެށް ކަމުގައި ވީނަމަވެސް މިކަން ކުށްވެރި ކުރާން، ފިއްތާލައިގެން ތިބޭ ކަހަލައެށް ނޫން
ހަސަންބެ.
07 June 2019
އިދިކޮޅު މީހުން ފިއްތާލައިފައި ބައިތިއްބާ. ތިޔަހެން ދީނާއި ސަގާފަތާއި ކުޅެން ހަދައިގެން އެއްދުވަހު އިރު އަރާއިރު ރައިޔަތުން ނިކުމެ ކުރީގައި ހެދިގޮތަށް ތިޔަ ވެރިކަން ބަދަލު ކޮށްފާނެ ކަންނޭގޭ. އެމްޑީޕީ އަށް ވެރިކަމަށް އާދެވުނީ ކިހިނެއްކަން ރައީސުލް ޖުމްހޫރީޔާ އެގޭ. އެކަން ނޭގިންމިއިުޅެނީ މަޖިލީހުގެ ރައީސްއަށް. . އޭނަގެ ވެރިންކަން ވެއްޓުނުގޮތް ވެސް މިހާރު ހަދާން ނެތް ކަހަލަ. މެޖޯރިޓީ އޮތްތާގައި އޮންނާނީ ރައިޔަތުން ނިކުތީމާ.
ސަފަރު ކަތްދަގެ ކަނޑިކި
07 June 2019
ހަސަންބެވެސް ފިތިފަ އުތަ.
ހައިޝަމް ހަބީބު
07 June 2019
ރައީސުލް ޖުމްހޫރިއްޔާގެ އޮފީސް ހަރުދަނާ ނުވެއްޖެއްޔާ ދެން އެއޮފީހުގެ ދަށުން ހިންގާ އެއްވެސްކަމެއް ހަރުދަނާނުވާނެ، މިއަދު ސަރުކާރުގެ ސްޕީޑް ދަށްވެގެން އުޅެނީވެސް ރައީސް އޮފީހަށް ވައްދައިގެން އުޅޭ މިނިސްޓަރުންނާއި ޕޮލިސީ ސެކްރެޓަރީންގެ ސަބަބުން، ކެބިނެޓުް މިނިސްޓަރުންނާއި ގުޅުމެއްނެއް، ސަރުކާރުގެ އިދާރާތަކާއި ގުޅުމެއްނެއް، ކްމްޕޭންތަކަށް އެމްޑީޕީ މޮޅުވިޔަސް ޤައުމެއް ހިންގަން އަދިވެސް މޮޅެއް ނުވެވުނު، ހަމަ ކުރާ ކަންތަށްކަޑަވެ އަގުވެއްޓެނީ
ފަންސާނު މޫސާ
07 June 2019
އިންޑިއާއިން އެހީއާއި ލޯނު ދޭނެ، ދެން އެދޭނީ ސިފައިން ގިނަ ގިނައިން ބޭތިއްބުމަށް، ރާއްޖޭގެ ސެކިއުރިޓީ ނިޒާމުގެ ތެރެއަށް ވަންނަން، ދެން ދޭ ލޯނާއި އެހީތަށް އަނބުރާ އިންޑިއާއަށް ގެންދަން އިންޑިއާގެ ވިޔަފާރިވެރިން ގެންނާނެ، އެމީހުންނަށް ޕްރޮޖެކްޓްދޭނީ، ބުނާނީ އެމީހުންނޭ ލޯނު ދެނީ އެހެންވެ އެމީހުންނަށް ޕްރޮޖެކްޓްދޭން މަޖްބޫރޭ، ފޮރިން މިނިސްޓަރެއް ހުއްޓަސް ހުރިހައިކަމެއް ހިންގައި ރާވަނީ ރައީސް އޮފީހުގައި ތިބި އެމްޑީޕީގެ އެކްޓިވިސްޓުން
މަރޭމިތުރު
07 June 2019
އިންޑިއާއަށް ކަމެއް ދީގެން ހިތާމަކުރަން ދިވެހިންނަށް ނުޖެހޭނެ! އިންޑިއާއަކީ މިތަނަށް ޖެހޭ ކޮންމެ ހާލެއްގައި ގައުމާއި ބައިވެރިވެ ދެވަނަ ދެގޮތެއްނުވާ ހަމަ އެކަނި ބައިވެރިއާ! އިންޑިއާއަށް އުފަލެއް ލިބުމަކީ ދިވެހިންނަށް ލިބޭ އުފަލަކަށް ހަދަމާތޯ! ރާއްޖެއަށް ލިބޭ ކޮންމެ ހިތާމައަކުން އިންޑިއާ ކަރުނައަޅާ! އިންދިއާފަދަ އެހެން ބައިވެރިއަކު ހަމަނެތް ނެތް ނެތް ނެތް!
ގަލަން މޫސަ
07 June 2019
ސޮދަގާތު ފައުންޑޭޝަނަކުން ގައުމެއްގެ އިސްތިގުލާލު ތެރެއަށް އުނދުޅިއެއް ބާނާގެން ހަލުވަނިކޮށްވެސް އަހަރުމެން ދެކެފިން.
ކަތީއްބެ
08 June 2019
ޤައުމުގައި ހިންގި ކުޑަކުޑަ ޖަމްޢީއްޔާއަކާއި ނުފޫޒުގަދަ މުސްލިމުންދެކެ ނަފުރަތުވާ ޤައުމަކާއި އެއްހަމަކުރެވޭނެ އެއްވެސް އުޞޫލެއް ނޯންނާނެ،