ރާއްޖެ ވަޑައިގެން މޯދީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ސަލާމްކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް
08 ޖޫން 2019 - 17:16
ވެރިކަމުގެ ދެ ވަނަ ދައުރުގެ ރަސްމީ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރާއްޖެ އަށް ވަޑައިގަތް ސަބަބު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދިވެހިބަހުން ކުރެއްވި ޓުވީޓަކުން ވިދާޅުވެދެއްވައިފި އެވެ.
ޓުވިޓާގައި 47 މިލިއަން މީހުން ފޮލޯކުރާ، މޯދީ ލެޓިނުން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިވަގުތު ހުންނެވީ ރާއްޖޭގައި ކަމަށެވެ. ވެރިކަމުގެ ދެ ވަނަ ދައުރަކަށް ހުވާ ކުރައްވައި ރާއްޖެ އަށް ކުރެއްވި ދަތުރުފުޅުން ދައްކުވައި ދެނީ، އެމަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އާއި އިންޑިއާ ގުޅިފައިވާ ވަރުގަދަ ގުޅުމުގެ މުހިއްމު ކަމެވެ. އެއާއެކު ތަފާތު ރޮނގުތަކުން ގުޅުން ބަދަހިކުރަން ބޭނުންވާ މިންވަރު ކަމަށް ވެސް ވިދާޅުވި އެވެ.
Dhivehiraajje ah aadhevijje. Mi dhathuru, alhuganduge dhevana dhauruge furathama dhathuru dhahkuvaidheny India ah Dhivehiraajje aa gulhifaivaa varugadha gulhumuge muhinmukan. adhi thafaathu ronguthakun gulhun badhahikurumah beynunvaa minvaru. pic.twitter.com/jj9Ga1DHwm
— Narendra Modi (@narendramodi) June 8, 2019
މޯދީ ކުރެއްވި ޓުވީޓް
މޯދީގެ މި ޓުވީޓާ އެކު ދިވެހިންގެ ގިނަ ބަޔަކު އަންނަނީ އެމަނިކުފާނަށް ދިވެހި ބަހުން މަރުހަބާ ކިޔަމުންނެވެ.
މީގެކުރިން ވެސް މޯދީ ދިވެހި ބަހުން ޓުވީޓެއް ކުރެއްވައި ގިނަބައެއްގެ ސަމާލުކަން ހޯއްދެވި އެވެ. އެ ފަހަރު މޯދީ ޝެއާކުރެއްވީ ދިވެހި ލަވަކިޔުންތެރިން ކަމަށްވާ މުހައްމަދު ޝާހިދު އަދި މަރިޔަމް ވަހީދާ ހިންދީ ބަހުން ކިޔާފައިވާ "ވައިޝްނަވް ޖާންތޯ" އެވެ. އެއީ ސުލްހްވެރިކަމާއެކު އިންޑިއާގެ މިނިވަންކަން ހޯދައިދިނުމުގެ ބާނީ މަހާތުމާ ގާންދީގެ 150 ވަނަ އުފަން ދުވަހާ ގުޅޭ ލަވަ އެކެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ދައުވަތަކަށް ދެ ދުވަހަށް ރާއްޖެ ވަޑައިގެންނެވި ބޮޑުވަޒީރުގެ ދަތުރުފުޅުގައި ފަސް ދާއިރާއަކުން ހަ އެއްބަސްވުމެއްގައި ސޮއިކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އޭގެތެރޭގައި ކުޅުދުއްފުއްޓާއި ކޮޗިންއާ ދެމެދު ކާގޯ ޕެސެންޖަ ފެރީގެ ޚިދުމަތް ފެށުމާއި ސިވިލް ސާވިސްގެ މުވައްޒަފުން ތަމްރީން ކުރުމާއި ޒުވާނުންގެ ހުނަރު ކުރިއަރުވަން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ.
އިންޑިއާގެ އެހީތެރިކަމާ އެކު ރާއްޖޭގައި މިހާރު ގާއިމްކުރަމުން އަންނަ ރާޑަ ސިސްޓަމް ވެސް މި ދަތުރުފުޅުގައި، އިފްތިތާހުކޮށްދެއްވާނެ އެވެ.
ރައީސް އޮފީހުގައި ބާއްވާ ރަސްމިއްޔާތަށް ފަހު ރައްޔިތުންގެ މަޖިލީހުގައި މޯދީ މިރޭ ތަގުރީރުކުރައްވާނެ އެވެ. މިއީ، ދެ ގައުމުގެ ގުޅުން ބަދަހިކަމުގެ ރަމްޒެއްގެ ގޮތުން ގައުމުގެ އިސްވެރިއަކަށް އެރުވޭ އެންމެ މަތިވެރި އެއް ޝަރެފެވެ.
ކުރީގެ ސަރުކާރުގައި އިންޑި އާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވި އެވެ. އެކަމަކު، މި ސަރުކާރު ވެރިކަމަށް އައުމާ އެކު ދެ ގައުމުގެ ޒަމާންވީ ގުޅުން ކުރިއަށް ވުރެ ވެސް ބޮޑަށް މިވަނީ ބަދަހިވެފަ އެވެ. އެކި ދާއިރާއަކުން އެހީތެރިކަން ވެސް އަންނަނީ ފޯރުކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަންނަމާރިޔާ
10 June 2019
އިބޫ :ކިތްނޭ އާދްމީތޭ މޯދީ ސަހަބް މޯދީ :ޔޭ ހާތް މުޖޭ ދޭ ދޭ ސާލިހް ވަރްނާ މޭ ތުމާރާ ގައުމު ކާޖާއުގާ އަންނި: އޯމް ޝާންތި އޯމް
ޙަމްދު
10 June 2019
ޢޭނައަށްނޭގޭ ކިޔޭނުކިޔޭއެއް ނަސީދު ލިޔެފަދިނީމަ ޖެހޭނީ ކިޔަން
ސިރުމާ
09 June 2019
ދިވެހިބަހުން ޓްވީޓެއް ކުރުމަކީ އެ ކޮމެންޓުކުރާ މީހަކު ދިވެހިރާއްޖެއަށް ހެޔޮއެދެނީ ކަމަށް ބެލުމަކީ ވަރަށް މޮޔަ ކަމެއް. މިއީ އަނެކާގެ ހިތް އަތުލުމަށް ބޭނުންކުރެވޭ އުކުޅެއް. ނުވަތަ އެއީ ރަނގަޅުކަން ދެއްކުމަށް ކޮށްލާ ކަމެއް. އަހަރެމެން ގައުމަކާ ދެމެދު އޮންނަ ގުޅުން ބިނާކުރަން ޖެހޭނީ މިހެން ކޮށްލާ ޓްވީޓެއްގެ މައްޗަކަށް ނޫން. މިކަހަލަ ކަންކަމާ ހެދި ދިވެހި ނޫސްވެރިންވެސް މޮޔަވާތީ ހައިރާންވޭ.
ވަތަން އިސްކުރަންޖެހޭ
08 June 2019
އެމްޑީޕީއަ ދިވެހިންނަ އޯޅުވަލެވޭނީ ވަކި ވަރައްކަ.
މަންޑޭލާ
08 June 2019
ރާއްޖެއަ މިނިވަންކަމާ އެކީ އިގްތިސޯދެ ބިނާ ނުކުރެވޭނެ ދެން. އިންޑިޔާގެ ބޭނުމަކީ ރާްއްޖެ އެމީހުންގެ މުށުތެރޭ ބޭއްވުން.
ގުއިރޭ
09 June 2019
މިދެން ބަޔަކަށް މުށުތެރެއަށް ނުލެވެން ކޮން ގައުމެއް. އިންޑިޔާ އަށް އެކަން ވާނީ ނުހަނު ފަސޭހަ ކަމަކަށް.
ހޯރަ
08 June 2019
47 މިލިޔަން މީހުން ފުލޯކުރިޔަސް ދިވެހި ބަހުން ޓްވިޓް ކުރީމަ އިގޭނެ މިއުޅޭ 3 ލައްކަ އެއްހާ މީހުންނަކަށް ނޫންތަ.
ކެކެކެ
09 June 2019
ހެހެހެ ދޮގެއް ނޫން. މި ގައުމުގަ އުޅޭ ބައިގަނޑެއްގެ ބަޔަކު އަވަދިވަނީ ތިބެގެން. ކިޔޭނުކިޔޭވެސް ނޭނގިގެން އެއުޅެނީ.
ބަބުރުލް ސަލީމް
08 June 2019
މަރޭމިތުރާގެ ޅެމަކުން ދުއްވާލިނަމަ ކިހާ ރަނގަޅުވީހޭ މަހިތަށްއަރަނީ.
އަހަރެން...
08 June 2019
ދިވެހިންގެ އަތްދަށުން އެމީހުންގެ ބިންކޮޅު އަތުލާގެން ފޮށާ ދަށުން ދިޔާމަ ވެސް ބުނާނެ އެމީހުން އެއައި ތިމަންނާމެން ނަށް އިތުރަށް ކަންކަން ކުރިއަރުވަ ދޭށޭ... މާބޮޑަށް ވެސް ލަސްވެއްޖެ... އަވަހަށް ތިޔަ އައީ މީހަކު ބޭރުކުރަން މަޖިލިސް ކައިރި ގެރިއެއް ކަތިލާން އުޅޭ...
ބޮޑުމީހާ
08 June 2019
ދިވެހި ބަސް ކީއްކުރަން، ދިވެހި މުންޑާއި ލިބާސްލައިގެން ވެސް މިރާއްޖެ އިންޑިއާގެ ނުފޫޒުގަ ބޭއްވެން އޮތް ހުރިހާ މަޅިއެއް މޯދީ ޖަހާނެ
ޝޮކްތެރަޕީ
08 June 2019
ދިވެހިން ނަކަނުވިސްނެނީތަ އިންޑިޔާ މިބޭނުންވެގެން މިއުޅެނީ މިރާއްޖޭގެ މިނިވަންކަން. މި ރާއްޖެ އަޅުވެތި ކުރުމުގެ ކުރިން ޒުވާނުން ތެދުވާން ޖެހޭ.
ބޮންދު
08 June 2019
އިންޑިޔާބޭނުންވަނީ މިރާއްޖޭގެ މިނިވަންކަމަށް އަރައިގަންނާކަށްނޫން. ބޭނުންވަނީ އިންޑިޔާ ކަނޑަށް ޕީޕީއެމްގެ ޗައިނާ ވަނަ ނުދިނުން. ކޮސްގޮވައިގެން އޮޕޮޒިސަނަށް ހަކަތަލިބޭތޯބަލަނީ. ޗީޑި.
އަލިފުޅު3
08 June 2019
ޔާމީނު ވެރިކަމުގަ ހުރެގެން ޗައިނާ މީހުން ގެނެސް ހަމަ މި ފޯރި އެރުވި. ތިޔަ ބޭފުޅުން ތިބީ ހިމޭނުން. އެއީ ކީއްވެ؟؟؟
ކޮބާ ޖަވާބު؟
09 June 2019
އަލިފުޅުބޭ އޭރު ފޯރިއަރުވާފަ މިހާރު ހިމޭނުން ތިހުންނަނީ ކީއްވެ؟ ޖަވާބު އަވަސް.