އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ނިޝާން އިއްޒުއްދީނުގެ އިއްޒަރުގެ ވެރިކަމުގެ ލަގަބު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އަރުވަނީ: މިއީ ބޭރުގެ އިއްޒަތްތެރިންނަށް ދިވެހި ދައުލަތުން ދޭ އެންމެ މަތީ ޝަރަފު.---ފޮޓޯ: ރައީސް އޮފީސް
08 ޖޫން 2019 - 17:58
ބޭރުގެ އިއްޒަތްތެރިންނަށް، ދައުލަތުން މިހާރު ދޭ އެންމެ މަތީ ޝަރަފު ކަމަށްވާ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އަރުއްވައިފި އެވެ.
މި ޝަރަފް މޯދީ އަށް އެރުވީ ވެރިކަމުގެ ދެ ވަނަ ދައުރަކަށް އިންތިޚާބުވެވަޑައިގެން ރަސްމީ ފުރަތަމަ ދަތުރުފުޅުގައި މިއަދު ރާއްޖެ އަށް ވަޑައިގަތުމުންނެވެ. ދެ ގައުމުގެ ރަސްމީ ވާހަކަތަކަށް ފަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނިޝާން އިއްޒުއްދީންގެ ޝަރަފްގެ ސޭޝް މޯދީގެ ކަރުފުޅުގައި އަޅުއްވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ރަސްމިއްޔާތުގައި ދައުލަތުގެ ވަޒީރުންނާއި ބޮޑުވަޒީރާ އެކު ވަޑައިގަތް ވަފުދުގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
#WATCH President of Maldives, Ibrahim Mohamed Solih confers upon PM Narendra Modi, Maldives' highest honour accorded to foreign dignitaries, 'The Most Honourable Order of the Distinguished Rule of Nishan Izzuddeen'. pic.twitter.com/dzl79XZXzN
— ANI (@ANI) June 8, 2019
މޯދީ އަށް އިއްޒަތް އަރުވަނީ
ރައީސަށް ގާނޫނުއަސާސީގެ ދަށުން ލިބިދޭ ބާރުގެ ދަށުން މި ޝަރަފް މޯދީއަށް އަރުވަން ނިންމީ، ރައީސް އޮފީހުން ބުނިގޮތުގައި، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ އެކުވެރިކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށެވެ. އަދި ގައުމުގެ ކުރިއެރުމަށާއި ދިވެހި ރައްޔިތުންގެ އިޖްތިމާއީ އަދި އިގްތިސޯދީ ތަރައްގީއަށް މޯދީ ދެއްވާ ހާއްސަ އަހައްމިއްޔަތާއި އެކި ރޮނގުރޮނގުން ރާއްޖެއަށް ދެމުން އަންނަ ދީލަތި އެހީތެރިކަމުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބް މީގެ ކުރިން ވެސް ބޭރުގެ ބައެއް އިއްޒަތްތެރިންނަށް ވަނީ އަރުވާފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ މި ޝަރަފް އެރުވީ މާޗު 15، 1972 ގައި، އިނގިރޭސި ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ނުވަތަ ޑިއުކް އޮފް އެޑިންބަރާ އަށާއި އޭނާގެ ބޮޑުބޭބެ އާލް މައުންޓްބެޓަންއަށެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ އަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު މިއަދު އެރުވުމަށް ފަހު، އެމަނިކުފާނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އޭގެ ފަހުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޮކްޓޯބަރު 30، 1984 ގައި ދެކުނު ކޮރެއާގެ ރައީސް ޗުންޑޫ ހުވާން އަށާއި ނޮވެމްބަރު 16، 1989 ގައި ކޮމަންވެލްތުގެ ސެކެރެޓަރީ ޖެނެރަލް ޝްރީދަތު ރާމްޕާލްއަށް އެރުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ވަނީ ޑިސެމްބަރު 2، 2009 ގައި، ފޯ ސީޒަން ގްރޫޕްގެ ވެރިޔާ ސައުދީ އަރަބިއްޔާގެ ޕްރިންސް އަލްވަލީދު ބިން ތަލާލް ބިން އަބްދުލްއަޒީޒް އާލްސައުދަށް ވެސް އެ ލަގަބު އަރުވައިފަ އެވެ.
މި ޝަރަފް އެންމެ ފަހުން އެރުވީ 2013 ގައި، ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި، ފަލަސްތީނުގެ ރައީސް ޑރ. މަހުމޫދު އައްބާހަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޮޓްކިންގ
09 June 2019
އިންޑިއާގައި މުސްލިމުންނަށް އަނިޔާކޮށް ކަޝްމީރުގައި ގިނަ މުސްލިމުން މަރާތީ އެކަމުގެ އަގުވަޒަންކުރުމުގެ މެޑެލް ދިނީ ރާއްޖެއިން. އަހަރެމެން މުސްލިމުން މާޔޫސް ކުރުވީ އިބޫ ސަރުކާރުން.
ޒިލް
09 June 2019
ރާއްޖޭގައި މިފަދަ ލަގަބުތައް ދެވެމުންދަނީ އެއްވެސް ހަމައެއް ލަމައެއް ނެތި. އިންޑިޔާގައި އޮންނަ ކަހަލަ ކުރު ރީތި ނަންތަކެއް ލަގަބުތަކަށް ދޭންޖެހޭ. ބާރަތު ރަތުނަ، ޕަދްމަ ބޫޝަން. ޕަދްމަ ވިބޫޝަން.. ނަމަވެސް ރާއްޖޭގައި ލަގަބު ކިޔަން އުނދަގޫ ވާވަރަށް އުދަނގޫ.. ނިޝާން އުތީމުގެ އިއްޒަތް. ނިޝާން ހުރަވީ އިއްޒަތް. ރެހެންދި އިއްޒަތް..
މަރޭމިތުރު
09 June 2019
ލިބުމުން ޝުކުރުކުރަންވީ މިލޯބި! މިބިމަށް އިތުރު އުފާލިބުން އެދި!................ މިދެގައުމުގެ ގުޅުމަށް މިލޯތްބައް ޝުކުރުކުރާށެވެ.
ހާދަރު
09 June 2019
ހަމަ ދޭންވީ. މިއަދު ބާރު އޮތީމަ ތިޔަ ދިނީ. ހައްގު ތަ؟
ޅޮސްމާއިލް ދި ޅޮހޭ
09 June 2019
ތިޔަ ކަލޭގެއަށް ރަނގަޅީ ތިޔަ އެރުވި ލަގަބައްވުރެ ބޮޑަށް ނިޝާނުލް ޔަހޫދީން ނުވަތަ ނިޝާނުލް ޣައިރުއްދީންގެ ލަގަބު އެއީ ތިޔަ ކަލެގެއަކީ ފާޅުކަން ބޮޑުގޮތެއްގައި އިންސާނީ ކަރާމާތަށް އުނިކަން އަންނަފަދަ އެތަށް ގޮތަކަށް މުސްލިމުންނަށް އިހާނެތިކޮށްހިތާ މީހެއް.
ނެގުނުކަތީބު
09 June 2019
ބަފާކުރިޔަށް ގޯސްކަމެއްވާނީ ގޯސްކަމަކަށް! ތިކަން އެއްވެސް ރަނގަޅު ސިފައަކުން ބަލައިގަނެވޭކަށް ނެތް.
ތުއްތޮންބެ
09 June 2019
ކޮން ހައިސިއްޔަތަކުންތޯ މޯދީއައް އެލަގަބު އެއެރުވީ މުސްލިމުންނާ އެބާފުޅާ އެހާ އިދިކީލިވީމަތޯ؟ ނޫނީ މިސަރުކާރު ގެނެއުމައް މޯދީކޮއްދެއްވި މަސައްކަތުގެ އުޖޫރައެއްގެ ގޮތުންތޯ؟
މަގޭ ހިޔާލަކީ
09 June 2019
މޯދީ އަށް ތިޔަފަދަ އިއްޒަތެއް އަރުވަންޖެހޭ ފަދަ ހިދުމަތެއް މިގައުމަކަށް ނުކޮށްދޭ. ނަމަވެސް އެމްޑީޕީ ގެ ވެރިކަން ދަމަހައްޓަން މަސައްކަތްކޮށް ހަރަދުވެސް ކުރާކަން އިނގޭ.. ހިތާމަހުރި ކަމެއް..
ޢަލިޔާ
09 June 2019
ކަލޭމެންގެ ވެރިކަމުގަ ލައިގެންހުރި ސޯޓްގެ ނާޑުވާ ވެސް ހަމަ ދޭންވީ.. އަހަރުމެން ތިކަމެއް ބަލައެއް ނުގަންނަން! ހަނދާނަކަށް ގެރިކިރު ހުސްކުރި ދަޅުން ފައްޗެއް ހަދާފަ އެވެސް ދޭން ފެނޭ.. މޮޔަގެރި ސަރުކާރި.
އޭ ސަހަރޯ!
09 June 2019
ހިންދުކަރައިން ފުރަތަމަ ވޯރާވިޔަފާރިވެރިން މި ގައުމަށް އަރުވައިގެން އޮބިއެޅުވިކަމާ، މިރާއްޖެއަށް މިނިވަންކަން ދޭން އދ ގައި މަޝްވަރާކުރެވުނުއިރު އެކަމަށް ފާޅުގައި ދެކޮޅުހެދިކަން ތާރީޚް ހެކިދޭ! ވޭތުވެދިއަ އަށެއްކައަހަރު އޭރުގެވެރިކަންތަކުން ގައުމުގެކަންކަމަށް އެ ގައުމުން ބެހެން ފުރުސަތުނުދިނުމުން ފާޅުގައި ނާޖާއިޒު ގޮތް ގޮތަށް އެހީވެގެން މިހާރު ގޮޑިކޮއްކޮ ސަރުކާރެއް ގާއިމުކޮށް ގައުމުގެ ކޮންމެ އަކަ އިންޗިއަކަށް ދަންދެން ރާޑަރުގެ އެހީގައި އެގައުމުގައި ތިބެގެން ބެލޭގޮތް ހަދާފައި، އޯޝަންގްރާފިކް ސްޓަޑީޒް އޭކިޔާފައި މުޅި ކަނޑުއަޑީގެ ފޯޓޯނަގާ، މެޕްކުރަހަން އެއުޅެނީ އެމީހުންގެ އަޑިންދާ ބޯޓްތައް ދަތުރުކުވަންކަން އެގޭނީ އެކަމަށް ވިސްނާ ބަޔަކަށްތާއެވެ! މީ އަދުގައި މިނިވަން މުސްތަގިއްލު ގައުމެއް ބާއެވެ! މިއަދު ކާބަފައިންނަށް މިކުރީ ކޮންކަހަލަ މަލާމާތެއް!