ޕީޕީއެމް އާއި ޕީއެންސީގެ އިސްވެރިން ޖަލްސާއެއްގައި: ފަނޑިޔާރު ޑީޑީގެ މައްސަލައަކީ ބަދަލު ހިފަން އެމްޑީޕީން ހިންގަމުންދާ އަމަލެއް ކަމަށް ޕީޕީއެމް އާއި ޕީއެންސީ އިން ބުނޭ -- ފޮޓޯ/މިހާރު
16 ޖޫން 2019 - 13:17
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު ބަލައިނުގަތުމަކީ އެމްޑީޕީގެ ޒާތީ ހަސަދައެއް ފިލުވުމަށާއި ޝަރުއީ ނިޒާމު ފުނޑާލުމަށް ހިންގަމުންދާ އަމަލުތަކެއް ކަމަށް އިިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ އިން ބުނެފި އެވެ.
ފަނޑިޔާރު ޑީޑީއާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހުށަހެޅުއްވި މައްސަލައަކާ ގުޅިގެން ޖޭއެސްސީން ވަނީ ފަނޑިޔާރު ޑީޑީ ސަސްޕެންޑްކޮށްފަ އެވެ. އެކަމަކު އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން އަމުރު ކުރުމުން ޖޭއެސްސީން ވަނީ އެގޮތަށް އަމުރު ނެރުނަސް، ފަނޑިޔާރު ޑީޑީގެ ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ.
އެކަމާ ގުޅިގެން ޕީޕީއެމް އާއި ޕީއެންސީ އިން ވަކިވަކިން ނެރުނު ބަޔާނުގައިވަނީ ޝަރީއަތުން ބަލާ މައްސަލަތަކުގައި ސުޕްރީމް ކޯޓުގެ ނިންމުމަކީ އެންމެ ފަހުން ނިންމުން ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާއިރު، ފަނޑިޔާރު ޑީޑީގެ މައްސަލާގައި ނެރުނު އަމުރު އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމި ނިންމުމަކީ ގާނޫނު އަސާސީއާ ޚިލާފަށް ޝަރުއީ ނިޒާމު ފުނޑުފުނޑުކޮށްލުމަށް ހިންގާ އަމަލުތަކެއް ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި އެކަމަކީ އެމްޑީޕީގެ ސުޕަ މެޖޯރިޓީ ބޭނުން ކޮށްގެން ޒާތީ ހަސަދައެއް ފިލުވާލުމަށް ހިންގަމުންދާ އަމަލުތަކެއް ކަމަށް ވެސް ޕީޕީއެމް އާއި ޕީއެންސީގެ ބަޔާނުގައިވެ އެވެ.
"މިހާރުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މައްްޗަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ހުށަހަޅުއްވާފައިވާ މައްސަލައަކީ އެމްޑީޕީއަށް ބާރު ލިބުނު ދުވަހު ޒާތީ ހަސަދައެއް ފިލުވާލުމަށް ހުށަހަޅާފައިވާ މައްސަލައެއް." ޕީޕީއެމްގެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ މިހާރު ކަންކަން ހިނގަމުންދާ ގޮތުން ދައުލަތުގެ ދެ ބާރެއްގެ ތަޅާފޮޅުމަކަށް ދާ ހިސާބަށް ގޮސްފައިވާ ކަމަށާއި އެފަދަ ކަންކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށެވެ. އަދި އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހަނު ހުންނެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ޕީޕީއެމްގެ ބަޔާނުގައިވެ އެވެ. އެކަމުގައި ސިޔާސީ ޕާޓީތަކުން ވެސް ހައްގު ބަސް ބުނުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޯތާ
17 June 2019
ތުހުމަތެއް ކުރެވުމުން އެކުށަކުން ބަރީއަވުމަށް އެކަމެއް ނުކުރާކަން ސާބިތު ކޮއްދިނުމުން ނިމުނީއެވެ. ކޮންމެހެން ސިޔާސީ ޕާޓީތަކުން ނުކުމެ ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ސާބިތުކޮއްދޭކަށް ނުޖެހެއެވެ. އެހެނެއް ނޫނެވެ. ވަކި ފަނޑިޔާރަކު ހުރުމުން ޕާޓީ އަށް ހައްގާއި ނުހައްގުން ވިޔަސް ފައިދާތަކެއް ކުރާނަމަ ސިޔާސީ ޕާޓީތަކުން ދިފާއުގައި ނުކުންނާނެ ކަމަށް ހޭބުއްދިހުރި ކޮންމެ މީހަކުވެސް ގަބޫލުކުރާނެއެވެ. ފަހުން އެއީ ސިޔާސީ ވާހަކަ އެކޭ ބުނެ އެވެރިން ފިލާނެއެވެ.
ސައުދު
16 June 2019
ރައީސް ޔާމީންގެ ދުވަސްވަރު , ސްޕްރީމްކޯޓުން ކުށްވެރިންދޫކުރަން ނެރުނު އަމަުރު ތަންފީޒުނުކޮށްގެން ޖުމްހޫރީ މައިދާނަށް ނުކުމެ މުޒާހަރާ ކުރަނިކޮށް ޖަލަށްލި އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހުންނެވީ ގައުމުގެ ރައީސް ކަމާއި ދަވްލަތުގެ އެންމެ އިސްވެރިޔާގެ މަގާމުގައި. ވީމާ ސްޕްރީމްކޯޓްގެ ހުކުމް ތަންފީޒުކޮށްދިނުން އެދެން
ތެދު
16 June 2019
ކަލޭމެންގެ ދުވަސްވަރު މޮޑުނު މަސްހުނިގަނޑު މިހާރުވަނީ ކުނިވެ ފުޅައަޅާފަ. އެއެއްދެން ކާކަށް ނުކެރޭނެ ދެންޖެހޭނީ އުލާލަން.
ގުނބޯއަލީ
16 June 2019
ޝަރުޢީ ނިޒާމު ފުނޑިގެންވެސް ރަގަޅު ކުރަން އެބަޖެހޭ. ރަގަޅު ކުރަން ފުރަތަމަ ކުރަން ޖެހޭ ކަމަކީ ފުނޑުން ކަމަށް ވަންޏާ ފުނޑާލަންވީ.
ޢަލީ12
16 June 2019
ޝަރުޢީ ނިޒާމު ރަނގަޅުވާނީ އެއްވެސް ހަމައެއް އެޞޫލެއް ނެތި، ޝަރުޢީ ނިޒާމުގެ މައްޗާށް އަތްގަދަލޮށް ހިތުހުރި މީހަކު ޤުރުބާންކުރުން ކަމަށްތޯ ތިޔަ ދެކެލައްވަނީ..؟ ތިގޮތަށް ޢަމަލުކޮށްގެން ވަގުތީ ހިތްހަމަޖެހުމެއް ލިބުނަަް ފަހުގެ ނަތީޖާ ހިތިވާނެ...
ހަކީމު
16 June 2019
ޕޕމ އިން ޑީޑީ ގެ ހިމާޔަތުގައި ނިކުތީ ކީއްވެކަން ޔަޤީން ވެއްޖެ.
ނާގަބާޑި
16 June 2019
ކޮންމެވެސް އެހެންކަމާ އުޅެބަލަ، މިދުވަސް ވަރު މޫސުން ގޯސްކަމުން ބައެއް ގޭގޭ ފުރާޅުން ޓިނުތައް ދަނީ ވަޔާ އުކާލަމުން
މުހައްމަދު25
16 June 2019
ގައުމް ވިއްކާލި ބައިގަނޑު އަގަހުޅުވީ ދޯ.. ލަދު ހަޔާތްވެސް ނެތީ...
ކާފަބޭ
16 June 2019
ވިއްކާލި ބައިގަނޑު އަނެއްކާ ވެރިކަމައްއައީ، އަގަހުޅުވީ އެއަރޕޯޓްވެސް އަމިއްލަޖީބައް ބައިއަޅާގޮތައް ވިއްކާލާފައޮއްވާ ސަލައިމަތްކުރި އަދި ގައުމުގަ ބްރިޖްވެސް އެޅި ބައިގަނޑު.
އައިމިނާ
16 June 2019
ސްޕްރީމްކޯޓުގެ ފުރާޅުނަގައިގެން ވަދެ ފަނޑިޔާރުން ހައްޔަރުކޮށް ޖަލަށްލީއިރު ޖަމީލުހުރީ ދުނިޔެއިން ބޭރުގަތޯ؟ އެއީ ބަދަލުހިފުންކަމަކަށްވެސްނުވޭ. އެއްބަޔަކު ކުރީމަ ބަދަލުހިފުންކަމުގައިވެފަ އަނެއްބަޔަކު ކުރީމަ ބަދަލުހިފުންކަމުގައިނުވީމަ މައްސަލައެއް.ދެއްތޮ. އެއްބަޔަކު ކުރިކަމެއްވެސް ރަނގަޅެކޭނޫން މިބުނަނީ.
އައިމިނާ
16 June 2019
ސްޕްރީމްކޯޓްގެ ފަނޑިޔާރުން ތިޔަމީހުން ޖަލަށްލާ ބަދަލުކުރީ ބަދަލުހިފުމަށްނޫންތަ. އަމިއްލަމީހުންކަންތައްކުރާގޮތުގެވާހަކަ ތިޔަދެއްކެނީ.
އާކުރޭ
16 June 2019
ޑީޑީއާ ބެހޭގޮތުން މައްސަލައެއް ބަލާވާހަކަ ބުނާއިރަށް އަދުރޭމެން ތެޅެނީ ކީއްވެކަން އެނގޭމީހުން މަދެއްނޫނެވެ. ރައީސް ޔާމީނުގެ ކެމްޕޭނުގައި ގއ.ގައި ޑޯރ ޓްޑޯ ގައި އޭނާ އުޅުނުކަމާއި އޭނާގެ ހުރިހާ ޢަމަލަކީވެސް ޔާމީނު ރުއްސަން ކުރި ކަންކަން އެންމެން ދަނޭ! ތިޔަ މީހުން ހުޅުނބު ދަންދެން ތެޅުނަސް މިފަހަރު ދޫނުކުރާތި. ކަމެއް އިސްލާހުކޮށް ރަނގަޅު ކުރަން އުޅޭއިރު މިކަހަލަ ތެޅުންތައް ތެޅޭނެ.