ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --- ފޮޓޯ: މަޖިލިސް
18 ޖޫން 2019 - 14:06
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑްކުރި މައްސަލާގައި އެ ކޯޓުން ނެރެފައިވާ އަމުރާ ޚިލާފަށް ނިންމާ ކޮންމެ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައި، ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ހިލާފު އަމުރެއް ކަމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.
ފަނޑިޔާރު ޑީޑީ ސަސްޕެންޑްކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމި ނިންމުމުގައި ގާނޫނީ ބާރު އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ ރިޕޯޓު މަޖިލިހުން ފާސްކުރީ، ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން ލަތީފް ހުށަހެޅުއްވި އިސްލާހަކާ އެކުގަ އެވެ.
ހަސަން ލަތީފްގެ އިސްލާހުގައި ވަނީ ޑީޑީގެ މައްސަލާގައި އަމުރާ ހިލާފު ހުރިހާ ކަމެއް ބާތިވާނެ ކަމަށް ބުނެ ސުޕްރީމް ކޯޓުން ނެރުނު އަމުރަކީ ގާނޫނުއަސާސީއާ ކަނޑައެޅިގެން ހިލާފު އަމުރެއް ކަމަށެވެ.
އެހެންވެ، ގާނޫނުއަސާސީން މަޖިލިހަށް މަތިކޮށްފައިވާ ބާރަށާއި މަސައްކަތަށް ހުރަސް އެޅޭ ގޮތަށާއި ގާނޫނުއަސާސީއާ ހިލާފަށް އެއްވެސް އަމަލެއް ނުހިންގުމަށް ކޯޓަށް އިލްތިމާސްކުރާ ކަމަށް އިސްލާހުގައިވެ އެވެ. އެ އިސްލާހަށް ތާއީދު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެވެ.
މަޖިލިހުގެ ތަޅުމުން ފާސްކުރި އިސްލާހާ އެކު، މި ރިޕޯޓު މަޖިލިހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީ ރިޕޯޓު ފާސްކުރަން ވޯޓު ދެއްވީ މަޖިލިހުގެ ސުޕަ މެޖޯރިޓީއެއް އޮތް އެމްޑީޕީގެ މެމްބަރުންނެވެ.
ޑީޑީ އަށް ތުހުމަތުކުރާ ރިޝްވަތުގެ މައްސަލައެއްގައި ޖޭއެސްސީން އޭނާ ސަސްޕެންޑްކޮށްފައި ވަނިކޮށް، ސުޕްރީމް ކޯޓުން ވަނީ އެމަނިކުފާނުގެ ސަސްޕެންޝަން ފަސްކުރަން އަމުރުކޮށްފަ އެވެ. އެކަމަކު، ޖޭއެސްސީން ފަހުން ނިންމި ނިންމުމުގައި ވަނީ އެ ކޮމިޝަންގެ ނިންމުން ދެމިއޮތް ކަމަށް ނިންމައިފަ އެވެ.
އެކަމަކު، ސުޕްރީމް ކޯޓުން އިއްޔެ ނެރުނު އަމުރުގައި ވަނީ ޑީޑީގެ މައްސަލައިގައި އެ ކޯޓުން ނެރެފައިވާ އަމުރާ ހިލާފަށް ޖޭއެސްސީ އާއި ރައްޔިތުން މަޖިލީހާއި ދައުލަތުގެ އެހެން މުއައްސަސާއަކުން ވިޔަސް ނިންމާ ނިންމުމެއް ބާތިލްވާނެ ކަމަށް ކަނޑައަޅައިފަ އެވެ.
ޖުޑީޝަރީ ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ޖޭއެސްސީން ގާނޫނުއަސާސީ އާއި ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ނިންމާ ނިންމުންތަކަކީ ގާނޫނީ ބާރު ފުރިހަމަ އަށް އޮތް ނިންމުންތަކެކެވެ. އެހެންވެ، އެ ކޮމިޝަނުން ނިންމި ނިންމުންތަކުގައި ގާނޫނީ ބާރު އޮތް ކަމަށް މަޖިލިހުން ކަނޑައަޅަން ޖެހޭ ކަމަށް ބުނެފައިވެ އެވެ. ރިޕޯޓުގައި ވަނީ ދައުލަތުގެ އެހެން މުއައްސަސާތަކާއި މިނިވަން މުއައްސަސާތަކުގެ ގާނޫނީ އިހްތިސާސްގެ ތެރެއަށް ނުވަނުމަށް ސުޕްރީމް ކޯޓަށް މަޖިލީހުން އިލްތިމާސް ކުރަން ހިމަނައިފަ އެވެ.
ސުޕްރީމް ކޯޓުން އެންމެ ފަހުން ނެރުނު އަމުރުގައި ވަނީ އަދުލު އިންސާފު ގާއިމުކުރުމުގެ އެންމެ އިސް ފަރާތުގެ ހައިސިއްޔަތުން އެ ކޯޓުން ނިންމާ ނިންމުމުންތަކަކީ އެންމެ ފަހުގެ ނިންމުން ކަމަށާއި ކޯޓުތަކުގެ ނިންމުންތަކުގެ ސައްހަކަމާ މެދު ގޮތް ނިންމުމުގެ ބާރު ޖޭއެސްސީއަށް ގާނޫނީ ގޮތުން ލިބިގެންނުވާ ކަމަށެވެ.
އަދި ކޯޓުތަކުގެ ނިންމުންތަކަކީ ދައުލަތުގެ ހުރިހާ މުއައްސަސާއަކުން ވެސް ގާނޫނީ ގޮތުން އަމަލު ކުރަންޖެހޭ ނިިންމުންތަކެއް ކަމަށް ކޯޓުތަކުގެ ގާނޫނުގައި ބުނާކަން ފާހަގަކޮށް، އެ އަމުރުގައިވަނީ ސުޕްރީމް ކޯޓުގެ އަމުރު ގަބޫލު ނުކުރަން ޖޭއެސްސީން ނިންމާފައިވަނީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަޖުލިސް
19 June 2019
ރައްޔިތުން މަޖުލީހަކީ ތަންތަނުން ކުރާހުކުމްތަށޤ ސައްހަ ނުވަތަ ސައްހަ ނޫންތޯ ބެލުމުގެ އިހުތިސޯސް އޮތް ތަނެއް ނޫން ކަލޭމެން ހަދާ ގަނޫނުވެސް ސައަހަތޯ ނުސައްހަތޯ ބަލާނީ ކޯޓުތަކުން ތިޔަ އުޅޭނީ މިހާރު ސައިޒް އޮޅިގެން ތިޔަބައިގަނޑު މަގުމަތީގަ ވެސް ކޯޓުހެދީ ކިހަބޮޑުބަލާއެއް މި އެމްޑިޕީއޭކިޔަ ބައިގަނޑާހެދީ
ދިވެހ ދަރިން
18 June 2019
ކޮންއިންސާފެއްގެ ވާހަކަތަ ތިދައްކަނީ އިންސާފުންތަ ތިމަޖިލީހައްވަދެވައެތިބީ ފުރަތަމަ މައްސަލަތަށް ބަލަންއެތިބި ބޮޑުންގެ އިންސާފު އެބައޮތްތަ މީހަކު ރަހީނުކޮށް ގެންއުޅުނުއިރު އޯކޭ އަދަބުލިބުނީމަ ތަންގޯސްވީ ހުރިހާކަމެއްވެސް އެއްމެމޮޅަށް ދެނެވޮޑިގެންވަނީ އަހަރުމެން ހެއްދެވެވި ފަރާތް ކިތެއްމެ ވަރަކަށްވެސް އޮޅުވާލެވިދާނެ
އޭޑީ
18 June 2019
މިކަހަލަ ކަންކަން ފާސްކުރުމުގެ ބަދަލުގައި، ސީދާ ޕޮއިންޓަށް ދޭބަލަ! މަޖްލީހުން ސްޕްރީމް ކޯޓުގެ 5 ފަނޑިޔާރުންގެ މަގާމުން ދުރުކޮށްބަލަ! ގާނޫނީ ވާޖިބު އަދާކޮށްބަލަ. ރައްޔިތުންނަށް މިހާރު ކެތްކުރެވިއްޖެ! އާ ގާނޫނު އަސާސީއާއެކު، ދިވެހިންނަށް އިންސާފުވެރި ފަނޑިޔާރުގެއެއް ނުލިބޭ! ދިވެހިން މިތިބީ އެކަމަށް ކެތްމަދުވެފައި! އެކަން އަވަހަށް ކޮށްލަދީބަލަ! ފަނޑިޔާރުން ވަކިކުރަން ބޭނުންވަނީ 59 ވޯޓު! އެ އަދަދަށް މެންބަރުން ދީފީންދޯ އެމް.ޑި.ޕީއަށް، އެކަން ކުރޭ!
ހުސްއަބްދުﷲ
18 June 2019
އަބްދުﷲ ކިޔާ ފަނޑިޔާރަކާ ޖެހިގެން ރައީސްކަން ގެއްލުނު ހަނދާން އަހަރެމެން އެބަހުރި މިފަހަރުވެސް އަބްދުﷲ އަކާ ޖެހިފަ މިއޮތީ، ހަމަ އެ ރައީސް ރައީސްކަމެއްގަ ހުއްޓަ
ޙެހރ
18 June 2019
ބައެއް ފަހަރު އަންގާގޮތައް ކަން ނުކުރިޔަސ އޯކޭ ވާނެ ދޯ
ކޮޗޯމޯޗޯ
18 June 2019
ދިވެހިންގެ ހައްގުތައްގެއްލި އިންސާފުނުލިބި ދާއިރު ހޭވެސް އަހާނުލާބަޔަކު މިއުޅޭގޮތެއްދޮތަ. ފަޑިޔާރަކަސް އަހަމަދަކަސް ކުށްކުރާބަޔަކަށް އަދަބުދެވެންޖެހޭނެ. ވަޒީފާއިން ވަކިކުރެވެންޖެހޭނެ. މުޅިގައުމުތެރޭ ކަރަފުސަނާ ފަސާދަޔާ ވައްކަމާ ފޭރުމާ މީހުންމެރުން އާއްމުވެ ނުހުއްޓުވިގެންދާއިރު ކާކުބާ ޒިއްމާވަނީ. ހަމަގައިމުވެސް މިރާއްޖޭގެ ކަނޑުން ބޮޑުމަހެއް އަރައިގެން އައިސްހުޢްޓުވާނެ ކަމުގެ އިންތިޒާރުގައި ބަޔަކު ތިބޭނަމަ އެއީމޮޔަބައެއް. ބޭކާރުވަގުތެއް.
ކައުންޓް އޮފް މޮންޓެކުރިސްޓޯ
18 June 2019
މަޖިލިސް މެންބަރުންނާ، ރައީސުލް ޖުމްހޫރިއްޔާ ވެސް މަގާމުން ވަކިކުރެވޭ ގޮތްގޮތް އޮވޭ. އެމީހުންނަކީ އަދި ސީދާ ރައްޔިތުންގެ ވޯޓުން މަސްއޫލިއްޔަތު ހަވާލުކޮއްފަ ތިބިބަޔެއް. ގާޒީން ހޮވަން ރައްޔިތުން ވޯޓުދޭކައް ނުޖެހޭ. މީއަޅެމަތިން ފައިބާތިބި ބަޔެއްނޫނެންނު. ކޮރަޕްޓުވެގެން ހައްދުފަހަނަ އަޅާ ދިޔައީމަ މަގާމުން ވަކިކުރެވޭނެ ގޮތެއްވެސް އޮންނަންޖެހޭނެ.
ޢެޓޮމް
18 June 2019
ސާބަސް އިންތި އެންޑް އެމްޑީޕީ ފަހުލަވާނުން ގައުމު ސަލާމަތް ކޮށް އިންސާފުވެރި ޖުޑިޝަރީއެއް ގާއިމުކޮށްދީ 5 މީހުން ހިތައްއެރި ހުކުމެއްނެރެގެން ފަހުބަހުގެ މާނައޮލުވާލައި ހުރިހާކަމަކާ ބެހިގަނެގެން ނޫޅެވޭނެ.
މދ
18 June 2019
ސުޕްރީމް ކޯޓުންނެއް ނޫން ބުނަނީ ޤާނޫނު އަސާސީގަ ބުނަނީ
4444444
18 June 2019
މިހެން ވީމަޔޭ ބައެއް ފަހަރު ސަލަފު ކިޔާ އެއްޗެއްވެސް އަހަންވީ. ވާހަކައަކީ ގުރުއާނުްނ ބޭރަަކަށް ނުދެވޭނޭ ސުޕްރީމަކަސް ނިންމުން ނިންމާކަށް.