ކްރިމިނަލް ކޯޓުގެ ބައެއް ފަނޑިޔާރުންގެ ތެރެއިން ގާޒީ އަލީ އާދަމް (ވ-3) ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. އެންމެ ގިނަ މައްސަލަތައް ނުނިމި އޮތީ އަލީ އާދަމްގެ ކަމަށް ރިޕޯޓުގައިވޭ. --- ފޮޓޯ: މިހާރު
30 ޖުލައި 2019 - 13:07
ކްރިމިނަލް ކޯޓުގައި ނުނިމި އޮތް 1،910 މައްސަލައިގެ ތެރެއިން އެ ކޯޓުގެ ފަނޑިޔާރު އަލީ އާދަމްގެ އަތުގައި 376 މައްސަލަ ނުނިމި އެބައޮތް ކަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނެރުނު ރިޕޯޓުގައި ބުނެފި އެވެ. މިއާ އެކު، ކްރިމިނަލް ކޯޓުގައި ތިއްބެވި ނުވަ ފަނޑިޔާރުންގެ ތެރެއިން އެންމެ ގިނަ މައްސަލަތައް ނުނިމި އޮތީ ވެސް ގާޒީ އަލީ އާދަމާ ހަވާލު ކުރި މައްސަލަތެކެވެ.
ޝަރުއީ ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތައް ނުނިމި އާދަޔާ ހިލާފަށް ދިގުލައިގެންދާ ކަމުގެ ޝަކުވާ ޖޭއެސްސީ އަށް ހުށަހަޅަމުންދާތީ ކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކަކަށް ވީ ގޮތް ބެލުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ. އަދި ކްރިމިނަލް ކޯޓުގައި ނުނިމި ހުރި މައްސަލަތަކުގެ ތަފުސީލު ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވައިފަ އެވެ.
ޖޭއެސްސީން އެކުލަވާލި ރިޕޯޓުގައިވާ ގޮތުން ދެ ވަނަ އަށް އެންމެ ގިނަ މައްސަލަތައް ނުނިމި އޮތީ ގާޒީ އަލީ ރަޝީދާއި ގާޒީ އިބްރާހިމް އަލީގެ އަތުގަ އެވެ. ކޮންމެ ބޭފުޅެއްގެ އަތުގައި 280 މައްސަލަ އެބައޮތެވެ. ގާޒީ އާދަމް ޝަކީލްގެ އަތުގައި 187 މައްސަލަ ނުނިމި އޮތް އިރު، ގާޒީ އިސްމާއިލް ރަޝީދު 173 މައްސަލަ ނުނިމި އެބައޮތެވެ. ގާޒީ ހުސެއިން ފާއިޒް ރަޝީދުގެ 165 މައްސަލަ އެބައޮތެވެ. ގާޒީ ހަސަން ނަޖީބްގެ 157 މައްސަލަ އޮތް އިރު، ގާޒީ މުހައްމަދު ސަމީރުގެ 151 މައްސަލަ ހުށަހެޅި އެވެ.
ކްރިމިނަލް ކޯޓުގެ ގާޒީންގެ ތެރެއިން އެންމެ މަދުން މައްސަލަތައް ނުނިމި ހުރީ އެ ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމްގެ އެވެ. ހައިލަމްގެ 141 މައްސަލައެއް ނުނިމި އެބައޮތެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބައެއް މައުލޫމާތު.
ކޯޓުގައި ނުނިމި ހުރި ބޮޑެތި ބައެއް މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކުޑަކުއްޖަކާ މެދުގައި ބަދު އަހުލާގީ އަމަލު ހިންގުމާއި ޓެރަރިޒަމާއި އަމުރަށް ނުކިޔަމަންތެރިވުމާއި މަކަރާއި ހީލަތްހެދުމާއި ހިޔާނާތްތެރިވުމާއި މީހެއްގެ ހަށިގަނޑަށް ނުރައްކާތެރި ހާނިކައެއް ކުރުމާއި ކައިވެނި ހެޔޮނުވާ ކުޑަކުއްޖަކާ މެދު ބަދު އަހުލާގީ އަމަލު ހިންގުމުގެ މައްސަލަތެކެވެ.
ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 12 މައްސަލައެއް ހިމެނެ އެވެ. އެއީ ގާޒީ އަހުމަދު ޝަކީލާއި ގާޒީ އަލީ ރަޝީދު ބައްލަވާ މައްސަލަތަކެކެވެ.
ކްރިމިނަލް ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ފަސް އަހަރުވީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ޓެރަރިޒަމާއި މެރުމާއި މާރާމާރީ ހިންގުމާއި ބަދު އަހުލާގީ އަމަލު ހިންގުމާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖައިޒު ފައިދާ ހޯދައިދިނުމާއި ހިޔާނާތްތެރިވުމުގެ މައްސަލަތަކެވެ. ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން ފަސް އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ 126 މައްސަލައެއް ހިމެނެ އެވެ.
ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް. އޭނާގެ 141 މައްސަލައެއް ނުނިމި އެބައޮތް.--- ފޮޓޯ: ހުސައިން ވަހީދު/މިހާރު
1. ގާޒީ އަހުމަދު ހައިލަމް (10 މައްސަލަ)
2. ގާޒީ ހަސަން ނަޖީބު (ހަތަރު މައްސަލަ)
3. ގާޒީ އަލީ ރަޝީދު (77 މައްސަލަ)
4. ގާޒީ މުހައްމަދު ސަމީރު (ދެ މައްސަލަ)
5. ގާޒީ އަހުމަދު ޝަކީލް (11 މައްސަލަ)
6. ގާޒީ ހުސެއިން ފާއިޒް ރަޝީދު (12 މައްސަލަ)
7. ގާޒީ އަލީ އާދަމް (ހަތަރު މައްސަލަ)
8. އިސްމާއިލް ރަޝީދު (ހަ މައްސަލަ)
ކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ތިން އަހަރު ދުވަހަށް ވުރެ ގިނަ ދުވަސްތައްވެފައިވާ 181 މައްސަލައެއް ހިމެނޭ ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން އެންމެ ގިނަ އިން ހުރީ ގާޒީ އަލީ ރަޝީދު ބައްލަވާ މައްސަލަތެކެވެ. އޭނާގެ 60 މައްސަލައެއް ހިމެނެ އެވެ.
ޖޭއެސްސީގެ ރިޕޯޓުގައިވާ ގޮތުން އެ ކޯޓުގައި 99 މުވައްޒަފުން ތިބެ އެވެ. ރިޕޯޓުގައި ވަނީ އެކަށީގެންވާ ގޮތެއްގައި ފުށުއެރުމެއް ނެތި މައްސަލަތައް ތާވަލް ކުރަން ކޮންމެ ގާޒީއަކަށް ކޯޓު ރޫމެއް ބޭނުންވާ ކަމަށެވެ. އަދި ކޮންމެ ގާޒީއަކަށް ހަތަރު ސަޕޯޓު ސްޓާފުން ބޭނުންވާ ކަމަށް އެ ކޯޓާ ހަވާލާދީ ރިޕޯޓުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
30 July 2019
މިވަރުގެ ބަޔަކޔ ފަޓާސްބަރިއެއް ހެން ކުރީގެ ރައީސަކު މައްސަލަބެލީ. އިޚްލާސްތެރިކަން ހުރިވަރު އިހުސާސްވޭ
ދޫވެހި
30 July 2019
މުސާރަ މުސާރަ މުސާރަ މަގޭ އެލަވަންސް މަގޭ ރައްކާތެރިކަށް މަގޭ ސިއްހީ ފަރުވާ މަގޭ ޗުއްޓީ .
ކިޔުންތެރި
30 July 2019
ރެކޯޑްފޮތުން ޖާގަހޯދަން ރަނގަޅު ބައެއް ޤާޒީން
އަހްމަދު
30 July 2019
ޤާޒީންނަށް ހަވާލުކުރީ ކިތައް މައްސަލަ ތޯއާއި ނިންމި އަދަދު ބެލުމެއްނެތީތޯ. ތިބުނާ އަދަދުގެ ތެރޭ މި މަހު ލިބުނު މައްސަލަވެސް ހިމެނޭ ނޫންތޯ. ތިއިން އިގެނީ ވަކި މަޤްސަދެއް ހާސިލްކުރުމަށް ކުރާކަމެއް ހެން
ޢަލީސް
30 July 2019
ޤާޟީ ކަމުގައި 10 އަހަރު ވެފައި ހުއްޓަސް އެ ޤާޟީއަކު ކްރިމިނަލް ކޯޓާ ހަވާލުވިތާ އަދި އަހަރެއްވެސް ނުވެދާނެ.. އެހެންކަމުން ޤާޟީންނާއި މައްސަލައިގެ މުއްދަތާ ގުޅުވުމަކީ ދިރާސާގެ އެތިކްސްއާ ހިލާފުކަމެއް ކަމުގައި ދެކެން. ކޯޓުގައި އޮންނަތާ 10 އަހަރު ވެފައި އޮންނަ އެތައް މައްސަލައެއް މިދިޔަ އަހަރު ކޯޓާ ގުޅުނު ޤާޟީއެއްގެ އަތުގައި އޮވެދާނެ. އެޤާޟީއަކު ހޭދަކުރި މުއްދަތުގައި އެކަށީގެންވާ މިންވަރަށް މައްސަލަތައް ގެންދާނަމަ އެއީ ޤާޟީގެ މައްސަލައެއް ނެތީ.
ޥަނުވާ
30 July 2019
ޓީ ޔާމީން އަށް ހުރިހާ ވާނުވާ ޖަހާދިން ޤާޒީ
ބޮސްގެ ބޮސް
30 July 2019
އަހަރެއްގެ ތެރޭގަ މި އޮންނަނީވެސް 365 ދުވަސް. ދުވާލަކު މައްސަލައެއް ނިންމިއަސް އަހަރަކުންވެސް ނުނިމޭނެ....ތީނައަށް ކުރެވުނު މަސައްކަތަކީ ކޮބާތޯ؟ މުޅި އަހަރު އަވަހާރަލައްޕަވާފަތޯ؟
ނެގުނުކަތީބު
30 July 2019
ސާބަސް މެމްބަރުންނަށް. ހަމަތިގޮތަށް އެ ބޭފުޅުންނަށް ހުރި ގޮންޖެހުމާއި އުދާސްތަކުގެ އަޑުވެސް އައްސަވާދެއްވަވާ،
ޙުސެން ޞުހާރެެ
05 August 2019
ފަނޑިޔާރުންނަކީ އެއްވެސް ގޮންޖެހުމެއް ތިބި ބަޔެއްނޫން. ޤާނޫނީ އިމުން ބޭރުން ރިޝްވަތައް މައްސަލަނިންމަން ޖެހޭތީ ދިމާވާމައްސަލަ. ކޭޝް ލިބެންދެން މަޑުކުރަނީ. ދެ ފަރާތުން ވެސް ހުށަހަޅާ. ދެން ފިތިގެނ ހުންނަން މަޖުބޫރުވަނީ. ދެފަރާތުން ފައިސާއަތުލެވުނީމާ ބޮނދައިގެން ހުރުން ނޫނަކަމެއް ނުވޭ.
ހުސެން
30 July 2019
މީގެ ތެތެއިންވެސް ޖަލުގައި އެއްވެސް ހުކުމެއްނެތި ތިބި އެންމެންނަށް ވަގުތުން ވަގުތުން އިންސާފު ހޯދައިދޭން ޖެހެއެވެ. ހުރިހާ ކޯޓެއްގައި ތިބި ހުރިހާ ގާޒީން ކްރިމިނަލްކޯރޓަށް ބަދަލުކޮއްގެން ނަމަވެސް, 24 ގަޑިއިރު ހޭލާތިބެގެންވެސް އިންސާފު ގާއިމުކުރުމަކީ ގައުމެއްގައި އޮތް އެންމެ މުހިންމުކަމެވެ. ކޮޓަރިނެތޭ, މުވައްޒިފުންނެތޭ މިކިޔާއިރު, މިމީހުން ބޭނުން ސަރީއަތެއް ހަފްތާއަކުން ނިންމާލައެވެ. އެންމެ މަތިންފެށިގެން ހުރިހާ ފަޑިޔާރުންނަށް ސަލާމް!
ގޮބޮޅިއަލީ
30 July 2019
ޖުޑީސަރީ ޖަވާބުދާރީ ކުވުމަށް ތިޔަކުރައްވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަން