ސުޝްމާ މިދިޔަ މާޗް މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި، ފޮރިން މިނިސްޓަރު ޝާހިދުއާ ސަލާމް ކުރައްވަނީ: ސުޝްމާ މިރޭ އަވަހާރަވީ ހާޓް އެޓޭޖެއް ޖެހިވަޑައިގެން، ފަރުވާ ދެމުން ދަނިކޮށް.---ފައިލް ފޮޓޯ: މިހާރު
06 އޯގަސްޓް 2019 - 23:26
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް އެންމެ ފަހުން ހުންނެވި ސުޝްމާ ސްވަރާޖް މިރޭ އަވަހާރަވެއްޖެ އެވެ.
އުމުރުން 67 އަހަރުގައި ސުޝްމާ އަވަހާރަވީ މިއަދު ހާޓް އެޓޭޖެއް ޖެހިވަޑައިގެން، ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދަނިކޮށެވެ. މިދިޔަ މެއި މަހާ ހަމައަށް އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް ހުންނެވި ސުޝްމާ، ދާދި ފަހުން ބޭއްވި އިންޑިއާގެ އާންމު އިންތިޚާބުގައި ވެސް ވާދަ ނުކުރެއްވީ ސިއްހީ ސަބަބުތަކާ ހެދި އެވެ.
ރާއްޖެ އާއި އިންޑިއާގެ ގުޅުން އެންމެ ބޮޑަށް ގޯސްވެގެންދިޔަ ދުވަސްވަރު ވެސް އަދި އާ ސަރުކާރާ އެކު އެ ގުޅުންތައް ބަދަހި ކުރަން ފެށިއިރު ވެސް އިންޑިއާގެ ޚާރިޖީ ކަންކަމާ ބެހޭ މިނިސްޓަރަކަށް ހުންނެވީ ސުޝްމާ އެވެ. އޭނާ ވަނީ ތަފާތު ފަހަރު މަތިން ރާއްޖެ ވަޑައިގެން ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ގިނަ މަސައްކަތްތަކެއް ކުރައްވައިފަ އެވެ.
އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް މިހާރު ހުންނެވީ ކުރީގެ ފޮރިން ސެކްރެޓަރީ އަދި އިސް ޑިޕްލޮމެޓެއް ކަމަށްވާ ސުބަރަމާނިއަމް ޖައިޝަންކަރެވެ.
ސުޝްމާ އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީ އަށް ފަހު، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ކަން ކުރެއްވި ފުރަތަމަ އަންހެން ބޭފުޅާ އެވެ.
އޭގެ ކުރިން އޭނާ ވަނީ އުމުރުން އެންމެ 25 އަހަރުގައި، އެ ގައުމުގެ ހަރިޔާނާ ސްޓޭޓްގެ ސަރުކާރުގެ ވަޒީރުކަން ވެސް ކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ނިއުދިއްލީގެ ޗީފް މިނިސްޓަރު ކަން ވެސް ސުޝްމާ ކުރެއްވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
07 August 2019
غير مسلم އަކު މަރުވުމުންވެސް انا لله وانا اليه راجعون ކީދާނެ. އެކަމަކު އޭނައަށްޓަކައި ދުޢާ ނުކުރެވޭނެ.
ޖެރީ
07 August 2019
އިންޑިޔާގެ މިސްރާބު މުހާރު ހުރީ ދެވަނަ އިޒުރޭލްއާ އެއްގޮތަށް
ރަދީފް
07 August 2019
މިސްރާބް ތަ؟؟؟ އެމީހުންނަށް ދެވަނަ އިޒްރޭލްގެ ލަގަބް ލިބުނުތާ އެތައް ޒަމާނެއް.
ފެއިލިއާ
07 August 2019
ހަގީގަތުގަ ރާއްޖޭގެ ސިޔާސަތު އިސްރާއީލްގެ ސިޔާސަތާ އެންމެ ކައިރި ކުރަނީ. ރާއްޖެ ވެސް އިސްރާއީލު ވެސް މީ އެއް ދީނެއްގެ އަހުލުވެރިން ނަށް އެކަނި އިސްކަން ދީގެން އެހެން ދީންތަކުގެ މީހުންގެ ހައްގުތައް ނިގުޅައި ގަނެގެން އުޅޭ ދެގައުމު. ތަފާތަކީ ދެ ތަނުގަ އިސްކަން ދޭ ދީން ތަފާތުކަން.
ރަދީފް
07 August 2019
@ފެއިލިއާ ، ކަލޭ ތިހިރީ ބޮޑުތަނުން ފެއިލްވެފަ.ޑެސްޕަރޭޓްވެފަ ހަމަ ތިހެން ހުންނަން ޖެހޭނީ.ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ.
ފެއިލިއާ
07 August 2019
ރާދިފޫ، އަހަރެން ފެއިލު ވިޔަސް އަހަރެން ބުނި ވާހަކަ އައި ބެހޭ ގޮތުން ކަލެއަކަށް ނުބުނެވުނުތާ އެއްވެސް އެއްޗެއް! ކަލޭ ކިތަންމެ ރުޅިއަޔަސް ހަގީގަތް ވާނީ ހަގީގަތަށް.
ރަދީފް
08 August 2019
@ފެއިލިއާ . ކަލޭ އެހެންދީންތަކަށް ނޫޅެވިގެން ތިހާވަރަށް ތިއުޅެނީ ކޯޗެއް ނުލިބިގެންތަ؟؟؟ ކަލޭ ތިބޭނުންވެގެން އުޅޭކަމެއް ނުކުރެވޭނެ.މަހަށް ދޭބަލަ.
އަލީ ރާޖާ
07 August 2019
މުހައްމަޑޫ ނަޝީދާ އެމްޑީޕީއަށް ހިތާމަވެރި ދުވަހެއް. އަހަރުމެންނަށް އަނެއްކޮޅު
އާދަމް ޝަރީފް
07 August 2019
ފިސާރި ކަނބަލެއް
ނަސީދު
07 August 2019
ޜާއްޖެ ޑިލްތައްނިމުނީ ކަމައްލަފާކުރަނީ ދެން މިސާހިދު ދަންނަމީހެއް އިންޑިޔާކު ނޫޅޭނެކަމައް ލަފާކުރަނީ
ހަމަހުން ދަވާލި ޗޯރު
07 August 2019
އުފާވެރި ޙަބަރެއް
ރަދީފް
07 August 2019
ވަރަށް ކުޅަދާނަ ޑިޕްލޮމެޓެއް.
ިއިބްރާ
07 August 2019
އެކަމަނާ ފަސްދާނުލާތަނަށް އެމްޑީޕީގެ ވަފްދެއް ނުދޭތޯ؟
މޯދީ
07 August 2019
ފަސްދާނު ދިވެހި މައުނަޔަކީ، ވަޅުލުން! މިވައްތަރުގެ ކަމަނާއިން އަލިފާންޖަހާ އަންދަނީ!
އިންޓަރ
07 August 2019
އިންނާލިﷲވައިންނާއިލައިހިރާޖިޢުން
ފާނު
07 August 2019
މިއީ ދުޢާއެއްނޫން.. ހިތާމައިގެ ދަނޑިވަޅުގަ މިފަދައިން ކިއިދާނެ.. އެއީ ޣައިރު މުސްލިމަކު މަރުވިނަމަވެސް... މިއީ އަމިއްލަ ނަފުސުގެ މައްޗަށް ހަނދާންކޮށްދިނުމެއް...
ސޫޖީ
07 August 2019
މިއަށް ޑިސްލައިކު މިދެނީ ލިޔެފަ އިން އެއްޗެއްގެ މާނަ ނޭނގޭ މީހުންދޯ!
ޗިމްޕް
07 August 2019
އާނ މީގެ މާނަ އަކީ ހުރިހާ އެންމެން ބިލޯންގް ވަނީ އަދި އެނބުރިދިއުން ވަނީ އެކަލާނގެ ހަޟްރަތަށޭ. އެއީ ޣައިރު މުސްލިމުންވިއަސްމެ