08 އޯގަސްޓް 2019 - 08:52
ޑައިރެކްޓަރު ލަވް ރަންޖަން، އަޖޭ ދޭވްގަން އާއި ރަންބީރު ކަޕޫރާ އެކު ހަދަން ތައްޔާރުވަމުން އަންނަ ފިލްމުގެ ބަތަލާގެ ރޯލަށް ސޮއި ނުކުރާކަމުގެ އިޝާރާތެއް ދީޕިކާ ޕަދްކޯން ދީފި އެވެ.
މިދިޔަ އަހަރު "ސޯނޫ ކޭ ޓިޓޫ ކީ ސްވީޓީ" ގެނެސް ދިން ޑައިރެކްޓަރުގެ މައްޗަށް ޖިންސީ ގޯނާގެ ތުހުމަތުކޮށްފައިވާތީ، މިދިޔަ މަހުގެ ތެރޭގައި ދީޕިކާގެ ފޭނުންތަކެއް ވަނީ ލަވްގެ ފިލްމަށް އޭނާ ސޮއިކުރުމާ ދެކޮޅު ކަމަށް ބުނެ ޓްވިޓާ އާއި އިންސްޓަގްރާމްގައި #ނޮޓްމައިދީޕިކާގެ ނަމުގައި ކެމްޕޭނެއް ވެސް ހިންގައިފަ އެވެ. އަދި ލަވްގެ ފިލްމަށް ސޮއިކޮށްފި ނަމަ ދީޕިކާ އަށް އޮތް ލޯތްބާއި އިހުތިރާމު ވެސް ކުޑަވާނެ ކަމަށް ފޭނުން ބުނެފައިވެ އެވެ.
މިހަފުތާގައި ވޯގް މަޖައްލާ އަށް ދިން އިންޓަވިއުއެއްގައި ދީޕިކާ ވަނީ ޖިންސީ ގޯނާގެ ތުހުމަތު ކުރެވިފައިވާ މީހަކާ އެކީ މަސައްކަތް ނުކުރާނެ ކަމަށް ބުނެފަ އެވެ. އެކަމަކު އެކަމާ ގުޅުވައިގެން ލަވްގެ ފިލްމުގެ ވާހަކައެއް އޭނާ ނުދައްކަ އެވެ. ނަމަވެސް މީޑިއާތަކުން އެކަން ސިފަކޮށްފައި ވަނީ ލަވްގެ ފިލްމަށް ދީޕިކާ ސޮއި ނުކުރާ ކަމުގެ އިޝާރާތެއްގެ ގޮތުގަ އެވެ.
މިދިޔަ މަހުގެ ތެރޭގައި ދެ ފަހަރެއްގެ މަތިން ދީޕިކާ އާއި ކުރީގެ ލޯބިވެރިޔާ ރަންބީރު، ލަވްގެ އޮފީހުން ނުކުމެގެން ދަނިކޮށް ފެނިފައިވެ އެވެ. ބައެއް މީޑިއާތަކުން އޭރު ބުނީ ފިލްމަށް ދީޕިކާ ސޮއިކޮށްފައިވާ ކަމަށާއި އެ ފިލްމުން ލަވްގެ ފިލްމުތަކުން އާންމުކޮށް ފެންނަ ބަތަލާ ނުޝްރަތު ބަރޫޗާ ވެސް ފެންނާނެ ކަމަށެވެ.
ލަވްގެ މައްޗަށް ކުރި ޖިންސީ ގޯނާގެ ތުހުމަތު ނުޝްރަތު އާއ ބަތަލާ ސޮނާލީ ސޭގަލް ދޮގުކޮށްފައިވެ އެވެ. އެ ތަރިން ބުނީ ލަވްއަކީ އެކަހަލަ އަމަލެއް ހިންގާނެ މީހެއް ނޫން ކަމަށާއި އޭނާއެކު މަސައްކަތް ކުރި އިރު، ދުވަހަކު ވެސް އެކަހަލަ ކަމަކާ ދިމާވެސް ނުވާ ކަމަށެވެ. އެހެންވެ އެއީ ލަވްގެ އަގު ވައްޓާލަން ހަދައިގެން ދައްކާ ވާހަކައެއް ކަމަށް އެ މީހުން ބުންޏެވެ.
Luv Ranjan ge filmah soi nukuran Deepika ge feynun dhekolhu
The most trusted news source in the Maldives
Mihaaru
ލަވްގެ ފިލްމަށް ދީޕިކާ ސޮއި ކުރަން ފޭނުން ދެކޮޅު.
އަންނަ އަހަރު ކުރީކޮޅު ދީޕިކާގެ ދެ ފިލްމެއް ސިނަމާތަކަށް އަންނާނެ އެވެ. އެއީ ޖެނުއަރީ 10 ގައި ރިލީޒް ކުރާ "ޗަޕާކް" އާއި ފިރިމީހާ ރަންވީރު ސިންގްއާ އެކު އެޕްރީލް 10 ގައި ރިލީޒް ކުރާ "83" އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy