ކުރީގެ މެމްބަރު ގާރީ އަހުމަދު ރަޝީދާއި، ރޭ މާލޭގައި ހިނގި އަލިފާނުގެ ހާދިސާ. ---
21 ސެޕްޓެމްބަރ 2019 - 12:18
ހ. ތިލަފުށީގޭގައި ހުރި ގުދަނުގައި ރޯވި އަލިފާންގަނޑު، ހަތް ބުރީގެ ހ. ރަދުވާނިއާގެއަށް މިސްރާބު ޖެހި އިރު، އެގޭގައި ނުނިކުމެވިފައި ތިބި އެއް ބަޔަކީ ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހިމް (ގާރީ) އާއި އޭނާގެ އަނބިކަނބަލުން އައިޝަތު ރަޝީދު އެވެ.
އެ ހާސްކަމުގައި ރަޝީދުގެ ދެކަނބަލުން ގަޑިއެއްހާ އިރު ހޭދަކުރެއްވި އެވެ.
އެންމެ ފަހުން އެގެއަށް ސިފައިން ވަން އިރު ދުންގަނޑު އޮތީ މުޅި ގޭތެރެއަށް ވަދެފަ އެވެ. ތަނެއް ދޮރެއް ނުފެނެ އެވެ. އިހްސާސް ވެސް ނުކުރެވޭ ފަދަ ހޫނެކެވެ. ކުރިމަތިން ފެންނަން އޮތީ ބޮޑު، ބިޔަ އަލިފާންގަނޑެވެ. އޭރު ގޮވަމުން ދިޔަ ބާރުގަދަ ގޮވުންތަކާ އެކު، ދެމަފިރިން ތިއްބެވީ ގުޑާލަން ވެސް ނުކެރިފަ އެވެ.
"އަޅުގަނޑާއި އަންހެނުން ގެއިން ނުކުމެވުނީ ސިފައިން އެހީތެރިވީމަ،" ރަޝީދު ވިދާޅުވި އެވެ.
ގެއިން ނުކުންނެވި އިރު އިވިވަޑައިގަތީ ބިއްލޫރިތައް ތެޅިގެން ފައިބާ އަޑެވެ. ޓީވީ އާއި ގޮނޑި ސެޓް ފަދަ އެއްޗެހި ވިރިފަ އެވެ.
"ހޫނުވެގެން ގޮސް އަޅުގަނޑުމެންގެ ހުރިހާ މުދަލެއް ހެން ވީރާނާވީ،" ރަޝީދު ވިދާޅުވި އެވެ.
މާލޭގައި މިހާތަނަށް ހިނގި އަލިފާނުގެ އެންމެ ބޮޑު ހާދިސާގައި އަނދައިގެން ދިޔަ އެއް ގެއަކީ، ރަޝީދުގެ އަނބިކަނބަލުންގެ ގެ ރަދުވާނިއާ އެވެ. ފުރަތަމަ އާއި ދެ ވަނަ ބުރީގައި އުޅުއްވީ އޭނާގެ އާއިލާގެ ބޭފުޅުންނެވެ. ބާކީ ހުރި ބުރިތައް ކުއްޔަށް ދީފަ އެވެ. އަލިފާނުގެ ހާދިސާގައި އެ ގެ ވަނީ ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން ސިފައިން ހަރަކާތްތެރިވަނީ. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"މިހާރު" އާ ވާހަކަދައްކަވަމުން ރަޝީދު ވިދާޅުވީ ހުކުރު ދުވަހުގެ ރޭ އިޝާ ނަމާދަށް މިސްކިތަށް ވަޑައިގަތުމަށް ވޮލެޓް ނަންގަވަން ކޮޓަރިއަށް ވެންނެވި އިރު، ގަޑިން 7:19 ހިނގައިފި ކަމަށެވެ. އޭރު އަނބިކަނބަލުން އައިޝަތު އިންނެވީ ސިޓިން ރޫމްގައި އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮޓަރިއަށް ވަދެ ވޮލެޓު ނުނެގެނީސް އަންހެނުން ހަޅޭއްލަވައިގަތީ އަލިފާންގަނޑު ހިފީއޭ ކިއާފައި. އޭރު ބާރުގަދަ އަޑުތަކެއް ވެސް އިވުނު،" ރަޝީދު ވިދާޅުވި އެވެ.
އެ އަޑުތަކާ އެކު، އޭނާ ދުއްވައިގަތީ ސިޓިން ރޫމާ ދިމާއަށެވެ. އޭރު އެގެއާ ވިއްސަކަށް ފޫޓު ދުރުގައި ހުރި ކެމިކަލް ގުދަނުގައި ރޯވެ، އަނދާ މަންޒަރު ފެނެ އެވެ. އަލިފާން ގަނޑު ހުރީ، އޭނާ ސިފަކުރެއްވި ގޮތުގައި، "އިހްސާސް ވެސް ނުކުރެވޭހާ މައްޗަށް އަރައިފަ" އެވެ.
"އޭރު ސައިކަލްތަކުގައި ވެސް ރޯވެ އެއްކޮށް އަނދަނީ،" ރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯވިތާ ދެ މިނިޓު ތެރޭގައި އެގެއަށް އަލިފާނުގެ އަސަރު ކުރަން ފަށައިފި އެވެ. ކަރަންޓް މީޓަރުތައް ހަލާކުވެ، ގެއިން އެއްކޮށް ކަރަންޓު ދިޔަ އެވެ.
ނޭވާލަން އުނދަގޫވުމާ ގުޅިގެން އޭގެ ހައްލެއްގެ ގޮތުގައި އެ މީހުން ތިއްބެވީ އިސްޓާކީން ތެންމާލައި އަނގައިގައި އޮޅާލައިގެންނެވެ. ދެ ވަނަ ބުރީގައި އުޅުނު ކުޑަކުއްޖަކާއި އޭނާގެ މަންމަ އޭރު ވަނީ ވައި ގޮޅި ބޭނުންކޮށްގެން ރަޝީދުމެންގެ އެޕާޓްމަންޓަށް ގެނެސްފަ އެވެ.
މާލޭގައި ރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ރަޝީދު ވިދާޅުވި ގޮތުގައި ސިޓިން ރޫމްގައި ތިބެވޭވަރު ނުވެގެން ދެން ވެންނެވީ ކޮޓަރީގެ ފާހަނާ ތެރެއަށެވެ. އެތަނުގައި ގަޑިއެއްހާ އިރު ވަންދެން ތިއްބަވަން ޖެހިވަޑައިގަތެވެ. ސިފައިންނަށް އެގެއަށް ވަދެވޭ ވަރުވީ 8:30 ހާއިރު އެވެ.
ރަޝީދު ވިދާޅުވީ ގެއިން ނުކުންނަވަން ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރެއްވި ކަމަށެވެ. އެކަމަކު ވަރުގަދަ ކަޅު ދުންގަނޑާ ހެދި އެކަމެއް ނުވި އެވެ.
"ގޭގައި ރޯވެ އެއްކޮށް އަނދައިގެން ދިޔައީ ގެއިން ނުކުތް ފަހުން،" އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ނުކުތުމުގެ ކުރިން ސިޓިން ރޫމަށް އަލިފާންގަނޑު ނުވަނުމަކީ އަޅުގަނޑުމެން ސަލާމަތް ވުމަށް މާތް ﷲ ދެއްކެވި މަގު. އަލިފާން އެ ގަޑީގައި ވަން ނަމަ އަޅުގަނޑުމެންނެއް ސަލާމަތެއް ނުވާނެ. އެއީ ނުކުމެވޭނެ އެހެން ގޮތެއް ނޯންނާނެތީ. ހުރިހާ ޝުކުރެއް އޮތީ ﷲ އަށް."
މި ހާދިސާގައި ދުމުގެ އަސަރުކޮށްގެން ރަޝީދުގެ އާއިލާގެ މެމްބަރުންނަށް ފަރުވާ ދޭން ޖެހުނެވެ. އެކަމަކު އިތުރު ބޮޑު ގެއްލުމެއް ނުލިބެ އެވެ. ތިން އަހަރުގެ ފިރިހެން ކުއްޖާ ވައި ގޮޅިން ބޭލި ގަޑީގައި ރަޝީދުގެ އަތުގައި ކޮންމެވެސް ވަރެއްގެ ޒަހަމްތަކެއް ލި އެވެ.
އައިޝަތު ޝައުނާ
އަލިފާނުގެ ހާދިސާގައި ރޭ މަރުވި އައިޝަތު ޝައުނާ، ފެންފިޔާޒުގެ، ތ. ބުރުނީ ވެސް ދިރިއުޅުނީ ރަޝީދުގެ ގޭގަ އެވެ. އެކަމަކު ތިން ވަނަ ބުރީގައި ހުރި ޝައުނާއަށް ބޭރަށް ނުކުންނަން ފުރުސަތެއް ނުލިބުނެވެ.
ޝައުނާ، އޭނާގެ އާއިލާގެ މެމްބަރަކަށް ކުރި އެންމެ ފަހު ކޯލްގައި ބުނެފައި ވަނީ ނުކުމެވޭނެ އެއްވެސް ގޮތެއް ނެތި ތާށިވެފައި ހުރި ވާހަކަ އެވެ. އޭގެ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުން އޭނާ ފެނުނު އިރު ސިފަ ވަކިނުވާ ވަރަށް އޮތީ އަނދައިފަ އެވެ.
ރަޝީދު ކިޔައިދެއްވި ގޮތުގައި ޝައުނާ އޭރު ގޭގައި ހުރީ އެކަނިމާ އެކަންޏެވެ. އޭނާއަށް ނުކުމެވޭނެ އެއްވެސް ގޮތެއް ނުތުނީ ކަމަށް، ރަޝީދު ވެސް ވިދާޅުވި އެވެ.
ރަޝީދާއި އާއިލާގެ މެމްބަރުން މިވަގުތު ތިބީ ސަރުކާރުގެ އެހީގައި މޫކައި ސުއިޓްސްގަ އެވެ.
އޭނާގެ އެދިވަޑައިގަތުމެއް ސަރުކާރަށް އެބަ އޮތެވެ؛ އެއީ އިތުރު ބަޔަކަށް ގެއްލުންވުމުގެ ކުރިން ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ގެތައް ކައިރިން ވީހާވެސް އަވަހަކަށް ނެގުމެވެ. އެހެން ނޫނީ މިފަދަ ހިތާމަވެރި ހާދިސާތައް އަދިވެސް ހިނގުން ގާތް ކަމަށް ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަފްރާދު
22 September 2019
އަލްޙަމްދު ލިއްލާހި! ތިޔަ ނުރައްކާތެރި ޙާދިޘާއިން ޤާރީއާއި ޢާއިލާ މާތްﷲ ސަލާމަތްކޮށް ދެއްވިޔަތީ ވަރަށް ބޮޑަށް އުފާކޮށް އެކަލާނގެއަށް ޙަމްދު ކުރަން !
ހާޖީއެދުރު
22 September 2019
ގާރީގެ އާއިލާ ސަލާމަތްވީ ސިފައިންގެ މޮޅުކަމަކުންނޫން . ﷲ ގެ ކުޅަދުންވަންތަކަމުން .ގާރީ ރަޝީދު އަށް ލިބިފައިވާ ދީނީ އިލްމުގެ ބަރަކާތާއި ގުރުއާން ހިތުދަސްވުމުގެ ފައިދާ މިފެނުނީ .
އަމާ
22 September 2019
ޤާރީމެންކަހަލަ މުއްސަނދި މަހުޖަނުންނަށް ނުޖެހޭ ދައުލަތުގެ އެހީދޭކަށް..އެހީ ދޭންވީ އެފަދަ ފޯރުންތެރިކަން ނެތް މީހުންނަށް
ކޮލެޖު ބޯއި
22 September 2019
އިންޑަސްޓްރިއަލް ވިލެޖު ހެދީ ޔާމީނު. ރަނގަޅު ވާހަކަ އެއް. އެކަމަކު ތިޔަ ބުނާ ކެމިކަލް ގުދަން ވިލެޖަށް ނުގެންގޮސް ވިލެޖުން ބޮޑެތި ބިންތައް ދޭންފެށީ މާލޭގެ ކުންފުނިތަކަށް ދޯ. ޔާމީނު ކުށްވެރިކުރަނީ އެއް ނޫން. ބްރިޖު ހެދީ ޔާމީނު. އެހެންވެ ދޯ އެއާޕޯޓް އަލިފާން ނިވާ ބޮޑު ލޮރީ މާލެ ގެނެވުނީ.
ކަޅިރަވަ
21 September 2019
އިއްޔެގެ ހާދިސާގައި ސިފައިންގެ ހުރި ވަސީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރި. އިކުއިޕްމަންޓްސް ގެ ސާވިސަބިލިޓީ ދައްކަން ފާހަގަކުރެވުނީ. ނަމަވެސް މީހުން ސަލާމަތް ކުރުމުގައި ފުރިހަމަ ދައުރެއް އަދާކޮށް ފުރާނައަށް ބެލުމެއްނެތި މަސައްކަތްކުރި. އެއާޕޯޓްގެ އެހީތެރިކަމަށް އެދުނު އަދި އެހީތެރިކަން އަވަހަށް ފޯރުކޮށްދެވޭނީ ބްރިޖެއް އޮތުމުން. އެކަމު އަނެކަކަށް ހަޖޫ ނުޖަހާ، ސިޔާސީނުވެ ކުރިމަގު ބައްޓަންކުރާ ތިންކް ޓޭންކް ތަކަކަށް ބާރުވެރިފަރާތްޔައް ވަމާތޯ.
ކަޅިރަވަ
21 September 2019
މުއައްސަސާއެއްގެ ބޭނުންޖެހޭ ހިނދު މުއައްސަސާއަށް ހަރަކާތްތެރިވެވޭނީ ބޭނުންވާ ކެޕޭސިޓީ ބިލްޑްކޮށް އަދި އިކުއިޕްޓް ކުރުމުން. މނޑފ ގެ ފަޔަރ ރ ސ އަކީ މާލޭގެ މިވަގުއޮތް ޢުމްރާނީ އޮނިގަނޑަށް ކޭޓަރ ކުރެވޭނޭބައެއް ނޫން. މީހުންގެ ކެޕޭސިޓީ އެބަހުރި. އެހެނަސް އެކަށޭނަ ސާމާނެއްނެތް. މނޑފ އިން ބަޖެޓްކުރޭ. ފިނޭންސުން އެއްބައި ކަނޑާލާނެ. މަޖިލީހުން އަނެއްބައި ކަނޑާލާނެ. ސިޔާސީ ކަންކަމަށް އޯޕަން ބަޖެޓް އޮވޭ. މިފަދަ ކަންކަމަށް ބަޖެޓެއް ނޯވޭ.
އަބޫ ކެޓް
21 September 2019
ހާލުގައި ޖެހުނު އެންމެން ތިބެނީ ސަރުކާރު ހަރަދުގައި މޫކާއި ސުއިޓްގަތަ؟ ތަފާތުކުރުން ހުއްޓޭނީ ކޮންދުވަހަކުންބާ!
މޫނުކައި
22 September 2019
މޫކައިސުއިތުއަށްދެވޭނީ . މަޖިލިސް މެމްބަރުންނަށް . މިހެން ބުނަން ޖެހުނީ ދެންތިބި މީހުން ތިބިތަނެއް ހާމަނުކުރީމަ.
ސަކީނާގެ އަމާ
21 September 2019
ރައީސް ޔާމީންހެއްދެވި ވަކިން ގުދަން ކުރެވޭ ގޮތް ނޭގޭތަ މިސަރުކާރަށް ކަމެއް ނުވިޔަކަސް...
ޒައކް
21 September 2019
ރޢީސް ޔާމީނު ތިޔަ ކަންކުރިމަނަ މިއަދު އެތާކު ކެމިކަލް ގުދަނެއް ނުހުންނާނެ.. އެއީ އިއްޔަޔަކު މިއަދަކު އެތާނގަ އެޅި ގުދަނެއް ނޫން.. މިހާރު ދެ ތިން އަހަރުވެދާނެ އެ ގުދަން ހުންނަތާ
ކަކުނިބޯ
21 September 2019
ރައީސްޔާމިނު ހެދިކެމިކަލްގުދަންތަކުގައި އެހެރީރާއްޖޭގެ އެންމެ ބޮޑެތި ކެމިކަލްތަށްކާގަރާޖުސަރވިސް ކަުަގއިވާ އެސްޓީއޯ ގެ ފިޔާއުބިސް ވައްދާ ގުދަންތަކާ އެސްޓީއޯ ތެޔޮއަޅާތަނާއި ބައުވެ ހަލާކުވެފައިވާވެހިކަލްތަކާއި މިހެންގޮސް ހުސް ކެނިކަލް ހެހެހެހެ
ކުޑޭ
21 September 2019
ގާރީމެން ސަލާމަތްކުރުމަށް ސިފައިން އެގެއަށް ވަންއިރު ޝައުނާ އުޅުނުބައިވެސް ބަލާލިނަމަދޯ! ވެދާނެ އެއިރުގައި އެއިން ބައެއް ބަލާލުމަށް ސިފައިންނަށްވެސް ފުރުސަތު ނުލިބުނީކަމަށް
1234
21 September 2019
ގާރީ ރަޝީދު މަޖިލީހުގައި ފާއިތުވި 10 އަހަރު އިންނެވިއިރުވެސް ތިޔަ ކެމިކަލް ގުދަން އެހުރިތާގަ ހުރި ނޫންތޯ؟ އެކަން ހުއްޓުވަން ގާރީގެ ޕާޓީ، ޕޕމ އޭރު ވެރިކަމުގަ އޮވެމެ އެކަންކަން ނުހުއްޓުވުނީ ކީއްވެތޯ؟
ހަސަންކޮއެ
21 September 2019
އަޅުގަނޑަށް ހީވަނީ ޔާމިން ސަރުކާރުން އިންޑަސްޓްރިއަލް ވިލެޖު ހެދީ ތިބޭނުމުގަހެން... މީހުން އުޅޭ ސަރަހައްދުތަކާ ގުދަންތަކާ ގަރާޖުތައް ދުރުކުރުން.... އެކަމަކު އެެތަން އެސަރުކާރަކަށްވެސް މިސަރުކާރަކަށްވެސް ބޭނުން ކުރާތަން ނުފެނެ.. ކޮންމެބަަޔަކު ކޮށްފަ އޮތް މަސައްކަތަކައްވެސް ސިނާއީބިމުގެ ބޭނުން ހިފަމާ މިފަދަ ނުރައްކާތެރި ހާދިސާތަކުން ސަލާމަތްވުމަށް....
ކަޅުމަރިޔަނބު
21 September 2019
ދެލޯފުޅާ އެއްބަޔަކު އަނެއް ބަޔަކު ބަދިނާމުކޮށްގެން ވާނެ މޮޅެއް ނޯންނާނެ. މިރާއްޖޭގަ ވެެރިކަންކުރީ ހަމައެކަނި އިބޫއާ ޔާމީނެއްނޫން! ފާއިތުވެދިޔަ އެއްވެސް ވެރިކަމެއްގަ ތިކަމަށް އަޅަލެވިފަ ނެތީމަދޯ ކެމިކަލް ގުދަންތައް މީހުން ދިރިއުޅޭ ތަންތަނުގަ އެހުރީ.
ޟައިނާ
21 September 2019
މިކަންވެސް މިވަނީ ސިޔާސީ! ސާބަސް 1234