މިދިޔަ އޭޕްރީލް މަހު ބޭއްވި އާންމު އިންތިޚާބުގައި އެމްޑީޕީ އަށް މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބުމާ ގުޅިގެން އެކަން ފާހަގަކުރަން މާލޭގައި ބޭއްވި ހަފުލާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
26 ސެޕްޓެމްބަރ 2019 - 10:04
އދ. ފަދަ ބޮޑެތި ޖަމާއަތްތަކުގެ ޕޯޑިއަމްތަކުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެތައް ފަހަރަކު ވާހަކަފުޅު ދައްކަވައިފަ އެވެ. އެމަނިކުފާނަށް ފަހު މިހާރު އެ ފުރުސަތު ރާއްޖޭގެ އެންމެ އިސް ވެރިޔާގެ ހައިސިއްޔަތުން ލިބިވަޑައިގެންފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ. އދ.ގެ އާންމު މަޖިލިހުގެ 74 ވަނަ ޖަލްސާގައި އިއްޔެ ރޭ ރައީސް ވާހަކަފުޅު ދެއްކެވުމަކީ ނަޝީދަށް ލިބިވަޑައިގަތް ވަރަށް ބޮޑު އުފާފުޅެކެވެ.
"ޒަމާންތަކަކަށް ފަހު ދިވެހި ދައުލަތުގެ އެންމެ މަތީ ވެރިޔާ އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރެއްވި ކަމީ އަޅުގަނޑުމެން ދިވެހިންނަށް ލިބުނު ވަރަށް ބޮޑު އުފަލެއް،" އަމިއްލަ ދަތުރުފުޅެއްގައި މި ވަގުތު އިނގިރޭސިވިލާތުގެ ލަންޑަންގައި ހުންނެވި ނަޝީދު "މިހާރު" އަށް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސްގެ ވާހަކަފުޅުގައި ދުނިޔެއަށާއި ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ މައިގަނޑު މައްސަލަތައް ފާހަގަކުރެއްވި ކަމަށެވެ.
ހާއްސަ ގޮތެއްގައި ޑިމޮކްރަސީ އާއި އިންސާފާއި ހައްދުފަހަނައެޅުމާއި ޓެރަރިޒަމްގެ އަނިޔާވެރި އަމަލުތަކުގެ ވާހަކަތައް ދެއްކެވުމުން، އެކަން މިހާރު ރައްޔިތުންގެ މަޖިލިިހުގެ ރައީސްގެ މަގާމުގައި ހުންނެވި ނަޝީދު ވަކިން ފާހަގަކުރެއްވި އެވެ. ތިމާވެށީގެ މައްސަލަތަކަށް، އެ ތަގުރީރުން ޖާގަ ދެއްވުމަކީ ނަޝީދަށް ރައީސްގެ ވާހަކަފުޅު ހާއްސަވި އެއް ސަބަބެވެ.
"އަޅުގަނޑަށް ފެނުނީ ރައީސްގެ ތަގްރީރު ވަރަށް ފުރިހަމަ ކަމަށް. ކޮންޓެންޓް ވެސް އަދި ޑެލިވަރީ ވެސް. އަމިއްލަ ގޮތުން ދަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދ. ގެ އާންމު މަޖިލިހުގައި ތަގްރީރު ކުރައްވާތަން ފެނުމަކީ ލިބުނު ވަރަށް ބޮޑު ފަހުރުވެރި ކަމެކޭ،" ނަޝީދު ވިދާޅުވި އެވެ.
އދ.ގެ އާއްމު މަޖިލީހުގެ 74 ވަނަ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަގުރީރު ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް
މިއީ، އދ. ގެ އާންމު ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ތަގްރީރު ކުރެއްވި ފުރަތަމަ ފަހަރެވެ. އެމަނިކުފާނު އެ ޖަލްސާގައި ތަގްރީރު ކުރެއްވީ އެ މަޖުލީހުގައި ރާއްޖޭގެ ރައީސަކު ތަގުރީރު ނުކުރައްވާތާ ހަތް އަހަރަށް ފަހުގަ އެވެ. ރައީސް ތަގްރީރު ކުރެއްވީ ހަ ވަނަ އަށެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ތުރުކީގެ ރައީސް ތޮއްޔިބް އުރުދުގާން ފަދަ ވެރިންގެ ފަހުންނެވެ.
މިއީ އދ. ގެ އާންމު ޖަލްސާއެއްގެ އެންމެ ކުރީކޮޅުގައި ބަސް ބުނުމަށް ރާއްޖެ އަށް ލިބުނު ފުރުސަތު ފުރަތަމަ ފަހަރު ވެސް މެ އެވެ.
މިދިޔަ އަންގާރަ ދުވަހު މުޅި ދުނިޔެ ބަލަމުން ދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ ރާއްޖެ ޑިމޮކްރަސީއަށްޓަކައި ކުރި ދަތުރު ނޮވެމްބަރު 2008 ގައި ފެށިތާ ދުވަސްތަކެއް ފަހުން، އެ ދަތުރު މަޑު ޖެހުނު ކަމަށެވެ. ރާއްޖެ ދުނިޔެއާ އެކަހެރިވެގެން އޮތް އޮތުން ނިމުމަކަށް ގެނެސް، އަލުން ޑިމޮކްރަސީ އިޔާދަވުމުގެ މަގަށް ދަތުރު ފަށާފައިވާތީ އެކަމާ އުފާފުޅު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައިސް
26 September 2019
ކަަލެޔަ ކަމުދިޔަސްނުދިޔަސްއޯކޭ
ދޮންވެލި
26 September 2019
އަންނި ތިއޮތީ އޮޑި ދަށުވެފައެވެ. 5 އަހަރު މަޑުކޮށްލާށެވެ
ކަޝްމީރު ގޮއްޔެ
26 September 2019
މޯޑީ ރުޅިއައިސްދާނެތީ ކަޝްމީރުގެ ވާހަކަ ދައްކާކަށް ނުކެރުނު. ކީއް މިކުރެވުނީ އެހެންވީމަ
ހޮޓްޕީ
26 September 2019
މިގައުމުގެ ރައީސަކު 30 އަހަރުވަންދެން ތިމާވެއްޓާ ބެހޭ ގޮތުން ވަރަށް ގިނަ ތަންތަނުގައި އަޑުއުފުލި އަދި އެތައް މަސައްކަތެއްކުރި އެދާއިރާއިން. އެކަމަށްވަނީ އޭގެފަހުން ވެރިކަމަށް އެރި ބޭފުޅާ ފަސްއަޅާ ފޮރުވާފައި، އެއީ ނުވާ ކަންކަން ކަމަށްހަދައި ނިންމާފައި، ފަހުގެޖީލަށް ތާރީޚު އޮޅުވާލާފައި. ހަގީގަތް ގަބޫލުކުރާނަމަ މިކަހަލަ ކުޑަގައުމެއްގެ އިސްވެރިއަކު ގޮސް ދޭ ތަގްރީރަކުން މިހާރު ކަމެއް ބަދަލުނުވާނެއިރު، އެކަން ނުކުރުމަކީ ތަފާތެއް އަންނާނެ ކަމެއްނޫން.
މަންޑޭލާ
26 September 2019
ބަނީ އިސްރާއީލް ބާގަގެ މީހުންނައްވުރެ ނަޝީދުގެ ކަންތައްގޯސް.
ޝޮކްތެރަޕީ
26 September 2019
ރައިސް ޔާމިންގެ ވެރިކަން ވައްޓާލަން ނޫޅުނުނަމަ. އެކަކުވެސް ޖަލަކަށް ނުވަންނާނެ.
ހުވަދޫ ޑޮކް
26 September 2019
ރައްޔިތުންގެ ދަރުބާރުގެ ރައީސް، ޤަޢުމުގެ ރައީސްގެ ގައިކޮޅުގައި ތިޔަ ޖެއްސެވީ ކިހާވަރެއްގެ ގައުގަނޑަކުންބާ ؟ ތިޔަވިދާޅުވި އެއްޗެއްގެ ފަހަތުގައި ބޯވިލާގަނޑެއް އެއްކޮށްފަ ކަޅުކޮށްފައި ހުންނާނެ ކަމީ ސިޔާސީ މަސްރަޚުން މިހާތަނުން މަނިކްފާނުގެ ކިބައިން ފެނިފައި ހުރި ހަޤީގަތް މި ޤަޢުމުގެ ރައްޔިތުންނަށް! ވެދުމާއި ސަލާމެވެ.
ނަވާރަ
26 September 2019
ކުރިން ދުބާއި ވާރލްޑައި އަދި ޕާލމް ޖުމެރާއަށް އިންވެސްޓަރުން އިތުރު ކޮށްދިނުމަށް ޒައިދު ބިން ނަޙްޔާން ފައުންޑޭޝަނުން ދިން ލާރި ކޮޅަކަށް ރާއްޖެ އަޑިއަށްދާ ވާހަކަ އިސްތިހާރުކޮށްފާ، މިފަހަރު ޓެރަރިޒަމްއޭ ކިއަިގެން އިންޑިއާއަށް އިންވެސްޓަރުން ހޯދަންތކުރާ މަސައްކަތަށް ސަލާމް.. މީ ހަމަ އެޖެންޑާ19 ތަފާތުވާ ގޮތަކީ
އަނދިރި
26 September 2019
ރައީސް އިބްރާހިމް މުޙައްދު ޞާލިޙް އ.ދ.ގައި ދެއްކެވި ވާހަކަ ފުޅު ވަރަށް ފުރިހަމަ! އެކަމަށް ފަޚްރުވެރިވަން! އެކަމަކު އަނދިރި ފަރާތުން އ.ދ.ގައި ވާހަކަ ދެއްކިނަމަ އަހަރެމެން ދިވެހިން ލަދުން ހަލާކުވީސް!
އަނގަނި
26 September 2019
ބޭކާރު އަނގަ ނުތެޅީމާ ވާހަކަ ސަޅިވާނެ! މާ ވާހަކަ ގިނަވެ ބޭކާރު އަނގަ ތަޅާތީދޯ! ކުރީގެ ރައީސްގެ ވާހަކަ ވެސް ހަޑިވަނީ!