ލ.މުންޑޫ. މުންޑޫ ފަޅު ރަށެއްގެ ގޮތުގައި ހަމަޖެއްސީ އެ ރަށުގައި މީހުން ދިރިއުޅެނިކޮށް.
22 ސެޕްޓެމްބަރ 2016 - 18:09
ލ. މުންޑޫ އަދި ގާދޫއަކީ ފަޅުރަށްތަކެއްގެ ގޮތުގައި ސަރުކާރުން މިއަދު ނިންމައިފި އެވެ.
ރައީސް އަބްދުﷲ ޔާމީން ސޮއި ކުރައްވައި ވަކިވަކިން ނެރުއްވި ދެ ގަރާރެއްގައި ވިދާޅުވީ ލާމަރުކަޒީ އުސޫލުން ރައީސަށް ލިބިދޭ ބާރުގެ ދަށުން އެ ދެ ރަށަކީ މީހުން ދިރި ނޫޅޭ ދެ ރަށް ކަމުގައި ކަނޑައަޅުއްވާ ކަމަށެވެ.
މި އަހަރުގެ ކުރީކޮޅު ގާދޫ މީހުން ވަނީ ލ. ފޮނަދު އަށް ބަދަލުކޮށްފަ އެވެ. އެއީ އެ ރަށުގައި ހުރި ކޮންމެ ގެއަކަށް ސަރުކާރުން 60،000 ރުފިޔާގެ އިނާޔަތެއް ދީ، ރަށް ދައުލަތަށް ނެގުމަށް ފަހު އެވެ. އެހެންކަމުން، އެ ރަށުގައި ހުރި ހުރިހާ މުދަލަކީ ސަރުކާރުގެ ތަކެތި ކަމަށް މީގެ ކުރިން ވަނީ ކަނޑައަޅައިފަ އެވެ.
ގާދޫ ކައުންސިލްގެ ރައީސް އަބްދުލްއަޒީޒް މިއަދު ވިދާޅުވީ އެ ރަށުގައި ދިރިއުޅެމުން ދިޔަ 400 އަށް ވުރެ ގިނަ މީހުން މި އަހަރު ކުރީކޮޅު ފޮނަދު އަށް ބަދަލުވެފައިވާ ކަމަށެވެ. އެކަމަކު ގާދޫ މީހުންނަށް ފޮނަދޫގައި އަޅައި ދޭންޖެހޭ 23 ގެއެއް އަދިވެސް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ލ. ގާދޫ: މި ރަށުން މީހުން ފޭބީ މި އަހަރުގެ ކުރީކޮޅު.
މުންޑޫ ފަޅު ރަށެއްގެ ގޮތުގައި ސަރުކާރުން ކަނޑައެޅިއިރު، އެ ރަށުގައި މިހާރު ވެސް ގާތްގަނޑަކަށް 400 މީހުން ދިރިއުޅެ އެވެ.
މުންޑޫ ކައުންސިލްގެ ރައީސް އިބްރާހިމް ނައީމް ވިދާޅުވި ގޮތުގައި އެ ރަށް ފަޅުކުރުމާ ބެހޭ ގޮތުން ސަރުކާރުން އެއްވެސް ވަރަކަށް މަޝްވަރާއެއް ނުކުރެ އެވެ. އެކަމަކު ބައެއް މީހުން ލ. ގަމަށް ބަދަލުވެފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
މިއީ، ނައީމް ވިދާޅުވި ގޮތުގައި، މުންޑޫގައި ދިރިއުޅޭ މީހުންނަށް ނަފްސާނީ ގޮތުން ލިބޭނެ ބޮޑު ގެއްލުމެކެވެ. އަދި އިމްތިހާނުތައް ކައިރިވެފައި އޮއްވައި އެ ގޮތަށް ނިންމުމުން ސްކޫލް ދަރިވަރުންނަށް ވެސް އެތައް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރުހުން ނުހޯދައި މި ކަން އެ ކުރީ. މަޝްވަރާކޮށްގެން އެއްވެސް ކަމެއް ނުކުރޭ،" ނައީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދެން އަމަލު ކުރާނެ ގޮތެއް އެނގޭނީ ސަރުކާރުގެ ރަސްމީ ބަހެއް ލިބުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތުބޭބެ
24 September 2016
މީހުން ދިރިއުޅެނިކޮށް އެރަށް ފަޅުރަށަކަށް ހެއްދެވިއިރު ސިޓީއަކަށް މީހުން ނުއުޅޭ ފަޅުރަށެއްހެއްދެވުުނު ނަމަވެސް އެއީލިއުމުގެ ކުށަކުންކަމަށް ހަމަޖައްސާިއިރު ރާއްޖޭގެ އެފެންވަރުގެކަން ނޭގޭނީ ހަމަބުއްދިވެސްނެތުމުން ކަމަށް ނުނިންމާ ރައީސްއޮފީހުގެވެސް ޒިންމާއްނެތި މިޒިންމާ ގޮސް ހަމަހުއްޓެނީ ނޭޝަނަލް ރެޖިސްޓްރޭޝަންގެ ޕިޔޯނާހަމަޔަށެވެ.މިއޮތީވާކަމެއް!!!!!!
ކިޔުންތެރިޔާ 767
23 September 2016
މީހުން ކުރިން އުޅޭ ރަށްްރަށް ފަޅު ކުރުމުން ނާމާންވާނެ ކަމަށް ކިޔާއަޑު އަހަން. މިސަރުކާރުން ރަށްތައް ނާމާންކުރުމުގެ ސިޔާސަތުގެ ދަށުން ލިބޭނީ ކޮން ފައިދާއެއް ކަމެއް ދެނެހުރި މީހަކު އަދި މިހާތަނަށް ހުރިހެނެއް ހިޔެއް ނުވޭ. މިނޫން ކަމެއް ކުރަން ނޭނގުނީބާ ބޭރުގެ ހަބަރުފަތުރާ ވަސީލަތްތަކުން ސަރުކާރުގެ ފަތިފުށުގެ ވާހަކަ މުޅި ދުނިޔޭގައި ކިޔަމުންދާއިރުވެސް ފައިދާއެއްނެތް ގެއްލުމެއްނެތް ބޭކާރު ކަމެއް މިކުރަނީ ރަށްރަށުގައި ތިބޭ އަމިއްލައ މަސައްކަތުން ކައިބޮއެ އުޅޭ ރައްޔިތުންނަށް ދުއްތުރާކުރުން ނޫން ކަމެއް ވަނީއެއްވެސް ނޫން.
އެދުރުބެ
22 September 2016
މުންޑޫ އަކީ މީހުން ދިރިނޫޅޭނެ ރަށެއްގެ ގޮތުގައި އެހަމަ ޖެއްސީ. ދެން އެރަށުގައި ބަޔަކު އުޅޭނަމަ އެބަޔަކު ޖެހޭނީ ބަދަލް ކުރަން.
އ މ
22 September 2016
އަނެއްކާވެސް 70 އެއްހައި ޕާސްޕޯޓު ކެންސަލް. . .
ގެއްލުނު މޭންޑޭޓް
22 September 2016
ރައީސް ޔާމީނަށް ކިހާ ވަރެއްގެ ބާރެއްތޯ ލިބިގެން މިއުޅެނީ ބަލާލަން ރެފަރެންޑަމްއަކަށް ދާން ފެނޭ.
އެޑޯ
22 September 2016
ވިއްކާލަން ރަނގަޅުވަރުގެ ދެ ފަޅުރަށް ތިޔާ ލިބުނީ!
ބޭޝަރަމް
22 September 2016
ފަޅު ރަށްރަށުގެ ރަޖިސްޓްރީގައި މީހުން ނުތިބޭނެ! މިހާރު އެރަށުގައި ތިބޭނީ ރެފިއުޖީން!!
ފަޅު ގޮލާ
22 September 2016
ރައީސް ފަޅޭބުނީ ހަމަ އަސްލު ފަޅުކުރުމުގެ މާނައިގައި ބާ؟ ތަރުޖަމަާނުގެ ތަފްސީރު ބޭނުން!
ކކ
22 September 2016
މުންޑޫގައި ދިރިއުޅެނީ ދިވެހިނެއްނޫން އެމީހުންގެ ޕާސްޕޯޓުވެސް ބާތިލްވީ!
ގގ
22 September 2016
އެއްރަށް ސިޓީއަކަށް ބަދަލު ވިއިރު ދެރަށް ފަޅުރަށެއްގެ ގޮތުގައި ހެއްދެވީ!