ފިނޭންސް މިނިސްޓަރު އަމީރު ނޫސްވެރިންނާ މިއދު ވާހަކަ ދައްކަވަނ:. އޭނާ ވިދާޅުވީ ބޮސްކާލިސްއާ މަޝްރޫއު ހަވާލުކުރީ ނެދަލޭންޑްސްގެ އައިއެންޖީ ބޭންކްގެ ލޯނަކުން ހިންގަން ވެގެން ކަމަށް.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 އޮކްޓޯބަރ 2019 - 17:59
ގުޅިފަޅުން ބޮޑު ސަރަހައްދެއް ހިއްކަން ބީލަމަށް ނުލައި 53 މިލިއަން ޑޮލަރު (817 މިލިއަން ރުފިޔާ) އަށް ނެދަލެންޑްސްގެ ބޮސްކާލިސްއާ ހަވާލުކުރި އެއް ސަބަބަކީ އެ ގައުމުގެ އައިއެންޖީ ބޭންކުން ލޯނެއް ނަގައިގެން އެ މަޝްރޫއު ހިންގަން ސަރުކާރުން ބޭނުންވުން ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެެ.
ގުޅިފަޅުގެ 6 މިލިއަން ކިއުބިކް މީޓަރުގެ ބިން ހިއްކުމުގެ މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރި ގޮތާ ބެހޭ ގޮތުން ކުރިމަތިވެފައިވާ ފިއްތުންތަކާ ގުޅިގެން ބޭއްވި ނިއުސް ކޮންފަރެންސެއްގައި މިނިސްޓަރު އަމީރު ވިދާޅުވީ، ޑަޗް އައިއެންޖީ ބޭންކުން ލޯނު ހޯދުމުގެ ކަންކަން މިހާރު ވެސް ކުރަމުން އަންނަ ކަަމަށާއި އެ ލޯނު ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށެވެ.
ޑަޗް އައިއެންޖީ ބޭންކަކީ އެހެން ގައުމުތަކުގެ އެގްޒިމް ބޭންކްތަކެކޭ އެއްގޮތަށް، އެ ގައުމެއްގެ ކުންފުންޏަކާ މަސަައްކަތް ހަވާލުކުރަން ޝަރުތު ކުރާ ބޭންކެއް ކަމަށް ވެސް އަމީރު ވިދާޅުވި އެވެ.
"ބޮސްކާލިސް އަށް އަޅުގަނޑުމެން މި ޕްރޮޖެކްޓް ދިނީ ކީއްވެތޯ؟ އެއް ކަމަކަށް އަޅުގަނޑު ހަމަ ފާހަގަކޮށްލަން ބޭނުންވޭ، މި ޕްރޮޖެކްޓް ހިންގަން އަޅުގަނޑުމެން ބޭނުން ވަނީ ޑަޗް އައިއެންޖީ ބޭންކްގެ ފައިނޭންސިން އަޅުގަނޑުމެންނަށް ލިބިގެން،" މިނިސްޓަރު ވިދާޅުވި އެވެ.
ބޮސްކާލިސްއާ މަޝްރޫއު ހަވާލުކުރީ މާލިއްޔަތު ގަވައިދުގެ ދަށުން މި ސަރުކާރުން އަލަށް ހަދާފައިވާ "އަން ސޮލިސިޓެޑް ޕްރޮޕޯސަލް ޕޮލިސީ" (ޔޫއެސްޕީ ޕޮލިސީ) އާ އެއް ގޮތަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މަސައްކަތް ބޮސްކާލިސްއާ ހަވާލުކުރުމުގެ މަރުހަލާ ކުރިއަށް ގެންގޮސްފައި ވާނީ އަމީރު ވިދާޅުވި ގޮތުގައި ކޮރަޕްޝަނަށް މަގުފަހި ނުވާ އަދި ދެފުށް ފެންނަ ގޮތަށެވެ.
"ކޮރަޕްޝަނަށް މަގުފަހިވާ ގޮތަކަށް ކަމެއް ހިނގާފައި ނުވާނެ ކަމުގެ ޔަގީންކަން އަޅުގަނޑުމެން އެބަދެން،" އޭނާ ވިދާޅުވި އެވެ.
ގުޅިފަޅު މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރި ގޮތް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބެލުމަކީ ސަރުކާރުން މަރުހަބާ ކިޔާ ކަމެއް ކަމަަށް ވެސް ވިދާޅުވި އެވެ.
އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އިޔާދު ހަމީދު ވިދާޅުވީ، ގުޅިފަޅުން ބިން ހިއްކަނީ މާލޭގެ ވިޔަފާރި ބަނދަރު އެ ތަނަށް ބަދަލުކުރަން ކަމަށާއި އެއީ ވަރަށް އަވަހަށް ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށެވެ. އަވަސް ކަމެއްގެ ގޮތުގައި ވިޔަފާރި ބަނދަރުގެ މަަސައްްކަތް ކުރަން ޖެހެނީ މިހާރު ބޭނުން ކުރަމުން އަންނަ ބަނދަރުގެ ޖާގަ ކުޑަ ކަމުން ގިނަ ދަތިތަކެއް ކުރިމަތިވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސަރުކާރިިުން މި ފަސް އަހަރު ދުވަހުގެ ތެރޭގައި ކުރިއަށް ގެންދަން ނިންމާފައިވާ އެންމެ މުހިއްމު އެއް އިގުތިސާދީ މަޝްރޫއަކީ ގުޅިފަޅުގައި ބައިނަލްއަގްވާމީ ބަނދަރެއް ގާއިމް ކުރުމުގެ މަޝްރޫއު،" އިޔާދު ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޝިފާޒް އަލީ، މިއަދުގެ ނިއުސް ބްރީފިން ގައި ވިދާޅުވީ، ގުޅިފަޅުން ބިން ހިއްކަން ޖެހެނީ ކަނޑުގެ ފުން ހިސާބުތަކުން ވެލި ނަގައިގެން ކަމަށާއި އެމްޓީސީސީގެ މަހާ ޖައްރާފާ އަކީ ވެސް އެފަދަ އެއްޗަކަށް ވިޔަސް، އެއީ ވަރަށް ކުޑަ ކޮންނަ ބޯޓެއް ކަމަށެވެެ. އެހެންވެ، އެ ޑްރެޖަރު ބޭނުންކޮށްގެން 24 ގަޑިއިރު ހުއްޓާ ނުލައި ކުރިއަށް ގެންދިޔަސް ހިއްކަން ޖެހޭ ސަރަހައްދުގެ މަަަސައްކަތް ނިންމަން ދެ އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަވާނެ ކަމަށް ޝިފާޒް ވިދާޅުވި އެވެ.
"އެހެންވީމާ އެއީ މިހާ އިމްޕޯޓެންޓް، ކްރިޓިކަލް މަސައްކަތެއް ފަށަަން އަޅުގަނޑުމެންނަށް މަޑުކުރެވޭނެ [މުއްދަތެއް ނޫން]. އޮޕްޝަނެއް ނޫން އެހެންވީމާ އެއީ،" އޭނާ ވިދާޅުވި އެވެ.
ގުޅިފަޅު މަޝްރޫއު ބޮސްކާލިސްއާ ހަވާލުކުރީ ރަނޅަށްތޯ އޭސީސީން މިހާރު އަންނަނީ ބަލަމުންނެވެ.
އެ ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު މިއަދު ވިދާޅުވީ، އޭސީސީގެ އަމިއްލަ އިސް ނެގުމަކަށް އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އޭސީސީން މިކަން ބަލަން ފެށިއިރު، ދައުލަތުން ބޮޑު ހޭދައެއް ކުރާ މި މަޝްރޫއު، ބީލަމަށް ހުޅުވާނުލައި ބޮސްކާލިސްއާ ހަވާލުކުރި މައްސަލައިގައި ދަނީ ސުވާލު އުފައްދަމުންނެވެ.
ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަނޑައަޅާފައިވާ މި ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމުގައި ދެފުށް ފެންނަ އުސޫލަކަށް އަމަލުކުރަން ވެސް އަންނަނީ ގޮވާލަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖޖޖޖ
25 October 2019
އެމް.ޑީ.އެންްގެ ރިޕޯޓްގައި މި އުއްމަތުގެ މާތް ނަބިއްޔާއަށް ކުރި ފުރައްސާރަ 9/ ރަސޫލާ صلى الله عليه وسلم ގެ ޙަދީޡް ބަސްފުޅުތަކަށް ކުޑައިމީސްބަސް ރައްދުކޮށްފައިވުން، (ޞ:22) 10/ މިޒަމާނުގައި މިއުޅޭ ހައްދުފަހަނަ އެޅި ޖާހިލުންނާއި މިއުއްމަތުގެ ސައުސާހިބާ އާ އެއްވަރު ކޮށްފައިވުން، (ޞ:22) އެހެންކަމުން އެމްޑީއެން އުވާލުމަށް މިހާރުން މިހާރަށް ދިވެހި ސަރުކާރަށް ގޮވާލަމެވެ. މިއީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއްނޫނެވެ.
ދަލޭ
25 October 2019
މޓސސ ނުހިއްކަނީ 3 ސަބަބެެއް އޮތުމުން. 1.ޖީބަށް ވަންނާނެ އެއްޗެއް ނުލިބުން. 2. މަހާޖައްރާފް ގެނައީ ރައީސްބޔާމީންގެ ވެރިކަމުގައި ކަމަށްވުން. 3. ރައްޔިތުންގެ މުދަލެއްކަމުގައިވާ މަހާޖައްރާފު ބޭނުން ކުރުމުން އޭގެން ރައްޔިތުންނަށް ފައިދާވުން. ފިވެހި ގައުމާ ރައްޔިތުންގެ ދުޝްމަނުންގެ ފުށުން ފެންނާނީ މިކަހަލަ އަމަލުތައް.
ައަލިބެ
25 October 2019
ބަދަލުވީ ޔާމިން، ސަރުކާރު ހަމަ ހިނގަނީ ދާދި އެއްވަރަކަށް ކަނމުން، ޒިރޯ ޓޮލަރަންސްގެ މާނަ އަދި ދަސްނުވެގެން މިއުޅެނި
ވަހީދު
25 October 2019
ހުޅުމާލެ ތަރައްޤީކޮށް ނުނިމެނީސް ގުޅީފަޅު ހިއްކަން 50 މިލިޔަން ޑޮލަރު ހޭދަ ތިކުރަނީ، އެތަނީ އިންސާނުން އުޅެން އެކަށީގެން ނުވާ ވަރަށް ފެނާއި ވައި ތަޢައްޔަރު ވެފައިވާ ތަނެއް. ތިލަފުށި އެހެން ތަނަކަށް ބަދަލު ނުކޮށް އެތާ އިންސާނުންނަށް ދިރި ނޫޅެވޭނެ. ވަރަށް ސާފުކޮށް ބުނަން ކެރޭ ތިހިއްކާ ހިއްކުމަކީ އެއްވެސް ދިރާސާއެއް ޕްލޭނެއް ނުކޮށް ހިއްކާ ހިއްކުމެއް ކަމަށް.
hawwa
25 October 2019
ގުޅީފަޅުގައި " އައި ހެވަން " ނަމުގައި ތަރައްޤީ ކުރަން އުޅުނު ރަށްވެހި ކަމުގެ މަޝްރޫޢު ހުއްޓާލީ އެރަށަކީ ތިރަފުއްޓަށް އުކާ ކުނީގެ ސަބަބުން ވަރަށް ބޮޑަށް ފެން ތަޢައްޔަރު ވެފައިވާ ސަރަޙައްދަކަށްވާތީ އިންސާނުންނަށް ނުރައްކާތެރި ބަލި ޖެހޭނެ ކަމަށް ދިރާާސާތަކުން ދެއްކީމަ.
އުމަރުބެ
25 October 2019
ބޭރުންނަގާ ލޯނުތަކުން އެޤައުމުގެ ކުންފުނިތަކަށް ދެންޏާ މިޤައުމުގެ ބެންކުތަކުން ނަގާލޯނުތަކުން އަދި ޓެކުސްގެ ފައިސާއިން ޕްރޮޖެކްޓް ހިންގަންވާނީ މިޤައުމުގެ ކޮންޓްރެކްޓަރުން ބޭނުންކޮށްގެން، އަވަސް އަރުވާލައިގެން ކަންކަން ކުރަން ނުޖެހޭ، ކިތަންމެ އަވަސް އަރުވާލައިގެން ކަންކަން ކުރިއަށް އޭގެއިން ހާސިލްކުރަން ބޭނުންވާ ކަންކަމެއް ހާސިލެއްނުވޭ
ދަލޭ
25 October 2019
ޖީބު ފުރާލެވޭނެ
ފޮސްކާލިސް
25 October 2019
ކީއްވެބާ ރަނގަޅު ފައިނޭންސް މިނިސްޓަރެއް ނުލިބިގެން މިއުޅެނީ މިގައު މަށް
ބޯވަރާއްޖެ
25 October 2019
ވަގުން ގިނަ ކަމުން ދޯ
އަތޮޅު މީހާ
25 October 2019
މާލޭ ގުޅިފަޅު ހުޅުމާލެ ވިލިމާލެ ނޫން އެހެންތަނެއް ތަރައްގީކޮއްލާކަށް ވެރިކަމަށް އަރާ އެކަކަށްވެސް ނުކެރޭނެ. އެއީ ސީދާ މާލޭމީހުން "ބޮންޑޭ" ކަހަލަ ބައެއްގެ އަޅުންނަށް ވެރިކަމަށް އަރާމީހުން ވެފައިތިބީމަ. އިބޭއެވެ. ތިބޭފުޅާއަކީ ނަމެއްގައި ހުރި މީހެކެވެ. އެއްވެސް ކަމެއްގައި އެއްްވެސް ކޮންޓްރޯލެއް އޮތްމީހެއް ނޫނެވެ. ނިމިގެންދާއިރު ޔާމިނަށްވުރެ ހަޑިކޮން ނިމި ނުގޮސްސިއްޔާ ރަނގަޅެވެ.
ކަނބިލި
25 October 2019
މިވެރިން ކަންކުރާނީ އަބަދުވެސް ދެފުއް ފެންނަ ގޮތައް. އެހެން މީހުން ކުރާނީ އަބަދުވެސް ވައްކަން. އެ މްއެ މްޕީއާރުސީގެ މައްސަލަ މިދުވަސްކޮޅު ނަގައިގެން އެއުޅެނީ މި ޖަރީ މާ ފޮރުވަން ވެގެން
ޙަސަން.
25 October 2019
ޗައިނާއިން ލޯނު ނަގައިގެން ޗައިނާ ކުންފުނިތަކުން މަސައްކަތް ކުރުވުން ކަމަކުނުދިޔަ
ހުސޭނު
25 October 2019
އޭ ލޯނޭ އެއީކޯއްޗެއް މިސަރުކާރުން ލޯނު ނަގާތަ? ތިޔާއުޅެނީ އޮޅިގެން. ކީއްކުރާ ލޯނެއް ދަނޑިފަނުން ތަންތަން ހަދާއިރު. މީ ނޯ ކޮންކްރިޓް ސަރުކާރު. މަކަރާ ހީލަތުން ފުރިފަ. ފިރުއައުނުވެސް މިވަރު ނުވާނެ.