އަހުމަދިިއްޔާ އިންޓަނޭޝަނަލް ސްކޫލުން ބޭއްވި އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ނަޝީދު ވާހަކަފުޅުދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
31 އޮކްޓޯބަރ 2019 - 12:14
އެއްވެސް ބާވަތެއްގެ ވިޔަފާރިއެއް ސަރުކާރުން ކުރުމަކީ ގޯހެއް ކަމަށާއި އެއީ ވިޔަފާރީގެ ފައިދާ ނުހޯދޭ އެންމެ ބޮޑު ސަބަބު ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ދެކުނުގެ ރަށްތަކުގެ ކައުންސިލަރުންނަށް އަމާޒުކޮށްގެން ގއ. ވިލިނގިލީގައި ބާއްވާ މަހާސިންތާ ފައްޓަވައިދެއްވުމަށް ފަހު ނަޝީދު ވިދާޅުވީ ވިޔަފާރިއެއްގެ އެންމެ ބޮޑު އަސާސަކީ ފައިދާ ކަމަށެވެ. އެކަމަކު، ސަރުކާރުން ފައިސާ ހޯދަމުން ދަނީ "މުސާރަ ދިނުމުގެ" ބޭނުމުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އެމްޑީ ވެސް އިންނަވަނީ މުސާރަ އަށް. ޗެއާޕާސަން ވެސް ހުންނަވަނީ މުސާރަ އަށް. ފައިދާއެއް ތިމަންނައަށް ނުލިބެއޭ، އެހެންވީމަ ފައިދާ ބޮޑު ކުރުމުގެ މާ ބޮޑު ބޭނުންތެރި ކަމެއް އުސޫލެއްގެ ގޮތުން އަމިއްލަ ކުންފުނިތަކާއި ސަރުކާރުގެ ކުންފުނިތަކާ ތަފާތުވެގެންދޭ،" ނަޝީދު ވިދާޅުވި އެވެ.
އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް އިޝާރާތް ކުރައްވައި ނަޝީދު ވިދާޅުވީ އަމިއްލަ ރަށްރަށުގެ ކައުންސިލްތަކުން ވިޔަފާރި ކުރުމުގެ ބަދަލުގައި ބިލްގެ ވިސްނުން އޮތީ ހިދުމަތްދޭ ފަރާތްތައް ހޯދުމަށް ކައުންސިލްތަކުން ބީލަން ހުޅުވާލަން ޖެހޭ ގޮތަށް ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ތަރައްގީ އަކީ ރައްޔިތުންގެ ޖީބަށް އިތުރުވާ އަދަދާއި އާންމު ދިރިއުޅުމަށް ގެނެވޭ ބަދަލާއި އަމިއްލަ އަށް ހޯދާ ތަނަވަސްކަމެވެ. ތަރައްގީ އަކީ މަގެއް ހެދުން ނުވަތަ ބޮޑު އިމާރާތެއް އެޅުން ނޫން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި 19 ވަނަ މަޖިލިހުން ރައްޔިތުންނަށް ތަރައްގީގެ ފުރުސަތު ހޯދައިދޭނެ އެވެ. ރަށްރަށުގެ ކައުންސިލްތަކުގެ މިލްކިއްޔާތަށް ރަށްތަކުގައިވާ ހުރިހާ އުފުލޭ އަދި ނުއުފުލޭ މުދަލެއް ބަދަލުވެ، އެތަކެތީގެ މިލްކުވެރިކަމާއި އެ ތަކެތި ބޭނުންކުރާ ގޮތާއި ބޭނުން ކުރަނީ ކޮން ހަމަތަކެއްގެ މަތީގައި ކާކުކަން އާ ގާނޫނީ އޮނިގަނޑު ކިޔައިދޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. ބިލްގެ ސަބަބުން ހިދުމަތް ދިނުމަށް އެންމެ ފުރަތަމަ ދަރަޖައިގައި އޮންނާނީ ކައުންސިލްތައް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހިދުމަތް ދިނުމަށް ބޭނުންވާ ގުދުރަތީ ވަސީލަތްތައް ވެސް އަދި މާލީ ތަނަވަސްކަން ވެސް އިދާރީ ހިންގުމުގެ މިނިވަންކަން ވެސް މި ގާނޫނު މި ފަހަރު ފޯރުކޮށްދޭނެ،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ބިލުން އަތޮޅު ކައުންސިލްގެ މިލްކިއްޔާތަކީ ކޮބައިކަން ކަނޑައެޅޭނެ އެވެ. އަތޮޅުގެ އެންމެހައި މުއްސަނދިކަން ބޭނުން ކުރެވޭނީ އަތޮޅު ކައުންސިލްގެ ވެރިޔާގެ ހުއްދައާ އެކު ކަމަށާއި މައި ސަރުކާރާއި އަތޮޅު ކައުންސިލަށް ވެސް ކަމެއް ކުރެވޭނީ ދެ ބައި އެއްބަސްވީމާ ކަމަށް ވިދާޅުވި އެވެ.
"ފެނާއި ނަރުދަމާ އާއި ކަރަންޓާއި މަގާއި ކުނި ނައްތާލުމާއި ބޯހިޔާވަހިކަމާއި ތައުލީމާއި ސިއްހަތަކީ އަޅުގަނޑުމެން އެންމެން މިއަދު ވެސް ހިތް އެދޭ މިންވަރަށް ނުލިބިވާ ކަންކަން،" ރައްޔިތުން އެންމެ ބޭނުންވާ ހިދުމަތްތައް ފާހަގަކުރައްވަމުން ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އެމްޑީޕީ އޮތީ މި ބަދަލު ރައްޔިތުންނަށް ފުރިހަމަކޮށްދޭން ތައްޔާރަށެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރު ދެ ތިން މިލިއަން ރުފިޔާ ލިބޭ ކައުންސިލްތަކަށް ކުރިއަށް އޮތް ތަނުގައި 30 މިލިއަން ރުފިޔާ ލިބިގެން ދާނެ އެވެ. ކައުންސިލްތަކުން އެ ރަށެއްގެ ތަރައްގީ އަށް ބޭނުންވާ މަޝްރޫއުތައް ނުހިންގެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ކައުންސިލްތައް ހިންގުމުގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް އިތުރުވާނެ ކަމަށް ބަހުސް ކުރާ މީހުންނަށް ވެސް ނަޝީދު ވަނީ ރައްދު ދެއްވައިފަ އެވެ. ސަމާސާ ރާގެއްގައި ނަޝީދު ވިދާޅުވީ ކޮރަޕްޝަން ވެސް "ލާމަރުކަޒު ކުރުމުން ރަނގަޅު ވާނެ" ކަމަށެވެ.
ކައުންސިލް މެމްބަރުން ކޮރަޕްޝަންގެ އަމަލެއް ހިންގަވައިފި ނަމަ، ރަށްރަށުގެ "ހޮޅުއަށީގައި" ތިބޭ މީހުން ކައުންސިލަރުން ޖަވާބުދާރީ ކުރުވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެމީހުން "ލަދުން ފިއްކަނޑައިގެންދާ ވަރުކޮށް، ގެއަށް ނުވަދެވޭ ވަރު ކުރާނެ" ކަމަށް ނަޝީދު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެމްސް
19 November 2019
ލިބޭ އާމްދަނީއާއި ނުބައްދަލު ޓެކްސް ނެގުމާއި ޢާއްމުޚިދުމަތުގެ އަގު އަތްނުފޯރާފަށުގަ ހުރުންވެސް ގޯސް!
އޮނަރަބްލް އަފީފު ދީދީ
01 November 2019
ރައީސް އަޅުގަނޑުމެނަކީ އިސްލާޙަށާއިޙައްޤުހޯދުމަށް އަޑުއުފުލާ އެކުއެކީގައިމަސައްކަތްކުރިމީހުން. # މިއަދު ތިހިސާބަށްއާދެވުމުން "ކެޔޮގަނޑަށްފަހު ގަހަށްދޭ ދަރަޖަ" އަޅުގަނޑުމެނަށްދިނުމަކީ ދެރަވަރުކަމެއް. # ރަށުކައުންސިލާއި، ކައުންސެލަރުންނާއި މޭޔަރަކު ގެނައުމުންވެސް ޤާނޫނުއަސާސީގައި އަޅުގަނޑުމެން ލިއުނު "ލާމަރުކަޒީ ބާބުގެ ރޫޙް ދިރިފައިނުވާތީ" އިތުރު ފިޔަވަޅެއްގެ ގޮތުން މަޖިލީހުގެ ރުހުމާއިއެކު ޤަވަރުނަރަކު އައްޔަންކޮށް ފެޑަރަލް ބާރުވެރިކަން ދޭންޖެހޭ.
ފޮނިޓައްޕު ހަސަނު
31 October 2019
އިންޑިއާގެ ޖީއެމްއާރާއި މޯހަން މޫތާގެ ކުންފުނި ގެންނަން ވީނުން ސަރުކާރުގެ ކުންފުނިތަކުގެ ވިޔަފާރި ދޭން.
އުމަރުބެ
31 October 2019
އެނޫންނަކަ ޔާމީނުއަށް ނުކުރުނީސް ދިވެހިން ގޮވައިގެން މަގުމަތީގައި މުޒާހާރާކުރަން، އަދި އެމްއެމްޕީއާރްސީން ފައިސާލިބުނު މީހުންނަށް ނުކުރެނީސް ސަރުކާރުގައި ވަޒީފާއަދާކޮށްލަ ކޮށްލައި މިހާރުވެސް އާންމުން ދިރިއުޅޭގޮތަށް އުޅެން، ކޮރަޕްޝަނަކީ މިހާރު އެހާބޮޑު ކަމެއްނޫން، އާންމު އެއްޗަކަށްވެއްޖެ، ހަމަ އެކި ސްޓައިލް ސްޓައިލްގައި ހަމަ ކޮރަޕްޝަން ހިންގަންވީ، ކައުންސިލްތަކަށް ބާރުލިބުނީމަ ކަރަޕްޝަން ހިންގާނީ އެމީހުން އަދި ހޮޅުއަށީގައިތިބޭނީވެސް އެމީހުން
ބޮޑުމީހާ
31 October 2019
މީނަ ހަމަނުޖެހޭ ވާހަކަ ދެއްކިޔަސް މީ ރަގަޅު ވާހަކައެއް. ސަރުކާރުގެ މަސްކުންފުނި އޮތްތާ ބާއްވާފަ އެންސިސް ފަދަ އަމިއްލަ ކުންފުނި ކުރިއަރައިގެން ދަނީ ރޮކެޓް ސްޕީޑްގަ. ސަރުކާރުން ޓޫރިޒަމް ދާއިރަށް ވަން އެމްޓީޑީސީ އިދަޖެހިފަ. އަމިއްލަ މީހުންގެ 4، 5 ރިސޯޓް އޮވޭ. ސަރުކާރުން ކުންފުނި ހިންގަނީ ގާތް މީހުންނަށް ބޮޑު މުސާރަ ދިނުމާއި ޕްރްކިއުމަންޓްން ފައިދާ ހޯދަން. މިހާރުން މިހާރާށް ސަރުކާރުން ކުރާ ވިޔަފާރިތައް ހުއްޓާލާ އާއްމުންނަށް އެ ފުރުސަތުދޭންވީ
TCP 60000
31 October 2019
އާ މިތަނުގެ ހުރިހާ ކަމެއް ނަށީދުގެ މީހުނަށްދީ ހުސްކޮށްލާ، އޭރުން އެހެން ބަޔަކަށް ވެރިކަމަކަށް ނާދެވޭނެ، އާދެވުނަސް ޗޯކަށް ދަމާ ވައްޓާލެވޭނެ އޭރުން.
އަލީ ކަޅޭ
31 October 2019
ސަރުކާރުން އެއްގޮތަކަށްވެސް ވިޔަފާރި ކުރާކަށް ނުޖެހޭ. މިއީ ކޮމިއުނިސްޓު ވިސްނުމެއް. ސަރުކާރަކީ ވިޔަފާރި ތަކަށް މަގުފަހިކޮށްދޭ ތަނެއް.
މހނމދ
31 October 2019
މިރާއްޖޭގައި ސަރުކާރުން ވިޔަފާރިކުރަންޖެހޭސަބަބާއި ކޮންޓްރޯލެއްނެެތި އަމިއްލަމީހުންނަށް ވިޔަފާރިދޫކޮށްލީމައި ވާގޮތް އޮތީ ތަޖުރިބާކުރެވިފައެވެ. ކޮންޓްރޯލްކުރީމައި ގިނަވަނީ ކޮރަޕްޝަނެވެ. އަގުތަކަށް ހަދަނީ ހަދާނެގޮތެކެވެ. ބޮޑުންގެގޭގެޔަށް އެކިވިޔަފާރިވެރިން މެދުނުކެނޑި ތަކެތިފޮނުވައެވެ. އެކިއެކި ދާއިރާގެ މުވައްޒިފުން ފިހާރަކުރިމަތިން ހުރަސްކުރާއިރު ބަލައިލާ ބަލާލުމަށް އިޖާބަދީދޭނީ ތިކަހަލަގޮތަކަށްނޫނެވެ. ފުނޑި ހަނާވާނީ ޢާންމު ރައްޔިތުންނެވެ.
ތުކި
31 October 2019
ނަސީދުކައިރި އަދަބުވެރިކަމާއި އެކު ބުނެލަމު މިއީ ވަރަށް ވަތަނީ ގައުމެކެވެ.. ތިޔަ ކުޅެވެނީ އެހިތާ އެފުކުރާ އެޖޯޝާއެވެ
ޒީތު
31 October 2019
މާތްރަސްކަލާނެގެއާ ވަކީލް