ދަރިވަރުންތަކެއް ސްކޫލެއްގެ ގޯތިތެރޭގައި މަޑުކޮށްލައިގެން: ދަރިވަރުންގެ ވެކްސިންގެ މައުލޫމާތު ފޮނުވަން ވަނީ އަންގާފައި.-- ފޮޓޯ: ނިޝާން އަލީ /މިހާރު
15 ޖެނުއަރީ 2020 - 18:55
ވެކްސިން ޖަހާފައި ތިބި ކުދިންގެ މައުލޫމާތު ފޮނުވަން އެޑިއުކޭޝަން މިނިސްޓްރީން ސްކޫލުތަކަށް މިއަދު އަންގައިފި އެވެ.
އެނގިފައިވާ ގޮތުގައި، ރާއްޖޭގެ ހުރިހާ ސްކޫލަކަށް އެ މިނިސްޓްރީން ވަނީ އެމްއެމްއާރު ނުވަތަ މީސްލްސް ވެކްސިން ދީފައި ތިބި ދަރިވަރުންނާއި ނުޖަހައި ތިބި ދަރިވަރުންގެ އަދަދު އަންނަ ހަފުތާގެ ހޯމަ ދުވަހުގެ ކުރިން ފޮނުވަން އަންގައިފަ އެވެ.
މިގޮތަށް އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް މި އެންގީ، ރާއްޖެ އިން މީގެ ދެ އަހަރު ކުރިން ނައްތާލާފައިވާ ހިމަބިހި މިދިޔަ ހަފުތާގައި ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅު އަޅަމުން އަންނަ ދަނޑިވަޅެއްގަ އެވެ. ސަރުކާރުން މިހާރު ވަނީ ރާއްޖެ އިން ހިމަބިހި ފެންނަމުންދާ ކަން މިދިޔަ ހޯމަ ދުވަހު އިއުލާންކޮށް، ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް ފަށައިފަ އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ސްކޫލްތަކަށް ގޫގްލް ޝީޓެއް މެއިލް ކުރުމަށް ފަހު އެދިފައި ވަނީ ވެކްސިންއާ ގުޅޭ ގޮތުން އޭގައި ހުރި މައުލޫމާތުތައް ފުރިހަމަ ކޮށްދިނުމަށެވެ. ސްކޫލުތަކަށް އެ މަައުލޫމާތުތައް ފުރިހަމަ ކުރެވޭނީ، ބެލެނިވެރިން މައުލޫމާތުތައް ހިއްސާ ކުރުމުން ކަމަށް ވާތީ، ސްކޫލުތަކުން މިހާރު ވަނީ ވެކްސިން ކާޑުގެ ކޮޕީއެއް ކްލާސް ޓީޗަރާ ހަވާލުކުރަން އެދިފަ އެވެ.
ސްކޫލަކުން ވާހަކަ ދެއްކެވި އިސް ބޭފުޅަކު ވިދާޅުވީ، އެ ސްކޫލުގެ ގްރޭޑު އެކަކަށް އަލަށް ވައްދާ ދަރިވަރުންގެ ވެކްސިންގެ މައުލޫމާތުތައް ބަލަން ފެށީ މިދިޔަ އަހަރުން ފެށިގެން ކަމަށެވެ. އޭގެ ކުރިން އެ މައުލޫމާތުތަކެއް ނުހޯދާ ކަމަށް ވިދާޅުވި އެވެ.
"ޕްރީ ސްކޫލަށް [މިހާރު] ވަދެވޭނީ ވެކްސިންގެ މައުލޫމާތު ދީގެން. އެހެންވެ ގަބޫލު ކުރެވެނީ ގްރޭޑު އެކަކަށް ވައްދާއިރު ވެސް ވެކްސިން ޖަހާފައި ކަމަށް ހުންނާނީ. މިދިޔަ އަހަރުން ފެށިގެން އަޅުގަނޑުމެން ވެސް ވެކްސިންގެ މައުލޫމާތުތައް މި ހޯދަން ފެށީ،" އޭނާ ވިދާޅުވި އެވެ.
ދަރިވަރުންގެ އެމްއެމްއާރު ނުވަތަ މީސްލްސް ވެކްސިންގެ މައުލޫމާތު ހިއްސާކުރަން އެދުނުއިރު، ވެކްސިން ނުޖަހައި ކުދިން ވައްދާ ސްކޫލެއް އައްޑޫގައި ހުންނަކަމަށް ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވަނީ މި ހަފުތާގައި ވިދާޅުވެފަ އެވެ. އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އެކަމާ ބެހޭ މައުލޫމާތު ހިއްސާ ކުރައްވަން އެދިވަޑައިގެންފަ އެވެ.
މިހާތަނަށް ތިން މީހަކަށް ހިމަބިހި ޖެހިފައިވާކަމަށް ސަރުކާރުން ބުނެ އެވެ. އެ ބަލި ޖެހިގެން ފުރަތަމަ ރިޕޯޓުކުރީ ތިން އަހަރުގެ ކުއްޖެކެވެ. އޭގެ ފަހުން 30 އަހަރުގެ ދިވެހި ފިރިހެނަކަށާއި އިތުރު މީހަކަށް ވެސް ވަނީ ހިމަބިހި ޖެހިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލި
16 January 2020
މި ވަރުގެ ޑޭޓާއެއް ބަލަހައްޓާ ލެވޭނެ މެކޭނިޒަމެއް މިރާއްޖޭގައި ނެތުމަކީ ހިތާމަ ކުރާކަމެވެ. ކޮންމެ ކުއްޖަކު ސުކޫލަށް ވައްދާއިރު އެ ކުއްޖާގެ ޑޭޓާތައް ކަލެކްޓް ކުރެއެވެ. ވެކްސިންކާޑާއި އުފަންދުވަހާއި މަންމައާއި ބައްޕަގެ އައިޑީ ކާޑަށް ދަންދެން ދެން އިރުއިރުކޮޅާ އަޑީ ކާޑު ކޮޕީ އުފަން ދުވަހުގެ ސެޓްފިކެޓްގެ ކޮޕީ ވެކްސިން ކާޑުގެ ކޮޕީ. އަޑީކާޑު ނަންބަރު ޖަހާލުމާއެކު އެކުއްގެ ޑޭޓާ އެނގޭނޭ ޑޭޓާބޭސް ހަދާލުމަކީ އެހާ ޚަރަދު ބޮޑު އުދަގޫ ކަމެއް ނޫނެވެ.
އަލިބޭ
16 January 2020
ޖަޕާން އަދި ކެނެޑާ ފަދަ ބައެއް ޤައުމުތަކުގައި ޖެހުން މަނާކޮށްފައިވާ ވެކްސިން ރާއްޖޭގައި އެބަ ޖަހާ. ދުނިޔޭގެ އެހެން ގައުމުތަކުގައި ވެކްސިން ޖެހުމަށް ބާރު އަޅާ އަދި ބައެއް ގާނޫނުވެސް ހަދާފަ އެބަހުރި މިހާތަނަށް އެންމެ ހެއްވާ އަދި އެންމެ ލާ އިންސާނީ ގާނޫނެއް ހެދީ ރާއްޖޭގަ، ދަރީން އެކުދީންގެ މައިންނާ ވަކި ކުރާ ގާނޫނު. ހުޅަގުގެ ބައެއް ޤައުމުތަކުގެވެސް މިވަރު ނުކުރޭ އެމީހުން ޖޫރިމަނާ ކުރަނީ ބެލެނިވެރިޔާ. މީ ވަރަށްބޮޑަށް ދިރާސާކޮށް ހަދަންޖެހޭ ކަމެއް
ދޯހަޅި
16 January 2020
ހަދާން ބަލި ނޫން ނަމަ މީގެ އަހަރެއް ދެ އަހަރެއްހާ ދުވަސްކުރިން ހިންގި ކެމްޕޭނެއްގެ ތެރެއިންވެސް ކުދިންގެ ވެކްސިން ކާޑު ސްކޫލަށް ގެންދަންޖެހުނެވެ. އަދި ވެކްސިން ކާޑު(ކޮޕީ) ނުގެންދާ ކުދިންގެ ކާޑު ޓީޗަރު/ލީޑިން ޓީޗަރަށް ވައިބަރ ކުރަންވެސް އެންގިއެވެ. ސުވާލަކީ އެއިރު ރަގަަޅަށް މައުލޫމާތު ކަލެކްޓް ނުކުރެވިގެންހޭ އަނެއްކާ މިގެންދަން އެންގީ. އަނެއްކާވެސް 2 އަހަރު ފަހުން ގެންދަން ނުޖެހޭގޮތަކަށް މައުލޫމަތު ރައްކާކުރުން މުހިއްމެވެ.
ހަސަނު
16 January 2020
ގޫގްލް ޝީޓުގައި ލިޔާނީ ސްކޫލަށް ފެނުނު އެއްޗެއް.. ވެކްސިން ނުޖަހާ ކުދިން މާ ގިނަ ވެއްޖެއްޔާ ސްކޫލަށް ހަޑި ނަމެއް ލިބިދާނެތީ އެންމެ ރަނގަޅު މައުލޫމާތު ނުފޮނުވުން ގަތް.. އެންމެ ރަނގަޅު ގޮތަކީ އެޑިއުކޭޝަނުގެ ޓީމް ތައް ސްކުލް ތަކަށް ގޮސް އެ ތަންތަނަށް ކުދިނ ްވައްދާއިރު އަމަލު ކުރާ އުސޫލުތައް ބަލާ އެ ކަންކަނ ފުރިހަމަ ކޮށްފައި ވޭތޯ ބެލުން.. މީ މާކަ އުނދަގޫ ކަމެއްވެސްނޫން..
ރަދީފް
16 January 2020
''ސްކޫލުތަކަށް އެ މަައުލޫމާތުތައް ފުރިހަމަ ކުރެވޭނީ، ބެލެނިވެރިން މައުލޫމާތުތައް ހިއްސާކުރުމުން ކަމަށް ވާތީ، ސްކޫލުތަކުން މިހާރު ވަނީ ވެކްސިން ކާޑުގެ ކޮޕީއެއް ކްލާސް ޓީޗަރާ ހަވާލުކުރަން އެދިފަ އެވެ.'' ވަޓް އަ ޖޯކް.ކޮންމެ ކުއްޖަކުވެސް ސްކޫލަށް ވައްދާއިރު ތިބުނާ ވެކްސިން ކާޑުގެ ކޮޕީއެއް ހަވާލުކުރަންޖެހޭ.ދެން އަނެއްކާ މިވީ އޭގެ ކޮޕީއެއް ހޯދާފަ ދޭން.ފޮތުގަ ލިޔެގެން އުޅުނު ޒަމާންވެސް ރަނގަޅު.ލަދު ކޮބާ؟؟ ޑޭޓާތައް ރަނގަޅަށް ނުބެލެހެއްޓޭ ދޯ.
ލޮލޯ
16 January 2020
ހަމަ ހިނި އަންނަނީ . ގާބިލް ދެއްތޯ؟ އުހު ހަމަ ފުރިހަމައީ
އިންސާފް
15 January 2020
ތިހެން އަންގަން އެޑިއުކޭޝަނުން ލަދުގަންނަން ޖެހޭނެ. ސަރުކާރު ސްކޫލުން ޖާގަ ދެނީ އެޑިއުކޭޝަނަށް ވެކްސިންގ ކާޑުގެ އަސްލާއި ކޮޕީ ހުށައެޅުމުން ވެކްސިންތައް ހަމަވާނަމަ. ކޮބައިތޯ އެ ކޮޕީ ތަކާއި ރެކޯޑް ތައް؟؟؟؟
ތަކުރުބޭ
16 January 2020
މަށަކަށްނޭގެ އެހެން ސުކޯލުތަކުގެ ގޮތެއް. އިސްކަންދަރު ސުކޯލުގައި ކޮންމެ އަހަރަކުވެސް ކުއްޖާގެ މައުލޫމާތު ތައް ދޭންޖެހޭ. އެކަމަކު ސުކޯލަށްވައްދަނީ ހުރިހާ މައުލޫމާތެއް ފުރިހަމަ ކޮށްގެން. މިހެންވާއިރު ވެކްސިން ދިންކަމުގެ ލިޔުން އެތަންތާނގާ އޮންނާނެބާ؟ ހިންގުންތެރިކަން ހަމަމޮޅީއޭ ބުނެވޭނީ.
ގެދާނޯމޮސް
15 January 2020
މިހާރު ކިޔަވާ ކުދިންތިބީ މަތީގްރޭޑް ތަކުގައި ގެވެސްބަދަލުވެ ހުރިހާ ބައުސާމާނު އުކާލެވިއްޖެ ތިޔަވެކްސިން ކާޑް ހޯދަން އިންޑިޔާ ސިފައިން އަޔަސް ތިޔެއްނުފެންނާނެ.
އަހަންމަބުނަން
15 January 2020
ކިހާ ދެރަ ކަމެއް.ހުރިހާ ކުދިން ގެ ވެކްސިން ކާޑް ކޮޕީ ހުންނާނެ މިނިސްޓރީގަ.ޑަސްބިނަށް އަޅާލީތަ
ގަނޑުފެން
15 January 2020
އެބައުޅޭ މިގޭގަ މަންމައާ ދުރުގަ 10 އަހަރު ބޮޑުވި ބައެއްކުދިންގެ ވެކްސިން ކާޑު ގެއްލުވާލައިގެން. ދެންއެ ހޯދާނެ ތަނެއް ބުނެބަލަ! ވެކްސިން ދީފަހުރީ އިންޑިއާއިން