މިނިސްޓަރު ޝިދާތާގެ އިސްތިއުފާ އަށް ގޮވައި މާލޭގައި މިއަދު މުޒާހަރާ ކުރަނީ. ފޮޓޯ: ޖުނެއިދު
17 ޖެނުއަރީ 2020 - 17:40
ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލައިގައި ޖެންޑަ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދިނުމަށް ގޮވާލައި މާލޭގައި މިއަދު މުޒާހަރާކޮށްފި އެވެ.
ދެ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި ފުލުހުން ވަނީ އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށް ކަނޑުހުޅުދޫ އިން ހައްޔަރުކޮށްފަ އެވެ. އެ ރަށު ބައެއް މީހުން ތުހުމަތު ކުރާ ގޮތުގައި އެ ދެ މީހުންގެ އިތުރުން ކުއްޖާގެ ބައްޕަ ވެސް މިކަމުގައި ބައިވެރިވެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި އެ ކުއްޖާގެ ބައްޕަ ހުރީ މާލޭގަ އެވެ.
"Shidhatha, isthiufaa!!" pic.twitter.com/9RTDeZfGgf
— Junayd (@mjunayd) January 17, 2020
ޝިދާތާގެ އިސްތިއުފާ އަށް މިއަދު ގޮވަނީ.
ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓާލުމަށް ގޮވާލައި އެއްވުމުގެ ބައިވެރިން ތަފާތު ޝުއޫރުތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފައިގެން އެންމެ ފުރަތަމަ ތިބީ ޖެންޑާ މިނިސްޓްރީ ކުރިމަތީގަ އެވެ. އެއްވި މީހުން ވަނީ ކުޑަކުދިންނަށް ލިބޭ އަނިޔާތަކާ ގުޅިގެން އިހުމާލުވާ މީހުންނަށް ފިޔަވަޅު އަޅަން ވެސް ގޮވައިފަ އެވެ.
އެއްވެ ތިބި މީހުންނާ ބައްދަލު ކުރެއްވުމަށް ޖެންޑަ މިނިސްޓަރު ޝިދާތާ ވެސް އެ ސަރަހައްދަށް ވަޑައިގެންނެވި އެވެ. އަދި ނޫސްވެރިން އަމާޒު ކުރި ބައެއް ސުވާލުތަކަށް ޖަވާބު ވެސް ދެއްވި އެވެ.
ނަމަވެސް އެއްވި މީހުން ވަނީ ކުޑަކުދިންގެ ހައްގުތައް ހިމާޔަތް ކުރުމުގައި ޖެންޑަ މިނިސްޓްރީން އިހުމާލުވެފައިވާ ކަމަށް ބުނެ، އެތަނުގެ ވެރިން ވަގުތުން އިސްތިއުފާ ދިނުމަށް ގޮވާލައިފަ އެވެ. އަދި ޝިދާތާ ވަޑައިގެންނެވި މަގުމަތީގައި އެއްވުމުގެ ބައިވެރިން އޭނާ ފަހަތުން ވެސް ދިޔަ އެވެ.
އަދި އެމީހުން ކޮންޓްރޯލް ކުރުމުގައި ގިނަ އަދަދެއްގެ ފުލުހުން ވެސް ހަރަކާތްތެރިވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބެޑްޝީޓް
18 January 2020
ތިމިނިސްޓްރީގެ ނާއިބުގެ މަގާމްގައި 2014 ވަނައަހަރުވެސް ކުޑަކުދިންގެ ބަޔާ ހަވާލުވެހުރީ ތިޝިދާތާ.
މުހައްމަދު އަބްދުއްލާހި ދީދީ
18 January 2020
އާ ކުކުޅަކަށް ގާބިހެއް ޝިދާތާ އަށް އެޅިގެން ތިޔައުޅެނީ. މިފަދަ ކަންތަކަށް އެޑްރެސް ކޮށް ހައްލު ކުރުމުގެ ކެޕޭސިޓީ އެއް ނެތް. ތިޔަމަގާމުން ދުރަށް ޖެހިލުން އެއްމެ މަސްލަހަތު ރަގަޅު ގޮތަކީ.
ހަރުބަސް
18 January 2020
ރާއްޖޭގައި ކުށްކުރުމާއި އަނިޔާވެރިމާއި ނުކިޔަމަންތެރިކަމާއި ގާނޫނާއި ގަވާއިދަށް ހުރަސްއެޅުންފަދަ ކަންކަމަކީ ޑިމަކްރަސީގެނަމުގައި ދިވެހިންގެ ބަޔަކު ހިމެނިގެން ގަސްތުގައި ރާއްޖެއަށް ތައާރަފް ކުރި ކަންކަމެވެ އެކަންކަމުގެ ހިތި ނަތީޖާ އަވަހަށް ނުވަތަ ލަހުންނަމަވެސް ދާނީ ފެންނަމުންނެވެ.
ކުޅަނދު
18 January 2020
80 އަހަރުވީއިރު ކާފަ ހަމަޖެހިލައިގެން މިހާދުވަހު މިކަންކަން ކުރަމުންދިޔައީ ޑިމޮކްރަސީގެ ސަބަބުންތަ؟ އޭރާ މިހާރުގެ ތަފާތަކީ މިއަދު ޑިމޮކްރަސީގެ ސަބަބުން މީހުން މިވާހަކަތައް ސިއްރުނުކޮށް ދައްކާކަން އަދި އިންޓަނެޓްގެ ސަބަބުން ރާއްޖޭގެ ހުރިހާ ތަނެއްގަ ހިނގާ ހަބަރުތައްވެސް އާންމުންނާ ހަމަޔަށް ފަސޭހަކަމާއެކު އަންނަކަން. ކަނުބަނދެގެން ހުރެ ކަމެއް ނުހިނގާކަމަށް ހެދުނަސް އަދި އެކަން ނުހިނގާކަމަކަށް ނުވާނެ.
ސިއްދާލޭޕާ
18 January 2020
ސިދާތާ ޒިއްމާވާންޖެހެނީ ރޭޕްކުރުމުގައި ބައިބެރިވާތީއެއްނޫން. މައްސަލައަކަށްވަނީ މިކަހަލަ ކަންތައް އެތައްފަހަރަކު ހިގާފައި ވާއިރު ސިދާތާމެންނަށް އެކަންތައް ރަގަޅުކުރާނެ/ ރިޕޯޓްކުރާނެ ރަގަޅު ސިސްޓަމެއް ޤާއިމް ނުުކުރެވުން އެހެންނޫނީ ކުރަންނޭގުން. އެހެންވީމަ ރަގަޅުމީހަކަށް ފުރުސަތުދީ...އެއީ ޑިމޮކްރަސީގެ ރީތި އުސޫލު. ވަރައްސަލާމް.
ޝިޔާމް
18 January 2020
ކޮންމެ ފަހަރަކުވެސް ކަމެއްވާއިރަށް މަގުމައްޗައް ނުކުމެ ނޫނީ މީސްމީޑިޔާގައި އެކަމާއި ދެކޮޅަށް އަޑުއުފުލާފައި ދުވަސްކޮޅަކުން އެކަން ހަނދާން ނައްތާލީމާ އެނިމުނީ. އަނިޔާ ލިބުނު ބަޔަކަށް ލިބޭ އިންސާފެއް ނެތް. ﷲ ގެ ޝަރީއަތަކީ މިބައިމީހުންގެ ބުނާ ގޮތުން އަނިޔާވެރި ޝަރީއަތެއް. ލާހައުލަ ވަލާ ޤުއްވަތަ އިއްލާ ބިއްލާހި.
ހަކީމް
18 January 2020
ތިބޭކަނބަލިކީ ތިކަމަށް ކުފޫ ހަމަވާ މީހެއް ނޫން.
ޙިތްކުދިކުދި
18 January 2020
ޝިދާތާއެެއް ނޫން މީގަ މައްސަލައަކީ. ޝިދާތާ އުނގުގަ އިންދާތަ އެ މައުސޫމް ކުއްޖާގެ ޒިންދަގީ އެދުއްވާލީ؟ ބަފަޔާ، ކާފަޔާ މުނިކާފަގެ ފަރާތުން ނުލިބުނު ރައްކާތެރިކަމެއް ލިބޭނީ ދެން ވަކި ކާކުގެ ފަރާތުން. މިފަދަ ކަންކަން ކުރާ މީހުންނަށް ހައްޤު އަދަބު ނުދެވޭތީ ހުރިހާވެސް މައްސަލައަކީ. އާއްމުރައްޔިތުންނަށް އެނގެންޖެހޭ މި ކަހަލަ މުޖުރިމުން. އެހެން ކުދިންގެ ރައްކަލަށް މިފަދަ މީހުންގެ ލިސްޓް އާއްމުކޮށް ރައްޔިތުން ސަމާލުވާން އަންގަންޖެހޭ.
ރީފް
18 January 2020
ކަމާބެހޭފަރާތްތަކަށް މައްސަލަ ހުށަހަޅާ ރައްޔިތުންގޮސް ތިޔަކަހަލަ ކަންކމުގއި ކިތަންމެ ވަރަކަށަވެސް ..އެކަމަކު ކުރިއެރުން ނުލިބެނީ..ތިކުއްޖާގެވެސް މަންމފަރާތުމިހުން އެދަރި އެމީހުންނާ ހަވާލުކުރަން ބުނީމަ ބަފާ ގެންދިޔައީ..އެކަހަލަ މީހުން ނިކަން ބާރުގދަވާނެ މިގައުމުގައި
މޫސަ
18 January 2020
ސިދާތާގެ އިސްތިއުފާއަށް ގޮވަންޖެހެނީ ދެއަހަރުގެ ކުއްޖާ އާ ބަޔަކު ބެހުނީމައެއްނޫން. މިފަދަ ކަންކަމަށަ މަގުފަހިކޮށް ހުރި ދޮރުތައް އެއް އަހަރުވީއިރުވެސް ދެނަނުގަނެވުނީތީވެ. އޮރިޔާން ސައިޓްތަކަށް ނުވަދެވޭ ގޮތް ނުހެދި އެ ކަމަނާގެ ވަޒީރުކަމަށް އެއް އަހަރުވެފައިވާތީވެ. ޖެންޑަރ މިނިސްޓަރު ފިރިހެނުންގެ ހައްގުތައް ފޭރިގަނެފައިވާތީވެ
އެދައިތާ
18 January 2020
ސިދާތާ މިކަހަލަކޮންމެކަމެއްވާއިރައް މޮޅުވާހަކައެއް ދައްކާލާފަ ގެއްލޭނެ.