ކަނޑުހުޅުދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ހަސަން ދީދީ
17 ޖެނުއަރީ 2020 - 19:04
ދެ އަހަރުގެ ކުއްޖަކު ރޭޕްކުރި މައްސަލަ ބޮޑުވެފައިވާ ގއ. ކަނޑުހުޅުދޫގެ އިސް މެޖިސްޓްރޭޓްގެ ޖިންސީ ފުރައްސާރައިގެ މައްސަލައެއް ފުލުހުން ބަލަމުން އަންނަކަން "މިހާރު" އަށް އެނގިއްޖެ އެވެ.
މެޖިސްޓްރޭޓް ހަސަން ދީދީ ބަޔަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލަތަކެއް ބަލަމުން ދާތީ މިދިޔަ ޖުލައި މަހުން ފެށިގެން އޭނާ ވަނީ ސަސްޕެންޑް ކޮށްފަ އެވެ. ނަމަވެސް ބަލަމުން ދަނީ ކޮން މައްސަލައެއް ކަމެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނުބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ފަނޑިޔާރު މިދިޔަ އަހަރު ޖިންސީ ފުރައްސާރަ ކުރި މައްސަލައެއް ފުލުހުން މިހާރު ގެންދަނީ ތަހުގީގު ކުރަމުންނެވެ. ފުލުހުން ވެސް އެކަން ކަށަވަރު ކޮށްދެ އެވެ. ފުލުހުން ބުނީ، މާލޭގައި ހުންނަ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން އެފަދަ މައްސަލައެއް ބަލަމުންދާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
ޖިންސީ ގޯނާ ކުރުމުގެ އިތުރުން ކޯޓުގެ އަންހެން މުވައްޒަފުންނަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އެ ފަނޑިޔާރުގެ މައްޗަށް ތުހުމަތު ކުރެ އެވެ. އޭގެ ތެރޭގައި އެ މުވައްޒަފުންނަށް އޮރިޔާން ފިލްމު ދެއްކުން ފަދަ ކަންކަން ހިމެނެ އެވެ.
2 aharuge kujja rape kuri ekaku hayyaru koffi
The most trusted news source in the Maldives
Mihaaru
ރޭޕްގެ މައްސަލާގައި ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރު ކުރުން
ދެ އަހަރުގެ ކުޑަ އަންހެން ކުއްޖެއް ރޭޕްކުރި ކަމުގެ ތުހުމަތުގައި ކަނޑުހުޅުދޫން މިއަދު ވަނީ އެ ކުއްޖާގެ ކާފަ އާއި މުނި ކާފަ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރެއިން ކުއްޖާގެ ކާފައަކީ އެފަދަ ދެ މައްސަލައެއްގައި މީގެ ކުރިން ވެސް ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މީހެކެވެ. އެފަދަ މައްސަލައެއް މިހާރު ވެސް ނުނިމި ކަނޑުހުޅުދޫ ކޯޓުގައި އެބަ އޮތެވެ.
އެފަދަ ބޮޑެތި ތުހުމަތުތައް ކުރެވޭ މީހުން ތަކުރާރުކޮށް އެފަދަ ކުށްތައް ކުރަން މުޖުތަމައުއަށް ދޫވެފައިތިބޭތީ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް ޝުއޫރު ފާޅު ކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
Mariyam
18 January 2020
ހަސަން ނަޖީބުގެ މައްސަލަވެސް ބައްލަވައިދެއްވާ. އޭނާ އަކީވެސް ޤާޟީ ކަމުގެ ފައިދާ އެކި އެކި ގޮތް ގޮތުން ނަގާފައިވާ މީހެއް
ޥދެރަ
18 January 2020
ބަލާބެލުމަށް ވަރައް މެދުމިން ބާލާ އޮމާންކޮއްފަ ހުރީމަ ހީވެދާނެ ވަރައް ރަނގަޅު މީހެކޭ.
ހަކީމް
18 January 2020
ޖުލައި މަހުން ފެށިގެން ތަހްގީގް ކުރަނީ. މީ ދުނިޔޭގެ " ބޮޑު " ތަހުގީގުތަ ؟؟؟؟ ފުލިހުންވަނީ ބޮޑުތަނުން ފެއިލްވެފައި.
އެކޮއި
18 January 2020
މިކަހަލަ ކަންތަކައް ހާދަވަރުގަދަ ބައަކީމުދޯ ކަދުހުޅުދޫ މީހުންނަކީ ހަމައެރަށު މީހުނަން
ހައިރާން
17 January 2020
މިސަރުކާރުގެބޮލުގައި މިކަން އެޅުވެންއޮތްކަމުގައި އަހަރެން ޤަބޫލެއް ނުކުރާނަމެވެ. މިފަދަކަންތައް ރައީސް މައުމޫނުގެއިރުއްސުރެ ހިނގާކަމަކީ ޙަޤީޤަތެކެވެ. ހުރިހާކަމެއް ބޮޑުކާފާއި ކުޑަކާފާއި ގުޅި، ވެރިކަމާއިބެހެންނޫޅޭނަމަ، ކޮންމެކަމެއް ވަރިހަމަކޮށްލާފައިބޭއްވި ބޭއްވުމުގެނަތީޖާ މިހިރަފެންނަނީއެވެ! މިއަދު ޖަނަވާރަށްވުރެ މިމީސްމީހުން ދަށްވީވާހަކަ ވިދާޅުވެއްޖެއެވެ. އެދިގު 30 އަހަރުގައި ނުކުރެވިއޮތް އިސްލާޙެއް އަހަރަކުން ކުރެވޭނެ؟ ރަޖަމުކުރޭ! ތިކަންނިމުނީ!
އިންސާފުބޭނުން
17 January 2020
ދެން ކިހިނެތް މިގައުމުގަ އިންސާފުލިބޭނީ..
ޙަމް
17 January 2020
ސަރުކާރު 5 ކައުންސެލަރުން މުސާރަ ދީފަ ބައިތިއްބަނީ ނިދަންތަ
ތިމަންނަ
17 January 2020
ތިޔަ ރަށުގެ ނަން މިހާރުން މިހާރަށް ބަދަލުކޮށް ފިރިހެނުން ހޯޖާ ކުރަން ފެނޭ ،
ދަތްނެތްކުއްޖާ
17 January 2020
ސަހަރޯ! އެދުންވެރިކަން ހައްދުން ނައްޓާފައިވާ ރަށެއް ދޮތަ ތިޔައީ! ހާދަހާ ނުރައްކަލޭ ތި ރަށުގެ ރައްޔިތުން ދޮތަ!
ދޮންވެލި
17 January 2020
ވެރިކަމަށް އަހަރު ވީ އިރު މެޖިސްޓްރޭޓް މައްސަލަ މިއޮތީ ހައްލު ނުވެ އެވެ. ދެން ރަށުގެ މައްސަލަ ތަކައް ވާނެ ގޮތް ވިސްނާލާ ށެވެ.