ޚަބަރު / މަޖިލީހުގެ މާލިއްޔަތު ކޮމިޓީ

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި ޓީއެމްއޭ މަޖިލީހުގެ ކޮމިޓީ އަށް

މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމެއް ކުރިއަށްދަނީ: މި ކޮމިޓީ އަށް ޓީއެމްއޭ މިއަދު ހާޒިރުކުރާ ގޮތަށް ވަނީ ހަމަޖައްސާފައި.--ފޮޓޯ/މަޖިލިސް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްމެނީ (އެމްއޭސީއެލް) އިން 55 މިލިއަން ޑޮލަރު (849 މިލިއަން ރުފިޔާ) ހޭދަކޮށްގެން ހަދާ ސީ ޕްލޭން ޓާމިނަލް ކުއްޔަށް ދޫކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ މައްސަލައިގައި ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)އާ މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމައިފި އެވެ.

ޓީއެމްއޭއާ އެކު މަޝްވަރާކުރާ ކޮމިޓީ ބާއްވަން ތާވަލްކޮށްފައި ވަނީ މިއަދު މެންދުރުފަހު 3:30 އަށެވެ.

އެމްއޭސީއެލް އާއި ޓީއެމްއޭ އިން ކުރިން ވާހަކަ ދެކެވި އެއްބަސްވުމެއް އެކުލަވާލުމާ ހަމައަށް ދިޔައީ ޓާމިނަލްގެ ބޮޑު ބައެއް ކުޑަ އަގެއްގައި ޓީއެމްއޭއާ ހަވާލުކުރާ ގޮތަށެވެ. މިކަމުގައި ކަންބޮޑުވުން ފާޅުކޮށް، ސަރުކާރަށް ބޮޑެތި ފާޑުކިއުންތަކެއް އަމާޒުވެފައި ވަނިކޮށް، އާ ސީޕްލޭން ޓާމިނަލުން ޖާގަ ދިނުމުގައި އަމަލު ކުރާނެ ގޮތް ސަރުކާރުން ވަނީ ކަނޑައަޅައި އުސޫލުތައް އާންމުކޮށްފަ އެވެ.

ސަރުކާރުގެ ނިންމުމަކީ، ޓީއެމްއޭ އާއި މަންޓާއަށް މިހާރު ދީފައިވާ ޖާގައަށްވާ ވަރުގެ ސަރަހައްދެއް، އެއް އަގެއްގައި އާ ޓާމިނަލުން ދެ އަހަރުގެ މުއްދަތަކަށް ދިނުމެވެ. ސީޕްލޭން އޮޕަރޭޓަރުން އިތުރު ޖާގަ ބޭނުން ނަމަ ޖެހޭނީ، އޮންނަ އުސޫލުގެ ތެރެއިން މާކެޓު ރޭޓުގައި ނަގާށެވެ.

ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން ނިންމުންތައް ނިންމުމުގައި ބަލާފައި ވާނީ އެމްއޭސީއެލަށް ލިބެން އޮތް އާމްދަނީ އިތުރު ކުރެވޭނެ ގޮތަކަށް އަމަލުކުރުމާ އެކު، ފަތުރުވެރިކަމުގެ ސިނާއަތުގެ ކުރިއެރުމަށް ސީޕްލޭން އޮޕަރޭޓަރުން މިހާރު ވެސް ކުރަމުން ގެންދާ މަސައްކަތަށް މަގުފަހިވާނެ ގޮތަކަށެވެ. ޓީއެމްއޭ އާއި މަންޓާ އަށް ޖާގަ ދިނުމަށް ފަހު، ބާކީ ހުރި ޖާގަތައް، ބީލަމުގެ އުސޫލުން އެމްއޭސީއެލުން ހުޅުވާލެ ކަމަށް ބަޔާނުގައި ވެ އެވެ.

ޓީއެމްއޭގެ ސީޕްލޭނެއް ރިސޯޓުގައި ޕާކުކޮށްފައި. -- މިހާރު ފޮޓޯ: ހުސައިން ވަހީދު

މީގެ އިތުރުން ދެ އަހަރަށް ފަހު، އާ ސީޕްލޭން ޓާމިނަލުގެ މުޅި އޮޕަރޭޝަނާ އެމްއޭސީއެލުން ހަވާލުވެ، މާކެޓު ރޭޓުގައި ތަނުގެ ޖާގަ ދޫކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ސީޕްލޭން ޓާމިނަލްގެ ކޮންޓްރޯލް ޓީއެމްއޭ އަށް ދޫކޮށްލަން އުޅުނު މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ބަލައި އޮޑިޓަ ޖެނެރަލަށް ހުށަހަޅައިގެން ޚާއްސަ އޮޑިޓެއް ކުރި އެވެ. އެ އޮޑިޓުގައިވާ ގޮތުން މާކެޓް އަގަށް ވުރެ ކުޑަކޮށް ޓީއެމްއޭއަށް ދީފި ނަމަ، އަހަރަކު 41 މިލިއަން ޑޮލަރު (632 މިލިއަން ރުފިޔާ)ގެ އާމްދަނީއެއް އެމްއޭސީއެލް އަށް ގެއްލޭނެ އެވެ.

އޮޑިޓުން ފެންނަން އޮތް ގޮތުގައި، ވަކިވަކި ސީ ޕްލޭން އޮޕަރޭޓަރުންނާ އެމްއޭސީއެލް އިން މަޝްވަރާކޮށްފައިވާ އަގުތަކުގައި އެތަން ދޫކޮށްފި ނަމަ އަހަރަކު އެ ކުންފުންޏަށް ލިބޭނީ 5.6 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 86.5 މިލިއަން ރުފިޔާ) އެވެ. އެކަމަކު، އެމްއޭސީއެލް އިން އިންޓަނޭޝަނަލް ޓާމިނަލް ސަރަހައްދުން އޮފީސް ހިންގުމަށާއި ޓޫރިސްޓުންނަށް ލައުންޖް ހަދަން ބިން ދޫކޮށްފައިވާ ރޭޓަށް އާ ސީ ޕްލޭން ޓާމިނަލް އިން ޖާގަ ދީފި ނަމަ އަހަރެއްގެ ތެރޭގައި އެމްއޭސީއެލް އަށް 47 މިލިއަން ޑޮލަރު (726 މިލިއަން ރުފިޔާ) ލިބޭނެ ކަަމަށް އޮޑިޓުގައި ލަފާކޮށްފައިވެ އެވެ.

2 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 6%
icon angry icon angry 13%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޖަހަންގީރު

11 February 2020

ކީއްކުރަންތޯ ޓީއެމްއޭ ކޮމިޓީއަށް ތިގެންދަނީ؟ އެމްއޭސީއެލް އެއް ނޫންތޯ ތިޔަ ކޮމިޓީ އަށް ގެންދަންޖެހޭނީ. ކޮމެޓީންވެސް ތިއުޅެނީ ޓީއެމްއޭއަށް ގެއްލުމެއްވެދާނެތީ އެމީހުންނަށް ބޮޑު ފައިދާ ހޯދާ ދެވޭނެ ގޮތަށް މަގުފަހިކުރަންއުތަ؟ ކޮންމެހެން ދައުލަތަށް ލިބިދާނެ ގެއްލުމަކުން ދައުލަތް ސަލާމަތްކުރާކަށް ނޫންދޮތަ؟ އެހެން ވީއިރު އެޖެންޑާ 19 ތަފާތު މިވީ ކޮންގޮތަކުންތޯ؟

The name is already taken The name is available. Register?

ނަން

11 February 2020

ޓީއެމްއޭ އޮޕަރޭޝަނަށް އޮފީސް ދިނުން ފިޔަވައި ޓާމިނަލް އެތެރެއިން އެންމެ އިންޗެއް ދިނުމަކީ ދިވެހިންގެ އަތުން ނަގާ ޓެކްސަށް ހިޔާނަތް ތެރިވުން. ރެސްޓޯރެންޓް، ރިސޯޓްތަކަށް ދޫކުރާ ލޮންޖު، ފިހާރަތައް، ޗެކިން، އެރޯޑޯމް ސައްވިސް، ގުރައަންޑް ސައްވިސް ދޭން ޖެހޭނީ އެމްއޭސީއެލް އިން، ޓީއެމް އޭ ސައްވިސް ފީއެއް ނެގުމަށް ފަހު. ތަންދޭން ޖެހޭނި މިހާރު އިންޓަނޭޝަނަލް އަދި ޑޮމެސްޓިކަށް ދީފަ ހުރި ގޮތަށް ތަށްށެވެ. ޓީއެމްއޭ ފައިދާ ހޯދަ ދޭކަށެއް ނޫން ތިތަން ހެދީކީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454