ނަޝީދުގެ ވަކީލުންގެ ގޮތުގަައި ކުރިން މަސައްކަތްކުރި ޖެރެޑް ޖެންސާ (މ): އެމަނިކުފާނުގެ ވަކީލަކަށް މިހާރު މަސައްކަތް ނުކުރައްވާ ކަމަށް ޖެރެޑް ވިދާޅުވި
14 ފެބުރުއަރީ 2020 - 15:09
ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) ގެ ބޮޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ ވަކީލެއްގެ ގޮތުގައި އުޅުއްވި ނަމަވެސް އޭނާ އަކީ މިހާރު ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލެއް ނޫން ކަމަށް ޖެރަޑް ޖެންސާ އަކީ މިއަދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ހަދާ ސީޕްލޭން ޓާމިނަލްގެ ބައެއް ޓީއެމްއޭ އަށް ދިނުމާ މެދު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ކޮށްފައިވާ މުއާމަލާތްތަކާ ގުޅިގެން އަވަސް ހައްލެއް ނުހޯދައިފި ނަމަ، ޓީއެމްއޭއަށް ބަދަލު ދޭންޖެހިދާނެ ކަމަށް ނަޝީދު ދާދި ފަހުން ވަނީ ވިދާޅުވެފަ އެވެ.
އަދި ނަޝީދުގެ ބައިނަލްއަގްވާމީ ވަކީލުންގެ ޓީމުގައި މަސައްކަތް ކުރެއްވި ޖެރަޑް އަކީ ޓީއެމްއޭގެ ބޮޑު ހިއްސާ އޮންނަ ކޮންސޯޓިއަމްގެ މައި ކުންފުނި ކަމަށްވާ ބެއިންގެ ވަކީލެއް ކަން ވަނީ ހާމަވެފަ އެވެ.
އެކަމާ ގުޅިގެން، ޖެރެޑް ކުރެއްވި ޓްވީޓެއްގައި ވަނީ ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި ނަޝީދު ހުންނެވިއިރު އަދި ޖޫން، 2018 އާ ހަމައަށް އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ލިބުނު ފަހުރެއް ކަމަށެވެ. އަދި އެމަނިކުފާނުގެ ވަކީލެއްގެ ގޮތުގައި އޭނާ މަސައްކަތް ނުކުރާތާ މިހާރު ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާ ކަމަށް ވެސް ޖެރެޑްގެ ޓްވީޓްގައިވެ އެވެ.
އޭނާގެ އެ ޓުވީޓާ ގުޅިގެން ބައެއް މީހުން ވަނީ ރައްދު ދީ، ފާޑުކިޔައިފަ އެވެ. އެގޮތުން، ނަޝީދުގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރި މުއްދަތު މުހިންމެއް ނޫން ކަމަށާއި މައްސަލަ އަކީ ޖެރެޑް އާއި ނަޝީދާ ދެމެދު އޮތް ގުޅުމާއި އެމްއޭސީއެލް އާއި ޓީއެމްއާ ދެމެދު "ޑީލް" ހެދުމުގައި ޖެރެޑްގެ ދައުރު ކަމަށް ބައެއް މީހުން ބުނެފައި ވެ އެވެ.
Contrary to inaccurate reports in the Maldivian media, while I was proud to serve as pro bono counsel to Raees @mohamednasheed during his time as a political prisoner and through to June 2018, I have not been his lawyer for more than a year-and-a-half. @Mihaarunews
— Jared Genser (@JaredGenser) February 13, 2020
ޖެރެޑްގެ ޓްވީޓް
ޓެރަރިޒަމްގެ ކުށުގައި ނަޝީދަށް އިއްވި 13 އަހަރުގެ ޖަލު ހުކުމާ ގުޅިގެން އެކުލަވައިލި ޓީމުގައި ޖެރެޑްގެ އިތުރުން އެހެން ދެ ވަކީލަކު ވެސް ބައިވެރިވި އެވެ.
ސީޕްލޭން ޓާމިނަލް، ޓީއެމްއޭ އަށް ދޭން އުޅުނީ ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ބުނެ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވަނީ ޖިނާއީ ތަހުގީގެއް ފަށައިފަ އެވެ. އޭސީސީން ބުނެފައިވާ ގޮތުގައި އެގޮތަށް އަމަލު ކޮށްފި ނަމަ ދައުލަތަށް އަހަރަކު 55 މިލިއަން ޑޮލަރުގެ ގެއްލުންވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާބާ
15 February 2020
ނަޝީދުގެ މައްސަލައެެއް އެބައޮތްތަ މިހާރު.
ނަންނުކިޔާ
14 February 2020
ނަޝީދުގެ ވަކީލުކަމެއް ނުން. ޢަބަދުވެސް ދިވެހި ދައުލަތާ ދެކޮޅަށް ވަކާލުތުކުރުމުގަ؟. ޢޭރުވެސް މިހާރުވެސް؟
ޔާންޓޭ
14 February 2020
ނަޝީދު ނުވެސް ދައްނަމެއްނު. އެނަންކިޔާ އަޑުވެސް ނަހަމެއްނު! މިއީގުބޯލުންތަ؟ ދޮގާއި އޮޅުވާލުމާއި ވައްކަމާ ދެކޮޅު
ޖެރެޑް
14 February 2020
ނަޝީދޭ؟ ނަޝީދު ކިޔާމީހެއް ނުދަންނަން. އެކަމަކު އެލެކްސްކިޔާމީހެއް ދަންނަން.
އައްލާބެ
14 February 2020
މިހާރު ކުރާކައް ނުޖެހޭނެނު މިހާރު އެހެރީ މިނިވަން ވެފައި ބަލަ ކަނބުލޮ ހީކުރަނީ މިގައުމުގެ އެންމެންނަކީވެސް މޮޔައިން ކަމައްތަ ތިޔަ މަސައް ކަތުންނާ ވާހަކަތަކުން މިއިނގެނީ މިހާރު ތިޔަ އަތުލާން ތިޔަ އުޅެނީ ކަނބުލޮ ކުރި މަސައްކަތުގެ އުޖޫރަ ޓީއެމްއޭގެ ނަމުގައި ވެދުން ވައްސަލާމް
ާޢަލީ
14 February 2020
ކަލޯ ގަމާރާ އެތާހުރި ބޭރު ފިރިހެން މީހާގެ ވާހަކައޭ އެ އޮތީ. ފޮޓޯ ބަލާފަ ކޮމެންޓް ނުކޮށްބަލަ
ކަރީޕައުޑަރ
14 February 2020
އިންވެސްޓަރ ކޮންފިޑެންސް ރާއްޖޭގައި ދަމަހައްޓަން ކުރަން ޖެހޭނެ ކަަމަކީ ދިސް ކޭންބީ ދަ ސެންސް މޭކިންގް މިވާހަކައިން ދޭހަވަނީ މީވެސް ބައި އަޅާމީހެއްހެން ކާކުބުނެގެންތަ މިގައުމައް އައީ އެމީހުންގެ އަމިއްލައެދުމައް ރުފިޔާހޯދަން ދުނިޔޭގައި މިނޫން ގައުމެއްނެތީތަ ސީޕުލޭން އޮޕެރޭޓް ކުރަން މިގައުމައް އައީ ފަސޭހަކަމާ އެކުބޭނުން ގޮތެއް ހެދޭނެކަމައް
ބުނިތަ
14 February 2020
ވަކީލެއްގެ ގޮތުގައި މަސައްކަތް ނުކުރާކަން އެންމެންނަށްވެސް އެނގޭނެ. މީން ދުވަހަކު އެއްވެސް ގޮތަކަށް ވާހަކަ ނުދައްކަމޭ ނޫނީ ދިމާނުވެއޭ ނޫނީ ރާއްޖެވެސް ނާންނަމޭ ކީއްވެބާ ނުބުނެވުނީ؟
ޥަޒަން
14 February 2020
ނާޝީދުގެ ގާނޫނީ ވަކީލަކަށް އުޅުނު ނަޝިދުގެ މިތުރު އެއީ ޓީއެމްއޭގެ ފަރާތުން ވަކާލާތުކުރާ ފަރާތެއް ނަުންކަމަކަކަށް ނުބުނޭ ދޯ
ފެނުކައްކާބޮލި
14 February 2020
ކުރިޔަސް ނުކުރިޔަސް ހެވޭ. ލަޑަޔާވާނީ ލަޑަޔާކަން ދިވެހިން ދަނޭ.
ބުޅާ
14 February 2020
ޓީއެމްއޭ 500މިލިޔަން ޑޮލަރަށް ވިއްކާލައިގެން ބުލެކްސުޓޯންގެ އިންޑިޔާ ގޮފީގެ މީހުންނަށް ބޯނަސް ބެހިކަން ތިކުދިންނަށް އެގޭތޯ. ކުންފުނީގަ ނެތް އަގަކަށް ކުންފުނި ވެލިޔުކުރީ ފައުޒީމެން އޮޑިޓަރުން ގަނެލާގެން. ދެން ފާޑެއްގެ ސިޓީއެއް މިދެނީ ވެލެއުވޭސަންގެ ސަޕޯޓިން ޑޮކިއުމަންޓަށް.
މިލިޓަރީ
14 February 2020
މި ސަރުކަރު އައިފަހުން ރާއްޖެއަ ވަނީ ގެއްލުން ރިޒާވް ދަނީ މަދުވަމުން.
ވަގުން ހިފާ
14 February 2020
އަނެއްކާ އަނެއް ދޮގުފުޅު