ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލީހުގެ ރިޔާސަތުގައި. -- ފޮޓޯ: މަޖިލިސް
19 ފެބުރުއަރީ 2020 - 11:57
ސަރުކާރުން ރައްޔިތުންގެ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލުތައް ހުރީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ މެނިފެސްޓޯގައިވާ އަމާޒުތަކާ އެއްގޮތަކަށް ނޫން ކަމަށާއި އެއީ އަންޒަމާނު ކަރަޔަށް ވައި އެރި ޒަމާނުގެ އެއްޗެހި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ އެޖެންޑާ އިއްވެވުމަށް ފަހު ނަޝީދު ވިދާޅުވީ މިހާތަނަށް ފޮނުވާފައި އޮތް 56 ބިލަކީ ބޭރުގެ ޕްރެޝާ ބޮޑުވުމުން ސަރުކާރުތަކުން "ބަހަނާ ދެއްކުމުގެ ގޮތުުން" ކޮށްފައި ހުރި މަސައްކަތްތަކެއް ކަމަށެވެ. އެ ބިލްތަކަކީ ފުރިހަމަ މަސައްކަތްތަކެއް ނޫން ކަމަށާއި އެއީ ހަމަ އެކަނި ސުރުހީތަކެއް ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ދިވެހިން އެދެނީ އެ ބަހަނާތަކެއް ނޫން. އެކަން ކުރުމަށް. އެހެންވީމާ ހުށަހަޅުއްވާފައި، ސަރުކާރުން ހުށަހަޅުއްވާފައިވާ ބިލްތަކަކީ އެއްވެސް ހާލެއްގައި ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ މެނިފެސްޓޯގެ އަމާޒުތައް ސީދާ ގޮތުގައި ފާހަގަވާ ބިލުތަކެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން ފޮނުވި ބިލްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ނަޝީދު ވަނީ އެއީ ގާތްގަނޑަކަށް 1980ގެ އަހަރުތަކުން ސުރެ އެކި ވުޒާރާތަކުގައި ހުރި ބިލްތަކެއް ކަމަށާއި އެހެންވީމާ އެ ބިލްތަކާ މެދު މިއަދުގެ ޒުވާން ރައްޔިތުން ފާޑުކިޔާނެ ކަަން އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވެފަ އެވެ.
"އަޅުގަނޑު އެކަން ބަލައިވެސް ގަންނަން. އެހެން ނަމަވެސް އެހުރިހާ ރައްޔިތުންނަށް ވެސް އަޅުގަަނޑު ސާފުކޮށްދޭން ބޭނުންވާ ކަމަކީ، މި ބިލްތަކަކީ އަންޒަމާނުކަރަޔަށް ވައި އެރި އިރުގެ ތަކެތިކަމަށް،" އެމަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން ބިލްތައް ރަނގަޅަށް އެކުލަވައި ނުލެވޭނެ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވީ އެކަމުގެ ވަސީލަތްތައް ނެތުން ކަމަށެވެ. ބިލްތަކަށް ބޭނުންވާ މަޝްވަރާ ހޯދައި މީހުންނާ ވާހަކަ ދައްކަން ބޭނުންވާ ވަސީލަތްތައް ހުރީ ވެސް މަޖިލީހުގައި ކަމަށް ނަޝީދު ވިދާޅުވި އެވެ. އެހެން އެކަން އޮއްވައި މަޖިލީހުން ކުރާ މަސައްކަތް (ސަރުކާރުން) ނަކަލު ކުރަން އުޅުމަކީ މާބޮޑު ބޭނުންތެރިކަމެއް ނޫން ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
"ބިލަކާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް އޮންނަ މަޖިލީހަކީ މިއީ. ގާނުނު ހެދުމުގެ އެންމެހާ ކަންކަން ކުރާން އޮންނަ މަޖިލީހަކީ މިއީ. މިތަނުގައި ހޯލްތައް ވެސް ހުރީ. މިތަނުގައި މައިކްތައް ވެސް ހުރީ. މިތަނުގައި އިންތިޒާމެއް ވެސް ހަމަޖެހިފައި އޮތީ، ރާއްޖޭގެ އެކިއެކި ތަންތަނުން މީހުން ގެނެސްގެން ހިޔާލު ހޯދައި މަޝްވަރާކޮށް ހެދުމަށް. ރާއްޖޭގެ އެހެން ތަނެއްގައެއް މި އިންތިޒާމްތަކެއް ނުހުންނާނެ،" ނަޝީދު ވިދާޅުވި އެވެ.
ގާނޫނުތަކުގެ ދެލި ކޮޕީ ނުވަތަ ބިލްތައް ހެދުމަކީ މަޖިލީހުން ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ނަޝީދު މިދިޔަ އަަހަރުވެސް ވިދާޅުވި އެވެ. މަޖިލީހުގެ ކޮމިޓީތަކުން ބިލްތައް ޑްރާފްޓް ކުރަން އެ މަނިކުފާނު އޭރު މެމްބަރުންނަށް ލަފާ ވެސް ދެއްވި އެވެ. އަދި އެފަދަ ބައެއް މަސައްކަތްތައް އޭރު ކޮމިޓީތަކުން ފަށަން ވެސް ފެށި އެވެ. އެކަމަކު ފަހުން އެކަން ކުރިއަކަށް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވާނުވާ.
21 February 2020
ކަމެއްކުރަން ދަންނަ މީހެކޭނެތީ ތިތާ.އެނގޭނީ ބާޒާރުމަތީ ބަހުރުވައިން ހަޅޭލެެެެެެެެވުމާއި މީހުންގެ މަސްްްްްްކާން.
ބޮލި މުލައް
20 February 2020
ހަހަހަހާ ރީތިބަހުން އިބޫއަށް މަލާމާތްކޮށްލީނު
ޚާލި
20 February 2020
ދިވެހި ރައްޔިތުން އަތުން ރައްޔިތުކަން ނެގޭނެ ޤާނޫނެއް ހަދަންވީ. މީނަ ދިވެހި ޤައު މުން ބޭރުކުރަން!
ކަލޯގަޔާ
20 February 2020
އަންޒަމާނޭ ކިޔާނެ ކަމެއްނެއް ކަލޭދެކެ މިހާރުމިހާރު މީހުން ފޫހިވާން ފަށާފި މައުމޫނައް ވުރެކަލޭގެ ހާލަތު ދޢްވާނެ މިހާރު ކޮޅުމަތި ފެންނަން ފަށާފި
ހަން
19 February 2020
އަންޒަމާނެއް އެހެންޒަމާނެއް ކިޔާނެކަމެއް ނެތް ދެން އޮންނަ ރިޔާސީ އިންތިހާބަކުން ﷲ އިރާދަ ކުރެއްވިއްޔާ އެކަން ފެންނާނެ! ލައްކަ ކެއް ކޮށްފިން އެއްޗެއް ނުބުނެ ވޭތޯ. އެކަމު މަނިކުފާނު ތިހީކުރާހާ ތާއީދެއްް މިހާރަކު ނެތް އިނގޭތޯ.. ހޯހޯ
ބޯހަލާކު.
21 February 2020
އިންތިޚާބެއް ބޭއްވިއްޔާތާ! ހުރިހާ ކަމެއް ބަދަލު ކުރެވޭނެ ބާރުއޮތީ ދީފަ. ދެން ލަލަލާ!
ނޫސް ބަލާމީހާ
19 February 2020
އަންޒަމާނުކަރަޔަށް ވައިއަރާފައި ވަނިކޮށް. ވެރިކަން ތިޔައޮތީ މުށުތެރެއަށް ވަދެފައި. މިވައި ފައިބައިގެންދާއިރު ދައުލަތުގެ މުދަލަށްވާގޮތަކާއި ރައްޔިތުންތިބޭނެގޮތުގެ ރަސައްވަރު މިހާރުވެސް ކުރެވިއްޖެ. ފަންހޮޅިއެއްގެ ތެރެއިންވެސް އާންމުރައްޔިތަކަށް ލުޔެއްލިބޭނެމަގެއް އޮތީވިއްޔާވެސް ފިއްތަމުންގެންދަނީ. ރައްޔިތުންނަކީ ޓާކޫރުންގެ އަޅުންނަށްހަދާނެ. ރައްޔިތުންނަށް ދެއްކިދަޅަތައް ވައިފޭބީމާ އެދަނީވަޅުވަންނަމުން. ޤައުމުގެ ވެރިޔަކީކާކުކަންވެސް ނޭނގޭވަރުވެއްޖެ
ޝޮކްތެރަޕީ
19 February 2020
މި ސަރުކާރަކަ ރާއްޖެ ތަރައްގީއެއް ނުކުރެވޭނެ.
Ahmed
19 February 2020
ލިޔުމެއް ލިޔާއިރު ސުރުހީ އާއި ގުޅުންހުރި މަޢޫލޫޟާތުތައް ހިމަނުއްވެވީމަ ނޫންތޯ ކިޔުންތެރިންނަށް އެނގޭނީ. ބިލްތަކުގެ ވާޙަކަ ލިޔެލިނަމަ ވަރަށް ފުރިހަމަވާނެކަން ޔަގީން. ސިވިލްސާރވަންޓުންގެ ބިލް އެއްހެދި 210 ގައި. އިސްލާހެއްވެސް ގެނައި 2014ގައި. އަސްލު ބުނަންއޮތީ ޕެންޝަން ހައްޣުވާ މީހުންނަށް އެފައިސާ ދޫނުކުރާގޮތަށާއި، މުސާރަޢާއި އިނާޔަތޭކިޔާފަ އޮނިގަނޑެއްވެސް ހެއްދެވިކަން. އެކަންކަން ކުރެއްވެވީ އެއްވެސް ވިސްނުމެއް ދިރާސާއެއްވެސް ނުކުރައްވަވާ.
ކޮރަލް
19 February 2020
ފުރތަމަ ގާނޫނެއް ހަދަން ޖެހެނި މަޖްލިސް ރައީސް އަށެވެ. އޭނަ ގާނޫނާ ހިލާފައް މާގިނަ އިރު މާ ގިނަ ވާހަކަ މަޖްލިސް ރައީސް ގެ ގޮނޑީގަ އިނދެގެން ދައްކާތީ އެވެ. ބަހުސް ގަ ބައިވެރި ވާތީ އެވެ.
ހިޝާމު
19 February 2020
ބުނަބަލަ ތަންކޮޅެއް ރީއްޗަށް ބާރުތައް ތިމަންނަ ނޫން މީހަކަށް ލިބިފައި އޮވެގެން ނުވާނޭ.