ރައްޔިތުންގެ މަޖިލިހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު. --- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 އޮކްޓޯބަރ 2019 - 12:52
ގާނޫނު ހެދުމުގެ އެންމެހައި ކަންކަން ކުރުމުގެ ބާރު ގާނޫނުއަސާސީގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ވެސް ލިބިފައިވާ ކަމަށާއި މަޖިލީހުގެ ކޮމިޓީތަކުގައި ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ، އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވަނީ މި ދައުރުގެ ތެރޭގައި 20 ބިލެއް އެ ޕާޓީގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ބޭނުންވާ ކަމަށް ބަޔާންކޮށް ނަޝީދަށް ސިޓީއެއް ފޮނުއްވައިފަ އެވެ. އަދި ނަޝީދު ވަނީ ކަމާ ގުޅޭ ކޮމިޓީތަކަށް ސިޓީފުޅުތަކެއް ފޮނުއްވައި ކޮމިޓީތަކުގެ މެމްބަރުން ބިލްތަކުގެ މަސައްކަތް ދެ ހަފްތާ ތެރޭގައި ފުރިހަމަކޮށް ނިންމައި ދިނުމަށް އެދިވަޑައިގެންފަ އެވެ.
މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމްގެ ސިޓީއާ ގުޅިގެން ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، މަޖިލިހުގެ ގަވައިދުގައި ސިޔާސީ ޕާޓީތަކަށް ބިލް ހުށަހެޅޭ ގޮތާއި އެ ބިލްތަކުގެ މަސައްކަތް މަޖިލިހުގައި ހިންގޭ ގޮތް ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑު މަސައްކަތް ކުރަމުން މި ގެންދަނީ ގާނޫނުއަސާސީގެ ރޫހާ އެއްގޮތައް ގާނޫނުއަސާސީ ތަންފީޒު ކުރަން." ތިން އަހަރެއްހާ ދުވަހު ރާއްޖޭގެ ވެރިކަން ކުރެއްވި ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވި ގޮތުގައި އިދާރާއަކަށް އެމަނިކުފާނު ކަމެއް ހުށަހެޅުއްވީމާ ދެން އޮންނަ އިޖުރާއަތަކީ އެ މައްސަލައެއް ކަމާ ގުޅޭ ކޮމިޓީއަކަށް ފޮނުވުމެވެ. އެކަމަކު އެމްޑީޕީގެ ފަރާތުން ފޮނުވާފައިވާ ބިލްތަކުގެ ތެރޭގައި ސިޔާސީ ޕާޓީއަކަށް ނެހެދޭނެ ދެ ބިލެއް ވާ ކަމަށް އެ ޕާޓީގެ ރައީސްކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވި އެވެ.
އެއީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި ވަޒީފާ ހޯދަން މަސައްކަތް ކުރާ މީހުންނަށް އެލަވަންސެއް ދިނުމާ ބެހޭ ބިލެވެ. މަޖިލިހުގެ ގަވައިދުގައިވާ ގޮތުން ޓެކުހާއި ފައިސާ އިތުރުކުރުމާ ގުޅޭ ބިލުތައް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅޭނީ ސަރުކާރަށް އެކަންޏެވެ.
ނަޝީދު ވިދާޅުވީ ސިޔާސީ ޕާޓީތަކަށް މަޖިލިހަށް ބިލްތައް ހުށަހެޅޭ ގޮތަށް ގަވައިދުގައި ލިޔެފައި ވަނީ މަޖިލިހުގެ އަޣުލަބިއްޔަތު ނޯންނަ ރައީސެއް ހުންނަ ހާލަތުގައި ގާނޫނު ހެދުމަށް ފަސޭހަ ކުރުމުގެ ގޮތުން ކަމަށެވެ. އަދި މަޖިލީހުގައި އަޣުލަބިއްޔަތު އޮންނަ ޕާޓީއެއްގެ ރައީސަކު ވެރިކަމުގައި ހުންނަ ހާލަތުގައި ސަރުކާރުން މަޖިލީހަށް ބިލް ހުށަހަޅަން ޖެހެނީ އެ ބޭފުޅާގެ ޕާޓީ މެދުވެރިކޮށް ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެހެންވެ، މަޖިލީހުން ބިލްތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ކޮމިޓީތަކަށް އަންގާފައިވާނެ ކަމަށާއި އެކަން ކުރިއަށް ދާނީ ސަރުކާރުގެ ކަމާ ގުޅުން ހުރި ވަޒީރުންނާއި ބަންޑާރަ ނައިބުގެ ވެސް އެހީތެރިކަމާ އެކު ކަމަށް ނަޝީދު ވިދާޅުވި އެވެ.
މަޖިލީހުގެ ދާއިމީ ކޮމިޓީތަކުން ވަނީ ބިލުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަބް ކޮމިޓީތައް އެކުލަވާލައި އެކަން ފަށައިފަ އެވެ. މީގެ ކުރިން ސަރުކާރުގެ ފަރާތުން ހުށަހަޅާ ބިލުތައް ބަންޑާރަ ނައިބުގެ ފަރާތުން ހުށަހެޅި ނަމަވެސް މަޖިލިހުން އެ މަސައްކަތް ފެށި ސަބަބެއް އަދި ނޭނގެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަބަރު
10 October 2019
އެމްޑީޕީ އަށް މަޖިލިހުގެ އަޣްލަބިއްޔަތު ދިނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވަޢުދުތައް ފުއްދަން މަގުކޮށާ ދިނުމަށް. އެކަން ކުރެވޭތޯ ބަލާ. އެންމެ ބޮޑު ވަޢުދަކީ އަދުލުއިންސާފު ގާއިމުކުރުން. އަދުލުވެރިކަން ގެއްލިއްޖެ ތަނެއް ކުރިނައަރާނެ. ބަޔަކު އެއްޖަމާއަތަކަށްވެގެން މިނިވަން ދައުލަތެެއް ގާއިމުކުރަނީވެސް އަދުލުލިބިގަތުމަށް. މިނިވަންކަމުގެ ތަސައްވުރު އަދުލާނުލާ ނުކުރެވޭނެ.
ޞާލިޙެއް
10 October 2019
މިހާރު ސަރުކާރު ހިންގަނީ މަޖިލީހުންބާ، ނުވަތަ ރައީސުލްޖުމްހޫރިއްޔާބާ؟ އިބްރާހީމް މުޙައްމަދު ޞާލިހަށް ފިޔަވަޅެއް އަޅާނެ ފުރުސަތުވެސް ނުދީ ނަޝީދު އޭނާގެ ބާރު ދައްކަނީ. މިކަން ބަލައެއް ނުގަނެވޭނެ. ޔާމީނާ ބައިއަތު ހިފައިގެން ރައީސް ޞާލިޙުގެ ވެރިކަން ދިފާޢުކުރުން ކަމަށް ވާނަމަ އެކަމަށްވެސް އަހަރެމެން ޞާލިޙު ސަޕޯޓަރުން މިތިބީ ތައްޔާރަށް. މި އުނދަގުލުން ގައުމު ސަލާމަތްކުރާން އެބަޖެހޭ. ޔާﷲ. ނަޝީދުގެ އުނދަގުލުން މިގައުމު ސަލާމަތްކޮށްދެއްވާންދޭވެ!. އާމީން
ހަކީމް
09 October 2019
ކުޢްޓީ ނަޝީދު މިކަމާ ހިތާމަ ކުރާނެ .. އަހަރަކު އެތަށް މިލިޔަން އެބޭފުޅާނެ ލޯފާރމުން ނަގަމުން އައި ކަމެއް ....
ނަފޫ
09 October 2019
ވަރަށް ކޯފާ ވެފައި އިންނެވި ފޮޓޯއެކެވެ.
މުހައްމާ
09 October 2019
މަޖިލީހަށް ހުށަހަޅަންޖެހޭ ބިލްތައް އެކުލަވައިލައި ހުށަހެޅުމަކީ މަޖިލީހުގެ މަސްއޫލިއްޔަތެއް ނޫން. މަޖިލީހުން ކުރަންޖެހޭ ކަމަކީ ހުށަހެޅޭ ބިލުތައް ބަލައި ފާސްކޮށްދޭނީތޯ ނުވަތަ ނޫންތޯ މަޖިލީހަށް ފެންނަން ގޮތަކަށް ނިންމުން. ދައުލަތަށް ގާނޫނީ ލަފާދިނުމުގެ ބާރުދީފައި އޮތީ އެޓަރނީޖެނެރަލަށް. ޝަރުޢީ ޙުކުމެއް ނެތް ގާނޫނުގައި ސާފުކޮށް އެނގެން ނެތް ކޮންމެ ކަމެއްގައި ޤާނޫނީ ލަފާ ދޭނީ އެޓަރނީ ޖެނެރަލް. އެހެން މީހަކު ބުނާ ގޮތެއް ޤާނޫނީ ލަފައަކަށް ނުވާނެ.
ފުން
09 October 2019
ބަރާަބަރު ތިބުނީ ރަގަޅަށ1ް
ޕޮލްޕޮޓް ޑި މުގާބޭ
09 October 2019
ކޮން ޤާނޫމެއް ހަދަން ވެގެންތަ ނަޝީދު މިހާ ވަރެއް ވެގެން މި އުޅެނީ؟
ވިސްނާކަށް ނުވޭތޯ!
09 October 2019
ބިލްތަކަށް މަޖިލިސްތެރޭ ބަހުސްކުރާ ގޮތް އެއްގޮތަކަށްވެސް ކަމަކުނުދޭ. އިލްމީ ބަހުސް ތަކަކަށްވުރެ ބޮޑަށް ފެންނަނީ ޒާތީ ބަހުސްތަކެއް ކުރާތަން. ކޮންމެ ޕާޓީއަކުން ބިލެއް ހުށަހެޅިޔަސް އެބިލަކަށް ބަހުސް ކުރަން ޖެހޭނީ ދީނާއި ގައުމު އިސްކޮށް މިކުރަނީ ގައުމީ މަސައްކަތެއްކަމަށް ދެކިގެން. އެހެންނޫނީ އާޚިރުގައި ފެންނާނީ އެއްބަޔަކު އަނެއްބަޔަކު ކަރުހިފާ މުޅި މަޖިލިސް ޚަރާބުވެ ދިވެހި ގައުމު ހުއްޓުމަކަށް އަންނަތަން.
ގިލި
09 October 2019
އިލްމީ ބަހުސް އަކީ ބާޒާރީން ކުރަން ދަންނަ ބަހުސެއް ނޫނެވެ
ޖާބެ
09 October 2019
ހެއްހެއް އިބޫގެ ވެރިކަން ހަލާކުކޮއްލަނީމި ވަރައްސަޅި
ކުޑޭ
09 October 2019
ނަޝީދުގެ މަކަރުވެރި ރޭވުމަކީ މަޑުމަޑުން ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރުން، ސަރުކާރާއި މެންބަރުންނާއި، ރައްޔިތުން ހޭއަރައި ތިބޭތި!