ޚަބަރު / އެސްޖެ ކޮންސްޓްރަކްޝަން

ޒިކުރާ މިސްކިތް ހަދަން ހަވާލުކުރީ ބިމުގެ ރަޖިސްޓްރީ ވެސް ނެތި

ޒިކްރާ މިސްކިތުގެ މަޝްރޫއު އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޑރ. ޒިޔާދު (ވ) - ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޒިކުރާ މިސްކިތް 10 ބުރިއަށް އިމާރާތް ކުރަން ކުރީގެ ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އިރު އެ މިސްކިތް އިމާރާތްކުރާ ބިމުގެ ރަޖިސްޓްރީއެއް ވެސް ނެތް ކަމަށާއި މިސްކިތް އަޅަން ހުށަހެޅި ޕްރޮޕޯސަލާއި އެއްބަސްވުން ވެސް ދިމާނުވާކަން އިސްލާމިކް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

ޒިކުރާ މިސްކިތް ހަދަން ހަވާލުކުރުމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް، އިހުމާލުވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް އޮޑިޓާ ލަފާ ދެއްވައި އާންމުކުރެއްވި 2018 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައިވާ ގޮތުން މިސްކިތް އަޅަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރި އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ބަންޑާރަ ނައިބުގެ އޮފީހަށް ހުށަހަޅައި ގާނޫނީ ލަފާ ވެސް ހޯދައިފައެއް ނުވެ އެވެ.

"ދާރުލް ޒިކްރާ"ގެ ނަމުގައި 10 ބުރި އަށް އެ މިސްކިތް އިމާރާތް ކުރަން އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކުރީ، 9، 2018، ގަ އެވެ. ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ހިންގަން ހަވާލުކުރި މަޝްރޫއުގެ އަގަކީ 130 މިލިއަން ރުފިޔާ އެވެ. އަދި އިކުއިޓީގެ ގޮތުގައި 30 މިލިއަން ރުފިޔާ އޭރުގެ ސަރުކާރުން ވަނީ ދީފަ އެވެ.

އެކަމަކު އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންދާތީ އެއްބަސްވުން މި ސަރުކާރުން ވަނީ ބާތިލްކޮށްފަ އެވެ. އެހެންވެ 141 މިލިއަން ރުފިޔާގެ ބަދަލެއް ހޯދަން އެސްޖޭ ކޮންސްޓްރަކްޝަނުން ވަނީ ކޯޓަށް މައްސަލައެއް ހުށަހަޅައިފަ އެވެ.

SJ construction ah badhalu dhinumuge massala court in beyrun hallu kuranee

SJ construction ah badhalu dhinumuge massala court in beyrun hallu kuranee

The most trusted news source in the Maldives

Mihaaru

ބަދަލު ދިނުމުގެ މައްސަލަ ކޯޓުން ބޭރުން ހައްލު ކުރަން މަޝްވަރާ ފެށުން

އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވާފައިވާ އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ އެ ޕްރޮޖެކްޓް ދިނުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށާއި މާލިއްޔަތު ގާނުނާ ހިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.

ފިނޭންސުން ތައްޔާރުކޮށްފައިވާ އެ ޕްރޮޖެކްޓްގެ ޕްރޮޕޯސަލް އިވެލުއޭޝަން ރިޕޯޓްގައި ބުނެފައިވާ ގޮތުން މަސައްކަތާ ހަވާލުވާ ފަރާތުން މަޝްރޫއު ކުރިއަށް ގެންދިއުމަށް ކުރާ ހަރަދު ދައުލަތުގެ ބަޖެޓުން އަނބުރާ ދެއްކުމުގެ ބަދަލުގައި އިމާރާތުގެ 10 ފްލޯގެ ތެރެއިން ހަ ފްލޯ، 10 އަހަރު ދުވަހަށް އެ ފަރާތަށް ދިނުމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް، ސޮއިކޮށްފައިވާ އެއްބަސްވުމުގައިވަނީ އިމާރާތުގެ ތިން ވަނަ ފްލޯ އިން ފެށިގެން މަތީގައި ހިމެނޭ ފްލޯތަކަކީ މަސައްކަތާ ހަވާލުވި ފަރާތުން ހަރަދުކުރާ ފައިސާ ދައުލަތުން އަބުރާ ދެއްކުމުގެ ބަދަލުގައި އެފަރާތަށް 10 އަހަރަށް ދޫކުރާ ތަންތަން ކަމަށެވެ. އެހެންކަމުން ފުރަތަމަ 10 އަހަރު މިނިސްޓްރީ އަށް ލިބޭނެ ކަމަށް އެއްބަސްވުމުގައި ވަނީ ނަމާދު ކުރަން ކަނޑައަޅާފައިވާ ތިން ފްލޯ އެކަންޏެވެ.

ޕްރޮޕޯސަލާއި އެއްބަސްވުމާ ތަފާތު ވެފައިވާތީ. ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވާ އަދަދު ސައްހަ ނޫން ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ. މިނިސްޓްރީން ތައްޔާރުކޮށް އިކޮނޮމިކް އެންޑް ޔޫތު ކައުންސިލަށް ހުށަހެޅި ކަރުދާހުގައި، ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި ސައްވީސް މިލިއަން މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވިޔަސް، ފުރަތަމަ 10 އަހަރު ކުލީގެ ގޮތުގައި މިނިސްޓްރީ އަށް އެއްވެސް އާމްދަނީއެއް ނުލިބޭނެކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.

އެ ޕްރޮޖެކްޓްގެ މަސައްކަތް ނިންމަން ޖެހޭ މުއްދަތުގެ ގޮތުގައި އެއްބަސްވުމުގައި ހިމަނާފައިވާ މުއްދަތާއި ޕްރޮޕޯސަލްގައިވާ މުއްދަތު ތަފާތުކަން ވެސް އޮޑިޓުން ވަނީ ހާމަވެފަ އެވެ. އިސްލާމިކް މިނިސްޓްރީ އާއި އެސްޖޭއާ ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުމުގައި ބުނެފައިވަނީ އިމާރާތުގެ ކުރެހުންތައް ފާސްކުރާ ތާރީހުން ފެށިގެން 25 މަސްދުވަހުގެ ތެރޭގައި މަސައްކަތް ނިންމަންވާނެ ކަމަށެވެ. ނަމަވެސް، އެސްޖޭން ހުށަހަޅާފައިވާ ޕްރޮޕޯސަލްގައި ވަނީ މަޝްރޫއުގެ މަސައްކަތް 23 މަސްދުވަހުގެ ތެރޭގައި ނިންމާނެ ކަމަށެވެ. އެހެންކަމުން، މި ޕްރޮޖެކްޓް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރަށް ލިބެންނުވާ މަންފާއެއް ލިބޭނެ ގޮތަކަށް އެއްބަސްވުން ތައްޔާރުކޮށްފައިވާކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވެ އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައިވަނީ ޒިކުރާ މިސްކިތް ތަރައްގީ ކުރަން ހަވާލުކުރި އިރު އެ ބިމަކީ ރަޖިސްޓްރީ ވެސް ކޮށްފައިވާ ތަނެއް ނޫން ކަމަށެވެ. އެއްބަސްވުމުގައި ސޮއިކުރީ ޕްރޮޖެކްޓް ކުރިއަށް ގެންދަން ބޭނުންވާ މައިގަނޑު ޑޮކިއުމެންޓް ކަމަށްވާ ބިމުގެ ރަޖިސްޓްރީ ނެތި ކަމަށް އޮޑިޓްގައި ބުނެފައިވެ އެވެ.

ޒިކުރާ މިސްކިތް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރީ އެޓާނީ ޖެނެރަލްގެ ލަފާ ހޯދުމަކާ ނުލައިކަން ފާހަގަކޮށް، އެފަދަ އެއްބަސްވުންތަކަކީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ އިޖުރާތްތައް ފުރިހަމަ ކޮށްފައިވާ އެއްބަސްވުންތަކަކަށް ވާން ޖެހޭނެ ކަމަށް ވެސް އޮޑިޓަ ޖެނެރަލް ވިދާޅުވެފައިވެ އެވެ.

އެސްޖޭއާ އެކު އިސްލާމިކް މިނިސްްޓްރީން އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޒިޔާދު ބާގިރު ވިދާޅުވެފައި ވަނީ މިދިޔަ އަހަރުގެ ރޯދަ މަހަށް އެ މިސްކިތުގެ ފުރަތަމަ ތިން ބުރި ނިންމައި ހުޅުވާނެ ކަމަށެވެ. ނަމަވެސް އޭގެ ފަހުން އަހަރަކަށް ވުރެ ގިނަ ވި އިރު ވެސް މިސްކިތުގެ އެއްވެސް މަސައްކަތެއް ނުކުރެ އެވެ.

އެސްޖޭ އިން ބަދަލު ހޯދަން ދައުލަތުގެ މައްޗަށް ދައުވާކޮށްފައި ވާއިރު މި ސަރުކާރުގެ ބޮޑެތި ބައެއް ޕްރޮޖެކްޓަތައް ވެސް އެސްޖޭއާ ހަވާލުކޮށް މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. އެންމެ ފަހުން އެ ކުންފުންޏާ ހަވާލުކުރީ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ.

51 ކޮމެންޓް, 52 ރިއެކްޝަންސް

icon happy icon happy 2%
icon sad icon sad 6%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދޮންބެއްޔާ

25 February 2020

ޖީބަށް ވެސް އެޅިތަ؟

The name is already taken The name is available. Register?

ވަހީދާއްތަ

25 February 2020

ރާއްޖޭގެ ގިނަ މިސްކިތްތަކުގެ ރަޖިސްޓްރީ ހަދާފައި ނޯވޭ. އޮޑިޓަރ ޖެނެރަލް އޮފީހަކީ ވެސް ދައުލަތުން ޚަރަދުކޮށްގެން ވަރަށް މާތް މަޤުޞަދެއްގައި ހަދާފައިވާ އޮފީހެއް. އިންތިޚާބުތަކާއި ދިމާކޮށް ދެއުޅިއެއް ނުވާ ވާހަކައިން ވަކި ބަޔަކަށް ކެމްޕޭންކޮށް އަނެއް ބަޔަކަށް ގެއްލުން ދޭން މަސައްކަތް ކުރުމަކީ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތެއްނޫން.

The name is already taken The name is available. Register?

ވަހީދު

25 February 2020

މިސްކިތުގެ ބެލެނިވެރި ފަރާތަކީ އިސްލާމިކް މިނިސްޓްރީ. އެހެންވީމަ އެރަޖިސްޓްރީ އޮންނާނީ އެތަނުގައި. ފަހަރެއްގައި އެގްރީމެންޓްގެ ތެރޭގައި އެރަޖިސްޓްރީގެ ކޮޕީއެއް ނުލެވި އޮވެދާނެ. ޢެއީ ވެދާނެ ކަމެއް. ޢަނެއް ގޮތަކީ މިނިސްޓްރީގައި އެއިރުވެސް އޮވޭ ޑރ ޒިޔާދުއާއި ދެކޮޅު ގުރޫޕެއް މިހާރުގެ މިނިސްޓަރު ޑރ ޒާހިރު މެންފަދަ. އެމީހުން ކަމަކަށް ވެސް ވެދާނެ.

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

25 February 2020

ކޮބާތޯ ރޮހިންޖާ މުސްލި މުންނަށް ރައްޔިތުންވީ އެހީގެ ފައިސާ. ފުރިހަ މަ އަދަދު ހަވާލު ނުކުރާކަ މަށް ވާހަކަ ދެކެވޭ އަޑު އަހަނ މު. މިކަން ބަލަނީ ކޮންބައެއް. އެވެސް މިވެސް މިއީ އެކައްޗެއް.

The name is already taken The name is available. Register?

ޝޮކްތެރަޕީ

25 February 2020

މި ސަރުކާރަކަށް ކަމޭށް ކުރެވެނީކީނުން. އިމާރާތެށް އެޅިޔަނުދީ ތަރައްގީ ހުއްޓުވުން މި ސާރުކާރާށް އެގެނީ.

The name is already taken The name is available. Register?

ކުޑަމީހާ

24 February 2020

ރަނގަޅު. ރިޕޯޓު ލަސް. އެކަމަކު އޭގެ ފުނަށް ފީނަންޖެހެނީ ކިހާވަރަކަށް ކަމެއް އަދި ތަންތަނުން ލިޔެކިޔުންތައް ނުދީ ހިފަހައްޓަނީ ކިހާ ވަރަކަށް ކަމެއް އަހަރުމެންނަށް ވިސްނާލަންވެސް ނޭނގޭނެ

The name is already taken The name is available. Register?

ސާޖިދު ނަދި އަދުވާލާ

24 February 2020

ބުނަންތަ. އިސްލާމީ މަރުކަޒުވެސް ތަޅާލާފަ އެތަނުގަ ހޮޓަލެއް ހަދަން އަމިއްލަ ބަޔަކަށް ދޭނަމަ އަދި އޭގެ މުގާބިލުގަ އެފަރާތަށް ދައުލަތުން ފައިސާ ދޭނަމަ ތިޔަބުނާ ރަޖިސްޓަރީ ބޭނުން ވާނެ. ކަކުނި ބޮލެއްވެސް ނޫން. ތީ މޮހޮރު ބޯ

The name is already taken The name is available. Register?

ކަކުނިބޯ

24 February 2020

އޮޑިޓުން ރަނގަޅުމަސެއްކަތެއް ތިޔަކުރީ އެކަމަކު ބުނަން ކޮބާ އިސްލާމީމަރުަކަޒުގެ ގޯތީގެ ރަޖިސްޓްރީ ކޮބާ ހުރަވީ ބިލްޑޮންގ އަދި ޤާޒީ ބިލްޑިންގް ނޫނީ އެމްއެންޑީއެފް އަދި ރައީސް އޮފީސްގެ ރަޖިސްޓްރީ. ނޯވޭ ހަދަފައެއް ބޯހަލާކު ...ނުހުރޭ މޮޅުވާހަކަނުދައްކާ ކޮބާ ފުރުޤާނު ރަޖިސްޓްރީ ނެތޭ ...އަދި ބުނަން ސައުދީހިލޭ އެހީ ހޯދަންވެސް ފޮނުވަނީ ނަމަކށް ރަޖިސްޓްރީ ހައްދާފަ

The name is already taken The name is available. Register?

އިއްޔެމެންދުރު

24 February 2020

އިއްޔެމެންދުރު ދުނިޔެއަށް ކިރިޔާ ލޯހުޅުވާލެވުނު ބަޔަކު ވަދެ ދައުލަތުގެ ތަންތަން އޯޑިޓްކުރީމާ ވާނުވާ ނޭނގޭނެ. ދައުލަތުގެ މުދަލަކީވެސް ރަޖިސްޓަރީ ހެދި ރަޖިސްޓަރީކޮށްފައިވާ ތަންތަން. ރާއްޖޭގެ އެއްވެސް ބަންޑާރަ ބިމެއްގެ ރަޖިސްޓަރީ އެއްވެސް އިދާރާއެއްގައި އޮތްތޯ މިހާރު ބަލައިފިއްޔާ ބުނަން އޮންނާނީ ނެތޭ. އެއީ އެތަކެތި ލިބުނު ގޮތެއް ރައްކާކޮށްފައި އެވަރަށް ނެތީމާ. ފަހުން އައި މީހުން އެ ލިޔުންތައް ބޯދާ ލިޔުމަށްވެގެން ފައިލަށްލާފައި ގުދަންކުރާތީ.

The name is already taken The name is available. Register?

ހޭހަން

24 February 2020

ތިޔަބަޔަކަށް ކުރީ ސަރުކާރުންވެސް ނުގަވާއިދުން ކަންކަން ހަވާލުކުރީ. އަދި މިސަރުކާރު އައިފަހުންވެސް ތިޔަމީހުނަށް ބޮޑުމަސައްކަތެއް ހަވާލުކޮށް އެމަސައްކަތްނިންމާ ފައިސާވެސް ދޫކޮށް ނިމިއްޖެ. ވިސްނާލަން ޖެހޭ ހަގީގަތަކީ ކޮންމެ ސަރުކާރެއްގެ ބާރުގެ ދަށުގާ މިއުޅޭ މީހުންނަކީ ހަމަ ހަގީގަތުގާވެސް ރަނގަޅުބައެއްބާއޭ.

The name is already taken The name is available. Register?

އަބުދުލް

24 February 2020

އެސްޖޭ އަކީ ކުރީސަރުކާރެކޭ އެއްގޮތަށް މިސަރުކާރުގައިވެސް ބާރުގަދަބައެއް. އެސްޖޭ އަކީ ޔާމީނުގެ ވެރިކަމުގައި ނުހައްގުން އެތައްމިލިއަންރުފިޔާގެ ޕްރޮޖެކްޓްތައްދީ އެއްވެސް ގެރެންޓީއަކާއި ނުލާ އެތައްމިލިއަން ރުފިޔާގެ އެޑްވާންސް ފައިސާއެއް ދީފައިވާކުންފުންޏެއް. އެސަރުޚާރުގައި އެކަމުގެ އަޑީގައިހުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މަސީހު. އޭރު މަޖިލީހުން ނިންމަންޖެހޭ ހުރިހާކަމެއް ނިމިގެން ދިޔައީމީގެދަށުން. މިސަރުކާރުގައި އެކަމުގައި އުޅެނީޑޮކްޓަރ ސަމްހީދު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454