ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް، ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީ އޭނާ
26 ފެބުރުއަރީ 2020 - 12:10
ސަރުކާރުން ވައުދުވީ ގޮތަށް ގިނަ ސިޔާސަތުތައް ކުރިއަށް ނުދާ ކަމަށާއި އެކަމާ ރައްޔިތުން ތިބީ މާޔޫސް ވެފައި ކަމަށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މި އަހަރަށް އިއްވެވި ރިޔާސީ ބަޔާނަށް އިދިކޮޅުން ދިން ޖަވާބުގައި ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީ މަޖިލީހުގައި މިހާރު ކުރިއަށްދާ ޖަލްސާގަ އެވެ. ރިޔާސީ ބަޔާނަށް އިދިކޮޅުން ދިން ޖަވާބު ފަށްޓަވަމުން ސަލީމް ފުރަތަމަ ވެސް ގޮވައިލެއްވީ އިދިކޮޅު ލީޑަރު، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމަށެވެ. އެމަނިކުފާނު ޖަަލަށް ލީ މަނީ ލޯންޑްރިންގެ ކުށް ސާބިތުވެގެން ކްރިމިނަލް ކޯޓުން ކުރި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަން ކަަމަށް ވިޔަސް، ސަލީމް ވިދާޅުވީ ޔާމީން ނުހައްްގުން ޖަލަށް ލާފައިވާ ކަމަށެވެ.
ޔާމީން ޖަލަށް ލާފައި ވުމަކީ ރާއްޖޭގެ ޑިމޮކްރަސީއެއްގައި އޮންނަ، ސަރުކާރު ޖަވާބުދާރީ ކުރުމުގެ އުސޫލަށް ހުރަސް އެޅޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދިިކޮޅު ސިޔާސީ ލީޑަރު ޖަލަށް ލުމަކީ ޑިމޮކްރަަސީގެ ހަޔާތުގައި ފަހަަތަށް އެޅި ފިޔަަވަޅެއް. އިއްޒަތްތެރި ރައީސް، ވާދަވެެރި ސިޔާސީ ޕާޓީތަކަށް ކުރިމަތިކުރުވި ވަރަށް ބޮޑު ގޮންޖެހުމެއް. ވީމާ ޖަލަށް ލާފައިވާ އިދިކޮޅު ސިޔާސީ ލީޑަރު ވަގުތުންް މިނިވަން ކުރުމަށް އަޅުގަނޑު ސަރުކާރަށް ގޮވައިލަން،" ސަލީމް ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި ރައީސް އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ސަރުކާރުން ދެއްކީ ތިން ބާރު ވަކިން ހިންގުމުގެ މިސާލެއް ކަަމަށެވެ. ރައީސްގެ އެ ވާހަކަ އަށް ޖަވާބު ދެއްވަމުން ސަލީމް ވިދާޅުވީ ސަރުކާރުގެ ހިންގުމުގެ ތެރެއަށާއި ޖުޑީޝަލް ސާވިސް ކޮމިޝަން މެދުވެރިކޮށް، ޝަރުއީ ނިޒާމަށް ވެސް ރައްޔިތުންގެ މަޖިލީހުން ނުފޫޒު ފޯރުވަމުންދާ ކަަމަށާއި އެހެންވެ، ތިން ބާރު އޮތީ މަސްހުނިވެފައި ކަމަށެވެެ.
ރައްޔިތުންގެ މަޖިލީސް މިދައުރަށް ހުޅުވުމުގެ ޖަލްސާއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަޑައިގެންނެވުމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ.
"އަދި މިކަމުގެ ސަބަބުން އިއާދަނުކުރެވޭ ވަރުގެ ގެއްލުން ގައުމަށް ލިބިދާނެ. ދުސްތޫރީ އިމުގެ ތެރޭގައި މިނިވަން ކަމާ އެކު ދައުލަތުގެ ތިން ބާރު މަސައްކަތް ކުރާނެ ގޮތަކަށް ގައުމުގެ ކަންތައްތައް ތަރުތީބުކޮށް، އެކަންތައްތައް ކަށަވަރު ކުރުމަކީ ގާނޫނުއަސާސީގެ 106 ވަަނަ މާއްދާއިން ރައީސުލް ޖުމްހޫރިއްޔާ އަށް ލާޒިމުކުރާ ޒިންމާއެއް،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުން އިއުލާނުކޮށްފައިވާ "ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަން"ގެ ސިޔާސަތު ވެސް މަސައްްކަތް ނުކުރާ ކަމަށާއި ގްލޯބަލް ކޮރަޕްޝަން އިންޑެކްސްގައި 2019 ވަނަ އަހަރު ރާއްޖެ ހަ ދަރަޖަ ފަހަތަށް ގޮސްފައި ވަނީ އެހެންވެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހާރިޖީ ސިޔާސަތާ ބެހޭ ގޮތުން ރައީސް ދެއްކެވި ވާހަކަފުޅަށް ސަލީމް ދެއްވި ޖަވާބުގައި ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ބެލެންސް ގެއްލުމުގެ ސަބަބުން ރާއްްޖޭގެ ސިޔާދަތީ ބާރު ކެނޑެމުންދާ ކަމަށެވެ.
ހަރުކަށި ފިކުރާއި ދީނީގޮތުުން ހައްދުފަހަނައަޅައި ދިއުމާ ދެކޮޅަށް ޔާމީނުގެ ސަރުކާރުން ހަރުދަނާ ސިޔާސަތެއް ގެންގުޅުނު ކަމަށާއި އެހެން ނަަމަވެސް އެކަމުގައި މިހާރުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތު ރަނގަޅު ނޫން ކަަމަށް ވެސް ސަލީމް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފަހަކަށް އައިސް ހިނގަމުން އަންނަ ހާދިސާތަކަކީ އޭގެ ހެއްކެއް ކަމަށެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވަނީ. --- ފޮޓޯ: މަޖިލިސް
"ހައްދުފަހަނައަޅާފައިވާ ފިކުރައި ލާދީނީ ފިކުރާ ދެކޮޅަށް ގެންގުޅުނު ސިޔާސަތުތައް ބަދަލުވެ، ބަދަލު ހިފުުމުގެ ރޫހު އިސްކުރުމުގެ ސަބަބުން ރާއްޖެ އަށް ޓެރަރިޒަމްގެ ނުރައްކާ އިހުނަށް ވުރެ މިވަނީ ބޮޑުވެފައި. ހުޅުމާލޭގައި ތިން ފަތުރުވެރިންނަށް ދިން ހަމަލާއަކީ މި ދެންނެވި ބަހުގެ ހެއްކެއް،" އޭނާ ވިދާޅުވި އެވެ.
ޓެރަރިޒަމާ ދެކޮޅަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ދެވަނަ ހެއްކެއްގެ ގޮތުގައި އޭނާ ވިދާޅުވީ ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ އެތައް ބަޔަކު ފާހަަގަވެފައި ވިޔަސް އެއިން އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވުމެވެ.
ސަލީމް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ހާލަތު ދަށަށް ގޮސް ރައްޔިތުންގެ މެދުގައި ދައުރުވާ ފައިސާގެ އަދަދު މަދުވެފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ވިޔަަފާރިތަކަށް ބޮޑެތި މައްސަލަތައް ކުރިމަތިވެފައިވާ ކަމަށާއި ބައެއް ވިޔަފާރިތައް ބަނގުރޫޓް ވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ
"އެ ވިޔަފާރިތައް ބަނގުރޫޓް ވުމަކީ އޭގެ ނޭދެވޭ އަސަަރު ގައުމުގެ އިގުތިސާދަށް ފޯރާނެ ކަމެއް،" ސަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއީ ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއް ކަމަށާއި އެ ވިޔަފާރިތައް ކުރިއެރުވޭނެ ގޮތެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވައިލައްވާ ކަަމަށެވެ. ރާއްޖޭގެ ކޮންސްޓްރަކްޝަން އިންޑަސްޓްރީ ވެސް ވަރަށް ބޮޑަށް މަޑުޖެހިފައިވާ ކަމަށާއި އުމްރާނީ މަސައްކަތްތައް ހުއްޓިފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އިމާރާތްކުރުމުގެ ސިނާއަތު ވެސް ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައި. އުމްރާނީ މަސައްކަތްތަކާ ރައްޔިތުން ކުރަމުންދާ އެހެނިހެން މަސައްކަތްތައް މިވަނީ ގާތްގަނޑަކަށް ހުއްޓިފައި، އެހެންކަމުން ރައްޔިތުން މިވަނީ މާޔޫސްވެ، ހަދާނެ ގޮތް ހުސްވެފައި،" ސަލީމް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނަށް ސަލީމް މިއަދު ޖަވާބު ދެއްވި އިރު، މަޖިލީހުގައި ސުޕަ މެޖޯރިޓީ އޮންނަ، އެމްޑީޕީން ވަރަށް މަދު ވަގުތެއްގައި ނޫނީ އޭނާ އަށް ފުރިހަމަ އެއްބާރުލުމެއް ދިނެވެ. އެގޮތުން، ބައެއް މެމްބަރުންގެ އަޑު ކޮންމެވެސް ވަރަކަށް އިވިގެން ދިޔައީ ލާމަރުކަޒީ އުސޫލުން ބާރުތައް ދޭން ސަރުކާރުން ޖެހިލުންވާ ކަމަށް ވިދާޅުވި ވަގުތު އެކަންޏެވެ. އެ ވަގުތު ބައެއް މެމްބަރުން ކޮންވެސް ވާހަކަތަކެއް ދައްކަވާ އަޑު އިވުނެވެ. އެ އަޑުތައް މަޑުވުމުން ސަލީމް އެ ވާހަކަ އަލުން ތަކުރާރު ކުރެއްވި އެވެ.
ރިޔާސީ ބަޔާނަށް ޖަވާބު ދެއްވީތީ އިދިކޮޅަށް ޝުކުރު އަދާ ކުރެއްވުމަށް ފަހު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެމްޑީޕީ އަށް ވެސް ޝުކުރު ހައްގުވާ ކަަމަށާއި، ރިޔާސީ ބަޔާން އިއްވި ދުވަހު، އިދިކޮޅުން މިނި ނާޅިން ނުމިނުމަކީ ޝަރަފެއް ކަމަށެވެ.
"ތިޔަ އިއްޒަތްތެރި މެމްބަރުންގެ ޕާޓީގެ ރައީސުލް ޖުމްހޫރިއްޔާ މިތަނަށް ވަޑައިގެންނެވި ދުވަހު ވާދަވެރިން މިނި ނާޅިން ތިޔަ އިއްޒަތްތެރި މެމްބަރުން ނުމިނުއްވި ކަމީ އަޅުގަނޑު ދެކޭ ގޮތުގައި ތިޔަ އިއްޒަތްތެރި މެމްބަރުންނަށް ފަޚުރާއި ގަދަރާއި އިއްޒަތް ރައްދުވާ ސަބަބެއް،" ނަޝީދު ވިދާޅުވިި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަންޑޭލާ
26 February 2020
ނަޝީދު އިންޑިޔާ ސިފައިން ލައްވާ ރާއްޖެ ހިފަން އިންޑިޔާ އަރިހުގަ އެދުނު. މިކަން ނުވީ ޗައިނާގެ އިންޒާރާ އެކީ އިންޑިޔާ ބިރުގަތީ. ޗައިނާއަކީ ރައްޖެއަ ވަރައްމުހިމްމު ޤައުމެ.
ޝޮކްތެރަޕީ
26 February 2020
ސަރުކަރު އުޅެނީ މަކަރާ ހީލަތުން ވެރިކަން ކުރަން އަންނަންއޮތްޖީލުވެސް މިނިވަންކަމުގަ އުޅޭނެކަމުގެ އިހުސާސެއް ނުކުރެވޭ. މިހާރަކު އަލުންބަލުން ރާއްޖެ މިނިވަން ކުރަންޖެހިފަ މިއޮތީ.
ހައްގުބަސް
26 February 2020
ރައިސް ޔާމިން ވެރިކަން ނިމްމާލީ ރާއްޖޭގެ ރިޒާވް ތަނަވަސް ކޮއްދީފަ. 800މިލަޔަން ޑޮލަރުގެ ރިޒާވްއަކާ އެކީ ޔަންމިން ނިމްމާލީ. މި ސަރުކާރު އައިފަހުން ރިޒާވް މަދުވަމުން 400 މިލިޔަންޑޮލަރަށް ތިރިވެއްޖެ. ކޮންބައެއްތަ ވައްކަން މިއްކަން މިކުރަނީ
ދަނޑިބެ
26 February 2020
ސަލީމުމެން ވާހަކަ ދައްކާއިރު ބާވަތަކުން ހީވޭބާއޭ ހިތައް އަރާ.
ދިއްދޫމީހާ
26 February 2020
ރެޑް އެބުނީ ހަމަ ރަނގަޅު ވާހަކައެ، ހަމަ ޔަގީނުން ވެސް އަހުންމީ މިސަރުކާރު ގެންނަ ވޯޓްދިން މީހެ،މަންޒަރު ފެންނަ ގޮތުން މާޔޫސް ވެގެން ގޮސް ބޮލުން އިސްތަށި ވެސް ފައިބަން ފަޓާފި
ދޮން ހަސަނު
26 February 2020
އިގްތިސާދު ދަށް، އެކަމަކު ބޮޑެތި ރެޑުވޭވުތައް ފަތުއަޑުކިޔާފަ ވަނީ ގިނަ . މީކޮންވައްތަރު ވާހަކަ؟
ޢަޒްރާ
26 February 2020
ހެނދުނު ނާސްތާ ދިނީމަ ނިމުނީތަ ނުދޭ ކިތައް ސްކޫލް އެބަހުރި
ވިންޑީސަލް
26 February 2020
އެ ސުކޫލުގެ ނަމާއި އެކު ވިދާޅުވޭ
ދެރަ
26 February 2020
ނަމަނަމަ ދަރިންނޭ ޔާމީން މިނިވަން ކުރަންށޭ ކިޔާފަ ތިޔަ ލުއްޗާ އިންނަށް ވޯޓް ނުދޭތި
ވަތުބަތާނަ
26 February 2020
ވެރިކަން ކުރި ކާކުހޭ ލާރި ނުކަނީ! ޔަމީނު ކުރި ކަންކަން ރަނގަޅަށެކޭ ނުބުނަން! އެކަމަކު ކާކުތަ ރަނގަޅަށް ކުރީ؟ ރ. ނަޝީދު ވެސް މައުމޫނުވެސް ދާދި އެއްގޮތް ދޯ؟ އަދި މިހާރު ވަކި ސަހަލުތަ؟
މުގޯލި
26 February 2020
ވަރަށް މާޔޫސްވެފަ ހުއްޓަ ރެޑްވޭވް ރޯދަ ސޭލް ފެނިފަ އޯކޭވެއްޖެ!