ރައީސް އޮފީހުގައިމީގެ ކުރިން ބޭއްވި ޕްރެސް ކޮންފަރެންސްގައި އަލީ ވަހީދު ވާހަކަދައްކަވަނީ.: އެޗްއައިއެޗްގައި ހުޅުވި ހެލްޕް ސެންޓަރު ހިންގަނީ ފުލުހުންނާއި އެމްއޭސީއެލްއާ އެކު ކަމަށް މިނިސްޓަރު ވަހީދު ވިދާޅުވި -- ފޮޓޯ: އަހްމަދު އަވްޝަމް/މިހާރު
15 މާޗް 2020 - 12:33
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް) ގައި ޓޫރިސްޓް ސަޕޯޓް ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި ސެންޓަރު ހިންގާނީ ވެލާނާ އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ފުލުހުން ގުޅިގެން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، ޓޫރިސްޓުން ރާއްޖެ އައުމަށް ފަހު އަދި ފުރައިގެން ދިއުމުގައި މި ސެންޓަރުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ. އަދި ވިދާޅުވީ މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ޓޫރިސްޓުންނަށް އަޅާނުލައި ދޫކޮށްނުލާނެ ކަމަށެވެ.
Morning to a hopeful new day. We have established a tourist support center @MaldivesHIH & @VelanaAirport. Tourism Ministry @MoTmv, Tourist @PoliceMv & MACL @MACLmedia will assist you in your arrivals & departures. You will never walk alone. Pls call our hotline number 9423131 🇲🇻.
— Ali Waheed (@ali20waheed) March 14, 2020
އެއްވެސް އިތުރު އެހީއެއް ބޭނުންވެއްޖެ ނަމަ، އެތަނުގެ ހޮޓްލައިން 9423131 އަށް ގުޅަން މިނިސްޓަރު އެދިވަޑައިގަތެވެ.
ދުނިޔޭގައި މި ދުވަސްވަރު ފެތުރެމުންދާ ކޮވިޑް-19 ޖެހިފައިވާ 11 މީހަކު ރާއްޖޭން ވެސް ވަނީ ފެނިފަ އެވެ. އެއާ އެކު ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާންކޮށްފަ އެވެ. އޭގެ ދަށުން، އެކި ގައުމުތަކުން މީހުން އައުން މަނާކޮށް ރިސޯޓްތަކާއި ރަށްތަކާ ދެމެދު ދަތުރުކުރުން މަނާކޮށް މާލެ ސަރަހައްދުގެ ގެސްޓް ހައުސްތަކަށް ބިދޭސީން ގެނައުން ވެސް ވަނީ މަނާކޮށްފަ އެވެ. އެހެންވެ، ޓޫރިސްޓުންނަށް ވަނީ ބޮޑު ދަތިކަމެއް ކުރިމަތިވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޙިނި
15 March 2020
ސީރިޔަސްލީ، ކަންކަމައް ތައްޠާރު ނުވެ ތިބޭ ގައުމުތައް ފެނޭދޯ. މިހާރު ހިތައް އަރާނެ ތި ފަޅު ހިއްކާ ފަޅު ހުސްބިންތައް، ކޮންމެ 5 އަހަރަކުން ބަންދަރު ހަދާ ބަންދަރު ތަޅާލާ ބަންދަރު އަލުން ހަދާ، ތަޅާ ހުސްކުރި ފައިސާތައް ހުރިނަމައޭ.
ާައަލީ
15 March 2020
ބަލި ފަތުރަންދޯ ކިތަައްމީހުން ޕުލަޞް ވެޖެ؟ތިތާ
އޮނަރަބްލް އަފީފު ދީދީ
15 March 2020
މިކަމުގައި މިހާރު މީނާގެކަންތައް ތަންކޮޅެއްމައްޗަށްގޮސްފި. ކޮވިޑް 19 އާއި ބެހޭގޮތުން ވާހަކަ ދެއްކުމަށް ސަރުކާރުގެ ފަރާތުން ހެލްތު މިނިސްޓަރާއި ސަރުކާރުގެ ސްޕޯކްސް ޕާސަން އަދި HPA އިން ކަޑައަޅުއްވާ އެ އޮފީހުގެ ވެރިއަކަށް ނޫނީ މީޑިއާ އާއި ވާހަކަ ދެއްކުން މަނާ ކުރަންވެއްޖެ. # ދިވެހިރާއްޖެއަށްވުރެން މާގިނަފަތުރުވެރިންއަންނަ ޤައުމުތަކުގައިވެސް ޓްއަރިޒަމް މިނިސްޓަރު މިވަރަށް ފެންމައްޗަށްތިލަވެގަނެގެނެއްނޫޅޭ. ހީވަނީ އޯޑިއޯތަކަށް ވެލިއަޅަން އުޅެނީހެން.
ނިބޫ ސޯލިހު
15 March 2020
އަދިވެސް މި ފެންނަނީ ރަތްޔިތުން ހަނާވިޔަސް ހިޔޮކަމަށް ބަލާ އޮކިޔުޕެންސީ ހިފަހައްތަން އުޅޭތަން. މިހާރުން މިހާރަށް ހުރިހާ ގައުމަކަށް އޮންއެރައިވަލް ވިސާދިނުން ހުއްޓާލަން ޖެހޭ
އަލީގ
15 March 2020
މަށައްހީވާގޮތުން ޓޫރިސްޓުން މިގައުމައް އެތެރެވުން މުޅިން ހުއްޓުވާލައިފިނަމަ ރައްޔިތުން ހާނާވާލެއް މާއަވަސްވާނެ. މިގައުމަކީ ކާންބޯން ބޭނުންވާ ހުރިހާ އެއްޗެއް ބޭރުން އެތެރެކުރަންޖެހޭ ގައުމެއްކަން ބައެއްމީހުންނައް ފަހުމުވާހެން ހީއެއްނުވޭ އަދި އެތަކެއްޗައްއަގުއަދާކުރަން އާމްދަނީއެއްލިބެންއޮތީ އެންމެ މަގަކުން އެމަގު އެކީ ބަންދުކޮއްލުމަކީ އަމިއްލައަތުން ދެފަޔާ ދެއަތްވެސް ބުރިކޮއްލުންފަދަކަމެއް. އޭރުން ހަމައެކަނި ގެއްލުންވާނީ ރިސޯޓުވެރިމީހާއަކައްނޫން.