16 މާޗް 2020 - 21:27
ކުރެއްދޫ އައިލެންޑް ރިސޯޓަށް ޗުއްޓީ އަށް އައިސް އެނބުރި ދިޔަ ފަހުން، ކޮވިޑް 19 އަށް ޕޮޒިޓިވްވިކަން ރާއްޖެ އަަށް އެންގި އިޓަލީގެ ޓޫރިސްޓް މީހާގެ މައްސަލަ "ލޮގް" ކޮށް ކޮންޓެކްޓް ޓްރޭސިން ހެދި މީހުންގެ މުއްދަތަށް މިއަދަށް 14 ދުވަސް ވީއިރު، އެ މީހުންގެ ފަރާތުން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ނޭޝަލަން އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން މިރޭ ބުނެފި އެވެ.
ކޮވިޑް ބަލީގެ ކަންކަމާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ބޭއްވެވި ނިއުސް ބްރީފިންގައި ވިދާޅުވީ، އިޓަލީ މީހާއާ ގުޅުން ހުރި 109 މީހެއްގެ "ކޮންޓެކްޓް ޓްރޭސިން" ހަދާފައިވާ ކަމަށެވެ. އަދި އެ މީހުން މިހާތަނަށް ބައިތިއްބާފައި ތިބީ "އެކި ކަހަލަ އައިސޮލޭޝަންތަކުގައި" ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މީހާއާ ކޮންޓެކްޓްވި ބައެއް މީހުން ޕޮޒިޓިވްވެ، ބާކީ ތިބި ފަރާތްތައް ވެސް އަޅުގަނޑުމެން ދިޔައީ ވަރަށް ގާތުން ބަލަމުން،" މަބްރޫކް ވިދާޅުވި އެވެ.
"އެ ކޭސް ލޮގް ކުރެވުނުތާ މިއަދަށް މިއީ 14 ވަނަ ދުވަސް. ﷲގެ އިރާދަފުޅާ އެކުގައި، އިތުރު އެއްވެސް ކޮމްޕްލިކޭޝަނެއް ނެތް. އިތުރު އެއްވެސް ފަރާތެއް މި ބަލީގެ ނުރައްކަލުގައި ނުޖެހި މިއަދު މިވަނީ 14 ދުވަސް ހަމަވެފައި،" މަބްރޫކް ވިދާޅުވި އެވެ.
އިޓަލީ މީހާ ރާއްޖެ އިން ފުރުމުގެ ކުރިން، މާލޭގައި ހިންގާ މާގިރި ހޮޓަލުގައި މި މަހުގެ 1، 2 ގައި އުޅުނެވެ.
މަބްރޫކް ވިދާޅުވީ، އެކަމާ ގުޅިގެން ކަރަންޓީން ފެސިލިޓީ އަށާއި "ހޯމް އައިސޮލޭޝަން" އަށް މާގިރި ހޮޓަލުން ގެންދިޔަ މީހުން ދޫކޮށްލުމުގެ ކަންކަން ކުރިއަށް ގެންދާ ކަމަށެވެ.
ރާއްޖެ އިން ކޮވިޑް ބަލީގެ 13 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ތެރެއިން ފަސް މީހުންނަކީ ކުރެއްދޫގެ ޓޫރިސްޓުންނެވެ. އަދި ދެ މީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުންނެވެ. ރާއްޖެ އިން ޕޮޒިޓިވްވި މީހުންގެ ތެރޭން ނުވަ މީހުންނަކީ އިޓަލީގެ ޓޫރިސްޓުންނެވެ އިޓަލީގެ އިތުރުން، ދެން ރާއްޖެ އިން ކޮވިޑް ބަލި ޖެހިފައިވާ ހަތަރު މީހުން ނިސްބަތް ވަނީ އިނގިރޭސި ވިލާތާއި ތުރުކީ އާއި ޖަރުމަން އަދި ސައުރު ކޮރެއާ އަށެވެ.
މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮވިޑް ބަލި ރާއްޖެ އަށް އައިސްފައި ވަނީ، ވަރަށް ބޮޑަށް ޔަގީން ކުރެވޭ ގޮތުގައި ކުރެއްދޫ ރިސޯޓުގައި ހޭދަކުރި ޗުއްޓީ އަށް ފަހު އެނބުރި ގައުމަށް ދިޔަ ފަހުން، އެ ބައްޔަށް ޕޮޒިޓިވްވި ކަން ރާއްޖެ އަށް އެންގި އިޓަލީގެ ޓޫރިސްޓުގެ ފަރާތުންނެވެ. އޭނާ އެކަން އެންގުމާ އެކު، ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ކުރެއްދޫ ރިސޯޓުގެ މީހުން ކޮވިޑަށް ޓެސްޓް ކުރިއިރު އޭގެ ތެރެއިން ދެ މީހެއްގެ ގައިން އެ ބަލި ހުރިކަން ކަށަވަރުވެ، މުޅި ގައުމު އެލާޓަށް އައީ އެވެ. އޭގެ ފަހުން އެ ރިސޯޓުން ތިން ޓޫރިސްޓަކު ވެސް ކޮވިޑަށް ޕޮޒިޓިވްވި އެވެ.
އިޓަލީގެ ޓޫރިސްޓް މީހާ ރާއްޖެ އިން ފުރުވައިލުމުގައި ބަޔަކު އިހުމާލު ވެފައިވާ ކަމަށް ޝައްކު ކުރެވޭތީ، ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމްގެ އަމުރަކަށް ފުލުހުން އަންނަނީ މައްސަލަ ތަހުގީގު ކުރަމުންނެވެ. އޭނާ ރާއްޖެ އައި އިރު ވެސް އަދި ފުރައިގެން ދިޔައިރު ވެސް ބަލި ކަމަށް ވެ އެވެ. އަދި އެއާޕޯޓަށް އެއާ ޓެކްސީގައި ގެންދިޔައިރު، އެ ބޯޓުގެ ތެރެއަށް ވެއްޓިގެން، އެއާޕޯޓުގައި ހުންނަ ކްލިނިކަށް ގެންދިޔަ ކަމަށް އެނގިފައި ވެ އެވެ. ނަމަވެސް، އޭނާ ދޫކޮށްލީ ހުމުގެ އެއްވެސް އަސަރެއް އެ ވަގުތު ނެތުމުް ކަމަށް ވެ އެވެ.
އެ ހާދިސާ އަށް ފަހު، އިޓަލީ އަށް ފުރުމުގެ ކުރިން އެ މީހާ މާލޭގައި ދެ ދުވަހަށް މަޑުކުރީ މާގިރި ހޮޓަލުގަ އެވެ. އަދި ޓިކެޓު ނެގުމަށްޓަކައި ޔުނިވަސަލް އަށް ވެސް ދިޔަ އެވެ. އެހެންވެ، އެ ތަނުގެ ޓިކެޓިން ކައުންޓަރުން އެ ޓޫރިސްޓް މީހާއާ "ކޮންޓެކްޓް" ވި ދިވެއްސަކު ވެސް ޓެސްޓް ހެދި އެވެ. ނަމަވެސް އެ މީހާގެ ޓެސްޓް ވަނީ ނެގެޓިވް ވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރާނީމާ
17 March 2020
އަލްޙަމްދު ލިﷲ .. ﷲ އަށް ހާސް ފަށުން ޝުކުރު..
ގޯލްޑް ކޮއިން އަޒީ
17 March 2020
ވަރަށް ފައްކާ ދޯ މަބްރޫކު މަޢުލޫމާތު ދޭލެއް!
އަންވޫ
17 March 2020
އަލްޙަމްދު ލިއްލާހި
ފާތުމ
17 March 2020
25 ބުރީގެ ހުރި މޮޅުކަން އެނގިއްޖެ.ބޮޑު ބަލި މަޑުކަ މެއް އައީ މަ މިޖެހުނީ އައިސީޔޫވެސް ހަދަން.އެވެސް 10 ވެންޓިލޭޓަރ ބާއިި މާރާތުން ނެރެގެންް ވީވަރު . 200 ހޯދާ ވާހަަކަ ބުނެފި.އެ ގެންގޮސް 25 ބުރިޔަށް ނުލާ އަތޮޅުތަކަށް ވައްދާ.
އަލި
17 March 2020
މިފަދަ ދުވަސް ކޮޅެއްގަ ސިޔާސީ ވާ މީހުންނަކީ ހަގީގަތުގަ ތަނެއް ދޮރެއް ދޮރާއްޓެއް ވަކިނުވާ ބު...ތިން. ބުނެލަން އޮތީ އެއްބައި ވަންތަ ކަން ގާއިމް ކުރާށޭ ، އަބަދު ތި ހެން އުޅޭކަށް ނުވާނެޔޭ މާދަން ވެސް މަރުވެދާނެ ހުރިހާ ޕާޓީ އެއްގެ މީހުން ވެސް މަހުޝަރު ކުރެވޭނެ. މީ ހުރިހާ ސިޔާސީ މީހުންނަށް ބުނެލާ އެއްޗެއް.
ހަސަނު1
17 March 2020
25 ބުރިއަކީ އައުޓް ބްރޭކެއްގައި މީހުން އެޑްމިޓްކުރަން ބޭނުންކުރަން ހެދި ތަނެއް ނޫން.
ބާތުމަ
17 March 2020
25 ބުރި ހެދިފަ ނެތްނަމަ އެފަދަ އައިސީޔޫއެއްވެސް ހަދާނެ ތަނެއް އައިޖީއެމްޗެގައި ހުރި ދިމާލެއް އަޅެ އަންގާލަދީބަލަ. ބަލިމަޑުކަމަށް ޗައިނާއިން އެތައް ހޮސްޕިޓަލެއް އިތުރަށް ހަދަންޖެހުނީ ކުރިން އެކަހަލަ ކަމެއް ވާނެކަން ތިބޭފުޅާ އަންގާނުލީމަ.
ކަލޯ
17 March 2020
ކޮޔާ މޮޔަފުޅުވީތޯ?
ޟަނިކު
17 March 2020
ކުރެއްދޫއިން ފުރިމީހާ އަކީ ކޮވިޑް19 އަށް ޝައްކުކުރެވި، ސަރުކާރަށް އެކަން އެގިތިބެ ފުރުވި މީހެއް ކަމަށް ބުނާ މީހުން ވަރަށް ގިނަ
ާަާއަހު މަދު
17 March 2020
ﷲ ލެއްވި ރަޙު މަތް ހަނދު މަކޮށް އެކަލާގެ އަށް ޙަ މްދުކުރާޙާލު ގިނަގިނައިން ދުއާ ކުރަށްވާ. ޢެކަލާގެއީ އަޅުތަކުންގެ ޙާލު މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ. ި ކުރަށްވ
ނާޑުވާ
17 March 2020
އިޓަލީ މީހާ ފުރިވާލި މައްސަލައިގެ ތަޙުޤީޤް ގޮސްފައި އޮތް ހިސާބެއް ބަލާލަން ބޭނުން. އެހާ ދޮގުލައިގެން ދާންޖެހޭފަދަ ތަހުޤީޤެއް ކަމަށް ނުދެކެން. ﷲ ރަޙްމަތުން މާބޮޑު ގެއްލުންތަކެއް ކުރިމަތި ނުވިނަމަވެސް އެތައް ބައެއްގެ ފުރާނައަށް ނުރައްކާވާފަދަ ބޮޑު ޖަރީމާއެއް ހިންގި ފަރާތްތަކަށް ހަރުކަށި އަދަބު ދިނުމަށް ގޮވާލަން. އަދި މިކަމުގަ ފައިސާ އާއި މޫނަށް ނުބަލާނެ ކަމަށް އުއްމީދު ކުރަން.
ހަސަނު1
17 March 2020
އެންމެ ހަރުކަށި އަދަބު ދޭންޖެހޭ ލިސްޓުގައި ތިމާގެ ރައީސް މީހާއާއި، ޓޫރިޒަމް މިނިސްޓަރާއި، ހެލްތު މިނިސްޓަރާއި، މަޖިލީސް މެމްބަރުންނާއި، އެޗްޕޕީއޭގެ ވެރިންނާއ، އެމްއޭސިީއެލް ހެލްތު ޔުނިޓާއި، އެމިރޭޓްސް ބޯޓު ކެޕްޓަން ހިމަނާލައްޗޭ. އިޓަލީގައި ބަލި ފެތިރެމުންދާކަން އެނގިހުރެ ރައީސް ނަޝީދު ކޯފާ ވެދާނެތީ އިޓަލީން މީހުން އައުން ހުއްޓާލުމަށް ފަސްޖެހުނު އެންމެންވެސް ހިމަނާލައްޗޭ. އަދި ކުރެއްދޫއިން އެޗްޕީއޭއަށް އެންގީމައި އަޅާނުލިއެންމެންވެސް. ބޯހަލާކު!
ޒިންމާ
17 March 2020
ދޮގުނަހަދާ. ކޮވިޑް-19 ފެތުރުން ހުއްޓުވުމަށް ޓަކައި ހެލްތު މިނިސްޓްރީއިން އަމަލުކުރަމުން ދިޔައީ ދުރާލައި ތައްޔާރުކޮށްފައިވާ ފުރިހަމަ ޕްލޭނެއްގެ ދަށުން. މި ޕްލޭން ތަންފީޒުކުރުމުގައި ދަތިތަކެއް ކުރިމަތިވީ ނަޝީދު އަންގައިގެން ބަޔަކު މީހުން ނިކުމެ ހެލްތު މިނިސްޓަރަށް ޖެއްސުން ކުރަން ފެށުމުން. މިކަމުގެ ޒިންމާ އަލީ ވަހީދުއާއި ނަޝީދު ނަގަންޖެހޭނެ.
ސީޓު
16 March 2020
އެކަން ސާފުވީ އެރިސޯޓު ހުޅުވައިގެން ތިބޭތާ އެތަށް ދުވަހެއް ވީ ފަހުން. މިއީ ކަލޭމެންނަށް ވާވަރަކީ. ހައްގު މިންވަރު ދެން އޮތީ.
ޖޯކް
16 March 2020
ހޯމް އައިސޮލޭށަން އިން މާލެ
ކުޑަ އަލީ
16 March 2020
މިހާރު ޕޮޒިޓިވު މީހުން ވެސް ދޫކޮއްލާ 14 ދުވަސް ވެއްޖެއްޔާ އެއެން މެންވެސް މިހާރު ތިބެން ވާނީ ރަގަޅު ވެފައި
ބުރާންތިކަިފަ
17 March 2020
ބައްލަވާ 14 ދުވަސް ވިޔަސް އަދި ރަނގަޅުނުވެ ހިނގައިދާނެ